Advertisement

ގައުމުތަކުގައި ފެންބޮޑުވުން ދެ ގުނައަށް އިތުރުވަނީ – ދިރާސާ

22 Aug 2024 | 00:12
ދެކުނު އެފުރިކާއަށް އޮގަސްޓް 8ގައި ކުރިމަތިވި ގެއްލުން ބޮޑު ފެންބޮޑުވުމެއް (ފޮޓޯ: އޭ އެފް ޕީ)

އަބާ މުޙަންމަދު

ޔުނިވަރސިޓީ އޮފް ބްރިސްޓަލްގެ ދިރާސާވެރީންނާއި ފެނުގެ ހިރާހާ ބެހޭ ޢިލްމީ މުއައްސަސާއެއްކަމަށްވާ ފެދަމްގެ ފަރާތުން ކުރި ސާރވޭއަކުން ދައްކާ ގޮތުގައި ކުރިއަށް އޮތް 80 ވަރަކަށް އަހަރުގެ ތެރޭގައި މިހާރު ދުނިޔޭގައި ފެންބޮޑުވާ ނިސްބަތް ދެގުނައަށް މަތިވާނެއެވެ. މި ދިރާސާ ހަދައިފައިވަނީ މޫސުމަށް އަންނަ ތަފާތު ބަދަލުތަކުގެ ސަބަބުން ތަފާތު ގޮތްގޮތަށް ފެންބޮޑުވާ ފެންބޮޑުވުންތަކަށް ރިޢާޔަތްކޮށްގެންނެވެ.

މޫސުމީ ޙައްސާސިއްޔަތާއި ދުނިޔެއިން ކާބަން މަދުކުރުމަށް ގައުމުތަކުން ވެފައިވާ ވަޢުދު ނުފުއްދުމުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގައި ފެންބޮޑުވުމުގެ ކާރިސާތައް ހިނގުން 2020ވަނަ އައަހަރާއި 2100ވަނަ އަހަރާ ދެމެދު ދެ ގުނައަށް އިތުރުވާނެކަމަށް މި ދިރާސާތަކުންދައްކައެވެ.

މި ދިރާސާ ތަމްސީލުކުރަނީ މި ދިރާސާ ތަމްސީލުކުރަނީ މުސްތަގުބަލުގައި ރައްކާތެރި މުޖުތަމައުތަކަށް ފެންބޮޑުވުމުގެ ނުރައްކާ ކުރިއަރަމުންދާތީ އެކަމަށް އެހީތެރިވުމަށް އަހަރުތަކެއް ވަންދެން ކުރި ދިރާސާތަކުގެ ނިންމުމާ"ކަމަށް ޔިނިވަރސިޓީ އޮފް ބްރިސްޓަލްގެ ތިމާވެއްޓާ ބެހޭ ކެބޮޓް އިންސްޓިޓިޔުޓްގެ އޮނަރަރީ ރިސާރޗް ފެލޯ ޑރ. އޮލިވެރ ވިންގާއި ފެދަމްގެ ޗީފް ރިސަރޗް އޮފިސަރ ބުނެފައިވެއެވެ.

މި ދިރާސާއިން ފާހަގަވީ ގައުމުތަކުން ކާރބަން ބޭރުވާ މިންވަރު މަދުކުރާން ވެފައިވާ ވަޢުދު ފުއްދުމުގެ މުހިންމުކަމެވެ.

2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ގައުމުތަކުގައި ފެންބޮޑުވުމުގެ ނުރައްކާ އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ދިވެހިރާއްޖެއަށް ބަލާއިރު ވެސް ދިވެހިރާއްޖެއަށް މީގެ ކުރީން ވާރޭނުވެހޭހާ ގިނައިން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހާރު ވާރޭމެހޭކަން ވެސް ރެކޯޑްކުރެވިފައިވެއެވެ. އަދި މި މަހުގެ ތެރޭގައި އެއްމަސްދުވަހު ވެހޭހައި ވާރޭ އެންމެ ތިން ދުވަހުގެ ތެރޭގައި ރާއްޖެއަށް ވެހިފައިވާ ކަމަށް ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ވެސް ފާހަގަކޮށްފައިވެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ ބައެއް ނޫށް މަޖައްލާތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް