ކޮކާފަންޏެއްގެ އިޙުސާސް
އިބްނަތު ޢަލިމަނިކު
އެއް ދުވަސްވަރެއްގައި ބަގީޗާއެއްގެ ތެރޭގައި ފޮޅިފައިވާ މާތަކުގެ ތެރޭގައި ދޭލިޔާ ނަމަކަށް ކިޔާ ކުޑަކުޑަ ކޮކާ ފަންޏެއް ދިރިއުޅުނެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ފަތްތަކާއި ގޮފިތަކުގެ ތެރޭ، ދިގުވަމުންދެއެވެ. ފެހި ފަތްތައް ކުދި އެތިކޮޅުން ކަމުން، ބަގީޗާގެ ވަށައިގެންވާ، ރީތިކަމުގެ ތެރޭ އުޅެއެވެ. އިރުއަރައިގެން އަންނަ ވަގުތު ބުރަކައްޓަށް ދޭ އަތްވާއި، އަދި މަޑުވައިރޯޅިއާ އެކު، މަލުގެފިޔަ ހެލިލާ ވަގުތު، ހަށިގަނޑުގައި ބީހިލާ ބިހިލުމަކީ ދޭލިޔާ، ވަރަށް އުފާވާ ކަމެކެވެ.
އެކަމަކު ދޭލިޔާ ސިއްރުން އިންތިޒާރުކުރާ ކަމެއް އެބަ އޮތެވެ. ކޮންމެ ދުވަހަކު ކޮކާތައް ތުނިތުނި ވިދައި ބަބުޅާ ފިޔަތަކުގެ އެހީގައި، ރަން ރީނދޫ އަވީގެ ތެރޭ، ފޮޅިފައި ހުންނަ ހުރި މާމަލުގެ ވަށައިގެން އުދުހޭ ތަން ބަލައެވެ. އަދި، ފިޔަގަނޑުގެ އެހީގައި ޖެހޭ، ވައިރޯޅިއާ އެކު، ނަށާ ތަން ބަލާށެވެ. ދޭލިޔާގެ ހިތަށް އެރިއެވެ. "އަހަންނަށް އެ ގޮތަށް އުދުހެވޭނެ ނަމަ ކިހައި ރަނަނގަޅުހެއްޔެވެ؟"
ކޮކާތަކާ ބައިވެރިވެލުމަށް އުންމީދުކުރިއެވެ. އެހެންނަމަވެސް އެއީ ފަންޏެއްކަން އެނގެއެވެ. ހަށިގަނޑު ބަރުވެފައި ފައިތައް ވެސް ވަރަށް ކުރެވެ. ކޮކާލަކާ ކުޑަކޮށް ވެސް ވައްތަރެއް ނޫނެވެ. އެހެންވެ ނޫދުހެވޭނެއެވެ.
އެއް ދުވަހަކު ހެނދުނު އަރާމުކޮށްލާން ފަތެއްގެ މަތީގައި އޮއްވައި އެ ތަނަށް އުމުރުން ދުވަސްވީ، ވަރަށް ތޫނުފިލި ކޮކާލެއް ދޭލިޔާ ގާތު ޖައްސައިލައިފިއެވެ. ޒަމާންތަކެއް ވަންދެން ދަތުރުފަތުކޮށްފައި ހުރިކަން، ކުލަވެއްޓި ހަލާކުވެފައި ހުރި ފިޔަތަކުން ސާބިތުވެއެވެ. އެހެންނަމަވެސް ކޮކާލުގެ ލޮލުން ހަމްދަރުދީގެ ޝުޢޫރު ފާޅުވޭވޭ ހުއްޓެވެ.
ކޮކާ، ދޭލިޔާއާ ސުވާލުކޮލިއެވެ. ކީވެތޯ ދެރަވެފައި ތިޔަ އޮތީ؟
ޖަވާބުގައި މަޑުމަޑުން ދޭލިޔާ ބުނެލިއެވެ. "އަހަރެން ހިތަށްއަރަނީ އަހަންނަށް ވެސް ތިޔަ ގޮތަށް އުދުހެވޭނެ ނަމައޭ؟ އެކަމަކު އަހަރެންގެ ފިޔައެއް ވެސް ނެތް."
ކޮކާ ހިނިތުންވެލައިފައި ބުނެލިއެވެ. "ތިބާއަށް އެނގޭތަ ތިބާގެ ފަހަތުގައި ފޮރުވިފާއިވާ ސިއްރަކީ ކޮބައިކަން؟"
"ތިޔަ ބުނި އެއްޗެއް ނުވިސްނުނު." ޙައިރާކަމާއެކު ދޭލިޔާބުނެލިއެވެ.
"އެއް ދުވަހަކުން ތިބާއަށް ވެސް އަމިއްލަ ވަރައެއް ލިބޭނެ. އެހެންނަމަވެސް އޭގެ ކުރީން އުނދަގޫ މަރުހަލާތަކެއް ކަޑައްތުކުރާން ޖެހޭނެއެވެ. އެއީ ވަރަށް ވަގުތު ހެދަވާ ކަމެއް، އެކަމަކު ހުރިހައި މަރުހަލާއެއް ކަޑައްތުވުމަށް ފަހު، ތިބާ ހީކުރާ ވަރަށް ވުރެ ރީތިވެފައި މިނިވަންވާނެއެވެ."
ދޭލިޔާގެ ހިތް އުފަލުން ފޮޅުނެވެ. "ނާހަމަ ތެދެއްތަ؟ އަހަރެން ދުޢާކުރާނަން އެއް ދުވަހަކުން، ތިޔަ ގޮތަށް އަހަންނައް އުދުވޭތޯ."
ކޮކާ ބޯޖަހައިލައިފައި ބުނެލިއެވެ. "އާނއެކެވެ. ކޮންމެ ފަންޏެއް ވެސް ބަދަލުވާނެއެވެ. ތިބާ ބަދަލުވާނީ ރައްކާތެރި ވެގެންވާ ތޮއްޓެއްގެ ތެރެއަށް. އެއަށް ފަހު، އޭގެ ތެރޭގައި ހައިރާއްކުރުވަނިވި ކަންތައްގަނޑެއް ހިނގާނެ، ބަދަލުވުމަށް ފަހު، ތިޔައީ ވެސް ކޮކާލެކެވެ."
އެކަމަކު އަހަންނަށް ކިހިނަކުން އެނގޭނީ ވަގުތު ޖެހުނީމާ؟" ދޭލިޔާ ސުވާކުރިއެވެ.
"ތިބާއަށް އިހުސާކުރެވޭނެ." ކޮކާ ބުންޏެވެ. އަދި އެ އިހުސާސްކުރެވޭންފެށީމާ ބިރުނުގަނެ ދުޢާކުރާށެވެ. އެއީ ގުދުރަތީ ގާނޫނެވެ. މިހެން ބުނެފައި ކޮކާ އުދުހިގެން ހިނގައްޖެއެވެ.
އެއް ދުވަހެއްގެ މެންދުރުފަހެވެ. އިރުގެ ރަންއަލި އުދަރެހުން ތިރިވާން ފެށިތަނާހެން ވަގުތު އައިސް ޖެހިއްޖެކަން ދޭލިޔާއަށް އެނގިގެން ގޮފިގަނޑުގެ ރައްކާތެރި ހިސާބަކަށް ދަތުރުކޮށްފައި ގޮސް ތޮށިގަނޑު ވިޔާންފެށިއެވެ. ގައިގައި ހުރި ހުރިހައި ހިތްވަރެއް ލައިގެން ވަރުބަލިކަމާ އެކު ސަލާމަތީ ތޮށިގަނޑެއް ވިއުމުގައި އަވަދިނެތި ހޭދަކޮށްލިއެވެ. ވިޔެނިމުމާ އެކު، ތޮށިގަނޑުގެ އެތެރޭގައި ބަންދުވިއެވެ. އެ ވަގުތު ކޮކާ ދެއްކި ވާހަކަ ހިތަށްއެރިއެވެ. "ހެއްދެވި ފަރާތަށް އިތުބާރުކޮށް މި ހަރަކާތަށް ކެއްތެރިވާށެވެ."
މިހެން ރޭދުވާ ތަކުރާރުވަމުން ގޮސް އެއް ދުވަހެއްގެ ހެނދުނުގެ ވަގުތު އާދަޔާ ޚިލާފު ކަންތައްގަނޑެއް ވާން ފެށިއެވެ. ތޮށިގަނޑު މަޑުވާން ފެށިއެވެ. އަދި އިރުގެ ހޫނު އިހުސާސްކުރެވޭން ފެށިއެވެ. މަޑުމަޑުން ތޮށިގަނޑު ހަލާކުކޮށްލައިފައި، ތޮށިގަނޑުން ބޭރަށް ނިކުމެވިއްޖެއެވެ.
ތޮށިގަނޑުން ބޭރަށް ނުކުމެވުމާ އެކު، ކުރީގައި ހުރި ބަރުހެލިކަން ފިލައި، ލުއިކަން އިހުސާސްކުރެވުނެވެ. ހަށިގަނޑަށް ބަލައިލެވުނެވެ. ފައިތައް ދިގުވެފައި ބުރަކަށިމަތީގައި އަރާމު، އެކި ކުލަކުލައިން ޖަރީވެފައިވާ، ފިޔަގަނޑެއް ހުއްޓެވެ. މިހާރު ދޭލިޔާއަކީ ފަންޏެއް ނޫނެވެ. ރީތި ކޮކާލެކެވެ.
އުފަލުން ފިޔަގަނޑު ދަމައިލައިފައި، ނަލަނަލަ ވައިގެ ތެރެއަށް "ފީނައިގަތެވެ." އޮފިގަނޑުދޫކޮށް އުދުއްސައިގަތެވެ. ދޭލިޔާ ދިރިއުޅުނު ބަގީޗާއަށް ބަލައިލިއެވެ. މަތީން ފެންނަ އިރު، ބަގީޗާގެ މަންޒަރު ވަރަށް ތަފާތެވެ. ތަފާތު ދުނިޔެއެކެވެ. ދޭލިޔާގެ ފިޔަގަނޑާ ވައިރޯޅި ކުޅެމުންގެންދާ އިރު، މާމަލުގެ ތަފާތު މީރު ބުއިންތަކުން ފޮނިބޮމުން ދިޔައެވެ. އުފަލުން، ހެމުން، ނަށަމުން، ވައިގެ ތެރޭގައި މިނިވަންކަމާ އެކު، އުދުހެމުން ދިޔައެވެ. މިއީ ދޭލިޔާ ދުށް ހުފެނެވެ. ޙަގީގަތަކަށް ވީއެވެ.
(ނޯޓު: މިއީ ކުޑަކުދީންނަށް ޚާއްޞަ ވާހަކައެކެވެ.)