Advertisement

އަހުރެމެންނަށް ލިބިގެންވަނީ ކޮން ކަހަލަ ހިތެއްބާ!؟؟؟ (2)

08 Jul 2024 | 00:29
ހިތުގެ ތަފާތު ދެ ބައެއް ވެއެވެ.

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

(2024 ޖުލައި 1 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)

ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ހިތް ދެ ބަޔަކަށް ބައްސަވައިފައިވެއެވެ. އެއް ބަޔަކީ ދިރިހުރި (ޞަޙީޙު) ހިތެވެ. ދެވަނަ ބަޔަކީ މަރުވެފައިވާ (ބަލިމަޑު) ހިތެވެ.

ޞަޙީޙު ހިތުގެ ވަށަލަ ދިހަ ބަޔަކަށް ބެހިގެން ވެއެވެ. އެއީ:

1- ހަމަޖެހިފައިވާ ހިތް: ﷲ ވަޙީކުރެއްވިއެވެ.  ﴿ الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُمْ بِذِكْرِ اللَّهِ أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ [1] - އެއުރެންނީ، إيمان ވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللَّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟ ﴾

2- ތައުބާވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿مَنْ خَشِيَ الرَّحْمَنَ بِالْغَيْبِ وَجَاءَ بِقَلْبٍ مُنِيبٍ[2] - (އެއީ) رحمن ވަންތަ ރަސްކަލާނގެއަށް غيب ގައި ބިރުވެތިވެ، އަދި އެކަލާނގެ حضرة އަށް توبة ވާ ހިތަކާއިގެން އައި (ކޮންމެ) މީހެކެވެ.﴾

3- ބިރުވެތިވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آيَاتُهُ زَادَتْهُمْ إِيمَانًا وَعَلَى رَبِّهِمْ يَتَوَكَّلُونَ [3] - مؤمنން ވާކަން ކަށަވަރީ، اللَّه ހަނދުމަކުރާހިނދު އެއުރެންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެކަލާނގެ (ބާވައިލެއްވި) آيةތައް އެއުރެންނަށް ކިޔައިދޭހިނދު، އެއުރެންގެ إيمانކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެއުރެންގެ ވެރިރަސްކަލާނގެއަށް وكيلކުރާ މީހުން ކަމުގައެވެ.﴾

4- ސަލާމަތްވެގެންވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿إِلَّا مَنْ أَتَى ٱللَّهَ بِقَلْبٍ سَلِيمٍ[4] - ސަލާމަތްވެގެންވާ ހިތަކާއިގެން اللَّه ގެ حضرةއަށް އައި މީހަކަށް މެނުވީއެވެ.﴾

5- މަޑުމޮޅިވެފައިވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿اللَّهُ نَزَّلَ أَحْسَنَ الْحَدِيثِ كِتَابًا مُتَشَابِهًا مَثَانِيَ تَقْشَعِرُّ مِنْهُ جُلُودُ الَّذِينَ يَخْشَوْنَ رَبَّهُمْ ثُمَّ تَلِينُ جُلُودُهُمْ وَقُلُوبُهُمْ إِلَى ذِكْرِ اللَّهِ[5] - اللَّه، އެންމެ ރިވެތި ބަސްތައް ފޮތެއްގެ ސިފައިގައި ބާވައިލެއްވިއެވެ. (ފުރިހަމަކަމުގައި) އެއްފަދަވެގެންވާ، ތަކުރާރުކޮށް ކިޔެވޭ ފޮތަކަށްވާ حالގައެވެ. އެ ފޮތް ކިޔެވޭހިނދު، އެއުރެންގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާމީހުންގެ ގައިގެހަންތައް ތުރުތުރު އަޅައިގެންދެއެވެ. ދެން އެއުރެންގެ ގައިގެހަންތަކާއި، ހިތްތައް اللَّه ހަނދުމަކުރުމަށް މަޑުމޮޅިވެދެތެވެ.﴾

6- އޯގާވެރި ރަޙްމުވެރި ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَجَعَلْنَا فِي قُلُوبِ الَّذِينَ اتَّبَعُوهُ رَأْفَةً وَرَحْمَةً [6]- އަދި އެކަލޭގެފާނަށް تبعވީ މީހުންގެ ހިތްތަކުގައި އޯގާވެރިކަމާއި، رحم ލެއްވީމެވެ.﴾

7- މަޑުމައިތިރި ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿أَلَمْ يَأْنِ لِلَّذِينَ آمَنُوا أَنْ تَخْشَعَ قُلُوبُهُمْ لِذِكْرِ اللَّهِ وَمَا نَزَلَ مِنَ الْحَقِّ [7] - اللَّه ހަނދުމަކުރުމަށާއި، حق ބަސްފުޅުގެ ތެރެއިން ބާވައިލެއްވި ފޮތަށް އެއުރެންގެ ހިތްތައް މަޑުމައިތިރިވުމަށް، إيمانވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީހެއްޔެވެ؟﴾

8- ހިޔާވަހިކަން ލިބިފައިވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿هُوَ الَّذِي أَنْزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَعَ إِيمَانِهِمْ[8] - އެކަލާނގެއީ، مؤمن ންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ. އެއީ އެއުރެންގެ إيمانކަމުގެ މައްޗަށް، އެއުރެންނަށް إيمانކަން އިތުރުވުމަށްޓަކައެވެ.﴾

9- ގަދަކަން ލިބިފައިވާ  ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَرَبَطْنَا عَلَى قُلُوبِهِمْ إِذْ قَامُوا فَقَالُوا رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ لَنْ نَدْعُوَ مِنْ دُونِهِ إِلَهًا لَقَدْ قُلْنَا إِذًا شَطَطًا [9]- އަދި އެއުރެން ތެދުވެ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިރަސްކަލާނގެއޭ، ތިމަންމެން އެކަލާނގެނޫން إله އަކަށް އަޅުކަމެއް ނުކުރާނޫއޭ ބުނިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެ ހިތްތަކަށް ގަދަކަން ދެއްވީމެވެ. (އެނޫން ގޮތަކަށް ތިމަންމެން ބުނެފިނަމަ) ތިމަންމެން އޭރުން އެބުނީ، އަނިޔާވެރިކަމާއި، كفرގެ ނިހާޔަތަށް ގޮސްފައިވާ ބަހެއްކަން ކަށަވަރެވެ.﴾

10- ތަނަވަސްވެފައިވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَلِيَعْلَمَ الَّذِينَ أُوتُوا الْعِلْمَ أَنَّهُ الْحَقُّ مِنْ رَبِّكَ فَيُؤْمِنُوا بِهِ فَتُخْبِتَ لَهُ قُلُوبُهُمْ[10] - އަދި علم ލިބިގެންވާ މީހުންނަށް، ހަމަކަށަވަރުން، އެއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން އައި حق ބަސްފުޅުކަން އެނގުމަށްޓަކައެވެ. ދެން އެއަށް إيمانވެ، ދެން އެއާމެދު އެއުރެންގެ ހިތްތައް ހަމަޖެހި ތަނަވަސްވެގެން ދިއުމަށްޓަކައެވެ.﴾

ހިތުގެ ދެވަނަ ބާވަތަކީ މަރުވެފައިވާ (ބަލިމަޑު) ހިތެވެ. މި ބާވަތުގެ ހިތުގެ ވަށަލަ ފަންސަވީސް ބަޔަކަށް ބެހިގެންވެއެވެ. އެއީ

1- ސިއްކަޖައްސަވައިފައިވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَنَطْبَعُ عَلَى قُلُوبِهِمْ فَهُمْ لاَ يَسْمَعُونَ[11] - އެއުރެންނީ، އަޑުނީވޭ ބަޔަކު ކަމުގައި ވާނޭގޮތުން، އެއުރެންގެ ހިތްތަކުގައި ތިމަންރަސްކަލާނގެ ސިއްކަގައްސަވައިފާނޭ ބައެއްކަން ނޭނގެނީހެއްޔެވެ؟﴾

2- ހަރުކަށިވެފައިވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿فَوَيْلٌ لِلْقَاسِيَةِ قُلُوبُهُمْ مِنْ ذِكْرِ اللَّهِ [12]- ފަހެ، اللَّه ހަނދާންކުރުން ފިޔަވައި، އެއުރެންގެ ހިތްތައް ހަރުކަށިވެފައިވާ މީހުންނަށް ހަލާކުހުށްޓެވެ.﴾

3- ތަޅުލެވިފައިވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿أَمْ عَلَى قُلُوبٍ أَقْفَالُهَا[13] - ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟﴾

4- ފަރުދާކުރެވިފައިވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿إِنَّا جَعَلْنَا عَلَى قُلُوبِهِمْ أَكِنَّةً أَنْ يَفْقَهُوهُ وَفِي آَذَانِهِمْ وَقْرًا [14] - އަދި އެއުރެންނަށް އެ ވިދާޅުވާ އެއްޗެއް ނުވިސްނުމަށްޓަކައި، އެއުރެންގެ ހިތްތަކުގެ މަތީގައި ފަރުދާއެއް ލެއްވީމެވެ. އަދި އެއުރެންގެ ކަންފަތްތަކުގައި ބީރުކަމެއް ލެއްވީމެވެ.﴾

5- ދަބަރުޖަހައިފައިވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿كَلَّا بَلْ رَانَ عَلَى قُلُوبِهِمْ مَا كَانُوا يَكْسِبُونَ [15]- ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އެއުރެން ހޯދައިއުޅުނު عملތަކުގެ ސަބަބުން އެއުރެންގެ ހިތްތަކުގައި ދަބަރުޖަހާފައިވެއެވެ.﴾

6- ލާޖަހައިފައިވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿خَتَمَ اللَّهُ عَلَى قُلُوبِهِمْ وَعَلَى سَمْعِهِمْ وَعَلَى أَبْصَارِهِمْ غِشَاوَةٌ وَلَهُمْ عَذَابٌ[16] - اللَّه، އެއުރެންގެ ހިތްތަކުގައްޔާއި އެއުރެންގެ ކަންފަތްތަކުގައި ވަނީ ސިއްކަގައްސަވައި، ބަންދުކުރައްވާފައެވެ. އަދި އެއުރެންގެ ލޯތަކުގެ މަތީގައިވަނީ، ފަރުދާއެކެވެ. އަދި އެއުރެންނަށް ބޮޑުވެގެންވާ عذاب ހުށްޓެވެ.﴾

7- އުރަލެވި ބަންދުވެފައިވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَقَالُوا قُلُوبُنَا غُلْفٌ بَلْ لَعَنَهُمُ اللَّهُ بِكُفْرِهِمْ فَقَلِيلًا مَا يُؤْمِنُونَ[17] - އެއުރެން ބުނީ ތިމަންމެންގެ ހިތްތައްވަނީ އުރައެއްލެވި ބަންދުވެފައެވެ. އެހެނެއްނޫނެވެ. އެއުރެންގެ كافرކަމުގެ ސަބަބުން، اللَّه އެއުރެންނަށް لعنةލެއްވީއެވެ. ފަހެ، އެއުރެން إيمانވަނީ ވަރަށްވެސް ކުޑަކޮށެވެ.﴾

8- ބިރުގެންފައިވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿سَنُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ بِمَا أَشْرَكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَمَأْوَاهُمُ النَّارُ وَبِئْسَ مَثْوَى الظَّالِمِينَ[18] - كافر ވި މީހުންގެ ހިތްތަކަށް ނިކަންހުރެ ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދަވާހުށީމެވެ. (އެއީ) އެތަކެއްޗަށް اللَّه އެއްވެސް ބާރެއް ބާވައިލައްވާފައިނުވާ ތަކެތި، اللَّه އާ އެއްފަދަކޮށް، އެއުރެން شريك ކުޅަކަމަށްޓަކައެވެ. އަދި، އެއުރެން ތިބެނިވި ތަނަކީ، ނަރަކަޔެވެ. އެއީ، އަނިޔާވެރިން (އެބަހީ: مشرك ން) ތިބުމަށް ހާދަހާ ނުބައި ތަނެކެވެ.﴾

9- ފޫހިވެފައިވާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿وَإِذَا ذُكِرَ اللَّهُ وَحْدَهُ اشْمَأَزَّتْ قُلُوبُ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ وَإِذَا ذُكِرَ الَّذِينَ مِنْ دُونِهِ إِذَا هُمْ يَسْتَبْشِرُونَ [19] - ހަމައެކަނި اللَّه ގެ اسم ފުޅު ނަންގަނެވޭހިނދު، آخرة އަށް إيمان ނުވާމީހުންގެ ހިތްތަކަށް ފޫހިކަމާއި، نفرت ކަން ލިބިގެންދެތެވެ. އަދި އެކަލާނގެ ފިޔަވައި އެހެން ތަކެތީގެ ނަން (އެބަހީ: ބުދުތަކުގެ ނަން) ގަނެވިއްޖެނަމަ، އެހާރުން އެއުރެން އުފާވެގެންދެތެވެ.﴾

10- ނުވިސްނޭ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿لَهُمْ قُلُوبٌ لاَ يَفْقَهُونَ بِهَا وَلَهُمْ أَعْيُنٌ لاَ يُبْصِرُونَ بِهَا وَلَهُمْ آذَانٌ لاَ يَسْمَعُونَ بِهَا[20] - އެ ހިތްތަކުން (حق ގޮތް) ނުވިސްނޭ ހިތްތަކެއް އެއުރެންނަށްވެއެވެ. އަދި އެ ލޯތަކުން (حق މަގު) ނުދެކޭ ލޯތަކެއް އެއުރެންނަށްވެއެވެ. އަދި އެ ކަންފަތްތަކުން (حق އަޑު) ނާހާ ކަންފަތްތަކެއް ވެސް، އެއުރެންނަށްވެއެވެ.﴾

11- ވިސްނައި ނަހަދާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿أَفَلَمْ يَسِيرُوا فِي الْأَرْضِ فَتَكُونَ لَهُمْ قُلُوبٌ يَعْقِلُونَ بِهَا أَوْ آذَانٌ يَسْمَعُونَ بِهَا [21] - ފަހެ، އެއުރެން ބިމުގައި ދަތުރުފަތުރުކޮށް ނޫޅެނީހެއްޔެވެ؟ އެހެންނަމަ، އެއުރެން އެއިން ވިސްނައިހަދާނޭ ހިތްތަކެއް އެއުރެންނަށް ވީހެވެ. ނުވަތަ އެއިން އެއުރެން އަޑުއަހާނޭ ކަންފަތްތަކެއް (އެއުރެންނަށް) ވީހެވެ.﴾

12- އިންކާރުކުރާ ހިތް: މާތް ﷲ ވަޙީކުރެއްވިއެވެ. ﴿فَالَّذِينَ لاَ يُؤْمِنُونَ بِالْآخِرَةِ قُلُوبُهُمْ مُنْكِرَةٌ وَهُمْ مُسْتَكْبِرُونَ [22] - ފަހެ، آخرة އަށް إيمان ނުވާ މީހުންނަކީ، އެއުރެންގެ ހިތްތައް އެކަމަށް إنكار ކުރާ މީހުންނެވެ. އަދި އެއުރެންނީ ބޮޑާވެގެންވާ ބަޔެކެވެ.﴾

(ނުނިމޭ)

ބައެއް ލަފުޒުގެ މާނަ:

ވަށަލަ     ނ.      ތަރިއެއްގެ ނުވަތަ ގުރަހައެއްގެ ވަށައިގެން ދައުރުކުރާ ފަލަކު ނުވަތަ ރާސްތާ.

މަރުޖިޢުތައް:

[1]  - الرعد: 28

[2]  - ق: 33

[3]  - الأنفال : 2

[4]  -  الشعراء : 89

[5]  - الزمر: 23

[6]  - الحديد : 27

[7]  -  الحديد : 16

[8]  - الفتح: 4

[9]  - الكهف : 14

[10]  - الحج: 54

[11]  - الأعراف: 100

[12]  - الزمر : 22

[13]  - محمد: 24

[14]  - الأنعام : 25

[15]  - المطففين :14

[16]  - البقرة: 7

[17]  - البقرة: 88

[18]  - آل عمران: 151

[19]  - الزمر: 45

[20]  - الأعراف : 179

[21]  -  الحج : 46

[22]  -  النحل : 22

އެޑިޓަރުގެ ނޯޓް
މިޞްރުގެ އަލްއަޒުހަރުގެ ދަސްވެންޏެއްކަމަށްވާ އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާއަކީ ނޫސްވެރިކަމާއި ލިޔުންތެރިކަމާއި ޢިލްމީ ތަފާތު މައިދާންތަކުގައި އެ ފަދަ ދެވަނައެއް ނެތުމުގެ ސަބަބުން ކިޔުންތެރީންނަށް އިތުރު ތަޢާރަފަކަށް ބޭނުންވާނެ ބޭފުޅެއް ނޫނެވެ. އެއީ ޢިލްމީ އަދި އަދަބީ ދާއިރާގައި "ފަސް މީރު ކުރިރުކެކެވެ."

Advertisement

ކޮމެންޓް