Advertisement

ފަރަގު އެކެޑަމީގެ އިފުތިތާޙުކުރުން ވެސް ފަރަގު

04 Aug 2024 | 17:46
ކިލާސްރޫމެއްގައި ޓީޗަރަކު ކިޔަވައިދެނީ

އަބާ މުޙަންމަދު

ދަރިވަރުން އަޕް-ސްކިލްކުރުމަށާއި، ރި-ސްކިލް ކުރުމުގެ މަގުސަދުގައި ޢިލްމީ ބަޔަކު އުފައްދައިފައިވާ "ފަރަގު އެކެޑަމީ"ގެ އިފުތިތާޙުކުރުން ވެސް އެހެން، މި ފަދަ ތަންތަން އިފުތިތާޙުކުރުމާ ވަރަށް ބޮޑަށް ފަރަގުވާނެކަމަށް ފަރަގު އެކެޑަމީއިން މަޢުލޫމާތު ލިބިއްޖެއެވެ. ފަރަގު އެކެޑަމީ އިފުތިތާޙުކުރުމަށް ޓަކައި ބާއްވަނީ ޚާއްޞަ މާސްޓަރ ކިލާހެކެވެ. މި މާސްޓަރ ކިލާހަކީ ދިވެހިބަހުގެ ގަވާއިދުގެ އެންމެ ފަހުގެ އަދާހަމަތައް ފަސޭހަކަމާއެކު އޮޅުންފިލުވައިދީ އުނގަންނައިދިނުމަށް ޓަކައި ބަހުގެ މާސްޓަރަކު މެދުވެރިކޮށް އެ އެކެޑަމީއިން ބާއްވާ ދަންފަޅިއެކެވެ.

މި ޚާއްޞަ ދަންފަޅި ބޮޑަށް ޚާއްޞަ ކުރާނީ ދިވެހިބަސް ތާނައިން ލިޔެކިޔައި ހަދާ އިރު، ލަފުޒު ދުރުކޮށް ލިޔުމަކީ ގިނަ ބަޔަކަށް ޚާއްޞަކޮށް ނޫސްތަކަށް އުނދަގޫ ކަމަކަށް ވާތީ އެއީ އެއްވެސް އުނދަގޫ ކަމެއް ނޫންކަމަށާއި އެއީ ދާދި ފަސޭހަކަމެއްކަން ވިސްނައިދީ އެކަން ވަރަށް ފަސޭހައިން ބައިވެރީންނަށް ވިސްނައިދޭށެވެ. އަދި މި ދަންފަޅި ނިމޭ އިރު ބައިވެރީންނަށް ކުށެއް ނެތި ލަފުޒު ދުރުކޮށްގެން ލިޔާން 99 އިންސައްތަ ރަނގަޅަށް އެނގޭނެކަމަށް ފަރަގު އެކެޑަމީއިން ޔަގީންކަން ދެއެވެ.

މީގެ އިތުރަށް މި ދަންފަޅީގައި އުނގަންނައިދެވޭ އަނެއް ކަމަކީ ތާނައިގައި ހުންނަ ނުކުތާ ޖެހި އަކުރުތައް ކުށެއް ނެތި ލިޔާން ދަސްކޮށްދިނުމެވ. މިއީ ވެސް ވަރަށް ގިނަ ބަޔަކަށް އުނދަގޫކަމަކަށް އޮންނަނީ ވެފައެވެ. ނަމަވެސް ފަރަގު އެކެޑަމީއިން ޔަގީންކަން ދޭ ގޮތުގައި މި ދަންފަޅީގައި ބައިވެރިވާ އެންމެންނަށް ކުށެއް ނެތި މި ގަވާއިދުން ނުކުތާޖެހި އަކުރުތައް ބޭނުންކުރާން 99 އިންސައްތައަށް އެނގޭނެއެވެ.

މި ދެންނެވި ދެ ބައިގެ އިތުރަށް ދިވެހިބަހުގެ ގަވާއިދުގެ ތެރެއިން ބޭނުން ކޮންމެ ސުވާލެއް ކުރުމުގެ ފުރުޞަތު ބައިވެރީންނަށް ދިނުމާއެކު އެ ސުވާލުތަކަށް ޢިލްމީ ޖަވާބުތައް މި ދަންފަޅީގައި ލިބޭނެއެވެ.

"ފަރަގު" މަރުކާއަކީ ވަރަށް ތަފާތު މަރުކާއެކެވެ. މި މަރުކާގެ ދަށުން އުފެދިފައިވާ "ފަރަގު އެކެޑަމީ"އިން، ދަރިވަރުން އަޕް-ސްކިލްކުރުމަށާއި، ރި-ސްކިލް ކުރުމުގެ ތަފާތުކޯސްތައް ތަފާތު ދާއިރާތަކުން ހިންގާނެއެވެ. މީގެ ތެރޭގައި އިންސާނީ ވަސީލަތްތަކުގެ ދާއިރާއާއި ހިންގުމުގެ ދާއިރާއާއި ޤުރުއާނާއި އާޓުގެ ތަފާތު ދާއިރާތަކާއި ޓައިޕުކުރުމާއި ކޯސްތަކުގެ އެސައިންމެންޓުތައް ފަސޭހައިން ހަދައިލުމުގެ ހުނަރާއި ބަންގި ގޮވުމާއި ޚުޠުބާ ހުށަހެޅުމާއި މި ނޫނަސް މުހިންމު ދާއިރާތަކުން ދަރިވަރުން އަޕް-ސްކިލްކުރުމަށާއި، ރި-ސްކިލް ކުރުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ފަރަގު އެކެޑަމީގެ އިތުރަށް "ފަރަގު" މަރުކާގެ ދަށުން "ފަރަގު"ގެ ނަމުގައި ތަފާތު އޮންލައިން ނޫހެއް ވެސް ނެރެއެވެ. މި ނޫހުގައި ހުންނަ ލިޔުންތައް ވެސް އެހެން ނޫސްތަކުގައި ހުންނަ ލިޔުންތަކާ ވަރަށް ބޮޑު ފަރަގެއް ހުރެއެވެ. މީގެ އިތުރަށް "ފަރަގު މީޑިއާ"ގެ ނަމުގައި ޚާއްޞަ މީޑިއާއެއް ވެސް "ފަރަގު" މަރުކާގެ ދަށުން ވަނީ ގާއިމުކޮށްފައެވެ. "ފަރަގު" މަރުކާގެ ދަށުން ތަފާތު އިތުރު މުއައްސަސާތައް ވެސް ވަރަށް އަވަހަށް ވުޖޫދަށް ގެނައުމަކީ "ފަރަގު" މެނޭޖުމަންޓްގެ ވަރަށް ބޮޑު އަމާޒެކެވެ.

ކޮންމެއަކަސް ފަރަގު އެކެޑަމީ އިފުތިތާޙުކުރުމުގެ ގޮތުން ބާއްވާ "މާސްޓަރ ކިލާސް" 2024 އޮގަސްޓް 6 (އަންގާރަ) ދުވަހުގެ ރޭ ފަރަގު އެކެޑަމީގެ ފަރަގު ކެމްޕަސްގައި އޮންނާނެކަމަށް ފަރަގު އެކެޑަމީއިން މަޢުލޫމާތުދެއްވައެވެ. ފަރަގު އެކެޑަމީގެ "ފަރަގު ކެމްޕަސް" ހުންނަނީ ކަޅުވަކަރު މިސްކިތުގެ ހުޅަނގުން "ސީގަލް ކެފޭ"ގެ ދެކުނުންނެވެ.

މި ކަމާ ބެހޭ ގޮތުން އެއްވެސް މަޢުލޫމާތެއް ބޭނުންފުޅުވާ ބޭފުޅުން ގުޅުއްވާންވީ ނަންބަރެއްކަމަށް އެ ބޭފުޅުން ވިދާޅުވަނީ 9511255 މި ނަނަބަރެވެ. "ފަރަގު އެކެޑަމީ"ގެ ހުރި ފަރަގެއް ބަލައިލަމާތޯއެވެ!

އެޑިޓަރުގެ ނޯޓް
އަބާ މުހަންމަދަކީ އެހެން ބައެއް ނޫސްތަކަށް ވެސް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް