Advertisement

ނޭޓޯއާއި އިސްރާއީލްގެ އެއްބާރުލުމާ ދެކޮޅަށް އުރުދުޣާންގެ ކުރެއްވި ކޮމެންޓާ ހުރެ ކާޓްޒް ރުޅިގަދަވެއްޖެ.

13 Jul 2024 | 14:00
ކާޓްޒް(ކ)އާއި އުރުދުޣާން

ޢަޒީޒު ޖަމާލު

އިސްރާއީލާއި ނޭޓޯއާ ދެމެދު އެއްބާރުލުން ގާއިމުކުރުމާ ދެކޮޅަށް ތުރުކީވިލާތުގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން ކުރެއްވި ކޮމެންޓާ ގުޅިގެން އިސްރާއީލުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވަޒީރު ކާޓްޒް ސްލޭމް ވަރަށް ބޮޑަށް ރުޅި ގަދަވެ، އުރުދުޣާނަށް ހެއްދެވިނެހެއްދެވިއަށް ގޮވައިފިއެވެ. މީނާ އެކުސްގައި ކުރި މެސެޖެއްގައި އެންމެ ފުރަތަމަ ބުނެފައިވަނީ "އެންމެ ފުރަތަމަ ކަމަކަށް އިނބަށް އެއްވެސް ކަމެއް ނުނިންމެއެވެ. އެއްވެސްކަމެއް ކަނޑައެއް ނޭޅެއެވެ." ކާޓްޒް ބުނެފައިވެއެވެ. މީނާ އިތުރަށް ބުނެފައިވަނީ "ހަމާސާއި ޝައިޠާނީ ނާރެސްކަމަށްވާ އީރާނަށް ތާއީދުކުރާ ގައުމަކަށް ހުޅަނގުގެ ގައުމުތަކުގެ އިއްތިހާދުގެ މެންބަރަކަށް ވެވިގެން ނުވާނެ"ކަމަށެވެ.

އިސްރާއީލަކީ އެ މީހުން ނޫން އެހެން އެންމެންނަކީ ޖަނަވާރުންނާއި ޝައިޠާނުންކަމަށް ބަލައިގެން އުޅޭ، އަދި އެއްވެސް ހަމައެއް އިންސާފެން ނެތް އަނިޔާވެރި، ނިރުބަވެރި ގައުމެކެވެ. އެ މީހުންނާ އެންމެ ދެކޮޅު ގައުމަކީ އީރާނުކަމަށް ވާތީ އީރާނަށް އެ މީހުން ކިޔަނީ ޝައިޠާނާގެ ނާރެހެވެ. އަދި ފަލަސްޠީނުގެ މިނިވަންކަމަށް ޓަކައި ޙައްޤު ޖިހާދުކުރާ ބަޔަކީ ޙަމާސްކަމަށް ވާތީ ޙަމާސަށް އެ މީހުން ކިޔަނީ ނިރުބަވެރީންނެވެ. މިއީ އިސްރާއީލުގެ އިންސާފު ހުންނަ ގޮތެވެ.

މީގެ ކުރީން ނޭޓޯ ސަމިޓުގެ ތެރޭގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އުރުދުޣާން ވިދާޅުވެފައިވަނީ "ޞަރީޙަ އަދި ދާއިމީ ސުލްޙައެއް ފަލަސްތީނުގައި ގާއިމު ނުކުރަނީސް އިސްރާއީލާ އެކު، އެއްބާރުލުން ގާއިމުކުރާން ނޭޓޯއިން ކުރާ މަސައްކަތަކަށް ތުރުކީވިލާތަކުން ރުހުމެއް ނުދެއްވާނެ"ކަމަށެވެ.

އިސްރާއީލުން އުރުދުޣާނުގެ ކޮމެންޓާ ހުރެ އެހައި ބޮޑަށް ރުޅިގަދަވެގެން އެ އުޅެނީ ނޭޓޯގެ ޗާޓަރު ބުނާ ގޮތުން ނޭޓޯއިން ނިންމާ އެ ފަދަ ކޮންމެ ނިންމުމެއް ވާންޖެހޭނީ ނޭޓޯގެ މެންބަރު ހުރިހައި ގައުމަކުން ރުހުންދޭ ނިންމުމަކަށެވެ. އެހެންކަމުން އިސްރާއީލާ އެކު، އެއްބާރުލުން ގާއިމުކުރާން ނޭޓޯއިން ކުރާ މަސައްކަތް، ތުރުކީވިލާތަށް އެކަނި ވެސް ހުއްޓުވޭނެއެވެ.

އުރުދުޣާން ވިދާޅުވެފައި ވަނީ، ފަލަސްޠީނުގައި ދާއިމީ ޞުލްޙައެއް ޞަރީޙަކޮށް ގާއިމުނުކުރަނީސް ތުރުކީވިލާތުން ރުހުން ނުދެއްވާނެކަމަށެވެ. އެހެންވީމާ ފަލަސްތީނުގައި އިސްރާއީލުން ހިނގާ ޢުދުވާނު ހުއްޓައިލައި ސުލްހަ ގާއިމު ކޮށްފި ނަމަ ރުހުން ދެއްވާނެއެވެ. ވީމާ، މި ކަން ނުކޮށް އިސްރާއީލުގެ މަސްއޫލުވެރީން އެ ކަމާ ރުޅިގަދަވުމަކީ ފަލަސްތީނުގައި ހިންގާ ޢުދުވާނު ހުއްޓައިލުމުގެ އެއްވެސް ޚިޔާލެއް، ވިސްނުމެއް، ނިޔަތެއް އިސްރާއީލުގެ ނެތްކަން ހާމަވާ ކަމެކެވެ. (ޙަވާލާ: އަލްޖަޒީރާ)

Advertisement

ކޮމެންޓް