Advertisement

ޔަހޫދީން ބުނަނީ މިހާރު ޣައްޒާ ދެބަޔަށް ބައިކޮށްލެވިއްޖެކަމަށާއި ފާހަގަކޮށްލެވޭ ފަދަ މަރުޙަލާއަކަށް އާދެވިއްޖެކަމަށެވެ.

06 Nov 2023 | 16:07
ޣައްޒާ: މުޅި ރަށް ތަޅައި ސުންނާފަތިކޮށްލުމަށް ފަހު ކަރަންޓާއި މުވާސަލާތީ ޚިދުމަތް މިހާރު ވަނީ މުޅީން ކަނޑައިލައިފައެވެ.

ޣައްޒާއަކީ ފަލަސްޠީނުގެބިންތަކުގެ ތެރެއިން އިސްރާއީލަށް ފޭރިގަނެވިފައިނުވާ މަދު ބިންތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ. މިއީ ފަލަޞްޠީނުގެ މިނިވަންކަމަށް ޓަކައި ޖިހާދުކުރާ ޙަމާސް ޖަމާޢަތުގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސަރަހައްދެވެ. މި ކުޑަ ބިންކޮޅު ވެސް ފޭރިގަތުމަށް ޓަކައި އަނިޔާވެރި ސަހުޔޫނީ ޔަހޫދީ ދައުލަތުން ނިރުބަވެރި ޙަމަލާތައް ޖައްވުންނާއި ކަނޑުންނާއި ބިމުން ދެމުން ގެންދާތާ މަސް ދުވަސް ވީއެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި މަސައްކަތްކުރާ މުޖާހިދުންގެ ޖަމާޢަތެއްކަމަށްވާ ޙަމާސް ޖަމާޢަތް ވުޖޫދުން ފޮހެލުމަށް ޓަކައިކަމަށް ބުނެ އިސްރާއީލުން ފަލަޞްތީނަށް ދޭން ފެށި ޢުދުވާނަށް މަސްދުވަސްވެފައިވާއިރު އެ މީހުންނަށް ކުރެވުނުހާ ވެސް ކަމަކީ މުޅި ޣައްޒާ ތަޅައި ސުންނާފަތިކޮށް މަޢުޞޫމު ރައްޔިތުންގެ ތެރެއިން 10 ވަރަކަށް ހާސް މީހުންނާއި ކުޑަކުދީން ޝަހީދުކޮށްލުމެވެ. މި ވަގުތުގައި ވެސް އަނިޔާވެރި ޔަހޫދީން ގެންދަނީ ވޭތުވެ ދިޔަ މަސްދުވަހުގެ ތެރޭގައި ޣައްޒާއަށް ދޭ އެންމެ ވަރުގަދަ ޙަމަލާތައް ދެމުންނެވެ.

މި ނާޒުކު ދަނޑިވަޅުގައި ޔަހޫދީން ބުނަނީ ޣައްޒާ ދެބައިކޮށްލެވިއްޖެކަމަށާއި މިހާރު އުތުރު ޣައްޒާއަކާއި ދެކުން ޣައްޒާއެއް އޮންނާނެކަމަށެވެ. "މިހާރު އޮންނާނީ އުތުރު ޣައްޒާއާއި ދެކުނު ޣައްޒާއެވެ." އިސްރާއީލުގެ މީރުބަހުރު ދާނިއަލް ހާޖަރީ އިއްޔެ ބުނެފައިވެއެވެ. އޭނާ ބުނެފައިވަނީ އެއީ "ފާހަގަކޮށްލެވޭފަދަ" ކާމިޔާބީއެއްކަމަށެވެ.

އިސްރާއީލުގެ މީޑިއާ ޚަބަރު ދޭ ގޮތުގައި ޔަހޫދީ ލަސްކަރުތައް މިހާރު ތައްޔާރުވަނީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޣައްޒާ ސިޓީއަށް އެއްގަމު މަގުން އަރައިގަތުމަށެވެ. ޔަހޫދީން ޣައްޒާއަށް އުދުވާނީ ޙަލަތައް ދޭން ފެށި ފަހުން ތިންވަނަ ފަހަރަށް މިހާރުވަނީ މުވާސަލާތީ ޚިދުމަތް ކަނޑައިލައިފައެވެ. "އދ. ގެ އެހީދޭ އެޖެންސީތަކުގެ މެންބަރުންނަށް އެއްވެސް ފަރާތަކާ މިހާރު މުޢާމަލާތުކުރެވޭނެ ގޮތެއް ނެތެވެ." އދ.ގެ ފަލަސްތީނު ރެފިޔުޖީ އެޖެންސީގެ މަންދޫބު ޖޫލިއެޓު ތޫމާ، އެސޯސިއޭޓު ޕުރެހަށް ދިން ބަސްދީ ގަތުމެއްގައި ބުނެފައިވެއެވެ. (މަޢުލޫމާތު: އޭ.ޕީ)

Advertisement

ކޮމެންޓް