Advertisement

ތޯމަސް މެތިއު ކްރޫކްސްގެ އަތުން ބަޔާން ނުނަގައި އޭނާ މަރައިލީ ހެކި ފޮރުވާންކަން އެނގެއެވެ.

19 Jul 2024 | 20:46
އެމެރިކާގައި މުޒާހަރާކުރި ޔުނިވަރސިޓީ ދަރިވަރުންގެ ތެރެއިް ދަރިވަރަކު ފުލުހުން ހައްޔަރުކޮށްގެނ ްގެންދަނީ (ފައިލް ފޮޓޯ)

އަބާ މުޙާންމަދު

އެމެރިކާގެ ރިޔާސީ ފުރަދާރު ޑޮނަލްޑް ޓްރަމްޕު އަވަހާރަކޮށްލާން ދިން ޙަމަލާ ތަހުގީގުކުރުމަށް ޓަކައި ބޭނުންވާ މައިގަނޑު މަސްދަރުކަމަށްވާ އަމާޒަށް ބަޑިޖެހި ތޯމަސް މެތިއު ކްރޫކްސް މަރައިލުމަށް ފަހު، އެ ކަމާ ގުޅުވައިގެން މި ދަނޑިވަޅުގައި އީރާނުގެ ވާހަކަ އެމެރިކާއިން ދައްކާން ފަށައިފިއެވެ. ކީއްވެހެއްޔެވެ؟

އެމެރިކާއާއި އިސްރައީލުގެ ނިޔަތަކީ ދުނިޔޭގެ ނަޒަރު ފަލަސްތީނުން އެއް ފަރާތްކޮށްލުމަށް ފަހު އީރާނުގެ ނަން ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް ގެންނާށެވެ.

އެމެރިކާގެ ރިޔާސީ ފުރަދާރު ޑޮނަލްޑް ޓްރަމްޕު އަވަހާރަކޮށްލާން އީރާނުން ރޭވިކަން ކަމާބެހޭ އިދާރާތަކަށް އެނގުމާ އެކު، އެމެރިކާގެ ސަލާމަތީ ސިއްރު ޚިދުމަތުގެ ސަމާލުކަމަށް އައިކަމަށާއި އެ މަޢުލޫމާތު ލިބުނީ "މީހެއް"ގެފުށުންކަމަށް އެމެރިކާގެ މީޑީއާތަކުން ވަނީ ބުނެފައެވެ. އަދި މި މަޢުލޫމާތު ލިބުމާ އެކު، މީގެ ހަފުތާއެއްހައި ދުވަސް ކުރިން އޮތީ ޓްރަމްޕުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިކަމަށް ވެސް އެމެރިކާގެ މީޑީއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި ގޮތަށް މި ވާހަކަ މީޑިއާއަށް ތިލަކޮށްލުމަށް ފަހު، ހޮނިހިރު ދުވަހު ދިން ހަމަލާއާ އީރާނާ ގުޅުމެއް ނެތްކަމަށް ވެސް އެމެރިކާގެ މީޑިއާތަކުން ބުނެފައިވެއެވެ.

މި ހަމަލާއާ އީރާނާ އެއްވެސް ގުޅުމެއް ނެތް އިރު، މި ދަނޑިވަޅުގައި އީރާނުގެ ވާހަކަ މީޑިއާތަކަށް ގެނައީ ކީއްކުރާންހެއްޔެވެ؟

2020ވަނަ އަހަރު އެމެރިކާއިން އީރާނު ސިފައިންގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގެ ބަދަލު ހިފުމަށް ޓަކައި ޓްރަމްޕުގެ ސަރުކާރުގެ އޮފިޝަލުންނަށް އީރާނުން ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބަލައި،  އެމެރިކާ އެ ކަމަށް ފާރަވެރިވަމުން އަންނަތާ އަހަރުތަކެއް ވެއްޖެކަމަށް މީޑިއާތަކުން ބުނެއެވެ.

މި ކަމުގައި ވެސް ކަންތައް މި ދިޔައީ ހިޔަންޏަށް މުޑިނަގާ އުސޫލުންނެވެ. އެމެރިކާއިން ނުރައްކަލެއް ކުރިމަތިކުރާތީއެއް ނޫނެވެ. ކުރިމަތިކޮށްފާނެތީއެވެ. ނުރައްކަލެއް އޮވެދާނެތީއެވެ.ެހެންވީ އިރު، މިފަދަ ކަމެއް އީރާނުގެ ކިބައިން ފެނިފައި ނުވަ އިރު، އީރާނުގެ ވާހަކަ ދެއްކުމުގެ ނުރައްކާތެރި މަގުސަދެއްވާނެކަން ކަށަވަރެވެ.

އެމެރިކާއާއި އެ މީހުންގެ ޖަރީމާޓަކުގެ ބައިވެރިޔާ އިޒްރޭލުން މި ދަނޑިވަޅުގައި ވެސް ބަލާނީ އީރާނުގެ ނަން ސަމާލުކަން ދުނިޔޭގެ ސަމާލުކަމަށް ގެންނާށެވެ. ތޯމަސް މެތިއު ކްރޫކްސްގެ އަތުން ބަޔާން ނުނަގައި އޭނާ މަރައިލީ ހެކި ފޮރުވާންކަން އެނގެއެވެ. އެއީ އެމެރިކާއާއި އިސްރާއީލުގެ ރޭވުމެއްކަމަށް ބެލެވެއެވެ. އޮކްޓޫބަރު ހަތްވަނަ ދުވަހު ހަމާސުން އިޒްރޭލަށް އެރުމަށް މަގުފަހިކޮށްދިނީ ސީދާ އިސްރާއީލުންކަމަށާއި ގަސްތުގައި އިސްރާއީލުގެ ތެރެއަށް ހަމާސަށް ވަންނާނެ ފުރުޞަތު ފަހިކޮށްދިނީ ކޮން ބަޔެއްކަން މިހާރު އެ ވަނީ އެނގިފައެވެ. އަދި އެކި މީހުންގެ ގަޔަށް ބަޑިޖެހީ ވެސް ހަމަ އިސްރާއީލުގެ ސިފައިންކަމަށް ރިޕޯޓުތައް ބުނެއެވެ. މި ދަނޑިވަޅުގައި އީރާނު ބަދުނާމުކުރަނީ ވެސް ހަމަ އެ ގޮތަށެވެ.

އިރާގު ފަނާކޮށްލުމަށް ޓަކައި ވެސް ދެއްކީ މި ފަދަ ތާކުންތާކު ނުޖެހޭ ވާހަކަތަކެކެވެ. ކެމިކަލް ހަތިޔާރޭ ފަޅޮޅޭ ކިޔައިގެން އިރާގަށް އަރައި މުޅި ގައުމު ސުންނާފަލި ކޮށްލީއެވެ. އަދި އަދަށް ދާންދެން ވެސް އެ ބުނާ ކެމިކަލް ހަތިޔާރެއް އިރާގަކުން ނުފެނެއެވެ.

ޓްރަމްޕުގެ އިސްތަށިފުޅަށް އަމާޒުކޮށް ވަރަށް ކައިރިން ދިން ބަޑީގެ ހަމަލާގައި އޭނާ ސަލާމަތްވެގަޑައިގަތީ  އިސްތަށިފުޅު އަރިކޮށްލެވުނު ގޮތަކުން އުންޑަ އަމާޒު ނުވެގެންނެވެ. އުންޑަ އެރީ ކަންފަތްޕުޅަށެވެ.

މިއީ ދާޚިލީ މައްސަލައެއްކަމަށް ވިޔަސް، އެ ކަން ޚާރިޖީ ކަމަކަށް ހަދައިގެން އީރާނުގެ ނަން ނޫސްތަކަށް އެ އަރުވަނީ ވަރަށް ނުބައި މަގުސަދެއްގައެވެ. ވީމާ މި އަނބުރާ ގޭސްގަނޑަކީ އީރާނާ ކޯޅުންކަމަށް ބެލެވެއެވެ. އަދި ފަލަސްތީނަށް ދޭ ސަލާމަތްކަން މުޅީން ނައްތައިލުމަށް ޓަކައެވެ.

އެޑިޓަރުގެ ނޯޓް
......

Advertisement

ކޮމެންޓް