Advertisement

ފުޓުބޯޅައިގެ މައްޗަށް ފުޓުބޯޅަ: ކޮޕާ އެމެރިކާ 2024 ވެސް މި ތާނގައި. މިރޭ ފަތިހު ފަށަނީ!

20 Jun 2024 | 21:00
ކޮޕާ އެމެރިކާގެ ޕޯސްޓަރެއް

އަބާ މުޙަންމަދު

މާދަމާއިން ފެށިގެން އަންނަ ޖުލައިމަހު 15ގެ ނިޔަލަށް ކުރިޔަށްދާ ކޮޕާއެމެރިކާގެ ހުރިހާ މެޗްތަކެއް މީޑީއާނެޓުގެ ވިއުގައިން ދިވެހީންނަށް ފެންނަ ގޮތަށް ހަމަޖެހިއްޖެއެވެ. މާދަމާ މި މުބާރާތް ފަށާ އިރު މި މެޗްތައް މީޑިއާނެޓުގެ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން ގެނެސްދެވޭނެއެވެ.

ދުނިޔޭގެ މަޝްހޫރު ހުރިހައި ފުޓުބޯޅަ ތަރީން އެ މީހުންގެ ފަރި ޙަރަކާތާއެކު ފެނުމުގެ ފުރުސަތު މި އޮތީ ފަހިވެފައެވެ. ލައިނަލް މެއްސީގެ ޤިޔާދަތުގެ ދަށުގައި ދުނިޔޭގެ ޗެމްޕިއަން އާރޖެންޓީނާ ކުޅޭއިރު މިއީ މި މުބާރާތުން މެއްސީ ފެންނާނެ ފަހު ފަހަރު ކަމަށް ވެދާނެއެވެ.

ކޮޕާ އެމެރިކާ 2024ގެ ހުރިހާ މެޗުތަކެއް އައިސް ވިއުގައިން ފެންނާނެއެވެ. މީޑިއާ ނެޓުގެ ކަސްޓަމަރުންނަށް މި އޮތީ ރަނގަޅު ފުރުސަތެކެވެ. އެއް މެޗު ވެސް ދޫކޮށް ނުލައްޗެވެ. ޔޫރޯއަށް ވުރެ މާ ފޯރި ގަދަވާނެއެވެ.

ލައިނަލް މެއްސީ: ކޮޕްއެމެރިކާގެ ތަށި 2021 ގައި އުފުލައިލައިގެން<br>

ފަތިސްނަމާދުން ފައިބައިގެން މެޗަށް ތައްޔާރުވާށެވެ. މެޗު އޮތީ ވެސް ރަނގަޅު ގަޑިއެއްގައެވެ. ނަމާދު ވަގުތާ ފުށު ނާރާ ގޮތަށެވެ. މި ރޭ 5:00ގައި އައިސް ސްޕޯޓްސްއަށް ޓިއުންކޮށްލާށެވެ. މީޑިއާ ނެޓުގެ ކަސްޓަމަރެއް ނޫނިއްޔާ އަވަހަށް މީޑިއާ ނެޓަށް އިޝްތިރާކު ދައްކާށެވެ. މީޑިއާ ނެޓުގެ އަހުލުވެރީންނަށް ހުރިހާ މެޗުތަކެއް އެންމެ ފެންވަރު ރަނގަޅުކޮށް އެޗްޑީކޮށް ފެންނާނެއެވެ.

108 އަހަރުގެ ދިގު ތާރީޚެއް އޮތް ކޮޕާ އެމެރިކާގެ މި ފަހަރުގެ އާދަޔާ ޚިލާފު އެއް ކަމަކީ މިއީ ދެކުނު އެމެރިކާއިން ބޭރުަގައި މި މުބާރާތްކުޅޭކަމެވެ. އާންމު ގޮތެއްގައި 12 ޓީމު ކުޅޭ މި ބުނާރާތުގައި މި ފަހަރު 16 ޓީމު މާދަކުރެއެވެ. މި ފަހަރުގެ މުބާރާތް އެމެރިކާ (ޔުނައިޓެޑް ސްޓޭޓްސް) ގައި ކުޅޭއިރު މިއީ އެމެރިކާއާއި މެކްސިކޯއާއޮ ކެނެޑާގައި ކުޅޭން ހަމަޖެހިފައިވާ "ވޯލްޑްކަޕް 2026"ގެ ރިހާސަލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ވީމާ، މިއީ ނުބަލައި ދޫކޮށްލެވޭ ވަރަށް ވުރެ މާ އާދަޔާ ޚިލާފު މުބާރާތެކެވެ. އިްތިޒާރުކޮށްލާށެވެ. މިރޭ ފަތިހު 5:00ގައި އައިސް ސްޕޯޓްސްއިންނެވެ.

_________________________________

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ގިނަ ނޫސްތަކަކަށް ލިޔުއްވައިފައިވާ ހުނަރުވެރި ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް