Advertisement

އިސްރާއީލުގެ 70 ހާސް ސިފައިން ނުކުޅެދޭ މީހުންނަށް ވުމަކީ ޔަހޫދީންނަށް ގަބޫލުކުރާން ފަސޭހަކަމަކަށް ނުވެއެވެ.

24 Jun 2024 | 17:23
ޒަޚަމުވެފައިވާ ޔަހޫދީ ސިފައިންގެ މީހެއް: އިތުރު 15 މީހުން ޒަޚަމުވެފައިވާކަމަށް މިޑްލްއީސްޓް މޮނިރުން ޚަބަރުދެއެވެ. (ފޮޓޯ: އަނާދުލޫ އެޖެންސީ/މިޑްލއީސްޓް މޮނިޓަރ(

އަބާ މުޙަންމަދު

އިސްރާއީލުގެ ސިފައިންގެ ތެރެއިން ނުކުޅެދޭ މީހުންގެ ޢަދަދު ފުރަތަމަ ފަހަރަށް 70ހާހަށް އަރައިފިއެވެ. މި ޚަބަރު "މިޑްލްއީސްޓް މޮނިޓާރ"އިން ރިޕޯޓްކުރުމާއެކު، ޚިޔާލުފާޅުކުރި ޔަހޫދީއަކު ބުނެފައިވެއެވެ. "އެއީ ހަތް ހާސްކަމަށް ގަބޫލުކޮށްފާނަމެވެ. 70 ހާހެއް ނޫނެވެ."

"އިސްރާއީލުގެ ގިނަ ސިފައިން މަރުނުވެ، ގިނަ މީހުން ނުކުޅެދޭ މީހުންނަށް ވީތީ އަހަރެން ހައިރާންވެއެވެ." އެހެން މީހަކު ކޮމެންޓުކޮށްފައި ވެއެވެ. "ފަލަސްތީނު މީހުން ދަންނަނީ ހަމައެކަނި މީހުން ޒަޚަމުކުރާނެ ގޮތްހެއްޔެވެ؟ މީހުން މަރާނެ ގޮތެއް އެ މީހުންނަކަށް ނޭނގޭހެއްޔެވެ؟"

"އަހަރެން ގަބޫލުކުރާ ގޮތުގައި މިހާ ގިނަ ޢަދަދެއްގެ ބަޔަކު ނުކުޅެދޭ މީހުންގެ ނަމުގައި މި ހިމަނާން ޖެހުނު ސަބަބަކީ އެ މީހުން ބަލި މީހުންގެ ގޮތުގައި ގޭގައި ތިބޭން ބޭނުންވެގެންނެވެ. އެހެނީ އެމެރިކާގެ ޓެކުސް ދައްކާ މީހުންގެ ފައިސާއިން، އޭރުން ދާއިމީ ގޮތެއްގައި އެ މީހުންނަށް އެހީލިބޭނެތާއެވެ."

މިއީ މީސްމީޑިއާގައި އެ ކަމާ ބެހޭ ގޮތުން ޝުޢޫރު ފާޅުކުރި ބައެއް މީހުންގެ ޚިޔާލެވެ. އެ މީހުންގެ ނަޒަރުގައި އިސްރާއީލުގެ "ކުޅަދާނަ" ސިފައިންގެ ތެރެއިން އެހައި ގިނަ ބަޔަކު މަރުވުމަކީ އެ މީހުންނަށް ބަލައިގަނެވޭނެ އަދި ގަބޫލުކުރާން ފަސޭހަ ކަމަކަށް ނުތްވެވެ.

ޔަހޫދީން ގަބޫލުކުރިޔަސް ނުކުރިޔަސް ޔަހޫދީ ސިފައިންގެ ތެރެއިން ނުކުޅެދޭ މީހުންނަށް ވެގެން ފަރުވާދޭ މަރުކަޒުގައި ރަޖިސްޓަރީކޮށް ފަރުވާދެމުންދާ ޢަދަދު ފުރަތަމަ ފަހަރަށް 70،000 އަށް ވުރެ މައްޗަށް ހިނގައްޖެއެވެ. މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގައި އެ މީހުން ހިނގާ އަނިޔާވެރި ޙަމަލާތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ޒަޚަމުވެ ނުކުޅެދޭ މީހުންނަށް ވި 8،663 ފިރިހެނުންނާއި އަންހެނުންވެސް މި މީހުންގެ ތެރޭގައި ހިމެނެއެވެ. މިކަން ހާމަކޮށްފައިވަނީ ޚުދު އިސްރާއީލުގެ  ޚަބަރު ފަތުރާ ރަސްމީ ފަރާތްތަކުންނެވެ. "މިޑްލްއީސްޓް މޮނިޓަރ" މި ވާހަކަ ރިޕޯޓުކޮށްފައިވަނީ އިސްރާއީލުގެ ރަސްމީ އިދާރާތަކުން އާންމުކުރާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށްފައެވެ.

މި ގެނެވުނު 70 ހާސް މީހުންގެ ތެރެއިން 35 އިންސައްތަ މީހުންނަކީ ނަފުސާނީ މައްސަލަތައް ތަހައްމަލުކުރާން ޖެހިފައިވާ މީހުންނެވެ. 21 އިންސައްތަ މީހުންނަކީ ޖިސްމާނީ ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހިފައިވާ މީހުންނެވެ. މި ގޮތުގެ މަތީން ކޮންމެ މަހަކު ހާހަކަށް ވުރެ ގިނަ މީހުން މި ފަދަ މައްސަލަތަކުގައި ފަރުވާ ބޭނުންވެގެން ފަރުވާދޭ މަރުކަޒަށް ގެންދެވެއެވެ.

ނިރުބަވެރި ޔަހޫދީ ސިފައިން މިހާރު ވެސް ޣައްޒާގައި ގަތުލުއާންމު ހިންގަމުން އެބަ ގެންދެއެވެ. މީގެ ތެރޭގައި ޣައްޒާގެ އެތެރޭގައި ހިންގަމުންދާ ކުރިމަތިލުންތައް ވެސް ހިމެނެއެވެ. މި ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިންގެ ގިނަބަޔަކު މަރުވެސްވެއެވެ.

އާދޭހެވެ! ނިރުބަވެރި ޔަހުދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުތަކުގެ ބަދަލުގައި ހަމާސް ޖަމާއަތުން ވެސް ގެންދަނީ ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ދާދި ފަހުން ދިން މި ފަދަ ހަމަލާއެއްގައި ނިރުބަވެރި ޔަހޫދީންގެ އަށް ސިފައިން އެއްފަހަރާ މަރައިލައިފައި ވެއެވެ. މި ކުރިމަތިލުންތަކުގައި މަރައިލެވުނު އިސްރާއީލް ސިފައިންގެ އަދަދު 311އަށް ވަނީ އަރައިފައެވެ.

އޮކުޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ނިރުބަވެރީން ޣައްޒާގައި ކުރިއަށްގެންދާ ގަތުލު އާންމުގައި، ނިރުބަވެރި ސިފައިންގެ އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވެސް ވަނީ ލިބިފައެވެ. އަދި ނިރުބަވެރި އިސްރާއީލު ސިފައިންގެ އެތައް ވެހިކަލެއް ވަނީ ފަނާކޮށްލައިފައެވެ. ޔަހޫދީންނަށް ލިބޭ ގެއްލުންތައް އެ މީހުން ވަންހަނާކުރަމުން ގެންދިޔަ ނަމަވެސް އެތައް ބަޔަކު މަރުވެ، ޒަޚަމުވެފައިވާކަމަށް އިސްރާއީލުން މި ވަނީއިޢުތިރާފުވެފައެވެ. ނަމަވެސް މި ހަގީގަތްތައް ގަބޫލުކުރާކަށް ޞަހުޔޫނީ ޔަހޫދީންނަކަށް ފަސޭހައެއް ނޫނެވެ. މި ފަދަ ޚަބަރެއް އިސްރާއީލުން ޢާންމު ކުރިޔަސް މަލާމާތުގެ ކޮމެންޓުތައް ކުރަނީ އެހެންވެގެންނެވެ..

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔެފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް