(2026 އޮކްޓޫބަރު 23ގެ އަދަދާ ގުޅޭ)
ވިސްނުން ދެއްވުމުން މާތްކުރެއްވުން:
ﷲ U އިންސާނާއަށް ސިކުނޑިއާއި ވިސްނުމުގެ ބާރުދެއްވިއެވެ. ހޯދައި ބަލައި ދިރާސާކޮށް އުނގެނުމަށް ޓަކައެވެ. މި ބާރުގެ ސަބަބުން އޭނާ ތަކްލީފުވެރިއަކަށްވިއެވެ.މަސްއޫލުވެރި ޒިންމާދާރު މީހަކަށް ވިއެވެ. މި ސިކުނޑީގެ މަސައްކަތަށް ހުރަސްއަޅައިފަނިވި އެއްވެސް ކަމެއް ނުކުރުމަށް މާތް ﷲ އެންގެވިއެވެ. ((إِنَّ شَرَّ ٱلدَّوَاۤبِّ عِندَ ٱللَّهِ ٱلصُّمُّ ٱلۡبُكۡمُ ٱلَّذِینَ لَا یَعۡقِلُونَ [1]- ހަމަކަށަވަރުން، ދިރޭ ތަކެތީގެ ތެރެއިން اللَّه ގެ حضرة ގައި އެންމެ ނުބައިކަން ބޮޑު ބަޔަކީ ބީރު، މަންމަނުންނެވެ. އެއުރެންނީ، ނުވިސްނާ ބަޔެކެވެ. (އެބަހީ: حقގެ ބަސް ނުބުނާ، އެ އަޑުނާހާ، حق އާއި، باطل ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ.))