Advertisement

ޣައްޒާގެ އަދުގެ ޙާލަތު - ވަށައިލެވިފައި ވަނީ މަރާއި ފަނާކުރުމެވެ.

02 Sep 2024 | 06:08
ޣައްޒާގެ އަދުގެ ޙާލަތު

އަބާ މުޙަންމަދު

ހުޅަނގު އައްސޭރީގައި އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ޖެނީން ރެފިޔުޖީކޭންޕުގައި ދިރިއުޅޭ މީހުންނަށް ފާނަކުރަނިވި މުސީބާތްތައް އިސްރާއީލުން ކުރިމަތިކުރަމުން ގެންދަނީއެވެ. އިސްރާއީލުގެ އަސްކރީއްޔާއިން މުޅި ސަރަހައްދުން މީހަކަށް ނުދެވޭ ގޮތަށް ވަނީ ވަށައިލައިފައެވެ. އެއްވެސް މީހަކަށް އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދެވޭނެހެން މުޅި ސަރަހައްދު ވަނީ ވަށައިލައިފައެވެ. މި ޙާލަތުގައި މުޅި ސަރަހައްދު ހިޞާރުކުރުމަށް ފަހު އެ ސަރަހައްދުން ފެނާއި ކަރަންޓާއި އިންޓަރނެޓްގެ ޚިދުމަތް ވަނީ ކަނޑައިލައިފައެވެ. އާދައިގެ މަތީން މި ޢަމަލު (ބަޔާނަކުން) އދ.އިން ކުށްވެރިކޮށްލިއެވެ.

ފަލަސްޠީނުގެ ޞިއްޙީ އޮފިޝަލުން ބަޔާންކުރާ ގޮތުގައި ޣައްޒާގެ ކުޑަކުދީންނަށް ޕޯލިއޯ ވެކްސިން ދިނުމަށް ޓަކައި އެކީއެކަށް "ހަނގުރާމަ" ހުއްޓައިލައި ހަގީގީ ސުލްހައެއް ގާއިމުކުރެވޭންޖެހެއެވެ.

ނަމަވެސް ވެކްސީންދޭން ތައްޔާރުވާން ފެށުމުން އިސްރާއިލުގެ ލަޝްކަރުތައް ދެމުން ގެންދާ ޢުދުވާނު ކުރީ އިތުރެވެ. މިހާރު މަތީން ވައިގެ ޙަމަލާތައް ދެމުން ގެންދާއިރު، އެންމެން ތިބީ އެއް ސަރަހައްދަކަށް ޖަމާކޮށް ވަށައިގެން ސިފައިން ކޮށިހަދައި ބަންދުކޮށްފައެވެ. އެ ސަރަހައްދުން ފެނާއި ކަރަންޓާއި އިންޓަނެޓުގެ ޚިދުމަތް ވަނީ މެދުކަނޑައިލައިފައެވެ.

މި ޙާލަތުގައި އެ ސަރަހައްދު އޮއްވައި އިސްރާއީލުގެ އަސްކަރިއްޔާއިން ބޮންއަޅައި އިއްޔެވެސް ވަނީ އުތުރު ޣައްޒާއިން ހަ މީހަކު ޝަހީދުކޮށްލައިފައެވެ.

އަދި ދިފާޢި މުއައްސަސާތަކުން ޚަބަރުދޭ ގޮތުގައި މެދުތެރޭ ޣައްޒާގެ ދާރުލްބަލާހުގެ ޞަލާޙުއްދީން މަގުން ދުއްވައިފައި ދިޔަ މަދަނީ ކާރަކަށް ދިން ބޮމުގެ ޙަމަލައެއްގައި ހަތަރު މީހުން ޝަހީދުކޮށްލިއެވެ.

އަނެއްކޮޅުން އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ ދެކުނުގެ ރަފާހުގެ ދަށުގައި ހުރި ޓަނަލެއްގެ ތެރެއިން އިސްރާއީލުގެ އަސީރުންގެ ހަ މީހެއްގެ ހަށިގަނޑު ހޯދައިފަ އެވެ.މި ކަމާ ގުޅިގެން ޙަމާސްގެ ބާރުގެ ދަށުގައި ތިބި އަސީރުންގެ ތިމާގެ މީހުން ވަނީ ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް ގޮވައިލައިފައެވެ.

އޮކްޓޫބަރު 7ގައި އިސްރާއިލުން ޣައްޒާގައި ޢުދުވާނުތައް ފެށިފަހުން މިހާތަނަށް ފަލަސްތީނުގެ 40738 މީހުން ޝަހީދުކޮށްލައި 94154 މީހުން ޒަޚަމުކޮށްލައިފައިވެއެވެ. ނަމަވެސް ޔަހޫދީންގެ ތެރެއިން އެ މުއްދަތުގައި މަރުވެފައިވަނީ އެންމެ 1139 މީހުންނެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނނޫސް މަޖައްލާތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް