Advertisement

ޔަހޫދީންނަކީ ހަމަ ޔަހޫދީންނެވެ.

18 Oct 2023 | 21:13
.

އެނގިވަޑައިގަންނަވާނޭ ފަދައިން އެމެރިކާގެ ފުރިހަމަ މަދަދާއި އެހީތެރިކަމާއެކު އިސްރާއީލުން ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާނުގައި އިއްޔެ (މި މަހު 17 ވަނަ ދުވަހު) އިސްރާއީލުން ވަނީ ޣައްޒާގައި ހުންނަ އަލްއަހުލީ ހޮސްޕިޓަލަށް ރޮކެޓުން ޙަމަލާދީ ހާހަކަށް ވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައިފައެވެ. އަދި ހާހަކަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމުކޮށްލައިފައެވެ. މި ޢުދުވާނުގެ ސަބަބުން އެ ސަރަހައްދާއި ދުނިޔޭގެ ކަންކޮޅުތަކުގައި ވަނީ ކޮންޓްރޯލު ނުކުރެވޭވަރަށް އިސްރާއީލާމެދު ނަފުރަތާއި ރުޅިވެރިކަން އުފެދިފައެވެ.

މި ކަންތައް މި ހިސާބަށް ދިޔުމުން ދޮގުވެރި ޔަހޫދީން ވަނީ އެއީ ތިމަންނަމެން ދިން ޙަމަލާއެއް ނޫންކަމަށާއި އެއީ ޙަމާސްގެ ރޮކެޓެއް އަމާޒުން ކައްސައިލީކަމަށް ބުނެ އޮޅުވައިލާން މަސައްކަތްކޮށް ދޮގުހަދައިފައެވެ. ނަމަވެސް ހަގީގަތަކީ އިސްރާއީލީން ބޭނުންކުރާ ކަހަލަ، އެމެރިކާއިން އުފައްދައިފައި ހުންނަ، ރޮކެޓާއި ބަރު ހަތިޔާރު ޙަމާސްއަކަށް ނުލިބޭނެކަމެވެ. މި ކަމުން ވެސް އެއީ އިޒުރޭލުގެ ޢަމަލެއްކަން ދުނިޔެއަށް ބޭޒާރުވާނެއެވެ. އަދި ޙަމާސްއިން ޙާމަލާދެނީ އެ ސަރަހައްދަށް ނޫންކަމާއި އެއީ ގަސްތުގައި އިރާއީލުން ފަލަސްތީނީންގެ ނަފުސު ނައްތައިލައި ފަލަސްޠީނުގެ މުޅި ބިން ފޭރިގަންނާން ހިންގާ ސިލްސިލާ ޢުދުވާނުގެ އިތުރު ބޮޅެއްކަން އެންމެންނަށް ވެސް އެނގޭނެއެވެ.

އެމެރިކާގެ ހިތްވަރުދިނުމާއެކު އިސްރާއިލުން ހިންގާ ޢުދުވާނުގައި ޣައްޒާގެ އަލްއަހުލީ ހޮސްޕިޓަލަށް ޙަމަލާދިނުމާ ދެކޮޅުހެދުމުގެ ގޮތުން މިއަދު (18.10.2023 ބުދަ ދުވަހު) ޢައްމާންގައި ބާއްވާން ހަމަޖެހިފައިވާ ސަރަހައްދީ ސަމިޓު މިހާރު ވަނީ ކެންސަލްކޮށްފައެވެ. މި ސަމިޓުގައި އެމެރިކާގެ ރައީސް ޖޯބައިޑްން އުރުދުންގެ ރަސްގެފާނު ޢަބްދުﷲ IIއާއި ފަލަސްތީނުގެ ރައީސް މަޙުމޫދު ޢައްބާސާއި މިޞްރުގެ ރައީސް ޢަބްދުލްފައްތާޙު އައްސީސީއާ ބައްދަލުކުރައްވާން އޮތީ ތާވަލުކުރެވިފައެވެ. މި ސަމިޓް ކެންސަލްކުރެއްވީ މި ދަނޑިވަޅުގައި އެމެރިކާއާ ވާހަކަފުޅުދައްކަވާން އުރުދުން ރަސްގެފާނު ބޭނުންފުޅު ނުވާތީކަމަށް ބެލެވެއެވެ. މި ސަމިޓް ކެންސަލްކުރެއްވިކަން ކުއްލި ގޮތަކަށް އިޢުލާނުކުރެއްވީ އުރުދުންގެ ޚާރިޖީވަޒީރު އައިމަން ސަފާދީ، އެ ގައުމުގެ ދައުލަތުގެ މީޑިއާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އޭނާ ވިދާޅުވެފައިވަނީ އުރުދުނުން ދެން އެ ސަމިޓު ބާއްވާނީ އެ ސަމިޓުގެ ހަގީގީ މަގުސަދަށް ހުރިހާ ގައުމަކުން އެއްބަސްވުމުންނެވެ. އެ މަގުސަދަކީ "ހަނގުރާމަ (ޢުދުވާން) ހުއްޓައިލުމާއި ފަލަސްޠީނު ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އިޙުތިރާމްކުރުމާއި އެ ރައްޔިތުނަން ޙައްގުވާ އެހީ ފޯރުކޮށްދިނު[މަށް ހުރަސް ނޭޅު]ން"ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މި ކަން މިހެން އޮތް ނަމަވެސް މިހާރު އެމެރިކާގެ ރައީސް ޖޯބައިޑްން ވަނީ ނިރުބަވެރި އިސްރާއީލަށް ވަޑައިގެން އިސްރާއީލުގެ މަސްއޫލުވެރީންނާ ވެސް ބައްދަލުކުރައްވައިފައެވެ. މިއީ އިސްރާއީލުން ޣައްޒާގައި ހިންގާ ޢުދުވާނަށް ހިތްވަރުދެއްވައި ސާބަސްދެއްވާން ކުރައްވާ ދަތުރުފުޅެއްކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނުވެއެވެ. އެނގޭ ކަމަކީ އިސްރާއީލުން، ބައިނަލްއަޤުވާމީ ގަވާއިދުތަކާ ޚިލާފަށް ފަލަޞްޠީނުގެ ރައްޔިތުންނަށް ދުއްތުރާކުރަމުން ގެންދަނީ އެމެރިކާގެ ތާއިދާއި މަދަދާ އެކީގައިކަމެވެ. މިއަދު ވެސް ފަލަސްޠީނު ރައްޔިތުން ކާބޯތަކެއްޗާއި ބޯފެނާއި ކަރަންޓުން މަޙުރޫމުކޮށް އެ މަޢުޞޫމު ރައްޔިތުންގެ ގެދޮރު ސުންނާފަތިކޮށްފައެވެ. މި ދަނޑިވަޅުވަޅުގައި ދުނިޔޭގެ އެކި ގައުމުތަކުން ފޮނުވާ އެހީގެ ތަކެތި ފަލަޞްޠީނު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވެސް ގެންދަނީ އެ ނުބައި ޔަހޫދީން ހުރަސްއަޅަމުންނެވެ.

ޔަހޫދީންނަކީ ޢަހުދާ ޚިލާފުވުމާއި ދޮގުހެދުމާއި ނުކިޔަވަންތެރިކަމުގެ ތާރީޚެއް އޮތް ބަޔެކެވެ. އެހެންކަމުން މިއަދު ޔަހޫދީންނާ ދެކޮޅު ޝުޢޫރުތައް ދުނިޔޭގައި އިތުރުވުމާއެކު އެ މީހުން ހިންގައިފައިވާ ކޮންމެ ޖަރީމާއެއްގެ އިލްޒާމު އެހެން ބަޔެއްގެ ބޮލުގައި އަޅުވާން ގެންދަނީ މަސައްކަތްކުރަމުންނެވެ. ވާނީ ވެސް އެހެންތާއެވެ. އިސްރާއީލީންނަކީ ހަމަ އިސްރާއީލީންނެވެ. އިސްރާއީލު މީހުންނާ މެދު މާތް ﷲ ވަޙީކުރައްވައިފައިވާ ބަސްފުޅު ހަނދާންކޮށްލަމާ ހިންގަވާށެވެ! މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "لُعِنَ الَّذِينَ كَفَرُواْ مِن بَنِي إِسْرَائِيلَ عَلَى لِسَانِ دَاوُودَ وَعِيسَى ابْنِ مَرْيَمَ ذَلِكَ بِمَا عَصَوا وَّكَانُواْ يَعْتَدُونَ. كَانُواْ لاَ يَتَنَاهَوْنَ عَن مُّنكَرٍ فَعَلُوهُ لَبِئْسَ مَا كَانُواْ يَفْعَلُونَ." ("އިސްރާއިލުގެ ދަރީންގެ ތެރެއިން، ކާފިރުވި މީހުންނަށް، ދާއޫދުގެފާނާއި، މަރިޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތީން ލަޢުނަތްލައްވައިފައި ވެއެވެ. އެއީ އެއުރެން އުރެދުނުކަމަށް ޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައި ދާކަމުގައި އެއުރެން ވީކަމަށް ޓަކައެވެ. އެއުރެން ކުޅަ ނުބައި ކަންތައް އެއް ބަޔަކު އަނެއް ބަޔަކަށް ނަހީކޮށެއް ނޫޅެތެވެ. އެއުރެން ކޮށް އުޅުނު ކަންތަކުގެ ނުބައިކަމާއެވެ!") (سورة المائدة:78، 79)

ވީމާ، އިސްރާއީލީ ކާފިރުންނަކީ އެއް ބަޔަކު ކުރާ ނުބައިކަންތަކާ އަނެއް ބަޔަކު ދެކޮޅު ހަދާނެ ބަޔެއް ނޫނެވެ. އެ މީހުން ކުރާ ނުބައިކަންތަކަށް އެއް ބަޔަކު އަނެއް ބަޔަކަށް ދޭނީ ހިތްވަރެވެ. އެހެންވީމާ އިސްރާއީލުން ހިންގާ ޖަރީމާތައް ޖޯބައިޑުނެއް ނުހުއްޓުވާނެއެވެ. އެކަން ކުށްވެރިއެއް ވެސް ނުކުރާނެއެވެ. އެހެނީ ޖޯ ބައިޑްނަކީ ނަޞާރާ ކެތޮލިކް މަޒުހަބުގެ މީހަކަށް ވިޔަސް އޭނާ ޔަހޫދީންނާ ގުޅިފައިވަނީ ދުވަހަކު ވެސް ވަކިނުވެވޭނެ މިން ވަރަކަށެވެ. އޭނާގެ ތިން ބޭފުޅުން ވެސް ކާވެނިބައްލަވައިގެން އުޅުއްވަނީ ޔަހޫދީންނާއެވެ. ޖޯބައިޑްންގެ ކާފަ ދަރީންނަކީ ޔަހޫދީންނެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާއެކު ބޭއްވި ބައްދަލުވުމުގައި ޖޯގެ އަތްޕުޅުގައި ހިއްޕަވައިގެން ތަގުރީރުދެއްވީ އޭނާގެ ޔަހޫދީ ކާފަދަރިއެކެވެ. އެހެންވީމާ، ޔަހޫދީން ކުރާ ނުބައި ކަންތަކާ އޭނާ ދެކޮޅުހައްދަވާނެކަމަށް އުންމީދުކުރާނީ ކާކުތޯއެވެ! އެ މީހުން ކުރާ ނުބައި ކަންތައް އެއް ބަޔަކު އަނެއް ބަޔަކަށް ނަހީކޮށެއް ނޫޅޭނެކަން އިސްވެ މި ދަންނަވައިލި ދެ އާޔަތުން ވަރަށް ރީތިކޮށް ސާބިތުވެއެވެ. އާދޭހެވެ! ބަނީ އިސްރާއީލުންގެ "ތެރެއިން، ކާފިރުވި މީހުންނަށް، ދާއޫދުގެފާނާއި، މަރިޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނުގެ ދޫފުޅުމަތީން ލަޢުނަތްލައްވައިފައި ވެއެވެ. އެއީ އެއުރެން އުރެދުނުކަމަށް ޓަކައެވެ. އަދި އުރެދުމުގައި ހައްދުފަހަނަޅައި ދާކަމުގައި އެއުރެން ވީކަމަށް ޓަކައެވެ." އެހެންވީމާ ޔަހޫދީންނަކީ ހަމަ ޔަހޫދީންނެވެ. އެއީ މަކަރުވެރި ބަޔެކެވެ. ދޮގުވެރި ބަޔެކެވެ. ނުބައި ނުލަފާ ބަޔެކެވެ.

Advertisement

ކޮމެންޓް
ހާމިދު
ޔަހޫދީން ވާނީ ހަމަ ޔަހޫދީންނަށް
19 Oct 2023
ޙައްމާދު
ޔަހޫދީންނަކީ ޔަހޫދީންނެއް ނޫނީ ބުނީ ކާކުތަ؟
22 Oct 2023