ސިހުރު ހެދުމާއި ސިހުރު އުނގެނުމާއި އެއިން ރައްކާތެރިވުން (2)
އައްޝައިޚު އަޙްމަދު ފަހުމީ ދީދީ
(2024 ޖުލައި 27ގައި ޝާއިޢުކުރެވުނު ބަޔާ ގުޅޭ)
ޔޫނުސު ޢަލައިހިއްސަލާމުގެ ދުޢާ
"لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ".
ނޫޙު ޢަލައިހިއްސަލާމުގެ ދުޢާ
"قَالَ رَبِّ انصُرْنِي بِمَا كَذَّبُونِ"
"رَّبِّ لَا تَذَرْ عَلَى الْأَرْضِ مِنَ الْكَافِرِينَ دَيَّارًا، إِنَّكَ إِن تَذَرْهُمْ يُضِلُّوا عِبَادَكَ وَلَا يَلِدُوا إِلَّا فَاجِراً كَفَّارًا"
"رَبِّ إِنِّي أَعُوذُ بِكَ أَنْ أَسْأَلَكَ مَا لَيْسَ لِي بِهِ عِلْمٌ ۖ وَإِلَّا تَغْفِرْ لِي وَتَرْحَمْنِي أَكُن مِّنَ الْخَاسِرِينَ"
"رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا".
އިބްރާހީމް ޢަލައިހިއްސަލާމުގެ ދުޢާ
"رَبِّ اجْعَلْ هَٰذَا بَلَدًا آمِنًا وَارْزُقْ أَهْلَهُ مِنَ الثَّمَرَاتِ مَنْ آمَنَ مِنْهُم بِاللَّهِ وَالْيَوْمِ الْآخِرِ"،
"رَّبَّنَا إِنِّي أَسْكَنتُ مِن ذُرِّيَّتِي بِوَادٍ غَيْرِ ذِي زَرْعٍ عِندَ بَيْتِكَ الْمُحَرَّمِ رَبَّنَا لِيُقِيمُوا الصَّلَاةَ فَاجْعَلْ أَفْئِدَةً مِّنَ النَّاسِ تَهْوِي إِلَيْهِمْ وَارْزُقْهُم مِّنَ الثَّمَرَاتِ لَعَلَّهُمْ يَشْكُرُونَ"
"رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ"
"رَبَّنَا أغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ"
"رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ، وَأجْعَل لِّي لِسَانَ صِدْقٍ فِي الْآخِرِينَ، وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ"
"وَلَا تُخْزِنِي يَوْمَ يُبْعَثُونَ".
ދާވޫދު ޢަލައިހިއްސަލާމު ޖާލޫތާއި އޭނާގެ ލަޝްކަރާ ކުރިމަތިލެއްވި ހިނދު ވިދާޅުވި ދުޢާ
"رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ".
ސުލައިމާނު ޢަލައިހިއްސަލާމުގެ ދުޢާ
"رَبِّ اغْفِرْ لِي وَهَبْ لِي مُلْكًا لَّا يَنبَغِي لِأَحَدٍ مِّن بَعْدِي ۖ إِنَّكَ أَنتَ الْوَهَّابُ".
ޒަކަރިއްޔާ ޢަލައިހިއްސަލާމުގެ ދުޢާ
"رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ".
ޢީސާ ޢަލައިހިއްސަލާމުގެ ދުޢާ
"رَبَّنَا أَنزِلْ عَلَيْنَا مَائِدَةً مِّنَ السَّمَاءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَآخِرِنَا وَآيَةً مِّنكَ ۖ وَارْزُقْنَا وَأَنتَ خَيْرُ الرَّازِقِينَ"
"إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ الْعَزِيزُ الْحَكِيمُ".
އައްޔޫބު ޢަލައިހިއްސަލާމުގެ ދުޢާ
"انِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ".
الفَاتحَة، آيَة الكُرسِي، سُورةُ الإخلَاص، الـمُعَوِّذَتَينِ، البَقَرَة
މި ސޫރަތްތަކާއި އާޔަތްތައް އޮނަހިރި ޢަދަދަކަށް ކިޔެވުމާއި، ފެން މަތުރައި އެ ފެނުން ފެންވެރުމާއި ފެން ބުއިން ހިމެނެއެވެ.
ޝައިޠަނާއާ އެކު އެއްބަސްވުމެއްގެ ތެރެއަށް ވަނުން. އެއީ ޝައިޠާނާ އެދޭ ކަމެއް ކުރުމެވެ. (ﷲ ނުރުއްސަވާ ކަމެއް ކުރުމެވެ.)
- ޙަރާމް ކަމެއް ކުރުން
- ﷲ އާ ޝަރީކު ކުރުން
- ﷲ ނޫން ފަރާތެއްގެ ނަމުގައި ޖަނަވާރެއް ކަތިލުން
- ނުތާހިރާ ހުރުން
- ޙައިޟުގެ ލެއިން ޤުރްއާނުގެ އާޔަތްތައް ލިޔުން
- އަކުރު ކަނޑައި ޤުރްއާނުގެ އާޔަތްތައް ލިޔުން
- ނަސަބު ސާބިތުނުވާ ގޮތަށް ސިހުރުގައި ނަން ލިޔުން (ސިހުރުގައި ނަން ލިޔަނީ މަންމަގެ ނަމާ ގުޅުވައިގެންނެވެ.)
- އެކޮޅުކޮޅުން ޤުރްއާން ލިޔުން
- ވަރަށް ބޮޑަށް ތަޙްރީފުކޮށްގެން، އަކުރުތައް އޮޅުވައިލައި، ދިވެހިބަހާ މަސްހުނިކޮށްގެން ޤުރްއާން ލިޔުން
ސިހުރުވެރިން ކުރާ ސިހުރުގެ ޢަމަލުތައް ބައިތަކަށް ބެހެއެވެ. އެއީ:-
ސިހުރުގައި ބޭނުންކުރާނީ އަކަތަކާއި، ޠަލްސިމުތަކާއި، ރުޤްޔާއާއި ޢަޒީމަތަކެވެ.
ޝަޢުވަޒާ އަކީ، ލޯމައްޗަށް އޮޅުވާލާ އޮޅުވާލުންތަކެވެ. ދޮގާއި، މަކަރާއި ޙީލަތެވެ.
އެއީ ޣައިބުގެ ޢިލްމު ލިބިގެންވާ ކަމަށް ދަޢުވާ ކުރުމެވެ. އެއީ ޖިންނީގެ އެހީގައި، ލިބިގަންނަ ޢިލްމެކެވެ. ﷲ ތަޢާލާ އެ ތަކެއްޗަށް ދަތުރުކުރުމުގެ އަވަސްކަމެއް ދެއްވައިފައި ވެއެވެ. އޭގެ އެހީގައި ދުރުގައި ހިނގާ ކަންތައް ހޯދައި، ކިޔައިދިނުމުގެ ކުޅަދާނަކަން އެ ތަކެއްޗަށް ލިބިގެން ވެއެވެ. މިއަށް ނިސްބީ ޣައިބެވެ ކިޔައެވެ. މުޠްލަޤު ޣައިބު ﷲ ނޫން ފަރާތަކަށް އެނގިގެންނެއް ނުވެއެވެ. މި ޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން، އިންސާނުންނަށް ވެސް ނިސްބީ ޣައިބު ދެނެގަނެވެއެވެ. ފޯނާއި، ވީޑިއޯ އާއި، ކެމެރާ އާއި، ދުރުމީގެ އެހީގައި، ދުރުގައި ހިނގާ ކަންތައް ވަގުތުން ބަލައި، ވާހަކަތަކުގެ އަޑު އެހުމުގެ ޤާބިލުކަން، މިއަދު އިންސާނާއަށް ވެސް ލިބިގެން ވެއެވެ. އަދި ޢިލްމުގެ ޛަރީޢާއިން، ދުރަށް ލަފާކޮށް ކިތަންމެ ކަމެއް ކިޔައިދިނުމުގެ ޤާބިލުކަން، މިއަދު އިންސާނާ ވަނީ ހޯދާފައެވެ. މިސާލަކަށް ވިއްސާރައާއި މޫސުން ލަފާކުރުމާއި، ކޭތަހިފުން ފަދަ ކަންތައް، އޭގެ މުއްދަތާއި، ތަނާއި، މިންވަރަށް ދާނދެން، މިހާރު ލަފާކުރެވެއެވެ. މިއީ މުޅީން ވެސް ނިސްބީ ޣައިބެވެ. މުޠްލަޤު ޣައިބެއް ނޫނެވެ.
(فَلَمَّا قَضَيْنَا عَلَيْهِ الْمَوْتَ مَا دَلَّهُمْ عَلَى مَوْتِهِ إِلَّا دَابَّةُ الْأَرْضِ تَأْكُلُ مِنسَأَتَهُ فَلَمَّا خَرَّ تَبَيَّنَتِ الْجِنُّ أَن لَّوْ كَانُوا يَعْلَمُونَ الْغَيْبَ مَا لَبِثُوا فِي الْعَذَابِ الْمُهِينِ) .سبأ:14
މާނައީ: "ދެންފަހެ، އެކަލޭގެފާނު އަވަހާރަވުމަށް ތިމަންރަސްކަލާނގެ ނިޔާކުރެއްވި ހިނދު، ކަތުރުފަނި ނޫން އެއްޗެއް އެއުރެންނަށް އެކަލޭގެފާނު އަވަހާރަވެއްޖެކަމަށް ނޭންގިއެވެ. އެ ކަތުރުފަނި އެކަލޭގެފާނުގެ އަސާކޮޅު ކަމުންގެންދިޔައެވެ. ދެންފަހެ، އެކަލޭގެފާނު ވެއްޓިވަޑައިގަތުމުން، ޖިންނީންނަށް އެނގިއްޖައޫއެވެ. ހަމަކަށަވަރުން، އެއުރެންނަށް ޣައިބު އެނގޭނަމަ، އިހާނަތްތެރިކަން ދެނިވި ޢަޛާބުގައި (އެބަހީ: ގަދަ މަސައްކަތުގައި) އެއުރެން ނުތިބީހެވެ.
ތަންޖީމަކީ، ފަލަކުގައި ހުރި ތަރިތަކާއި ނަކަތްތަކަ ގުޅުވައިގެން ބިމުގައި ހިނގާނެ ކަންތައް ލަފާކުރުމެވެ. އެއީ ޖާހިލީ ޒަމާނުގެ ޢިލްމެކެވެ. އެއީ ހުއްދަ ޢިލްމެއް ނޫނެވެ. އޭގެތެރެއިން ބައެއް ކަންތައް އިއްތިފާޤުން ދިމާވެއެވެ. މިސާލަކަށް ވަކި ދުވަސްވަރެއްގައި ދުނިޔެއަށް އަންނަ މީހުންގެ ކިބައިގައި ވަކި ސިފަތަކެއް ހުރުމަކީ ވެދާނެކަމެކެވެ. އެކަމަކު އެއީ އެއްވެސް ތަރިއަކާ ނުވަތަ ނަކަތަކާ ގުޅުން ހުރި ކަމެއް ނޫނެވެ. އަދި އެއީ ތަރިއަކަށް ނުވަތަ ނަކަތަކަށް ބާރެއް އޮތް ކަމެއް ވެސް ނޫނެވެ. ނަކަތްރާހި ބެލުމާއި އިރުވަރުބެލުން ވަންނަނީ މީގެ ތެރެއަށެވެ.
ފަލަކީ ޢިލްމަކީ، ތަންޖީމުކަމަށް
(ނުޖޫމީ ޢިލްމުކަމަށް) ބައެއް މީހުންނަށް ހީވެފައި އޮވެއެވެ. ފަލަކީ ޢީލްމަކީ،
ނުޖޫމީ ޢިލްމެއް ނޫނެވެ. ފަލަކީ ޢިލްމަކީ ޝަރީޢަތުގައި ހުއްދަކުރާ ޢިލްމެކެވެ. އެއީ ދުނިޔެ
އާއި ތަރިރުހަނދު ދައުރުކުރުމާ ގުޅިފައިވާ ހިސާބު ޢިލްމުގެ ގޮތްޕެކެވެ. އެއީ astronomy
އެވެ. އެއީ ތަންޖީމެއް ނޫނެވެ.
ޢިރާފާގެ ތެރޭގައި ހިމެނެނީ ޣައިބު އެނގޭކަމަށް ދަޢުވާ ކުރުމުގެ ބާވަތެކެވެ. އެއީ އަތް ބަލައިގެން ނުވަތަ ތަށި ދުއްވައިގެން ނުވަތަ ރަމަލު ޖަހައިގެން މީހެއްގެ މުސްތަޤުބަލު ކިޔައިދިނުމެވެ. އިސްލާމް ދީނުގައި، މިއީ ހުއްދަ ކަމެއް ނޫނެވެ.
މި ބާވަތުގެ މީހުން އެ މީހުންގެ ގާތަށް އަންނަ މީހުންގެ ސިއްރުތައް ދެނެގަންނަނީ ހަށިގަނޑުގެ ބަހުރުވައިންނެވެ. (ބޮޑީލޭންގުއޭޖުންނެވެ.)
އެއީ އެ މީހުންގެ މޫނުމަތީން ފެންނަ ކަންބޮޑުވުމާއި، އަތާއި ފައިގެ ޙަރަކާތްތަކާއި ބޭނުންކުރާ ބައެއް ޖުމުލަތަކާއި އެ މީހެއްގެ ވަށައިގެންވާ އެހެނިހެން ކަންތައްތަކުންނެވެ.
މިސާލަކަށް:-
- ތިބާއަކީ ވަރަށް އަވަހަށް ޚިޔާލު ބަދަލުވާ މީހެކެވެ.
- ތިބާ ދެކެ ރުޅިއަންނަ މީހަކު އެބަހުއްޓެވެ. އޭނާ އަބަދު ވެސް ބަލަނީ ތިބާއަށް ދެރައެއް ދެވޭތޯއެވެ.
- ތިބާއީ މީހުންގެ ގާތުގައި ލޮބުވެތި މީހެކެވެ. އެކަމަކު ނަސީބު ދެރައެވެ.
މި ބާވަތުގެ ކަންކަމަކީ ވަރަށް ގިނަ މީހުންގެ ޙަޔާތުގައި ކޮންމެވެސް ވަރަކަށް، ކަން ދިމާވެފައި ހުންނަ ގޮތެވެ.
(ނުނިމޭ)