"ޔޫއޭއީ މި އޮތީ ލުބުނާނާ އެކު" ކެންޕޭން
އަބާ މުޙަންމަދު
"ޔޫއޭއީ މި އޮތީ ލުބުނާނާ އެކު" މި ޝިޢާރުގެ ދަށުން، ލުބުނާނަށް ދޭ އަވަސް އެހީގެ ބޯޓެއް 2000 ޓަނުގެ ސާމާނާ އެކު ހުކުރުދުވަހު ލުބުނާނުގެ ބަނދަރަށް ދިޔުމަކީ އިސްލާމީ އުންމަތުގެ އެއްބައިވަންތަކަން ހާމަކުރުމަށް ޓަކައި އެޅި މުހިންމު ފިޔަވަޅަކަށް ވާނެއެވެ.
ޔޫއޭއީގެ ދައުލަތުގެ ނޫސް އެޖެންސީ (ވޭމް)އިން ޚަބަރު ދިން ގޮތުގައި، މި އެހީއަކީ އިސްރާއީލީ-ޣައްޒާ ހަނގުރާމައާ އެކު އިސްރާއީލުން ލުބުނާނާ ދެކޮޅަށް ފަށައިފައިވާ ޢުދުވާނުގައި ލުބުނާނުގެ ރައްޔިތުންނަށް ލިބޭ ގެއްލުންތަކަށް ލުޔެއް ދިނުމުގެ ގޮތުން ލުބުނާނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގެންދިޔަ އެހީގެ ސާމާނެވެ.
އޮކްޓޫބަރު ހަތަރެއްގެ ފަހުން 12 މަތީންދާ ބޯޓެއް މިހައި ތަނަށް އެހީގެ ތަކެއްޗާއެކު އޫއޭއިއިން ބޭރުކޮށްފިއެވެ. ލުބުނާނަށް 12 ބޯޓެވެ. އަނެއް ދެ ބޯޓު ދިޔައީ ސޫރިއާއަށެވެ.
"އެންމެ ފަހުގެ އެހީއަކީ މި ޚުޠޫރަތްތެރި ދަނޑިވަޅުގައި ވެސް ލުބުނާނުގެ ރައްޔިތުންގެ އެހީއާ އެކު ލުބުނާނާ އެކު އޮތް އެއްބައިވަންތަކަން ދައްކައިދިން އެހީއެކެވެ." އެސިސްޓެންޓް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ފޮރ ޑިވެލޮޕްމެންޓް އެފެއަރޒް އެންޑް އިންޓަނޭޝަނަލަ އޮގަނައިޒޭޝަން ސުލްޠާން އާލް ޝަމްސީ ވިދާޅުވިއެވެ.
ހުކުރު ދުވަހު ދިޔަ ބޯޓުގައި ގެންދިޔައީ 1000 ޓަނުގެ ކާނާއާއި 1000 ޓަނުގެ ބޯހިޔާވަހިކަމުގެ ސާމާނާއި ބޭސްވެރިކަމުގެ ސާމާނެވެ.
އެކުވެރި ޢަރަބް އިމާރާތުން މަސައްކަތްކުރަނީ ޑަބްލިޔޫއެޗްއޯއާއި ޔުނިސެފާއި އދ.ގެ ރެފިޔުޖީންނާ ބެހޭ ހައިކޮމިޝަނާއި އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑްކޮރެސެންޓް ސޮސައިޓީއާ ގުޅިގެންނެވެ.
މި ކެންޕޭނުގެ ދަށުން އިމާރާތުގެ 24 ޖަމުޢިއްޔާއެއްގެ އެހީގައި އިތުރު 1300 ޓަނުގެ އެހީގެ ސާމާނު މިހާރު ވެސް ވަނީ ޖަމާކޮށްފައެވެ. މި ކަމުގައި އެ ގައުމުގެ ކަންކޮޅުތަކުގައި އެތައް ހާސް ދަރުމަވެރީންނެއް މިހާރު ވެސް މަސައްކަތްކުރަމުން އެބަ ގެންދެއެވެ. ޔޫއޭއިއިން ފޯރުކޮށްދޭ އެހީގެ ތެރޭގައި ދަޅުކާނާއާއި ކިރާއި ރަޖާ ފަދަ ތަކެތި ވެސް ހިމެނެއެވެ.
ޔޫއެއީގެ ރައީސް ޝައިޚު މުޙަނަމަދުގެ އިލްތިމާސަށް އިޖާބަ ދިނުމުގެ ގޮތުން މި މަހުގެ ކުރީކޮޅު ޔޫއެއިއިން އިޢުލާނުކޮށްފައިވާ "ޔޫއޭއީ މި އޮތީ ލުބުނާނާ އެކު" ކެންޕޭނުގެ ދަށުން އަސާސީ އެހީތެރިކަން ފޯރުކޮށްދީ އެހީ ފޯރުކޮށްދިނުމުގައި ޔޫއޭއީ ދެމި އޮތީތީ ލުބުނާނުގެ ބޮޑުވަޒިރު ނަޖީބު މީޤާތީ ވަނީ ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރުއަދާކުރައްވައިފައެވެ.