Advertisement

ޔަހޫދީންގެ ޢުދުވާނީ ޢަމަލުތަކުން ތަދުވެފައިވާ ހިތް (2)

14 Oct 2024 | 00:08
ޔަހޫދީން ބުނާ ގޮތުގައި ތާއަބަދަށް އެ މީހުން ތިބޭނީ ތަންތަން ހަލާކުކޮށް ސުންނާފަތިކުރާ ބަޔެއްގެ ގޮތުގައެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

(ކުރީ ހަފުތާގެ ބާކީ)

މި ދިޔަ ހަފުތާގެ ލިޔުމުގައި ދަންނަވައިފައިވާނޭ ފަދައިން ކީރިތި ޤުރްއާނުގައި އެންމެ ގިނައިން ވާރިދުވެފައިވަނީ ބަނީއިސްރާއީލު ބާގައިގެ މީހުންގެ ވާހަކަތަކެވެ. ސީދާކޮށްނާއި ނުސީދާކޮށް ކީރިތި ޤުރްއާނުގައި ބަނީއިސްރާއީލު ބާގައިގެ މީހުންނާ ބެހޭ 130 އާޔަތް އައިސްފައިވެއެވެ. މި އާޔަތްތަކުގައި އެ މީހުންގެ ޠަބީޢަތާއި ނަފުސިއްޔަތާއި އެ މީހުންގެ ބޯހަރުކަމާއި އެ މީހުންގެ ދޮގުވެރިކަމާއި ރަސޫލުބޭކަލުންނަށް ކޮށްފައިވާ ދުއްތުރާތަކުގެ ވާހަކަތައް އައިސްފައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެފާނު ވިދާޅުވިއެވެ. "އެންމެ ދުވަހެއްގެ ތެރޭގައި ބަނީއިސްރާއީލު ބާގައިގެ މީހުން ތިން ސަތޭކަ ނަބީބޭކަލުން ޤަތުލުކޮށް އަވަހާރަކޮށްލިއެވެ. މި ކަން ކުރުމަށް ފަހު އެބައިމީހުން އެ ދުވަހު ހަވީރުކޮޅު އެމީހުންގެ ބާޒާރުތައް ހުޅުވިއެވެ."

އެމީހުން ޤަތުލުކުރި ރަސޫލުބޭކަލުންގެ ތެރޭގައި ޒަކަރިއްޔާގެފާނު ވިއެވެ. އެކަލޭގެފާނު ޤަތުލުކުރީ އެކަލޭގެފާނުގެ ހަށިކޮޅު ރުއްގުޅިއެއް ކީހާ ގޮތަށް ކީހައިލައިގެންނެވެ. އެކަލޭގެފާނުގެ ދަރިކަލުން ޔަޙްޔާގެފާނު ވެސް ޤަތުލުކުރީ ވަރަށް އަނިޔާވެރި ގޮތަކަށެވެ. އެމީހުން ޢީސާގެފާނު ޤަތުލުކުރެވޭތޯ މަސައްކަތްކުރިއެވެ. އަދި ކައު ރަސޫލާ އަވަހާރަކޮށްލެވޭތޯ ވެސް ވަރަށް ގިނަ މަސައްކަތްކުރިއެވެ.

މި ފަހަރު ބަލައިލެވޭތޯ މަސައްކަތްކުރާނީ ތައުގީދުކަން ބޮޑު އިންސާނީ މި ނަސްލުގެ މިޒާޖާއި ޠަބީޢަތާއި ބައެއް ސިފަތައް ހާމަކޮށްދެވޭތޯއެވެ. ކީރިތި ޤުރްއާނުގައި އެމީހުންގެ 24 ސިފައެއް އައިސްފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ސިފަތަކަކީ :-

1- އެއްވެސް ޙައްޤަކާނުލައި ނަބީބޭކަލުން ޤަތުލުކުރުން: މި ވާހަކައިގެ ކޮންމެވެސް މިންވަރެއްގެ ތަފްޞީލު މިހާރު ވާނީ ބަޔާންކޮށްފައެވެ.

2- ބިން ފަސާދަކުރާން މަސައްކަތްކުރުން: ޔަހޫދީން ވުޖޫދުވުމާ ވިދިގެން އެ މީހުންނަށް ވުރެ ފާސިދުކަން ބޮޑު، ޚަރާބުކުރުމަށް ލޯބިކުރާ ބަޔަކު މި ބިމުގައި ފާޅުވެފައެއް ނުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((كُلَّمَآ أَوْقَدُوا۟ نَارًا لِّلْحَرْبِ أَطْفَأَهَا ٱللَّهُ ۚ وَيَسْعَوْنَ فِى ٱلْأَرْضِ فَسَادًا ۚ وَٱللَّهُ لَا يُحِبُّ ٱلْمُفْسِدِينَ[1] - އެއުރެން ހަނގުރާމައަށް އަލިފާންގަނޑެއް ރޯކޮށްފި ކޮންމެ ހިނދެއްގައި، اللَّه އެ އަލިފާންގަނޑު ނިއްވަވަތެވެ. އަދި ބިމުގައި فسادކުރުމުގެ ގޮތުން އެއުރެން މަސައްކަތްކުރެތެވެ. ފަހެ، فسادކުރާ މީހުން ދެކެ اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.))  ޞިހްޔޫނީ ސިއްރު ބަސްތަކުގެ ތެރޭގައި ވެއެވެ. "އަހުރެމެންގެ ރައްޔިތުންނަކީ ދީންވެރި އީމާންކަމުގެ އަހްލުވެރި ބަޔަކީމުއެވެ. އެހެނަސް ޣައިރުޔަހޫދީ މުޖްތަމަޢުތަކުގައި ބަދުއަޚްލާޤީ ކަންތައްތަކަށް އަހުރެމެން ހިތްވަރުދީ އެ މުޖްތަމަޢުތަކުގައި ފަސާދައާއި ކުފުރު ޢާންމުކުރުމަށް ޓަކައި ގަދައަޅައި މަސައްކަތްކުރާންވާނެއެވެ."

3-ޖަރީމާތައްހިންގާން ލޯބިކުރުން: ޔަހޫދީންނަކީ ޖަރީމާތައް ހިންގުމަށް ލޯބިކުރާ، އެއިގެ މަތީގައި ދިރިއުޅޭ އެ ކަންކަން ރާވައި ހިންގާ ބަޔެކެވެ. އެމީހުން ދުނިޔޭގެ ގައުމުތަކުގައި އުޅެމުންދަނީ ދައުލަތެއްނެތް ބައެއްގެ ގޮތުގައެވެ. މީހުން ބަލައިގަންނަ ކިޔާނެއްނެތި މަގުމަތިވެފައިވާ ބަޔެއްގެ ގޮތުގައެވެ. އެ މީހުން މުޖުތަމަޢެއްގެ ތެރޭގައި އުޅޭއިރު އުޅޭނީ ދޭތެރެ ޖައްސާ ބަޔެއްގެ ގޮތުގައެވެ. ފިތުނަފަސާދަ އުފައްދާ ބަޔެއްގެ ގޮތުގައެވެ. ﷲ U އެ މީހުންނަށް އިންޒާރުދެއްވައި އެ ކަމާ ދުރުހެލިވާން އެންގެވިއެވެ. އެހެނަސް އެ މީހުންގެ ހެއްލުންތެރިކަން ދިޔައީ އިތުރުވަމުންނެވެ. ޤާބީލު އޭނާގެ ކޮއްކު ހާބީލު މަރައިލި ވާހަކައާ ވިދިގެން މާތް ﷲ ވަޙީކުރެއްވިއެވެ. ((مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِىٓ إِسْرَٰٓءِيلَ أَنَّهُۥ مَن قَتَلَ نَفْسَۢا بِغَيْرِ نَفْسٍ أَوْ فَسَادٍ فِى ٱلْأَرْضِ فَكَأَنَّمَا قَتَلَ ٱلنَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَآ أَحْيَا ٱلنَّاسَ جَمِيعًا ۚ وَلَقَدْ جَآءَتْهُمْ رُسُلُنَا بِٱلْبَيِّنَٰتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِى ٱلْأَرْضِ لَمُسْرِفُونَ [2]- އެ ކަމަށް ޓަކައި އިސްރާއީލުގެދަރީންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. نفسއެއް މަރައިގެން، ނުވަތަ ބިމުގައި فسادއެއް އުފައްދައިގެން ނޫން ގޮތަކަށް، نفسއެއް މަރައިފި މީހަކު، އެންމެހައި މީސްތަކުން މެރި ފަދައެވެ. އަދި އެ نفس ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހައި މީސްތަކުން ދިރުވިފަދައެވެ. ހަމަކަށަވަރުން، بيان ވެގެންވާ ހެކިތަކާއިގެން، ތިމަންރަސްކަލާނގެ رسولން އެއުރެންގެ ގާތަށް ވަޑައިގަތެވެ. ދެން އެއަށް ފަހު، އެއުރެންގެ ތެރެއިން ގިނަމީހުންނީ ބިމުގައި إسرافކޮށް އުޅޭ މީހުންކަން ކަށަވަރެވެ. (އެބަހީ: މީހުން މެރުމާއި، كافرކަމުގައި ހައްދުފަހަނަޅައި ގޮސްފައިވާ މީހުންކަން ކަށަވަރެވެ.))

4-މުއުމިނުންނަށް ޢަދާވަތްތެރިވުމާއި ޙަސަދަވެރިވުން ބޮޑުވުން: ﷲ ތަޢާލާ ވަހީކުރެއްވިއެވެ. (( لَتَجِدَنَّ أَشَدَّ النَّاسِ عَدَاوَةً لِلَّذِينَ آمَنُوا الْيَهُودَ وَالَّذِينَ أَشْرَكُوا[3]  -إيمانވި މީހުންނަށް މީސްތަކުން ކުރެ، عداوةތެރިކަން އެންމެ ބޮޑު ބަޔަކީ، يهودىންނާއި، އަދި شريكކުޅަ މީހުންކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ.)) މާތް ﷲ ރަޙުމަތްލެއްވި އަލްއިމާމު އައްރާޒީ ވިދާޅުވިއެވެ. " މާތް ﷲގެ މި ބަސްފުޅުން އެނގޭ ގޮތުގައި ޔަހޫދީންނަކީ މުސްލިމުންނަށް ވަރަށް ޢަދާވަތްތެރި ބަޔެކެވެ. މާތް ﷲ މި ވަނީ ދުޝްމަނުކަމުގައި ޔަހޫދީން މުޝްރިކުންނާ އެއްވަރުކުރައްވައިފައެވެ. ރާޒީ ވިދާޅުވެފައިވާ ގޮތުގައި މުޝްރިކުންނަށް ވުރެ ވެސް ޔަހޫދީންގެ ދުޝްމަނުކަން ބޮޑެވެ. މި ކަން ދޭހަވަނީ މުޝްރިކުންނަށް ވުރެ ކުރީން ޔަހޫދީންގެ ވާހަކަ ގެންނަވައިފާ ވާތީއެވެ. ކީރިތި ނަބިއްޔާ صلى الله عليه وسلم  ޙަދީސްކުރެއްވިއެވެ. ((لَوْ آمَنَ بي عَشَرَةٌ مِنَ اليَهُودِ، لآمَنَ بي اليَهُودُ[4] -ޔަހޫދީންގެ ތެރެއިން - އެބަހީ އެމީހުންގެ ޢިލްމުވެރީންނާއި ޒަޢީމުންގެ ތެރެއިން -– ދިހަ މީހަކު ތިމަންކަލޭގެފާނަށް އީމާންވި ނަމަ، ހުރިހައި ޔަހޫދީން ތިމަންކަލޭގެފާނަށް އީމާންވީހެވެ.))

5- ޔަހޫދީންގެ ޙަސަދަވެރިކަން ބޮޑުކަން:  ޔަހޫދީންނަކީ ވަރަށް ޙަސަދަވެރި ބަޔެކެވެ. މި ކަމާ ބެހޭ ގޮތުން ރަސޫލާ r ޙަދީސްކުރެއްވިއެވެ. ((إن اليهود قوم حُسَّد[5] - ހަމަކަށަވަރުން ޔަހޫދީންނަކީ ޙަސަދަވެރިކަން ބޮޑު ބަޔެކެވެ.)) ކައު ރަސޫލާގެ ބަސްފުޅުތަކުން އެނގޭ ގޮތުގައި ޔަހޫދީން މުސްލިމުންނަށް ޙަސަދަވެރިވާ ސަބަބުތަކެއް ވެއެވެ. އެއިގެ ތެރޭގައި ހިމެނޭ އެއް ކަމަކީ މުސްލިމުންގެ ސަލާމެވެ. ދެވަނަ ކަމަކީ މުސްލިމުން ނަމާދުގައި އާމީންކިޔުމެވެ. އަލްޙަމްދު ކިޔަވައިފައި އާމީންކިޔުމަކީ އެ މީހުންގެ މައްޗަށް ކުރެވޭ ބަދުދުޢާއަކަށް ވާތީއެވެ.

6- އެއްބަސްވުންތަކާއި މުޢާހަދާތަކާއި ޢަހުދުތަކަށް ޚިޔާނަތްތެރިވެ އިޙުތިރާމުނުކުރުން: ޔަހޫދީންގެ ޠަބީޢަތަކީ ޚިޔާނަތްތެރިކަމެވެ. މީސްތަކުންގެ މެދުގައި ދޭތެރެޖެއްސުމެވެ. އެއްބަސްވުންތަކާ ޚިލާފުވުމެވެ. އިސްރާއީލު އުފެދުނީއްސުރެ އެ މީހުން އެއްބަސްވެފައިވާ އެއްވެސް އެއްބަސްވުމަކަށް އެ މީހުން ޢަމަލުކޮށްފައެއް ނުވެއެވެ. ނުބައި ގޮތަކަށް އެއްބަސްވުންތައް މާނަކޮށް އެއާ ޚިލާފުވެއެވެ. ((أَوَكُلَّمَا عَاهَدُوا عَهْدًا نَبَذَهُ فَرِيقٌ مِنْهُمْ بَلْ أَكْثَرُهُمْ لَا يُؤْمِنُونَ[6]  - އެއުރެން عهدއެއް ކުރާ ކޮންމެ ހިނދަކު، އޭގެ ތެރެއިން ބަޔަކު އެ عهد އެއްލައިލަނީހެއްޔެވެ؟ އަދި ކިއެއްތަ؟ އޭގެ ގިނަ މީހުން إيمانއެއް ނުވެތެވެ.)) އެހެން ބަސްފުޅެއްގައި ވެއެވެ. ((ٱلَّذِينَ عَٰهَدتَّ مِنْهُمْ ثُمَّ يَنقُضُونَ عَهْدَهُمْ فِى كُلِّ مَرَّةٍ وَهُمْ لَا يَتَّقُونَ [7]- އެއުރެންނަކީ، ކަލޭގެފާނު އެއުރެންނާ عهد ކުރެއްވި މީހުންނެވެ. ދެން ކޮންމެ ފަހަރަކު، އެއުރެން، އެއުރެންގެ عهد އުވައިލައެވެ. އަދި އެއުރެން (اللَّهއަށް) ބިރުވެތިވާކަމުގައި ނުވެތެވެ.)) ޔަހޫދީންގެ ތަލްމޫދުގައި އައިސްފައިވެއެވެ. ((ތިބާގެ ގާތަށް ޔަހޫދީއަކު  ޣައިރުޔަހޫދީއަކާ ދެކޮޅަށް ދަޢުވާއަކާއިގެން އަތުވެއްޖެ ނަމަ، ތިބާ ޔަހޫދީ މީހާއާ އެއްކޮޅަށް މަސްއަލަ ނިންމާށެވެ!)) އެހެންވީމާ މުސްލިމުން ޔަހޫދީންނަށް އިތުބާރުކުރާނީ ކިހިނެއްތޯއެވެ؟

7-ޣައްދާރުކަމާއި ޚިޔާނަތްތެރިކަން: ޔަހޫދީންގެ ކިބައިގައި ވާ ނޭދެވޭ ސިފަތަކުގެ ތެރޭގައި ޣައްދާރުކަމާއި ޚިޔާނަތްތެރިކަން ވެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَإِن يُرِيدُوا۟ خِيَانَتَكَ فَقَدْ خَانُوا۟ ٱللَّهَ مِن قَبْلُ فَأَمْكَنَ مِنْهُمْ ۗوَٱللَّهُ عَلِيمٌ حَكِيمٌ [8]- އަދި އެއުރެން އެދެނީ ކަލޭގެފާނަށް خيانةތެރިވުން ކަމުގައިވާ ނަމަ، (ދަންނާށެވެ!) ފަހެ، އޭގެ ކުރީން ހަމަކަށަވަރުން، އެއުރެން اللَّهއަށް خيانة ތެރިވިއެވެ. ދެން އެކަލާނގެ އެއުރެންގެ މައްޗަށް ކަލޭގެފާނު ބާރުވެރި ކުރެއްވިއެވެ. އަދި اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ حكيم ވަންތަ ރަސްކަލާނގެއެވެ.)) މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެންވާ ޙަދީސެއް ބުނާ ގޮތުގައި ޚައިބަރުގައި ޔަހޫދީ އަންހެނަކު ވިހަލައިގެން ފިހެފައިވާ ކަންބަޅިއެއް ރަސޫލާއަށް ވެދުމަށް އެރުވިއެވެ. އެކަލޭގެފާނު އޭތީގެ ފައިން އެތިކޮޅެއް ފަރިއްކުޅުއްވިއެވެ. ޞަޙާބީން ފަރިއްކުޅުއްވާން އުޅުއްވުމުން ފަރިއްނުކުޅެއްވުމަށް ވިދާޅުވިއެވެ. އެއީ ވިހަލައިފައިވާ އެއްޗެއްކަމަށް ވިދާޅުވިއެވެ. މި ކަންބަޅިން ފަރިއްކުޅުއްވި ބިޝްރު ބިނުލްބަރާއު ބިން މަޢުރޫރު އަވަހާރަވިއެވެ. ކީރިތި ރަސޫލާ މި އަންހެނާ ގެންނަވައި ސުވާލުކުރެއްވުމުން އޭނާ މި ކަމަށް އިޢުތިރާފުވިއެވެ. ގަސްތުގައި މީހަކު މެރުމުގެ ކުށުގައި މި އަންހެނާ ޤަތުލުކުރެއްވިއެވެ.[9]

8-ޙަވާލުކުރެވޭ އަމާނަތަށް އިންކާރުކޮށް ރައްދުނުކުރުން: ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. (( وَمِنْ أَهْلِ ٱلْكِتَٰبِ مَنْ إِن تَأْمَنْهُ بِقِنطَارٍ يُؤَدِّهِۦٓ إِلَيْكَ وَمِنْهُم مَّنْ إِن تَأْمَنْهُ بِدِينَارٍ لَّا يُؤَدِّهِۦٓ إِلَيْكَ إِلَّا مَا دُمْتَ عَلَيْهِ قَآئِمًا ۗ ذَٰلِكَ بِأَنَّهُمْ قَالُوا۟ لَيْسَ عَلَيْنَا فِى ٱلْأُمِّيِّـۧنَ سَبِيلٌ وَيَقُولُونَ عَلَى ٱللَّهِ ٱلْكَذِبَ وَهُمْ يَعْلَمُونَ ‎[10] - ނުހަނު ގިނަ މުދަލަކުން ކަލޭގެފާނު އެމީހަކާ أمانة حوال ކުރައްވައިފި ނަމަ، އެ أمانة ކަލޭގެފާނަށް އަނބުރައި ރައްދުކުރާ މީހުން ފޮތުގެ أهل ވެރީންގެ ތެރެއިންވެއެވެ.[11] އަދި، ދީނާރަކުން ކަލޭގެފާނު އެ މީހަކާ أمانة حوالކުރައްވައިފި ނަމަ، (އެ أمانة އަނބުރައި ރައްދުކުރުން އެދިވަޑައިގެން) އެ ކަމުގެ މަތީގައި ކަލޭގެފާނު قائمވެވަޑައިގެން ހުންނެވިއްޔާ މެނުވީ، އެ أمانة ކަލޭގެފާނަށް އަނބުރައި ރައްދުނުކުރާ މީހުން ވެސް އެއުރެންގެ ތެރެއިންވެއެވެ. އެއީ، ހަމަކަށަވަރުން، އެއުރެން ބުނެ އުޅެނީ أمّىންނާ މެދުގައި، (އެބަހީ: عربى ންނާ މެދުގައި) އެހެން ހެދުމަކުން އެއްވެސް ފާފައެއް އަހަރެމެންގެ މައްޗަކަށް ނެތެވެ. ފަހެ، އެއުރެން ދެނެ ތިބެ اللَّهއާ މެދު ދޮގުބަސްތައް ބުނަނީއެވެ.))  ޔަހޫދީންގެ މުފައްކިރުންގެ ޕްރޮޓްކޯލުގައި އައިސްފައިވެއެވެ. "އަހުރެމެން  ޣައިރުޔަހޫދީންނާއެކު ކުރާ މުޢާމަލާތުތަކުގައި ރިޝްވަތުނެގުމާއި މަކަރާއި ޙީލަތްހެދުމާއި ޚިޔާނަތްތެރިކަމާ ދުރުހެލިވާކަށް ނުޖެހޭނެއެވެ.))

9-ދޮގުހެދުމާއި އޮޅުވައިލުން: މާތް ﷲ ވަޙީކުރެއްވިއެވެ. ((سَمَّٰعُونَ لِلْكَذِبِ سَمَّٰعُونَ لِقَوْمٍ ءَاخَرِينَ لَمْ يَأْتُوكَ ۖ يُحَرِّفُونَ ٱلْكَلِمَ مِنۢ بَعْدِ مَوَاضِعِهِۦ[12] - އެއުރެންނަކީ، ދޮގުތައް ގިނަގިނައިން އަޑުއަހާ މީހުންނެވެ. (އަދި) ކަލޭގެފާނުގެ އަރިހަށް ނާންނަ އެހެން ބަޔެއްގެ ބަސް، ގިނަގިނައިން އަޑުއަހާ މީހުންނެވެ. (توراة ގެ) كلمةތައް އެ ހުންނަންވީ ތަންތަނުން އެއުރެން ބަދަލުކުރެތެވެ.)) ޔަހޫދީއެއްގެ ގޮތުގައި އުޅުއްވައިފައި އިސްލާންވެވަޑައިގަތް ޞަޙާބީ ޢަބްދުﷲ ބިން ސަލާމު ވިދާޅުވިއެވެ. ((إِنَّ الْيَهُودَ قَوْمٌ بُهُتٌ[13]- ހަމަކަށަވަރުން ޔަހޫދީންނަކީ ވަރަށް ބޮޑަށް ދޮގުހަދާ ބަޔެކެވެ.))

10-     ޙަރާންގޮތުގައި މީހުންގެ މުދާ ކެއުން: މާތް ﷲ ވަޙީކުރެއްވިއެވެ. ((سَمَّٰعُونَ لِلْكَذِبِ أَكَّٰلُونَ لِلسُّحْتِ [14] - (އެއީ) ގިނަގިނައިން ދޮގުބަސްތައް އަހާމީހުންނެވެ. حرام މުދާ ގިނައިން ކާމީހުންނެވެ.)) ރިބަވީ ބޭންކުތަކާއި ރިބަވީ މުޢާމަލާތުތައް އީޖާދުކުރީ ޔަހޫދީންނެވެ. އެމީހުންގެ ޕްރޮޓްކޯލް ބުނާ ގޮތުގައި ޔަހޫދީން ޔަހޫދީންނާ އެކު މުޢާމަލާތުކުރާ އިރު، ރިބާ ކެއުމަކީ ޙަރާންކަމެކެވެ. އެހެނަސް ޣައިރުޔަހޫދީންނާ އެކު މުޢާމަލާތުކުރާ އިރު ރިބާ ނަގާން ޖެހޭނެއެވެ. މި ޕްރޮޓްކޯލް ބުނާ ގޮތުގައި "ވެރިކަންކުރާއިރު މަކަރާއި ޙީލަތާއި އޮޅުވައިލުން އޮންނަންޖެހޭނެއެވެ."

11-     ﷲ ތަޢާލާއާ އެކު އަދި އެބައިމީހުންގެ ނަބީބޭކަލުންނާ އެކު އަދަބުކުޑަކުރުން: ބައެއް ފަހަރަށް އެމީހުން ބުންޏެވެ. ((وَقَالَتِ ٱلْيَهُودُ عُزَيْرٌ ٱبْنُ ٱللَّهِ  [15]- يهودى ން ބުނޫއެވެ. عُزَير ގެފާނަކީ، اللَّه ގެ ދަރިކަލުންނެވެ.))  އަނެއްބައިފަހަރަށް އެމީހުންގެ ޢިލްމުވެރީންނާއި ޒަޢީމުން އިލާހުންނަށް ހެދިއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((ٱتَّخَذُوٓا۟ أَحْبَارَهُمْ وَرُهْبَٰنَهُمْ أَرْبَابًا مِّن دُونِ ٱللَّهِ وَٱلْمَسِيحَ ٱبْنَ مَرْيَمَ وَمَآ أُمِرُوٓا۟ إِلَّا لِيَعْبُدُوٓا۟ إِلَٰهًا وَٰحِدًا ۖ لَّآ إِلَٰهَ إِلَّا هُوَ ۚ سُبْحَٰنَهُۥ عَمَّا يُشْرِكُونَ[16]- އެއުރެންގެ علم ވެރީންނާއި، ފާދިރީންނާއި، مريم ގެފާނުގެ ދަރިކަލުން المسيح (عيسى ގެފާނު)އަކީ، اللَّه ފިޔަވައި إلهން ކަމުގައި އެއުރެން ހެދޫއެވެ. (ނަމަވެސް) އެއްކައުވަންތަ إله އަށް، އަޅުކަން ކުޅައުމަށް މެނުވީ އެއުރެންނަށް أمرކުރައްވައިފައެއް ނުވެތެވެ. އެކަލާނގެ މެނުވީ إلهއަކު ނުވެތެވެ. އެއުރެން އެ شريكކުރާ ތަކެތިން، އެކަލާނގެ ހުސްطاهر ވެ ވޮޑިގެންވެތެވެ.)) އަދި އަނެއް ބައި ފަހަރަށް އެ މީހުން ﷲގެ މަތިވެރި ޒާތުފުޅާ އެކަށީގެންނުވާ އުނި ސިފަތަކުން އެކަލާނގެ ސިފަކުރިއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. ((وَقَالَتِ ٱلْيَهُودُ يَدُ ٱللَّهِ مَغْلُولَةٌ ۚ غُلَّتْ أَيْدِيهِمْ وَلُعِنُوا۟ بِمَا قَالُوا [17]  - يهودىން ބުނޫއެވެ. اللَّهގެ އަތްޕުޅު ވަނީ ބަންދުވެގެންނެވެ. (يهودىން މިހެން ބުނީ اللَّهއަށް ދަހިކަން ނިސްބަތްކުރުމުގެ ގޮތުންނެވެ.) އެއުރެންގެ އަތްތައް ބަންދުވާށިއެވެ! އަދި އެއުރެން އެހެން ބުނުމުގެ ސަބަބުން އެއުރެންނަށް لعنةލެއްވިއެވެ.)) އެ މީހުން އެއްވެސް ލަދުވެތި ކަމެއް ނެތި ބުންޏެވެ. ((إِنَّ ٱللَّهَ فَقِيرٌ وَنَحْنُ أَغْنِيَآءُ  [18]- ހަމަކަށަވަރުން، اللَّه އީ فقيرއެކޭ، ތިމަންމެންނީ މުއްސަނދިންނެވެ.)) ޔަހޫދީންނަށް ވަނީ އެ މީހުންގެ މޮޅުކަމާއި ވިސްނުންތޫނުކަން އެނގި އެ ކަމާ ބޮޑާވެ ހައްދުފަހަނަޅައިގޮސްފައެވެ. ތަލްމޫދުގައި އައިސްފައިވެއެވެ. ((ﷲގެ އަމުރުފުޅުން ވެސް ޙާޚާމުންގެ[19] އިރްޝާދުތައް މަންސޫޚުވެގެންނުދާނެތެވެ.)) މުސްލިމުންގެ ހިތްތަކުގައި ﷲގެ ޒާތުފުޅާ މެދު ނަފްރަތްތެރިކަން އުފެއްދުމަށް ޓަކައި ޔަހޫދީން ވަރަށް ބޮޑަށް މަސައްކަތްކުރެއެވެ. އެ މީހުންގެ ހަތަރުވަނަ ޕްރޮޓްކޯލްގައި އައިސްފައިވެއެވެ. "ޣައިރުޔަހޫދީންގެ ހިތްތަކުން ﷲއާ ބެހޭ ހުރިހާ މަފްހޫމުތަކެއް ލުހެލުން ޔަހޫދީންގެ މައްޗަށް ވާޖިބުވެގެންވެއެވެ. އޭގެ ބަދަލުގައި އެ މީހުންގެ ހިތްތައް ފުރައިލާން ޖެހޭނީ މާއްދީ ޝަހްވަތްތަކާއި އެދުންތަކުންނެވެ.))

12-     ބޮޑާކަމާއި ކިބުރުވެރިކަމާއި ހެއްލުންތެރިކަން: ބައެއް ފަހަރަށް އެ މީހުން ބުނެތެވެ.((نَحْنُ أَبْنَٰٓؤُا۟ ٱللَّهِ وَأَحِبَّٰٓؤُهُۥ [20]- ތިމަންމެންނީ، اللَّه ގެ ދަރީންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގެންވާ މީހުންނެވެ.)) އަނެއް ބައި ފަހަރު ބުންޏެވެ. ((وَقَالُوا۟ لَن يَدْخُلَ ٱلْجَنَّةَ إِلَّا مَن كَانَ هُودًا أَوْ نَصَٰرَىٰ  [21]- އެއުރެން ބުނޫއެވެ. يهودىއަކުކަމުގައި ނުވަތަ نصارىއަކު ކަމުގައިވާ މީހަކު މެނުވީ، ސުވަރުގެޔަކަށް ނުވަންނާނެތެވެ.)) ޔަހޫދީ މަޝްހޫރު ޙާޚާމެއްކަމުގައިވާ މޮރިސް ޞޮމްއީލް އޭނާގެ މަޝްހޫރު ފޮތް "ތިޔަބައިމީހުން ޣައިރުޔަހޫދީން"ގައި ބުނެފައިވެއެވެ. ((އަހުރެމެން ޔަހޫދީންނަކީ ތަންތަން ތަޅައި ސުންނާފަތިކުރާ ބަޔަކީމުއެވެ. ތާއަބަދަށް އަހުރެމެން ތިބޭނީ ތަންތަން ހަލާކުކޮށް ސުންނާފަތިކުރާ ބަޔެއްގެ ގޮތުގައެވެ. އަހުރެމެން ތަންތަން ތަޅައި ސުންނާފަތިކުރާން ބޭނުންވަނީ އަހުރެމެންގެ ތަނަކަށް ދުނިޔެ ހެދުމަށް ޓަކައެވެ.))

(ނިމުނީ)

މަރުޖިޢުތައް:

[1]  - المائدة: 64

[2]  - المائدة: 32

[3] - المائدة: 82

[4]  -  أخرجه البخاري (٣٩٤١) ومسلم (٢٧٩٣)

[5]  -  الألباني، السلسلة الصحيحة ( ٦٩١ )

[6]  - البقرة: 100

[7]  - الأنفال:56

[8]  - الأنفال:71

[9]  - أبو داود، سنن أبي داود ( 4513 )

[10]  - آل عمران: 75

[11]  - މިއީ ނަޞާރާއިންގެ ވާހަކައެވެ. އެއަށްފަހު ދެން އެ އޮތީ ޔަހޫދީންގެ ވާހަކައެވެ.

[12]  - المائجة : 41

[13]  - أخرجه البخاري (٣٣٢٩) 

[14]  - المائدة: 42

[15]  -  التوبة : 30

[16]  - التوبة: 31

[17]  - المائدة: 64

[18]  - آل عمران: 181

[19]  - ޔަހޫދީ ދީނުގެ އިސް ފާދިރީން

[20]  - المائدة: 18

[21]  - البقرة :111

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް