Advertisement

ކަރުނައިގެ އަސަރު (21)

04 Jul 2024 | 00:02
ކަރުނައިގެ އަސަރު(21)


ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

(2024 ޖޫން 29ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)

_____________________________________

ކޮންމެވެސް ގޮތަކުން އެ ހިތް އަހަރެމެންގެ މަތީން ހަނދާން ނެތުނީއެވެ.

   އެ ގޮތަށް ބޭރަށް ގޮސް ބޭވަފާތެރިވަނީ ކީއްވެގެންހެއްޔެވެ؟

_____________________________________

ޢާމިރު ދިޔުމަށް ފަހު، އޭނާ ކާރާ ޙަވާލުވިއެވެ.

އަދި މަގުމައްޗަށް ކާރު ނެރުނެވެ.

އޭނާ މެދު ނުކެނޑި ވިސްނަމުން ދިޔައެވެ.

ފުންކޮށް ވިސްނިއެވެ. ------

ޢާމިރަކީ ކާކުހެއްޔެވެ؟------

އަދި އޭނާ ސުޕަވައިޒަރަކަށް ހެދީ ކާކުހެއްޔެވެ؟

އާދަޔާ ޚިލާފު އިންސާނެކެވެ. ------

އަދި ކަންކަން އޮޅުފިލުވައިދޭ ގޮތެވެ.

އެއީ ކާކުކަމެއް ނޭނގެއެވެ.

އޭނާ ވިސްނަނީ ކިހިނެއްހެއްޔެވެ؟

ނިޝޫ ------ އަޑުއަހަން ހުރެފައި ހިތަށް އެރިއެވެ.

އޭނާގެ ސިކުނޑި ދިޔައީ އޮޅުންބޮޅުން ވަމުންނެވެ.

އޭނާ ވިންޑްއިސްކްރީނުން ބަލަހައްޓައިގެން ހުއްޓެވެ.

ކާރު މަގުމަތީގައި ދުވަމުން ދިޔައެވެ.

އަދިވެސް އޭނާގެ ސިކުނޑިވަނީ އޮޅުން ބޮޅުމެއްގައެވެ.

އޭނާ ވިސްނާންފެށިއެވެ.

ދައްތައާ ބެހޭ ގޮތުން އޭނާ ސުވާލުކުރީ ކީއްވެހެއްޔެވެ؟

ކޮންމެއަކަސް އަހަރެންނާ ގާތަށް އޭނާ އަންނާން ބޭނުންވަނީ ކޮންކަމަކާހެއްޔެވެ؟

އަހަރެން ކައިރިއަށް އަންނާން ބޭނުންވަނީ ކީއްވެހެއްޔެވެ؟

އެއީ އަޅެ ކީއްވެހެއްޔެވެ. --------؟

އޭނާ ކާރު އަނބުރައިލިއެވެ.

ކުޝާދާ ބާޒާރުން ނުކުމެގެންދިޔައިރު އޭނާ ކާރު ދުއްވަމުން ދިޔައީ ބާރު ސްޕީޑެއްގައެވެ.

އަދި ކުއްލިއަކަށް އޭނާގެ ޚިޔާލަށް އައެވެ.

އޭނާއާ ޢާމިރު ވާހަކަދައްކަމުންދިޔައިރު އޭނާ ހުރީ ވަރަށް ސީރިއަސްކަމާއި ފަރުވާތެރިކަމާއެކުއެވެ.

އޭނާ އެހައި ސިރިއަސްވީ ކޮންކަމަކާހެއްޔެވެ؟

އޭނާގެ ދެލޮލުގައިވަނީ ލޯތްބެވެ. -------

ބޭނުންވުމެވެ. ------

އަދި އިޤްރާރު ވެސް މެއެވެ. --------

އޭނާ ވިސްނާން ފެށިއެވެ.

އާދަޔާ ޚިލާފު އިންސާނެކެވެ.

ވައްތަރެއްގެ މޮޔައެކެވެ. ------- ލޯތްބާއެކު ވާހަކަ ދައްކަމުންދިޔައީ ކާކުހެއްޔެވެ؟

އަހަންނަށް އޭނާ ކަމުދެއެވެ.

އެކަމަކު ދައްތަގެ ވާހަކަ ---------

އޭނާ ދައްތައާ ބެހޭ ގޮތުންވެސް ސުވާލުކުރިއެވެ.

ރަޢުނާގެ ވާހަކައިންނެވެ. -----------

އޭނާ ބަލިވީ ކީއްވެހެއްޔެވެ.-------؟

އޭނާ ބަލިވެ އުޅޭތާ ކިހާ ދުވަހެއްވެއްޖެހެއްޔެވެ. -----؟

އަހަރެން ދޭނީ ކޮންޖަވާބެއްހެއްޔެވެ؟

އޭނާ ވިސްނާން ފެށިއެވެ.

އެކަމަކު އޭނާ ހީކުރިގޮތަށެވެ.

އޭނާގެ ސިކުނޑި ދިޔައީ އޮޅުން ބޮޅުން ވަމުންނެވެ. ގުޅައެއް ފަދައިންނެވެ.

އެއީ ވިސްނައިދޭން އުނދަގޫކަމެކެވެ. -------

ވަރަށް އުނދަގޫ ކަމެކެވެ. -----

އަދި އެއަށް ފަހު، އޭނާ ކާރު ބާރު ސްޕީޑެއްގައި ދުއްވައިލިއެވެ.

                          ---------------------------------------------

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް