ކަރުނައިގެ އަސަރު (27)
ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު
(2024 އޮގަސްޓު 20ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)
____________________________________
އަހަންނާ ސަރުކާރާ އެއްވެސް ގުޅުމެއްނެތެވެ. އެހެންނަމަވެސް
ތިބާ ކަންބޮޑުނުވާ ސަބަބު ދެނެވޮޑިގެންވަނީ މާތް ﷲއެވެ.
____________________________________
ދުވާލުގެ އަލިކަމުގެ ތެރޭގައި އޭނާ އެގަނޑުވަރަށް ވަދެއްޖެއެވެ.
އޭނާ ކުރިއަށް ދިޔައީ ބިރެއްނެތިއެވެ. ރަޢުނާއާއި ނިޝޫއާއި ކައުސަރު ބަގީޗާގައި ތިއްބެވެ.
ތިން މީހުންނަށްވެސް އޭނާ ފެނިގެން ސިއްސައިގެން ގޮސް އެކަކު އަނެކަކަށް ބަލައިލިއެވެ.
ޢާމިރު، އެމީހުންނަށް އަޅައިވެސް ނުލައި ބާރަށް ކުރިއަށް ދިޔައެވެ. އޭނާ ފެންނަނީ ވަރަށް ބިރުވެރިކޮށެވެ.
ހީވަނީ ޠޫފާނެއް ހިފައިގެން އައިހެނެވެ.
އޭނާގެ މިސްރާބު ހުރީ ޚާން އަކުބަރުގެ ކޮޓަރިއާ ދިމާއަށެވެ.
އޭނާ ފޯނުން ގުޅައިގެން، ޚާން އަކުބަރު އުޅޭތަނުގެ މަޢުލޫމާތު، ކުޑައިރުކޮޅެއްގެ ކުރީން އޭނާ އޮޅުންފިލުވިއެވެ.
ކައުސަރުގެ މޫނު ރީނދޫވެގެންދިޔައެވެ.
އޭނާއަށް ވިސްނުނީ ކޮންއެއްޗެއް ކަމެއް ނޭނގެއެވެ. ------- އޭނާ ވިސްނަމުންދަނީ ކީކޭ ކަމެއްވެސް ނޭނގެއެވެ. ------- ރަޢުނާ ފެންނަނީ ހަމަހިމޭންކަމާއެކު ހަކަޖެހިލައިގެން އިން ތަނެވެ. ޢާމިރަށްޓަކައި އޭނާއަށް ވަގުތެއް ނެތް ކަހަލައެވެ.
ނަމަވެސް ނިޝޫއެވެ. ------ އޭނާގެ ލޯ ތަރަތަރަޖަހައިގެންދިޔައެވެ. އޭނާގެ ނަޒަރު ހުރީ އަހަރެމެން ފަދައިން ޢާމިރަށް ހުއްޓިފައެވެ.
ޢާމިރު، ޚާން އަކުބަރު ކޮޓަރިއަށް ހިނގައްޖެއެވެ. "ފޯނު ކުރީ ކީއްކުރާންހެއްޔެވެ؟" ޚާން އަކުބަރުގެ ކޮޓަރިއަށް ޢާމިރު ވަނުމުން ޚާން އަކުބަރު ސުވާލުކުރިއެވެ. ޢާމިރު އެއްވެސް ޖަވާބެއްނުދެއެވެ.
އޭނާ ވަރަށް ހަމަޖެހިފައިވާ ގޮތެއްގައި ކޮޓަރީގައިވާ ބޮޑު އަލަމާރި ކައިރިއަށް ގޮސް ހުއްޓުނެވެ.
ޚާން އަކުބަރު ބިރުވެރިގޮތެއްގައި ޢާމިރަށް ބަލަމުންދިޔައެވެ.
"މިއައީ މުހިންމު ކަމަކާ މަޝްވަރާކޮށްލާންވެގެންނެވެ."
ޢާމިރު ރަނގަޅަށް އަލަމާރީގައި ލެނގިލައިގެން ހުރެ ވަރަށް ސިއްރުވެރިގޮތަކަށް ޚާން އަކުބަރުގެ މޫނަށް ބަލައިލަމުން ބުންޏެވެ.
"ކަމަކީ އަމިއްލަ ނަފުސާ ގުޅުން ހުރި ކަމެކެވެ. -----------"
"މާނައަކީ -------------؟" ޚާން އަކުބަރު ސުވާލުކުރިއެވެ.
"މިއަދު ތިޔަ އިންޑަސްޓްރީޒުގެ ވަޒީފާ ދޫކޮށްލައފީމެވެ." ޢާމިރު އަޑު ހުރީ ކުރިއެކޭވެސް އެއްގޮތަށެވެ.
"އެހެންވީއިރު --------" ޚާން އަކުބަރު ބުންޏެވެ.
"ހިސާބު ކިތާބު ނިންމުން ރަނގަޅެވެ. ---------" ޢާމިރު ބުންޏެވެ.
"މާނައަކީ ---------" ޚާން އަކުބަރު ވަރަށް ބޮޑަށް ޙައިރާންވިއެވެ.
"އަމިއްލަ ނަފުސާމެދު ދެކެނީ ކިހިނެއްހެއްޔެވެ.---------؟" ޢާމިރު ސުވާލުކުރިއެވެ.
"ބުނާން ބޭނުންވަނީ ކީކޭހެއްޔެވެ. ---------؟" ޚާން އަކުބަރު ބުންޏެވެ.
"ރާޖީ މީހަކާ އިނދެފިއެވެ.---------" ޢާމިރު ބުންޏެވެ.
"ކޮން ރާޖީއެއްހެއްޔެވެ.-------؟" ޚާން އަކުބަރު ބިރުންހުރެ ބުންޏެވެ.
"އަވަށުގައި އުޅޭ އަންހެންކުއްޖެކެވެ. ------- އަވަށުގެ މީހުން އެ އަންހެން ކުއްޖާއަށް ކިޔައި އުޅެނީ އަހަރެންގެ ކޮއްކޮއެވެ.-----" ޢާމިރު ބުންޏެވެ.
"ދެން -----------؟"
ޚާން އަކުބަރު ވަގުތުން އިށީނެވެ.
"ދެން އަހަރެން ބޭނުންވަނީ މިއަދަށް ފަހު ކަލޭގެ ކުޅިވަރު ނިމޭށެވެ. އަހަރެން އިތުރަކަށް ބޭނުމެއްނޫނެވެ. ރާޖީއެއް ނުވަތަ ނަމޫ ------- އާންޔާއެއް އަދި ޝިނޫ، ނަޖޫ ފަދަ އަންހެންކުދީން މަޖުބޫރުވެގެން އަމިއްލައަށް މަރުވާކަށް އަހަރެން ބޭނުމެއްނޫނެއެވެ." ޢާމިރު ބުންޏެވެ.
"މަޑުން ވާހަކަ ދައްކާށެވެ. ------- ތިދައްކަނީ ކޮންކަހަލަ ވާހަކަތަކެއްހެއްޔެވެ؟-----" ޚާން އަކުބަރަށް އުނދަގޫވެގެން ބުންޏެވެ.
"ކަލެއަކީ ރާޖީގެ ބޭބެކަމަށްވަންޏާ ބޭނުންވަރަކަށް ފައިސާ ގެންދާށެވެ. ------ މުޅި ޙަޔާތުގައި އުފާކޮށް މަޖާކުރާށެވެ." ޚާން އަކުބަރު ބުންޏެވެ.
"ބޭބެއެއްގެ އަންހެންކޮއްކޮގެ ޢިއްފަތްތެރިކަމަށް އަގު ދެނީހެއްޔެވެ. ---------؟" ޢާމިރު ހަޅޭލަވައިގަތެވެ.
"ތިޔަ ދައްކަނީ ކޮންކަހަލަ ވާހަކައެއްހެއްޔެވެ؟ ----- ވިސްނުންތެރިކަމާއެކު ކަންކަން ނިންމައިބަލާށެވެ. -------- އަހަރެން ކަލޭ ހިތް ފުރެންދެން މުދަލާ ފައިސާ ދޭނަމެވެ." ޚާން އަކުބަރު ބުންޏެވެ.
"އެންމެ ރަނގަޅު!" ޢާމިރު ހިނިތުންވެލަމުން ބުންޏެވެ.
އެއަށް ފަހު ޚާން އަކުބަރުގެ ލޮލަށް ބަލައިލަމުން ލާނެތްގޮތެއްގައި ޢާމިރު ބުންޏެވެ. "އަހަންނާވެސް އެކު އެއްބަސްވުމެއް ހަދާށެވެ.--------"
"ކޮންކަހަލަ އެއްބަސްވުމެއް ------ ؟" ޚާން އަކުބަރު ޙައިރާންކަމާއެކު ބުންޏެވެ.
"އަހަރެންވެސް ކުށެއް ކުރީމެވެ. އެ ކަން ސިއްރު ކުރާނީ ކިހާވަރަކަށް ފައިސާދިނީމާހެއްޔެވެ؟ ކިހައި ވަރެއްގެ މުއްސަނދިކަމެއް ކަލޭ ދޭނަންހެއްޔެވެ؟-------- ކަލޭ މިހާރުވެސް އުޅެނީ ބަދުނާމު ދިރިއުޅުމެއްގައެވެ."
ޢާމިރު ބުންޏެވެ.
"ކަލޭ މިހާރު ތިޔަ ދައްކަނީ ކޮން ދޮގުވާހަކައެއްހެއްޔެވެ؟" ޚާން އަކުބަރު އުނދަގޫވެގެން ބުންޏެވެ.
"މިހިރަ ނުލަފާ މީހާ ނިކަން ހޭވެރިކަންވެބަލާށެވެ. ------- ކަލޭގެ ނޭވާތައް އަހަރެން މިއައީ އަހަރެންގެ އިނގިލިތަކުން ގުނަމުންނެވެ. އެއްބަސްވާ އެއްބަސްވުމެއް އަވަހަށް ވާށެވެ. ------ އަހަރެންނަށް ވަގުތު ވަރަށް ކުޑައެވެ." ޢާމިރު ބުންޏެވެ.--------
"ކޮން އެއްބަސްވުމެއް ---------؟" ޚާން އަކުބަރު މޫނުމަތި ބީޓްރޫޓް ފަދައިން ރަތްވިއެވެ.
"އަހަންނަށް ދެރައެއް ކަލޭ ދީފިއެވެ. އަހަރެންގެ އަނގަ ބަންދުކުރާން ބޭނުންވާ ފައިސާދޭށެވެ. ------ އަހަރެންވެސް ކަލެއަށް ދެރައެއް ދިނީމެވެ. އެހެންކަމުން ކަލޭގެ ދޫ ބަންދުކުރާން ބޭނުންވަނީ ކިހާ ފައިސާއެއްކަން ބުނެދީބަލާށެވެ. ކަލޭ އެދޭވަރަކަށް އަހަރެން ފައިސާދޭނަމެވެ.------" ޢާމިރު ބުންޏެވެ.
ޚާން އަކުބަރު ފުންމައިގެން ކޮޅަށް ތެދުވިއެވެ.
"ކަލޭ ދޮގު ހަދައިގެން ވާހަކަ ދައްކާނެ ކަމެއްނެތެވެ."
"ކަލޭގެ ދަރިފުޅަށް ގޮވައިގެން އެކަން ޔަޤީންކުރާށެވެ. ----- ވަރަށް އަވަހަށް އޭނާކުރި ފާފައެއްގެ ގޮތުގައި ލޯބި ކުއްޖެއް އުފަންވާނެއެވެ." ޢާމިރު ވަރަށް ހަމަޖެހިލައިގެން ހުރެ ބުންޏެވެ.
"ކީ -------ކީކޭ --------؟"
ޚާން އަކުބަރުގެ މުޅި ހަށިގަނޑަށް ބަޑި ޖަހައިގެން ފުނޑު ފުނޑު ކޮށްލިހެން އޭނާއަށް ހީވިއެވެ.
"ހަޅޭލަވާނެކަމެއްނެތެވެ. ------ ކަލޭ އިންދައިފައިވާ އެއްޗެކެވެ. -------- ކަނޑައިލީ ވެސް ކަލެއެވެ." ޢާމިރު ބުންޏެވެ.
"އަހަރެން ކަލޭގެ ގަޔަށް ބަޑި ޖަހާނަމެވެ. ------"
ޢާމިރު ރުޅިވެރިކަމުގެ ތެރޭގައި މޭޒާ ދިމާއަށް ހިނގައިގަތެވެ.
އޭނާ މޭޒު ވަތްގަނޑުން ފިސްތޯލަ ނަގައިފައި ހަޅޭއްލަވައިގަތެވެ.
"ބުނެބަލާށެވެ. ------- ކަލޭ އެހައި ވިޔާނުދާ ޢަމަލެއް ކުރީ ކީއްވެހެއްޔެވެ؟ -------- އަހަރެމެންގެ ޢިއްޒަތާއި އަހަރެމެންގެޝަރަފާއި ކަރާމަތާއި ކުޅޭން ކަލެއަށް ކެރުނީ ކީއްވެހެއްޔެވެ؟ ------- މި ވަގުތު ބަޑިޖަހައި އަހަރެން ކަލޭ މަރާލާންވީއެވެ."
ޢާމިރު ހަޅޭލަވައިގަތެވެ.
"މިހާރަކު ނޫނެވެ .------ ކުޑަކޮށް މަޑުކޮށްލާށެވެ. -------- މިވަގުތު އަހަރެންގެ ފަސްބައިގައި އިތުރު ހިތްދަތިކަން އެބަހުއްޓެވެ. ދެން ފަހަރެއްގައި އަހަރެން ބަޑިޖަހައި މަރާލުމުގެ ކުރީން ކަލޭ އަމިއްލައަށް މަރުވުންވެސް އެކަށީގެންވެއެވެ." ޢާމިރު ރުޅިވެރިގޮތެއްގައި ބުންޏެވެ.
ޚާން އަކުބަރު ތުރުތުރުއަޅާ ގޮތެއްގައި ޢާމިރާ ދިމާއަށް ބަލައިލިއެވެ.
އަދި ޢާމިރު، އޭނާގެ އަތުގައި އޮތް ބަޑިއަށް ބަލައިލަމުން ފިނި ރާގެއްގައި ބުންޏެވެ.
"އަހަރެންގެ ކޮއްކޮއަކީ ކުޅޭ އެއްޗެއްކަމަށް ހީކޮށްގެން ކޮއްކޮގެ ޢިއްފަތްތެރިކަން ކަލޭ ނަގައިލުމުން އަހަންނަށް ވެސް ދިމާވީ ހަމަ ތިޔަ ފަދަ ހާލަތެކެވެ. އެކަމަކު އަހަރެން މި ޢަމަލުކުރީ ބުއްދިވެރި ގޮތަކަށެވެ."
"އަހަންނަކީ އެ ބަދުނަސީބު އަންހެންކުއްޖާގެ ބޭބެއެވެ."
"ކަލޭގެ އެއްފަރާތުގައި ފިސްތޯލަ ތިޔަ އޮތީއެވެ. ------ އަހަންނަށް ދެއަތުން ނޭވާ ވެސް ހާސް ކޮށްލެވުނީހެވެ. ------ އެކަމަކު އަހަރެން އެހެން ނަހަދަމެވެ.
"އެކަމަކު ކަލެއަށް އަހަރެން ކުރާ އަނިޔާއެއް ކުރާނީ ޝަރަފުވެރިކަމާއެކުގައެވެ."
"ކިހިނެއްކަން ބުނެބަލާށެވެ. -------"
"ކަލޭގެ ޝަހުވަތްތެރިކަމަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުނެވެ." ޚާން އަކުބަރުގެ ރުޅިވެރިކަން ފާޅުވަމުންދިޔައެވެ.
ޚާން އަކުބަރު ފިސްތޯލަ ޢާމިރާ ދިމާއަށް އަމާޒު ކުރިއެވެ. ------- އަދި ރުޅިވެރިކަމުގެ ނަޒަރުން ޢާމިރަށް ބަލާންފެށިއެވެ.
ކުއްލިއަކަށް ޢާމިރު ތުންފަތުގައި ދަތް އަޅައިލިއެވެ.
"ކަލޭގެ އަންހެނުން ވެސް ވަރަށް ރީއްޗެވެ. ------ އެހެންކަމުން އެކަމަނާވެސް މުއްސަނދި ކަމުގެ ޝިކާރައަކަށްވާނެއެވެ."
ދެވަނަ މީހާއަކީ ވެސް ކަލޭގެ ގޭގެ މީހެކެވެ.
ޢާމިރު، ޚާން އަކުބަރުގެ ސިކުނޑީގައި ފިތައިލިއެވެ.
ޚާން އަކުބަރު ފިސްތޯލަ ޖެހުމަށްޓަކައި ފިތައިލިއެވެ.------- އެހެންނަމަވެސް ފިސްތޯލައިން މަޑުމަޑު އަޑެއް ނުކުންނަ ގޮތްވުން ފިޔަވައި އިތުރުކަމެއް އޭނާ ނުކުރެވުނެވެ.
ޢާމިރު ހީނލިއެވެ.
"އަހަރެން ރޭގަނޑު އައިސް ފިސްތޯލައިން ހުންނާނީ ވަޒަންތައް ނަގައިފައެވެ. --- މިއީ އެ ވަޒަންތަކެވެ.--"
ޢާމިރު، ޚާން އަކުބަރުގެ ކުރިމައްޗަށް ވަޒަންތައް އުކާލަމުން ބުންޏެވެ.
އެ ވަގުތު ޚާން އަކުބަރުގެ ދެލޮލުގައި އަނދިރިކަން ނަށާން ފެށިއެވެ.
----------------------------------------------------
(އަދި ނުނިމޭ)