Advertisement

ކަރުނައިގެ އަސަރު (26)

20 Aug 2024 | 00:15
ކަރުނައިގެ އަސަރު 26

ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

(2024 އޮގަސްޓު 02ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)

                ________________________________

                  އަނދިރިކަމަށް ފުރައްސާރަކޮށް ބަލަމުންދާ މީހާއެވެ.

                 އުޖާލާކަމުގެ ފަހަތުގައި އޮތީ ވަރަށްބޮޑު އަނދިރިކަމެވެ.

                ________________________________

ނިޝޫގެ ސިކުނޑިއަށް ދިޔައީ އޮޅުން ބޮޅުން ވަމުންނެވެ.

އޭނާ ޢާމިރާ ވަރަށް ގިނަ ވާހަކަދައްކައިފިއެވެ.---------

ޢާމިރުގެ ވާހަކަތައް އޭނާގެ ކަންފަތުގައި ގުގުމަމުންދިޔައެވެ.

"އަހަރެން ބޭނުންވީ ކަލޭ ބަރުބާދުކުރާށެވެ. -------"

އެކަމަކު މިހާރު  -------------"

"މިހާރު އަހަރެން ކޮއްކޮއަށް ވުރެ، ކަލެއަށް އިޙުތިރާމު ލިބިގެންވާކަމުގައި އަހަރެން ދެކެމެވެ."

އާދަޔާ ޚިލާފު އިންސާނެކެވެ.

އޭނާ ވާހަކަދައްކަމުން ދިޔައީ ކިހިނެއްހެއްޔެވެ؟

އެކަމަކު--------"

އޭނާ ކުޑަކޮށް ކަންބޮޑުވެފައިވާ ތަން ފެނުނެވެ.

ކަންބޮޑުވިއެވެ. ---------"

ކުޑަކޮށް އޮޅޭގޮތް ވެއްޖެއެވެ. -------"

ކޮންމެވެސް އޮޅުން ބޮޅުންގަނޑެއްގެ ތެރެއިން އޭނާއަށް ވަރަށް ބޮޑަށް އޮޅިފައިވާހެން ހީވާ ކަހަލައެވެ.

އޭނާ މޮޔަވެއްޖެއެވެ. ---------"

އޭނާގެ ސިކުނޑި ދިޔައީ ފިނިވަމުންނެވެ.

އޭނާ ހުރީ ކިހާ ވޭނެއްގައި ހެއްޔެވެ؟ -------

ކޮންމެވެސް ކަމަކުން އޭނާއަށް އުނދަގޫވެ، އޭނާގެ ޚިޔާލުތައް އެކިދިމަދިމާއަށް ވިއްސިވިހާލިވެފައިވާފަދައިންނެވެ.

އަދި ދެން  --------- އޭނާގެ ގެއިން ފެނުނީ ހަމަ އެސިފަތަކެވެ.

ކޮންމެ ފިރިހެނަކަވެސް ހުރީ އޮޅުމެއްގެ ތެރޭގައެވެ.

އަދި ކޮންމެ ފަރުދަކުވެސްމެއެވެ. -------"

އޭނާގެ އުފަންދުވަސް އައުމުންވެސް އޭނާ ބިރުގަތެވެ.

އަދި ޢާމިރުގެ ވާހަކައަކީ އޭނާގެ ޢާއިލާ ގުޅުން ހުރި ވާހަކައެއްކަން އެކަންކަމުން އޭނާއަށް ލަފާކުރުނެވެ.

އަދި އޭނާގެ ރާގު ކިހާ ނުރައްކާހެއްޔެވެ؟

ރަޢުނާ އިންޒާރުދޭގޮތެއްގައި އެހިއެވެ.

"ޢާމިރު ބުނީ ކީކޭހެއްޔެވެ؟ ------"

ރަޢުނާ އެހެން އެހީ އޭނާއަށް ކޮންމެވެސް ކަމެއްގެ ބިރު ހީވެފައިވާ ފަދައަކުންނެވެ.

ނޫނީ ޢާމިރު ބުނާން އުޅުނު އެއްޗެއް ރަޢުނާއަށް އެނގުނީއެވެ. -------

އަދި އަހަންނަށް ވެސް ލަފާކުރެވެނީ އެއީ އަހަރެމެންނާ ގުޅުންހުރި ކަމެއްކަމަށެވެ.

އޭނާ ބޭނުންވަނީ އަހަރެމެންގެ ކިބައިން ބަދަލު ހިފުމަށެވެ.

ބޭނުންވަނީ ބަދަލު ހިފާށެވެ.

އެއީ ކޮންކަމަކަށް ކަމެއް ނޭނގެއެވެ. ---------"

އެކަމަކު ------ އޭނާއަށް އިހުސާސްކުރެވެމުން ދިޔައެވެ.

ރަޢުނާއަށް އައިސްފައިވާ ބަދަލުގައި ކޮންމެވެސް ކަމެއް ފޮރުވިފައިވާކަން ޔަޤީނެވެ.

ޢާމިރުގެ ވާހަކަތަކުން ނިޝޫއަށް އެނގުނީ އޭނާގެ އަމާޒަކީ އޭނާގެ ޢާއިލާގެ މީހުންކަމެވެ.

އޭނާއަށް ލަފާކުރެވޭ ގޮތަކީ މިއީއެވެ.

ޢާމިރުގެ އަޑުގައި ވަނީ ބޭޤަރާރުކަމެވެ.

އަދި އެ ބޭޤަރާރުކަމުގެ ފަހަތުގައި ވަނީ ބަދަލުހިފުމުގެ ޝުޢޫރެވެ.

ޠޫފާނެވެ. -------

ކޮންމެ ހިނދުކޮޅެއްގައި ވެސް ------

އުދަ އަރައިފާނެވެ. --------

އޭނާ ވިސްނަމުންދިޔައެވެ. -------"

އަދި އޭނާގެ ޢާއިލާގެ އުޅުމާ މެދު ވެސް ޢާމިރު ރަނގަޅު ނަޒަރަކުން ނުދެކެއެވެ.

މި ކަމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟

އޭނާއަށް މި ކަން ވިސްނައިގަނެވޭނެ ގޮތެއްނުވިއެވެ.

އަނެއްކާ ވެސް އޭނާއަށް އޮޅޭ ގޮތް ވިއެވެ.

އޭނާގެ ޢާއިލާ މީހުން، ޢާމިރަށް އެހައި ބޮޑަށް ނަފުރަތު ކުރާކަމަށްވަންޏާ، އިންޑަސްޓްރީޒުގެ ސުޕަވައިޒަރެއްގެ ވަޒިފާގައި އޭނާ ބަހައްޓައިފައި އެ ހުރީ ކީއްވެހެއްޔެވެ؟

އަދި މިސުވާލަކީ ވިސްނުން ތޫނު ސުވާލެކެވެ.

ޢާމިރަށް ނަފުރަތުކުރެވޭ ނަމަ އޭނާއަށް ޢިނާޔަތް ދިނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ -------"

އަދި އެ ކަން ވެސް --------------

ސިންގާއެއް ފަދައިން ހަޅޭލަވައިގަތެވެ.

އެހެންނޫން ނަމަ އޭނާ ވަޒީފާއެއް އަދާކޮށްގެން ނުވާނެއެވެ. ------ އޭގެ ބަދަލުގައި އޭނާ ވެފައިވަނީ އެއޮތް ބޮޑު އިންޑަސްޓްރީޒުގެ ވެރިޔާއަށެވެ.

އޭނާ ވިސްނަމުން ދިޔައެވެ.

ވިސްނަމުން ދިޔަ ވަރަކަށް އޭނާގެ ސިކުނޑިދިޔައީ ހާސްވަމުންނެވެ.

އޭނާގެ ސިކުނޑިއަށް މަޢާފު ލިބިއްޖެއެވެ.

އެންމެ ފަހުން މޮޔައެކޭ އޭނާ ބުންޏެވެ.

ތިޔަ ދޫކޮށްލީ ކޮން ކަހަލަ އޮޅުންބޮޅުންގަނޑެއްހެއްޔެވެ؟

މި ބަދުނަސީބު މީހާއަށް ރަނގަޅު ގޮތެއް ވެސް ނޭނގުނެވެ.

މީހެއްގެ ފަރާތުން އެ ކަން އޮޅުފިލުވައި ވަރުގެ ހިތްވަރެއް ވެސް އޭނާގެ ނެތެވެ.

އަދި އެ ސިއްރު ހާމަކުރާން ޢާމިރު ބޭނުމެއްނޫނެވެ.

އެކަމުގައި ސިއްރެއް އޮތް ނަމަ ވެސް ޢާމިރު އެ ވާހަކައެއް ކިޔައިދޭން ކުރީ އިންކާރެވެ.

އަނެއްކާ ވެސް އޭނާއަށް އޮޅޭ ގޮތްވިއެވެ.

                         ----------------------------------------------------------

(އަދި ނުނިމޭ)

ނިޝޫގެ ސިކުނޑިއަށް ދިޔައީ އޮޅުން ބޮޅުން ވަމުންނެވެ.

އޭނާ ޢާމިރާ ވަރަށް ގިނަ ވާހަކަ ދައްކައިފިއެވެ.---------

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް
ސުހާ
އެއްބައެއް ރިޕީޓްކޮށް ޝާއިޢު ކުރެވިފައި ކަމަށް ފެނޭ
24 Aug 2024