އަހުރެމެންނަށް ލިބިގެންވަނީ ކޮން ކަހަލަ ހިތެއްބާ!؟؟؟ (7)
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
(2024 އޮގަސްޓް 05 ވީ ހޯމަ ދުވަހު ޝާއިޢުކުރި ބަޔާ ގުޅޭ)
މަރުވެފައިވާ ހިތް:
މިއަދު ވާހަކަދައްކާނީ ނުބައި ހިތްތަކުގެ ތެރެއިން މަރުވެފައިވާ ހިތާ ބެހޭ ގޮތުންނެވެ. ހިތަކީ ވަރަށް މުހިންމު ގުނަވަނެކެވެ. މި ގުނަވަން ރަނގަޅުވެއްޖެ ނަމަ، މުޅި މީހާ ރަނގަޅުވެދެއެވެ. މި ގުނަވަން ނުބައިވެއްޖެ ނަމަ، މުޅި މީހާ ނުބައިވެދެއެވެ.
މަރުވެފައިވާ ހިތަކީ އޭގެ ޙަރަކާތް ހުއްޓިފައިވާ ހިތެވެ. އޭގެ ފައިދާ ނެތިފައިވާ ހިތެވެ. އޭގެ ވެރިޔާއަށް ވެސް މި ހިތް ވާނީ މުޞީބަތަކަށެވެ. އެއިން އޭނާއަށް ވާރުތަވާނީ އަބާއްޖަވެރިކަމާއި ދުއްތުރާތަކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((أَوَمَنْ كَانَ مَيْتًا فَأَحْيَيْنَاهُ وَجَعَلْنَا لَهُ نُورًا يَمْشِي بِهِ فِي النَّاسِ كَمَنْ مَثَلُهُ فِي الظُّلُمَاتِ لَيْسَ بِخَارِجٍ مِنْهَا[1] - (كافر ކަމުން) މަރުވެފައިވަނިކޮށް (ތެދުމަގު ދެއްކެވުމުން) ތިމަންރަސްކަލާނގެ އެމީހަކު ދިރުއްވައި، މީސްތަކުންގެ ތެރޭގައި އެނޫރެއްގެ އަލީގައި ހިނގާނޭ ނޫރެއްލެއްވި މީހަކާއި، އަނދިރީގެ ތެރޭގައި ނުނިކުމެހުންނަ މީހަކާ އެއްފަދަވާނޭ ހެއްޔެވެ؟))
މާތްﷲ ރަޙްމަތްލެއްވި އިބްނުލް ޤައްޔިމު ވިދާޅުވާގޮތުގައި މަރުވެފައިވާ ހިތަކީ އޭގެ ވެރި ރަސްކަލާނގެ ނުދަންނަ ހިތެވެ. އެއީ އޭގެ ވެރި ރަސްކަލާނގެ އަމުރުފުޅުތަކާ އެއްގޮތަށް އަޅުކަން ނުކުރާ މީހާއެވެ. އެ ހިތަކީ އެ ހިތުގެ ޝަހަވާތްތަކާއެކު ކުޅެއުޅޭ ހިތެކެވެ. ހަވާނަފުސުން ފޮނިމީރުކަން ހޯދާ ހިތެކެވެ. މިފަދަ ހިތަކާއެކު އުޅުމަކީ ބަލިމަޑުކަމެކެވެ. އެ ހިތާއެކު ލޯބިކުރުމަކީ ވިހައެކެވެ. އެ ހިތާއެކު އިށީނދެހެދުމަކީ ހަލާކެކެވެ.
މި
ހިތަށް ނަސޭޙަތުން ޖާގައެއް ނެތެވެ. ވަޢުޡާއި އިރްޝާދުން ހެޔޮކަމެއް ނެތެވެ. ﷲ
ތަޢާލާ ވަޙީކުރެއްވިއެވެ. ((إِنَّمَا يَسْتَجِيبُ
الَّذِينَ يَسْمَعُونَ وَالْمَوْتَى يَبْعَثُهُمُ اللَّهُ ثُمَّ إِلَيْهِ
يُرْجَعُونَ [2] - ހަމަކަށަވަރުން (ކަލޭގެފާނުންގެ
ގޮވައިލެއްވުމަށް) އިޖާބަދެނީ (ވިސްނުމާއެކު) އަޑުއަހާ މީހުންނެވެ. އަދި اللَّه، މަރުވެފައިވާ މީހުން
އަލުން ދިރުއްވާހުށްޓެވެ. ދެން އެއުރެން އަނބުރާ رجوع ކުރައްވާހުށީ އެކަލާނގެ حضرة އަށެވެ.)) މުފައްސިރުން
ވިދާޅުވާގޮތުގައި އެ ފަދަ ހިތުގެ ވެރިޔަކީ މައްޔިތެއް ފަދަ މީހެކެވެ. އެއީ
އަޑުއިވޭ މީހެއްނޫނެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (( إِنَّكَ لَا تُسْمِعُ الْمَوْتَى وَلَا
تُسْمِعُ الصُّمَّ الدُّعَاءَ [3] - ހަމަކަށަވަރުން، މަރުވެފައިތިބޭ މީހުންނަށް ކަލޭގެފާނަކަށް އަޑެއް
ނީއްވެވޭނެތެވެ. އަދި ބީރު މީހުންނަށް، އެއުރެން ފުރަގަސްދީ ދާހިނދު، ކަލޭގެފާނު
ގޮވައިލައްވާ އަޑެއް ނީއްވެވޭނެތެވެ.))
މުއުމިނާގެ ހިތް މަރުވެފައިވާ ހިތަކަށް ނުވޭތޯ ގަދައަޅައި މަސައްކަތް ކުރަންޖެހޭނެއެވެ. އީމާންކަމުން އާރާސްތުކޮށް ޝިރްކުގެ އަދިރިކަން ނައްތައިލައިގެންނެވެ. ޤުރްއާނުގެ ވާރޭއިން ހިތުގެ ފަސްގަނޑަށް ފެންދީގެންނެވެ. އާޚިރަތަށްޓަކައި ﷲއަށް ބިރުވެތިވެގެންނެވެ. ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((القلوبُ أربعةٌ قلبٌ أجردُ فيه مثلُ السِّراجِ يُزهِرُ وقلبٌ أغلفٌ مربوطٌ على غُلافِه وقلبٌ منكوسٌ وقلبٌ مُصفَّحٌ فأما القلبٌ الأجردُ فقلبُ المؤمنِ سِراجُه فيه نورُه وأما القلبُ الأغلفُ فقلبُ الكافرِ وأما القلبُ المنكوسُ فقلبُ المنافقِ عرَفَ ثم أنكَرَ وأما القلبُ المُصفَّحُ فقلبٌ فيه إيمانٌ ونفاقٌ فمثَلُ الإيمانِ فيه كمثَلِ البقْلةِ يَمُدُّها الماءُ الطيِّبُ ومَثَلُ النِّفاقِ فيه كمَثَلِ القُرحةِ يَمُدُّها القَيْحُ فأيُّ المادَّتَينِ غلبتْ على الأُخرى غلبتْ عليه[4] - ހިތްތައް ހަތަރު ބަޔަކަށް ބެހިގެންވެއެވެ. ވޮށެއް ފަދައިން އަލިކޮށްދޭ ނިފާޤުކަމެއްނެތް ސާފު ހިތާއި،އުރަލެވި އެ އުރަތެރޭގައި ބަންދުވެފައިވާ ހިތާއި، ބަންޑުންޖެހިފައިވާ ހިތާއި، ދެ ފުށަށްކެޑޭ ހިތެވެ. ފަހެ ސާފު ހިތް ދަންނައެވެ. އެއީ މުއުމިނާގެ ހިތެވެ. އެ ތާނގައި ވާ ވޮށަކީ އީމާންކަމުގެ ނޫރެވެ.އަދި އުރަލެވިފައިވާ ހިތް ދަންނައެވެ. އެއީ ކާފިރުމީހާގެ ހިތެވެ.އަދި ބަންޑުންޖެހިފައިވާ ހިތް ދަންނައެވެ. އެއީ މުނާފިޤުމީހާގެ ހިތެވެ. ތެދުމަގު އެނގުމަށްފަހު އެ ހިތް ވަނީ އެކަމާ އިންކާރުކޮށްފައެވެ. ދެ ފުށަށްކެނޑޭ ހިތް ދަންނައެވެ. އެއީ އީމާންކަމާއި މުނާފިޤުކަން އޭގައި ވާ ހިތެވެ. އޭގައި ވާ އީމާންކަމުގެ މިސާލީ ރަނގަޅު ފެން ލިބިގެން ހެދޭ ގޮވާމެއްގެ މިސާލެވެ. އޭގައި ވާ މުނާފިޤުކަމުގެ މިސާލީ އެއަށް ދޮސް އަރައިފައިވާ މުލިއްސެއްގެ މިސާލެވެ. ފަހެ މި ދެ މާއްދާގެ ތެރެއިން ގަދަވެގަތް މާއްދާއެއް އޭގެ މައްޗަށް ގަދަވެގަނެތެވެ.))
އަލްޣަޒާލީ ވިދާޅުވިއެވެ. "މީސްތަކުން އެއަށް ބަލައި މީހާގެ މޫނަށް އިސްކަންދީ ﷲ އެތަނަށް ބައްލަވާ އެމީހާގެ ހިތަށް އިސްކަން ނުދޭ މީހާއާމެދު އަޖައިބުވަމެވެ. "
މަރުވެފައިވާ ހިތުގެ ބައެއް ޢަލާމާތްތަކަކީ:
1- ﷲ ހަނދުމަކޮށް ޒިކްރުކުރުމާ ދުރުހެލިވުން . މާތް ﷲ ވަޙީކުރެއްވިއެވެ. (( إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ[5] - مؤمن ން ވާކަން ކަށަވަރީ، اللَّه ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) آية ތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ إيمان ކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيل ކުރާ މީހުން ކަމުގައެވެ. )) ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((مَثَلُ الَّذِي يَذْكُرُ رَبَّهُ، وَالَّذِي لاَ يَذْكُرُ رَبَّهُ، مَثَلُ الْحَيِّ وَالْمَيِّتِ[6] - އޭނާގެ ވެރިރަސްކަލާނގެ ހަނދުމަކުރާ މީހާއާއި އޭނާގެ ވެރިރަސްކަލާނގެ ހަނދުމަނުކުރާ މީހާގެ މިސާލީ ދިރިހުރި މީހާއާއި މައްޔިތާގެ މިސާލެވެ.)) ކައު ރަސޫލާގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((مَثَلُ الْبَيْتِ الَّذِي يُذْكَرُ اللَّهُ فِيهِ، وَالْبَيْتِ الَّذِي لاَ يُذْكَرُ اللَّهُ فِيهِ، مَثَلُ الْحَيِّ وَالْمَيِّتِ [7]- އެ ގެއެއްގައި ﷲ ހަނދުމަކުރެވޭ ގެއާއި އެ ގެއެއްގައި ﷲ ހަނދުމަނުކުރެވޭ ގޭގެ މިސާލީ ދިރިހުރި މީހަކާއި މައްޔިތާގެ މިސާލެވެ.))
2- ﷲގެ އާޔަތްތައް ހަނދުމަނުކުރުމާއި ހެޔޮ ނަސޭހަތުން ޢިބްރަތް ޙާޞިލްނުކުރުމާއި ﷲ ގެ އަމުރުފުޅުތަކަށް އިޖާބަދިނުމަށް ބަރުހެލިވުން . ޞާލިޙު ބޭކަލަކު ވިދާޅުވިއެވެ. " ރަނގަޅު މީހަކީ އޭނާގެ ހިތް މަރުވެދާނެތީ ބިރުގަންނަ މީހާއެވެ.އޭނާގެ ހަށިގަނޑު މަރުވެދާނެތީ ބިރުގަންނަ މީހާއެއް ނޫނެވެ. ))
ޢަޠާއުއްސަލަމީއަކީ ވުޟޫކުރައްވައިފިނަމަ ކީރިތިކުރައްވާ ބޭކަލެކެވެ. އެކަމާބެހޭގޮތުން ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. " އަހުރެން މި އުޅެނީ ބޮޑު ކަމެއް ކުރާށެވެ. އަހުރެން މި އުޅެނީ ﷲގެ ޙަޟްރަތުގައި ހުރެވޭތޯ ބަލާށެވެ. "
އަލްޙަސަނުލް ބަޞްރީ ރޯދަފުޅު ވީއްލެވުމަށް ޓަކައި ފެން ތަށްޓެއް ހިއްޕަވައިގެން ވަޑައިގެން ކީރިތިފުޅު ކުރެއްވިއެވެ.އެކަލޭގެފާނު ވިދާޅުވިއެވެ. ނަރަކައިގެ އަހްލުވެރިންގެ އުންމީދުގެ މަތިން ހަނދުމަފުޅުވީއެވެ. އެމީހުން ބުނާނެތެވެ. (( أَنْ أَفِيضُوا عَلَيْنَا مِنَ الْمَاءِ أَوْ مِمَّا رَزَقَكُمُ ٱللَّهُ [8] - ތިމަންމެންނަށް ފެންފޮދަކުން، ނުވަތަ اللَّه، ތިޔަބައިމީހުންނަށް رزق ކުރެއްވި އެއްޗަކުން އެހީވާށެވެ !)) ސުވަރުގޭގެ އަހްލުވެރިން ޖަވާބުގައި ބުނާނެތެވެ. (( إِنَّ اللَّهَ حَرَّمَهُمَا عَلَى الْكَافِرِينَ [9] - އެތަކެތި ވަނީ، كافر ވި މީހުންނަށް اللَّه، حرام ކުރައްވާފައެވެ.))
މާތް ﷲ ރަޙްމަތްލެއްވި އިބްނުލް ޤައްޔިމު ވިދާޅުވިއެވެ. " ޤުރްއާން ކިޔެވޭ އަޑު އިވޭ އިރުގައްޔާއި ޒިކްރުގެ މަޖިލިސްތަކުގައްޔާއި ޚަލްވަތުގައި އެކަހެރިވެ އިންނަ ވަގުތު ތިބާގެ ހިތަށް ގޮވާށެވެ! މި ތަންތާނގައި ތިބާގެ ހިތްނުވާނަމަ ތިބާއަށް ހިތެއް ދެއްވުމަށް ﷲއަށް ދަންނަވާށެވެ! އެހެނީ ތިބާގެ ހިތެއް ނެތެވެ.))
3- ހުނުން ގިނަވެގެންނާއި މަޖާކުރުންތަކުގެ ތެރެއަށް ގެނބިގެންނާއި ވަގުތު ބޭކާރުކޮށްގެން އާޚިރަތުގެ މަތިން ހަނދާންނެތުން . ނަބިއްޔާ ﷺ ޙަދީސްކުރެއްވިއެވެ. ((وَلاَ تُكْثِرِ الضَّحِكَ، فَإِنَّ كَثْرَةَ الضَّحِكِ تُمِيتُ الْقَلْبَ[10] - ތިބާ ހުނުން ގިނަނުކުރާށެވެ! ފަހެ ހަމަކަށަވަރުން ގިނައިން ހުނުމަކީ ހިތް މަރައިލާ ކަމެކެވެ. )) ދުނިޔޭގެ އަރާމާއި ލައްޒަތުގެ ތެރެއަށް ގެނބުމާއި އިސްރާފުގެ މިންވަރަށް ކެއިމާއިބުއިން ގިނަކުރުމަކީ ވެސް މީގެ ތެރޭގައި ހިމެނޭ ކަންތައްތަކެކެވެ.
4- ކަންދެއްކުމުން ހިތް ފުރައިލުން. މި ކަމާ ބެހޭގޮތުން ކައު ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. (( إِنَّ أَوَّلَ النَّاسِ يُقْضَى يَوْمَ الْقِيَامَةِ عَلَيْهِ، رَجُلٌ اسْتُشْهِدَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: قَاتَلْتُ فِيكَ حَتَّى اسْتُشْهِدْتُ. قَالَ: كَذَبْتَ، وَلَكِنَّكَ قَاتَلْتَ لأَنْ يُقَالَ جَرِيءٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ، فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ تَعَلَّمَ الْعِلْمَ وَعَلَّمَهُ، وَقَرَأَ الْقُرْآنَ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: تَعَلَّمْتُ الْعِلْمَ وَعَلَّمْتُهُ، وَقَرَأْتُ فِيكَ الْقُرْآنَ. قَالَ: كَذَبْتَ، وَلَكِنَّكَ تَعَلَّمْتَ الْعِلْمَ لِيُقَالَ عَالِمٌ، وَقَرَأْتَ الْقُرْآنَ لِيُقَالَ هُوَ قَارِئٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ، فَسُحِبَ عَلَى وَجْهِهِ حَتَّى أُلْقِيَ فِي النَّارِ. وَرَجُلٌ وَسَّعَ اللَّهُ عَلَيْهِ، وَأَعْطَاهُ مِنْ أَصْنَافِ الْمَالِ كُلِّهِ، فَأُتِيَ بِهِ، فَعَرَّفَهُ نِعَمَهُ فَعَرَفَهَا، قَالَ: فَمَا عَمِلْتَ فِيهَا؟ قَالَ: مَا تَرَكْتُ مِنْ سَبِيلٍ تُحِبُّ أَنْ يُنْفَقَ فِيهَا إِلاَّ أَنْفَقْتُ فِيهَا لَكَ. قَالَ: كَذَبْتَ، وَلَكِنَّكَ فَعَلْتَ لِيُقَالَ هُوَ جَوَادٌ، فَقَدْ قِيلَ. ثُمَّ أُمِرَ بِهِ فَسُحِبَ عَلَى وَجْهِهِ، ثُمَّ أُلْقِيَ فِي النَّارِ [11]-ހަމަކަށަވަރުން ޤިޔާމަތްދުވަހުން އެންމެ ފުރަތަމަ ހިސާބުބެލެވޭ މީހުންގެ ތެރޭގައި ޝަހީދުވި މީހަކު ވެއެވެ. ފަހެ އޭނާ ގެނެވި އޭނާއަށް ދެއްވި ނިޢުމަތްތައް ދެއްކޭނެތެވެ. އަދި އޭނާ އެ ކަންކަން ބަލައިގަންނާނެތެވެ. ވަޙީކުރައްވާނެތެވެ. ތިބާ އެއިން ކުރީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ދަންނަވާނެތެވެ. މި އަޅާ ޝަހީދުވެއްޖެއައުމަށް ދާންދެން އިބަރަސްކަލާނގެ މަގުގައި ހަނގުރާމަކުރީމެވެ. ވަޙީކުރައްވާނެއެވެ. ތިބާ ތިޔަ ހެދީ ދޮގެކެވެ. އެހެނަސް ތިބާ ހަނގުރާމަކުރީ ތިބާއަކީ ހިތްވަރުގަދަ މީހެކޭ ބުނުވުމަށް ޓަކައެވެ. ހަމަކަށަވަރުން އެފަދައިން ވަނީ ބުނެވިފައެވެ. އެއަށްފަހު އޭނާ މޫނުވަތަށް ވާ ގޮތަށް ދަމާފައި ގެންގޮސް ނަރަކައަށް އެއްލައިލެވޭނެއެވެ. އަދި ޢިލްމު އުނގެނި އުނގަންނާދީ ޤުރްއާން ކިޔަވާ އުޅުނު މީހަކު ގެނެވޭނެއެވެ. ފަހެ އޭނާއަށް ދެއްވި ނިޢުމަތްތައް ދެއްކޭނެތެވެ. އަދި އެ ކަންކަން އޭނާ ބަލައިގަންނާނެތެވެ. ވަޙީކުރައްވާނެތެވެ. ތިބާ އެއިން ކުރީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ދަންނަވާނެތެވެ. އިބަރަސްކަލާނގެ ވަޖްހުފުޅަށް ޓަކައި ޢިލްމު އުނގެނި އުނގަންނާދީ ޤުރްއާން ކިޔަވާހެދީމެވެ. ވަޙީކުރައްވާނެތެވެ. ތިބާ ތިޔަ ހެދީ ދޮގެކެވެ. ތިބާ ޢިލްމު އުނގެނުނީ ތިބާއަކީ ޢާލިމެކޭ ބުނުވުމަށެވެ. ތިބާ ޤުރްއާން ކިޔެވީ ތިބާއަކީ ޤާރީއެކޭ ބުނުވުމަށެވެ. ހަމަކަށަވަރުން އެފަދައިން ވަނީ ބުނެވިފައެވެ. އެއަށްފަހު އޭނާ މޫނުވަތަށް ވާ ގޮތަށް ދަމާފައި ގެންގޮސް ނަރަކައަށް އެއްލައިލެވޭނެއެވެ. އަދި ﷲ އޭނާއަށް ތަނަވަސްކަން ދެއްވައި ހުރިހާ ބާވަތެއްގެ މުދާ ދެއްވި މީހަކު ގެނެވޭނެއެވެ.ފަހެ އޭނާއަށް ދެއްވި ނިޢުމަތްތައް ދެއްކޭނެތެވެ. އަދި އޭނާ އެ ކަންކަން ބަލައިގަންނާނެތެވެ. ވަޙީކުރައްވާނެތެވެ. ތިބާ އެއިން ކުރީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ދަންނަވާނެތެވެ. އިބަރަސްކަލާނގެ ވަޖްހުފުޅަށް ޓަކައި އިބަރަސްކަލާނގެ ހޭދަކުރަން ލޯބިކުރެއްވި އެއްވެސް މަގެއްގައި ހޭދަނުކޮށް ދޫކޮށްލައިފައި ނުވާނެތެވެ. ވަޙީކުރައްވާނެތެވެ. ތިބާ ތިޔަ ހެދީ ދޮގެކެވެ. އެހެނަސް އެކަން ކުޅައީ ތިބާއާ ދިމާއަށް ދީލަތި މީހެކޭ ބުނުވުމަށް ޓަކައެވެ. ހަމަކަށަވަރުން އެފަދައިން ވަނީ ބުނެވިފައެވެ. އެއަށްފަހު އަމުރުކުރެވި އޭނާ މޫނުވަތަށްވާ ގޮތަށް ދަމާފައިގެންގޮސް ނަރަކައަށް އެއްލައިލެވޭނެއެވެ.))
މަރުޖިޢުތައް:
[1] - الأنعام: 122
[2] - الأنعام: 36
[3] - النمل: 80
[4] - أخرجه أحمد (١١١٤٥)، والطبراني في ((المعجم الصغير)) (١٠٧٥)، وأبو نعيم في ((حلية الأولياء)) (٤/٣٨٥)
[5] - الأنفال: 2
[6] - أخرجه البخاري (٦٤٠٧)، ومسلم (٧٧٩)
[7] - أخرجه البخاري (٦٤٠٧)، ومسلم (٧٧٩).
[8] - الأعراف: 50
[9] - الأعراف: 50
[10] - أخرجه الترمذي (٢٣٠٥)، وأحمد (٨٠٨١)
[11] - صحيح مسلم ( 1905 ) صحيح النسائي ( ٣١٣٧) ، الحاكم، المستدرك على الصحيحين ( ٢٥٦٠)