Advertisement

ނިމެނީ.. ނިމެނީ!! އަލުން ފެށެނީ..ފެށެނީ!! އަވަސްކުރޭ!

14 Apr 2024 | 00:01
ފަރަގު އެކެޑާމީގައި ކޯހެއް ކުރިއަށް ދަނީ (ފޮޓޯ: ފަގު މީޑީއާ)

އަބާ މުޙަންމަދު

ފެށޭ ކޮންމެ ކަމެއް ވެސް ނިމޭނެއެވެ. ދުނިޔޭގައިވާ ކޮންމެ އެއްޗަކީ ވެސް ނިމުމެއްވާ އެއްޗެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "كُلُّ مَنْ عَلَيْهَا فَانٍ. وَيَبْقَى وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ" (ބިންމަތީގައިވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ. އަދި ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ ذاتފުޅު ދެމިވޮޑިގެންވެއެވެ.) (سورة الرحمن: 26~27) މިއީ ދުނިޔޭގެ ސުންނަތެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޒާތުފުޅު ފިޔަވައި އެހެން ކޮންމެ އެއްޗަކާއި ކަމަކީ އެއަށް ނިމުން ވާ އެއްޗެކެވެ. އެހެންކަމުން ފަރަގު އެކެޑަމީ އިން ފެށި ތާނަ ޓައިޕިން ކޯސް ވެސް މި ރޭގެ ނިޔަލަށް ނިމޭނެއެވެ.

ފަރަގު އެކެޑަމީއިން ފުރަތަމަ ހިންގި ތާނަ ޓައިޕިންގ ކޯހުގެ ފުރަތަމަ ބުރު މި ރޭ ނިމޭ އިރު، މީގެ މަތީ ފެންވަރުގެ (އެޑްވާންސް) ކޯހެއް ބާއްވައިދިނުމަށް  ބައެއް ދަރިވަރުން އެދުމަކީ މި ކޯސް ކާމިޔާބުކަމުގެ ހެތްކެކެވެ. ތާނަ ޓައިޕިންގެ ކޯސް ނިންމާ ދަރިވަރުންނަށް ކޮންޕިޔުޓަރުގެ ކީބޯޑު ނުބަލައި ދެ އަތުގެ ހުރިހާ އިނގިއްޔެއް ބޭނުންކޮށްގެން ގަވާއިދުން ޓައިޕުކުރާން އެނގޭނެއެވެ.

ޓައިޕުކުރުމުގެ އިތުރަށް ކޮންޕިޔުޓަރު ބޭނުންކުރުމާއި، ޚާއްޞަކޮށް ވޯޑްގައި ސިޓީ ފޯމެޓުކުރުމާއި ދިވެހިބަހުން ގަވާއިދާ އެއް ގޮތަށް ސިޓީއެއް ލިޔާނެ ގޮތް ވެސް އެނގޭނެއެވެ. މީގެ އިތުރަށް ވެސް ރަސްމީ ރަސްމީ ސިޓީއާއި އަމިއްލަ ރަސްމީ ސިޓީ ލިޔުމުގައި ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ވަރަށް ރަނގަޅަށް އޮޅުން ފިލުވައިދެވުނެވެ.

ތަޖުރިބާކާރު މުދައްރިބެއްގެ އިރުޝާދާއެކު ކުރިއަށް ގެންދެވުނު މި ތަމްރީނު ކޯހުގެ ބޭނުންތެރިކަން ކޯހުގެ ދަރިވަރުން ފާހަގަކޮށްފައިވާތީ މި ކޯހުގެ ދެވަނަ ބުރެއް ވެސް މިއަންނަ ހަފުތާގައި ފަށާ ގޮތަށް މިހާރު ވަނީ ފަރަގު އެކެޑަމީއިން ހަނަޖައްސަވައި އެކަން އިޢުލާނުކުރައްވައިފައެވެ. މި ކޯހުގައި ބައިވެރިވުމަކީ ވަރަށް ފަސޭހަކަމެކެވެ. އެ ކަމަށް ކަނޑައެޅިފައިވާ ގޫގުލް ފޯނު ފުރިހަމަކޮށްލައްވާންވީއެވެ. މި ކަން އުނދަގޫ ނަމަ، 7313113 މި ނަނަބަރަށް ގުޅުއްވައިލައްވައިގެން ނަން ނޯޓުކޮށްލައްވައިގެން ބައިވެރިވެވޭ ގޮތަށް ވެސް ފަރަގު އެކެޑަމި އިން ވަނީ ހަމަޖައްސައިފައެވެ.

ފަރަގު އެކެޑަމީއަކީ ތަފާތު އެކެޑަމީއެކެވެ. އަޕް-ސްކިލްކުރުމާއި ރި-ސްކިލްގެ ހުރިހައި ވައްތަރެއްގެ ތަމްރީނުތަކެއް އެ ތަނުން ބާއްވައިދެއެވެ. މިއަދު ވެސް ފަޔަރ ފައިޓިންގ ކޯހަކާއި އޮފީސް ހުނަރުގެ ކޯހެއް ވެސް އެ ކެޑަމީއިން އެބަ ކުރިއަށް ގެންދެއެވެ. ދިވެހިބަހާއި ޢަރަބިބަހާއި ކަސްޓަމަރ ސަރވިސްއާއި މި ނޫނަސް އެކި ދާއިރާތަކަށް ބޭނުންވާ ހަމަ ހުރިހައި ތަމްރީނުތަކެއް މި އެކެޑަމީއިން ބާއްވައެވެ.

ވީމާ، އެއްވެސް އިދާރާއަކުން ހަމަ އެއްވެސް ބާވަތެއްގެ ތަމްރީހެއް ހިންގަވާން ބޭޏުންފުޅު ވިޔަސް ފަރަގު އެކެޑަމީއާ ގުޅުއްވާނީކަމަށް އެ އެކެޑަމީއިން ވިދާޅުވެއެވެ. ކޮންމެ ތަމްރީނެއް ވެސް ހިންގާނީ އެ ކަމުގެ ތަޢުލީމާއި ތަމްރީނުލިބިވަޑައިގެން ތިއްބެވި އެ ދާއިރާއެއްގެ ތަޖުރިބާކާރުންކަމަށް ފަރަގު އެކެޑަމީއިން ވިދާޅުވެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ވަރަށް ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް