Advertisement

"ފަރަގު އެކެޑަމީ"ގެ ޚާއްޞަ ޤުރުއާން ކިލާހެއް. މި މަހު 15ގައި ފަށަނީ.

11 Aug 2024 | 21:14
ޤުރުއާން ކިޔަވައިދެނީ

އަބާ މުޙަންމަދު

ފަރަގު އެކެޑަމީގެ ނަމުގައި ޢިލްމީ ޚިދުމަތްތަކެއް ދޭނެ އާ މުއައްސަސާއެއް މި މަހު ހަތަރުވަނަ ދުވަހު، މި ދިޔަ އާދީއްތަ ދުވަހު ވުޖޫދަށް އައި ވާހަކަ "ފަރަގު" ނޫހުގެ އަހުލުވެރީން ވާނީ މި ނޫހުގެ ޒަރީޢާއިން ވިދާޅުވެފައެވެ. ތަފާތު ގޮތަކަށް އިފުތިތާޙުކުރި މި ޢިލްމީ މުއައްސަސާ ވަރަށް ހަލުވިކަމާއެކު އެބަ ކުރިއަށް ދެއެވެ.

ފަރަޤު އެކެޑަމީގެ ޢިލްމީ ޙަރަކާތްތަކުގެ ތެރެއިން ފުރަތަމަ ވެސް އިސްކަން ދީފައިވަނީ ކީރިތި ޤުރުއާނަށްކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލާން ބޭނުންވެއެވެ. މާސްޓަރސް ޑިގްރީ ފެންވަރުގެ ޓީޗަރުންނާއެކު ކުޑަކުދީންނަށް ބާއްވާ ޚާއްޞަ ޤުރުއާން ކޯސްތައް މި މަހު 15ގައި ފަށާ ގޮތަށް މިހާރު އެ އެކެޑަމީއިން ވަނީ ތާވަލުކޮށްފައެވެ.

ރަނގަޅު ބިންގަލެއްގެ މަތީގައި ފެންވަރު ރަނގަޅު ޓީޗަރުން މެދުވެރިކޮށް ކުޑަކުދީންނަށް ޤުރުއާން ކިޔަވައިދިނުމުގެ ބިންގާ އަޅައިދިނުމަކީ މުހިންމު ކަމެއްކަމަށް ވާ އިރު "ފަރަގު އެކެޑަމީ"އިން މި ހުޅުވައިލީ ވަރަށް ރަނގަޅު ފުރުޞަތެކެވެ. "ކުޑަކުދީންނަށް ޚާއްޞަ ޤުރުއާން ކިލާހު"ގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި އަކުރުތަކާއި ފިލިތަކާއި ކަލިމަތައް އޭގެ ރަނގަޅު ގޮތުގައި އަދާކުރާނެ ގޮތް އުނގަންނައިދިނުމާއި، ތަޖުވީދުގެ ހަމަތަކާ އެއް ގޮތަށް ޤުރުއާން ކިޔަވާން ދަސްކޮށްދިނުމާއި ޢަންމާ ފޮތުން ކިޔެވުމާއި ޚަތިމުން ކިޔެވުމާއި ޙިފުޒުކުރުން ވެސް ހިމެނެއެވެ. މީގެ އިތުރަށް މި ކިލާހުގެ ދަރިވަރުންނަށް ނަމާދުގައި ކިޔާ ތަކެތި ވެސް އުނގަންނައިދޭނެއެވެ. ހަފުތާއަކު ފަސް ދުވަހު ދުވާލަކު އެއް ގަޑިއިރަށް ކިޔަވައިދޭ މި ކުލާސްތަކުގައި ދެ ވަގުތެއްގައި ބައިވެރިވެވިދާނެއެވެ. އެއީ ހެނދުނު 9:00އިން 10:00އަށް އޮންނަ ކިލާހަކާއި ހެނދުނު 10:00އިން 11:00އަށް އޮންނަ ކިލާހެކެވެ.

https://forms.gle/6HzAf2b9mcnGyHLu8

ފަރަގު އެކެޑަމީގެ މި ފަހަރުގެ ކިލާސްތައް އޮންނަނީ ފަރަގު އެކެޑަމީގެ ކިލާސްރޫމުގައެވެ. މިއީ އޮންލައިނު ކިލާސްތަކެއް ނޫނެވެ. ޖިސްމާނީކޮށް ކިލާހަށް ދަރިވަރުން ޙާޒިރުވެ، ފަރުވާތެރިކަމާއެކު ފެންވަރު ބެލެހެއްޓުމާއެކު ކިޔަވައިދޭ ކިލާސްތަކެކެވެ.

ފަރަގު އެކެޑަމީއިން ހިންގާ މި ފަދަ ކޮންމެ ޙަރަކާތެއްގައި ވެސް އެންމެ ބޮޑު އިސްކަން ދެނީ ފެންވަރު ހިފެހެއްޓުމާއެކު މޮޅަށް ކިޔަވައިދޭށެވެ. އެހެންކަމުން މި ބާވަތުގެ ކޮންމެ ޙަރަކާތެއް ވެސް ފަރަގު އެކެޑަމީއިން ހިންގާނީ އެ ދާއިރާއެއްގެ ފެންވަރު ރަނގަޅު ތަޖުރިބާކާރު މުރައްރިބުންނާއި ދާރިސުން މެދުވެރިކޮށްގެންކަމަށް ފަރަގު އެކެޑަމިއިން މަޢުލޫމާތު ދެއްވައެވެ.

މި ކުލާސްތަކުގައި ބައިވެރިވާ ދަރިވަރުންގެ އަތުން މަހަކަށް ނަގަނީ އެންމެ 500ރުފިޔާކަމަށް ވާތީ އޮގަސްޓް މަހަށް ނަގާނީ އޭގެ ދެބައިކުޅައެއްބައިކަމަށްވާ 250 ރުފިޔާއެވެ.

މި އަންނަ ބުރާސްފަތި ދުވަހު ފަށަ ގޮތަށް ހަމަޖެހިފައިވާ މި ކުލާހުގައި ބައޮވެރިވާން އެދޭ ފަރާތްތަކުން ތިރީގައި މިވާ ލިންކުން ފެނިވަޑައިގަންނަވާ ފޯމު ފުރިހަމަކުރައްވައިގެން ކުލާހުގައި ބައިވެރިވެވަޑައިގެންނެވޭނެކަމަށާއި އިތުރު މަޢުލޫމާތެއް ހޯއްދަވާން ބޭނުންފުޅުވާނަމަ، 9300090 މި ނަންބަރަށް ގުޅުއްވާން ފަރަގު އެކެޑަމީއިން އެދިވަޑައިގަންނަވައެވެ.

https://forms.gle/6HzAf2b9mcnGyHLu8

ފަރަގު އެކެޑަމީ ހިންގަނީ މ. ބަގީޗާކުރި (ޗާނދަނީމަގު) ހަތަރުވަނަ ބުރީގައެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސް މަޖައްލާތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް