Advertisement

ސިހުރު ހެދުމާއި ސިހުރު އުނގެނުމާއި އެއިން ރައްކާތެރިވުން (1)

27 Jul 2024 | 06:40
ސިޙުރަކީ އެންމެ ބޮޑު އެއް ފާފައެވެ.

އައްޝައިޚު އަޙްމަދު ފަހުމީ ދީދީ

ތަޢުރީފު

ބަހުގެ މާނައަށް ބަލާ އިރު، ސިޙުރަކީ، އޭގެ ސަބަބު ވަންހަނާކަން ބޮޑު، ކަވި ކަންކަމެވެ. ސިޙުރާއި ސަޙަރާއާ ގުޅުމެއް ވެއެވެ. ރޭގަނޑުގެ ފަހު ބަޔަށް ސަޙަރު ކިޔަނީ، އެ ވަގުތު ހިނގާ ކަންކަމަކީ، ގިނަ ބަޔަކަށް ނޭނގޭ ވަންހަނާކަން ބޮޑު ކަންތައްކަމަށް ވާތީއެވެ. ރޯދައަށް ހުރުމަށް ޓަކައި ރޭގަނޑު ދަންވަރު ކާ ހާރަށް ސުޙޫރު ކިޔަނީ ވެސް އެހެންވެގެންކަމަށް ބުނެވެއެވެ.

ސިޙުރު ބެހޭ ބައެއް ބައިތައް

ޝަރުޢީ އިޞްޠިލާޙަށް ބަލާ އިރު ސިހުރު ދެބަޔަކަށް ބެހެއެވެ.

ފުރަތަމަ ބަޔަކީ، ޝައިޠާނުންގެ ޚިދުމަތް ހޯދުމަށް ޓަކައި އިސްތަށިފަދަ ތަކެތީގައި ޖަހާ ގޮށްތަކާއި، ލިޔާ ޠަލްސިމުތަކާއި، ކުރަހާ އަކަތަކާއި، ރޫތަކާއި ލިޔާ ތަވީދާއި، އަޅާ ބަޑިއާއި ކިޔަވާ ރުޤްޔާ ތަކެވެ. ރުޤްޔާގެ ހުއްދަ ބާވަތެއް ވެސް ހުރެއެވެ. އެއީ ޝިރްކެއް ނުހިމެނޭ ރުޤްޔާއެވެ. ސިހުރުވެރިންނާ ބެހޭ ގޮތުން الله ސުބްޙާނަހޫ ވަތަޢަލާ ތަޢާލާ ވަޙީކުރައްވައިފައި ވެއެވެ.

وَمَا هُم بِضَآرِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللهِ [البقرة: ١٠٢].

މާނައީ: "اللَّهގެ އިޛުނަފުޅާ ލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ."

ދެވަނަ ބަޔަކީ، ސިހުރުގެ އަސަރުކޮށްފައިވާ މީހާގެ ހަށިގަނޑާއި، ބުއްދިއަށް އަސަރުކުރުވާން ބޭނުންކުރާ އެކި ބާވަތުގެ ބޭހެވެ. އެ ފަދަ ބައެއް ބޭސް ބޭނުންކުރުމުން އިންސާނާގެ ބުއްދި ހަމައިން ނައްޓައި، ވަކި މީހަކު ބޭނުންވާ ކަންކަމަށް ލަންބައިލާން ފަސޭހަވާކަމަށް ބުނެއެވެ. އޭގެތެރޭގައި ބަނގުރާއާއި އެކި ބާވަތްބާވަތުގެ ބޭސް (ޑުރަގު) ހުރެއެވެ.

ސިޙުރުގެ ޙުކުމް:

އެއީ ޙަރާމް ކަމެކެވެ. އިސްލާމް ދީނުގައި ސިޙުރު ހެދުމަކީ، އެންމެ ބޮޑެތި ފާފައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީކުރައްވައިފައި ވެއެވެ.

وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ

ފަހެ (އެ ދަސްކޮށްގެން) ކާފިރުނުވާށޭ ވިދާޅުވެ (ނަޞީޙަތްދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވަތެވެ.

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ.

{اجْتَنِبُوا السَّبْعَ الـمُوبِقَاتِ، قَالُوا: يَا رَسُولَ اللَّهِ، وَمَا هُنَّ؟ قَالَ: الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتي حَرَّمَ اللَّهُ إِلَّا بِالْـحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ اليَتِيْمِ، وَالتَّوَلِّي يَومَ الزَّحْفِ، وَقَذْفُ الـمُحْصَنَاتِ الـمُؤْمِنَاتِ الغَافِلَاتِ}، رواه البخاري

މާނައީ: "ތިޔަބައިމީހުން ހަލާކުކޮށްފަނިވި ހަތް ކަންތަކާ ދުރުހެލިވާށެވެ. އެހިނދު އަޞްޙާބު ބޭކަލުން ދެންނެވިއެވެ. އެއީ ކޮން ކަންތައްތަކެއްތޯޢެވެ؟ ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. އެއީ، ﷲ އާ ޝަރީކު ކުރުމާއި، ސިހްރު ހެދުމާއި، ﷲ ޙުރްމަތްތެރިކުރައްވާފައިވާ ނަފްސެއް، ޙައްޤަކާނުލައި މެރުމާއި، ސޫދު ކެއުމާއި، ޔަތީމުކުދިންގެ މުދާ ކެއުމާއި، ހަނގުރާމައިގެ މައިދާނުން ފިލަން ދުވުމާއި، ކުށެއް ނެތް މަޢުޞޫމު އަންހެނުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމެވެ.

ސިހުރަކީ، އިންސާނަކަށް އަރައިގަނެވޭނެ އެންމެ ބޮޑު އެއް ފާފައެވެ.

އެހެނީ ސިހުރުވެރިޔާ، ސިހުރު ހެދުމުގެ ތެރޭގައި، ﷲ ގެ ޙައްޤުތަކަށް އަރައިގަނެއެވެ. މަޚްލޫޤުންގެ އިމުން ބޭރުވެއެވެ. އެއީ ﷲ ފިޔަވައި، ޝައިޠާނުންގެ އެހީ ހޯދައި، އެހެން އިންސާނުންގެ ޙަޔާތުގެ ތެރެއަށް ވެރިވެގަންނާތީއެވެ. އެހިސާބުން އޭނާ ﷲ އަށް ކާފިރުވެއެވެ. އަލްބަޤަރާ ސޫރަތުގެ 102 ވަނަ އާޔާތުގައި އައިސްފައި ވަނީ މިފަދައިންނެވެ.  

{وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَىٰ مُلْكِ سُلَيْمَانَ ۖ وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ وَمَا أُنزِلَ عَلَى الْمَلَكَيْنِ بِبَابِلَ هَارُوتَ وَمَارُوتَ ۚ وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ ۖ فَيَتَعَلَّمُونَ مِنْهُمَا مَا يُفَرِّقُونَ بِهِ بَيْنَ الْمَرْءِ وَزَوْجِهِ ۚ وَمَا هُم بِضَارِّينَ بِهِ مِنْ أَحَدٍ إِلَّا بِإِذْنِ اللَّهِ ۚ وَيَتَعَلَّمُونَ مَا يَضُرُّهُمْ وَلَا يَنفَعُهُمْ ۚ وَلَقَدْ عَلِمُوا لَمَنِ اشْتَرَاهُ مَا لَهُ فِي الْآخِرَةِ مِنْ خَلَاقٍ ۚ وَلَبِئْسَ مَا شَرَوْا بِهِ أَنفُسَهُمْ ۚ لَوْ كَانُوا يَعْلَمُونَ}، (سورة البقرة : 102).

މާނައީ: "އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި، ޝައިޠާނުންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެއުރެން ތަބަޢަވޫއެވެ. ސުލައިމާނުގެފާނު ކާފިރުވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު، އެ ޝައިޠާނުން ކާފިރުވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައިދިނުމުންނެވެ. އަދި ބާބިލުގައިވާ ހާރޫތާއި، މާރޫތާއި ދެ މަލާއިކަތުންގެ މައްޗަށް ބާވައިލެއްވި ތަކެއްޗާވެސް (އެއުރެން ތަބަޢަވޫއެވެ.) ތިމަންމެން ވާކަން ކަށަވަރީ (އީމަންކަންހުރި މިންވަރެއް ބެއްލެވުމުގެ ގޮތުން މެދުވެރި ކުރައްވާފައިވާ) އިމްތިޙާނުއް ކަމުގައޭ، ފަހެ (އެ ދަސްކޮށްގެން) ކާފިރުނުވާށޭ ވިދާޅުވެ (ނަޞީޙަތްދެއްވުމަށް ފަހުގައި) މެނުވީ، އެއްވެސް މީހަކަށް އެ ދެ މަލާއިކަތުން އުނގަންނަވައެއް ނުދެއްވަތެވެ. ފަހެ، މީހާޔާއި އެމީހާގެ އަނބިމީހާޔާ ދެމެދު ދުރުކޮށް ވަކިކުރާނޭ ގޮތް، އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ. اللَّه ގެ އިޛުނަފުޅާ ލައިގެން މެނުވީ، އެއްވެސް މީހަކަށް އެއިން ގެއްލުމެއް ދެނިވި ބަޔަކު ކަމުގައި އެއުރެން ނުވެތެވެ. އެއުރެން އެ އުނގެނެނީ އެއުރެންނަށް ގެއްލުންދޭ، އަދި އެއުރެންނަށް މަންފާއެއް ނުކުރާ ކަންތަކެވެ. ހަމަކަށަވަރުން، އެތަކެތި ގަތް މީހަކަށް އާޚިރަތުގައި އެއްވެސް ނަޞީބެއް ނެތްކަން، އެއުރެންނަށް ކަށަވަރުކޮށް އެނގިފައިވެއެވެ. އެއުރެންގެ ނަފްސުތައް އެ އެއްޗަކަށް އެ ވިއްކައިލި އެއްޗެއްގެ ނުބައިކަން ބޮޑުކަމާއެވެ! އެއުރެން އެކަން ދަންނަ ކަމުގައި ވިނަމައެވެ."

ސިޙުރަކީ ހަގީގަތެއް ހުރި އެއްޗެކެވެ.

ސޫރަތުލްބަޤަރާގެ 102ވަނަ އާޔަތުގެ މާނައިން، ސިޙްރަކީ، ޙަޤީޤަތެއް ހުރި އެއްޗެއްކަން ދޭހަވެއެވެ. ވީމާ ސިޙްރަކީ، މީހަކު ބޭނުންވާ ކަމެއް، އޭނާ ބޭނުންވާ ގޮތަކަށް ކުރުމަށް ޖިންނި ޝައިޠާނުންގެ އެހީގައި ކުރާ ޢަމަލެކެވެ. އޭގެތެރޭގައި ޖުމުލަ ގޮތެއްގައި ހިމެނެނީ، މީހަކަށް ފައިދާއެއް ހޯދައިދިނުން، ނުވަތަ ގެއްލުމެއް ދިނުމެވެ.

މީގެ ތެރޭގައި، މީހުން ބަލިކޮށްލުމާއި، މީހުން މެރުމާއި، މީހުންގެ އަނގަބަންދުކޮށްލުމާއި، މަގުތައް ބަންދުކޮށްލުމާއި، ވިޔަފާރިއަށް ހުރަސްއެޅުމާއި، ދެމަފިރިން ދުރުކުރުމާއި، ކާވަނި ވިޔަނުދިނުމާއި، ފަރުދާކޮށްލުމާއި، މީހުންގެ މެދުގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަމާއި، ޙަސަދަވެރިކަން އުފެއްދުމާއި، ގޭތައް ފަޅުކޮށްލުމާއި، އިސްތިރިއާއި ވަރިތޮޅި ހިމެނެއެވެ.

ސިޙުރަކީ ޝިރުކެވެ.

ސިހުރު ޝިރުކަށް ވަނީ، ސިހުރުވެރިޔާ ޝައިޠަނާއާ ގާތްކަމެއް އުފައްދައި، އޭނާގެ ކިބައިން އެހީތެރިކަން ހޯދާތީއެވެ. ސިހުރުވެރިޔާ ޝައިޠާނާއާ އުފައްދާ ގާތްކަމުގެ ތެރޭގައި، ﷲ ތަޢަލާއަށް އުރެދުން ހިމެނޭތީއާއި، ޝައިޠާނާ އަށް އަޅުކަން ކުރުމުގެ ޢަމަލުތައް ހިމެނޭތީއެވެ. ސޫރަތުލް ޖިއްނުގައި ﷲ ތަޢާލާ ވަޙީކުރައްވައިފައި ވެއެވެ.

﴿ وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا﴾ [ الجن: 6]

މާނައީ: "އަދި އިންސީންގެ ތެރެއިން ފިރިހެންބަޔަކު، ޖިންނީންގެ ތެރެއިން ފިރިހެންބަޔެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭކަމުގައިވޫއެވެ. ފަހެ (އެކަމުގެ ސަބަބުން) އެއުރެންނަށް (އެބަހީ: ޖިންނީންނަށް) އެއުރެން (އެބަހީ: އިންސީން) ކާފިރުކަމާއި ބޮޑާކަން އިތުރުކުރޫއެވެ."

ކީރިތި ޤުރްއާނުގައި ވަރަށް ގިނައިން ސިހުރުގެ ވާހަކަ އައިސްފައި ވެއެވެ.

﴿فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُمْ بِهِ السِّحْرُ إِنَّ اللَّهَ سَيُبْطِلُهُ﴾ ٨١ يونس.

މާނައީ: "ފަހެ، އެއުރެން (އެތަކެތި) އުކިހިނދު، މޫސާގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިޔަ ގެނައީ ޖާދޫއެވެ. ހަމަކަށަވަރުން، الله، އެ ޖާދޫ ބާޠިލު ކުރައްވާނެތެވެ."

﴿إِنَّهُ لَكَبِيرُكُمُ الَّذِي عَلَّمَكُمُ السِّحْرَ﴾ ٧١ طه.

މާނައީ: "ހަމަކަށަވަރުން، އޭނާޔަކީ ކަލޭމެންނަށް ޖާދޫ ދަސްކޮށްދިން ކަލޭމެންގެ ބޮޑު މީހާކަން ކަށަވަރެވެ." (ފިރްޢައުނުގެ ބަސް)

﴿إِذْ يَقُولُ الظَّالِمُونَ إِنْ تَتَّبِعُونَ إِلَّا رَجُلًا مَسْحُورًا﴾ ٤٧ الإسراء.

މާނައީ: "އަނިޔާވެރިވި މީހުން، އެހިނދު ބުނެތެވެ. ސިހުރު ޖެހިފައިވާ ފިރިހެނަކަށް މެނުވީ، ތިޔަބައިމީހުން ތަބަޢައެއް ނުވަމުއެވެ." (މައްކާގެ ކާފިރުންގެ ބަސް)

﴿وَلَئِن قُلْتَ إِنَّكُم مَّبْعُوثُونَ مِن بَعْدِ الْمَوْتِ لَيَقُولَنَّ الَّذِينَ كَفَرُوا إِنْ هَٰذَا إِلَّا سِحْرٌ مُبِينٌ﴾ ٧: هود.

މާނައީ: "އަދި މަރުވުމަށްފަހު، ހަމަކަށަވަރުން، ތިޔަބައިމީހުން އަލުން ދިރުއްވައި، މަޙްޗަރަށް އަށް ފޮނުއްވާނެޔޭ ކަލޭގެފާނު ވިދާޅުވެއްޖެނަމަ، ހަމަކަށަވަރުން، ކާފިރުވި މީހުން ބުނާނެތެވެ. މިއީ، ބަޔާންވެގެންވާ ޖާދޫއެއްކަމުގައި މެނުވީ ނުވެތެވެ."

﴿قَالَ مُوسَىٰ أَتَقُولُونَ لِلْحَقِّ لَمَّا جَاءَكُمْ ۖ أَسِحْرٌ هَٰذَا وَلَا يُفْلِحُ السَّاحِرُونَ﴾ ٧٧:يونس.

މާނައީ: "މޫސާގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ގާތަށް ޙައްޤު އައިހިނދު، އެ ޙައްޤަށް މިއީ ޖާދޫއެއްހޭ ތިޔަބައިމީހުން ބުނަނީހެއްޔެވެ؟ އަދި ޖާދޫހަދާ މީހުން ނުދިނޭހުށްޓެވެ."

﴿فَلَمَّا جَاءَهُمُ الْحَقُّ مِنْ عِنْدِنَا قَالُوا إِنَّ هَٰذَا لَسِحْرٌ مُبِينٌ﴾  ٧٦: يونس.

މާނައީ: "ފަހެ، ތިމަންރަސްކަލާނގެ ޙަޟްރަތުން އެއުރެންގެ ގާތަށް ހައްޤު އައުމުން، އެއުރެން ބުނެފޫއެވެ. ހަމަކަށަވަރުން، މިއީ ބަޔާންވެގެންވާ ޖާދޫއެއްކަން ކަށަވަރެވެ." (ފިރްޢައުނުގެ މީހުންގެ ބަސް)

﴿وَقَالُوا مَهْمَا تَأْتِنَا بِهِ مِنْ آيَةٍ لِتَسْحَرَنَا بِهَا فَمَا نَحْنُ لَكَ بِمُؤْمِنِينَ﴾ ١٣٢: الأعراف.

މާނައީ: "އެއުރެން ދެންނެވޫއެވެ. ތިމަންމެން، އޭގެ ޖާދޫގައި ޖެއްސެވުމަށްޓަކައި އާޔަތްތަކުގެ ތެރެއިން ކޮންމެފަދަ އާޔަތެއް ކަލޭގެފާނު ތިމަންމެންނަށް ގެނެސްދެއްވި ކަމުގައިވިޔަސް، ކަލޭގެފާނަށް އީމަންވާ ބަޔަކުކަމުގައި ތިމަންމެން ނުވާހުށީމުއެވެ." (ފިރްޢައުނުގެ މީހުންގެ ބަސް)

ސިޙުރުން ސަލާމަތްވުމާއި ރައްކާތެރިވުން:

ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވައިފައި ވެއެވެ.

(إنَّ لِكُلِّ دَاءٍ دَوَاءً فَإِذَا أُصِيبَ دَوَاءُ الدَّاءِ بَرَأَ بِإِذْنِ اللهِ) [صحيح مسلم]

މާނައީ: "ކޮންމެ ބައްޔަކަށް ވެސް ފަރުވާއެއް ވެއެވެ. އެ ބައްޔަކަށް ކުރާ ފަރުވާ ބައްޔާ ދިމާވެއްޖެ ނަމަ ﷲ ގެ މިންވަރުފުޅުން ޝިފާ ލިބޭނެއެވެ."

ފަރުވާ ހޯދުމަށް ޓަކައި ކުރެވިދާނެ ކަންތައް:

އެއް ކަމަކީ ޝިފާދެއްވުން އެދި ﷲއަށް ދުޢާ ދެންނެވުމެވެ. އޭގެ ތެރޭގައި ޝަރުޢީ ރުޤްޔާ ވެސް ހިމެނެއެވެ.

ކީރިތި ރަސޫލާ صلي الله عليه وسلمގެ ސުންނަތުން ސާބިތުވާ ބައެއް ދުޢާ:

އިސްތިޣްފާރުކޮށް ފާފަފުއްސެވުމަށް އެދި ދުޢާ ކުރުމަކީ މުޞީބާތާ ދުރުވާ ކަމެކެވެ.

އިސްތިޣުފާރުކުރުން

رَبِّ اغْفِرْ لِي خَطِيئَتِي وَجَهْلِي وَإِسْرَافِي فِي أَمْرِي كُلِّهِ وَمَا أَنْتَ أَعْلَمُ بِهِ مِنِّي،

 –اللّٰهُمَّ اغْفِرْ لِي خَطَايَايَ وَعَمْدِي وَجَهْلِي وَهَزْلِي، وَكُلُّ ذَلِكَ عِنْدِي،

– اللّٰهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ وَأَنْتَ عَلَى كُلِّ شَيْءٍ قَدِيرٌ.

– (اللّٰهُمَّ  إنِّي أَسْأَلُكَ الهُدَى وَالتُّقَى، وَالْعَفَافَ وَالْغِنَى).[٢]

– (اللّٰهُمَّ  إنِّي أسألُك أنِّي أَشهَدُ أنَّك أنتَ اللهُ، لَا إلهَ إلَّا أنت، الأحدُ الصمدُ، الذي لم يَلِدْ ولم يُولَدْ، ولم يكُنْ له كُفوًا أحدٌ).[٣]

ޖެހިފައިވާ މުޞީބާތްތައް ދުރުކޮށްދެއްވުމަށް އެދި ދުޢާކުރުން

اللّٰهُمَّ رَبَّ السَّمَوَاتِ وَرَبَّ الْأَرْضِ وَرَبَّ الْعَرْشِ الْعَظِيمِ، رَبَّنَا وَرَبَّ كُلِّ شَيْءٍ، فَالِقَ الْحَبِّ وَالنَّوَى وَمُنْزِلَ التَّوْرَاةِ وَالْإِنْجِيلِ وَالْفُرْقَانِ، أَعُوذُ بِكَ مِنْ شَرِّ كُلِّ شَيْء أنَتْ آخِذٌ بنِاَصِيتَهِ

اللّٰهُمَّ أَصْلِحْ لِي دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ.

 لَا إلَهَ إلَّا الله العَظِيمُ الحلِيمُ، لَا إلَهَ إلَّا الله رَبُّ العَرشِ العَظِيمِ، لَا إلَهَ إلَّا الله رَبُّ السَّمَاوَاتِ، وَرَبُّ الأَرضِ، وَرَبُّ العَرشِ الكَريْمِ.

اللّٰهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ، وَعَلَيْكَ تَوَكَّلْتُ وَإلَيكَ أنَبتُ وَبكَ خَاصَمْتُ،

اللّٰهُمَّ  إنِّي أعُوذُ بعِزِّتكَ لَا إلَهَ إلَّا أنَتَ أن تُضِلَّنيِ، أنتَ الـحَيُّ الَّذي لَا يَمُوتُ وَالْجِنُّ وَالْإِنْسُ يَمُوتُونَ.

اللّٰهُمَّ إنِّي أعُوذُ بكَ مِنَ الهَمِّ والحَزَنِ، والعَجْزِ والكَسَلِ، والبُخْلِ، والجُبْنِ، وضَلَعِ الدَّيْنِ، وغَلَبَةِ الرِّجالِ

اللَّهُمَّ إنِّي أسألُكَ مِن خَيرِ مَا أُمِرَتْ بِهِ و أعُوذُ بِكَ مِن شرِّ مَا أُمِرَتْ بِهِ

اللّٰهُمَّ إني أسألُك مِن كُل خَيرٍ خَزائنُهُ بيدِكَ، وأعُوذُ بِكَ مِن كُلِّ شَرٍّ خزائنُه بيدِكَ

اللّٰهُمَّ إنِّي أعُوذُ بِكَ مِنَ البُخْلِ، وأَعُوذُ بِكَ مِنَ الجُبْنِ، وأَعُوذُ بِكَ أنْ أُرَدَّ إلى أرْذَلِ العُمُرِ، وأَعُوذُ بكَ مِن فِتْنَةِ الدُّنْيَا وأَعُوذُ بكَ مِن عَذَابِ القَبْرِ

اللّٰهُمَّ إنِّي أَعُوذُ بكَ مِن زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ

اللّٰهُمَّ إنِّي أعوذُ بِكَ مِن شَرِّ مَا عَمِلتُ، وَمِن شَرِّ مَا لَمْ أعمَلْ

اللّٰهُمَّ اجْعَلْ في قَلْبِي نُورًا، وفي بَصَرِي نُورًا، وفي سَمْعِي نُورًا، وعَنْ يَمِينِي نُورًا، وعَنْ يَسَارِي نُورًا، وفَوْقِي نُورًا، وَتَحـْتِي نُورًا، وَأَمامِي نُورًا، وخَلْفِي نُورًا، واجْعَلْ لي نُورًا

اللّٰهُمَّ احْفَظْني بِالإسلَامِ قَائمًا، وَاحْفَظْنِي بِالإسلَام قَاعدًا، وَاحفَظْنِي باِلإسلَامِ رَاقِدًا، ولَا تُشْمِتْ بي عَدُوًّا وَلَا حَاسِدًا

اللّٰهُمَّ أحْيِنِي مَا كَانَتِ الحَيَاةُ خَيْرًا لِي، وتَوَفَّنِي إذَا كانَتِ الوَفَاةُ خَيْرًا لِي

اللّٰهُمَّ أعِنَّا عَلى شُكْرِكَ وذِكْرِكَ، وحُسنِ عِبَادتِكَ

اللّٰهُمَّ اكفِنِي بحَلَالِكَ عَن حَرَامِكَ، وَأَغْنِنِي بفَضْلِكَ عَمَّن سِوَاكَ

اللّٰهُمَّ إنِّي أعُوذُ بِكَ مِنَ الفَقْرِ، وَالقِلَّةِ، والذِّلَّةِ، وأعُوذُ بِكَ مِن أَن أَظْلِمَ، أَو أُظْلَمَ

ނަބީބޭކަލުން ކުރެއްވި ބައެއް ދުޢާ:

އާދަމް ޢަލައިހިއްސަލާމުގެ ދެމަފިރިކަނބަލުންގެ ދުޢާ

" قَالَا رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ".

މޫސާ ޢަލައިހިއްސަލާމުގެ ދުޢާ

"رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي"

"قالَ رَبِّ نَجِّنِي مِنَ الْقَوْمِ الظَّالِمِينَ"

"وَأكْتُبْ لَنَا فِي هَٰذِهِ الدُّنْيَا حَسَنَةً وَفِي الْآخِرَةِ إِنَّا هُدْنَا إِلَيْكَ".

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
އައްޝައިޚު އަޙުމަދު ފަހުމީ ދީދީއަކީ ޢަރަބިބަހާއި އުރުދޫބަހާއި އިނގިރޭސިބަހާއި ދިވެހިބަހަށް ވެސް މޮޅުފުޅު ދީނީ ޢިލްުމުވެރިއެކެވެ. އެތައް ފޮތެއް ލިޔުއްވައި ޝާއިޢުކުރައްވައިފައިވާ މޮޅު ލިޔުންތެރިއެކެވެ. މުޞައްނިފެކެވެ. މަޑުމައިތިރިކަމާ އެކު ވަޢުޡުދެއްވާ ކުޅަދާނަ ވާޢިޡެކެވެ.

Advertisement

ކޮމެންޓް