Advertisement

ހަގީގީ ނިރުބަވެރިކަމަކީ މިއީއެވެ.

06 Jun 2024 | 11:18
އިސްރާއީލުގެ ޢުދުވާނުތަކުން ބައެއް

ފާޠިމަތު އަފާޝާ

2023 އޮކްޓޯބަރު 7 ގައި މުޅި ދުނިޔެ ސިއްސުވައިލީ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި އަލްޤައްސާމް ބްރިގޭޑާއި ފަލަސްތީނުގެ ޣައްޒާގައި ހަރަކާތްތެރިވާ އިސްލާމީ ޖިހާދުގެ މުޖާހިދުން  އިސްރާއީލުގެ އާބާދީތަކަށް ޖެހިލުމެއް ނެތި އަރައިގަނެ ދިން ކުއްލި ހަމަލާއިންނެވެ. އަޤުޞާ ޠޫފާނެވެ. 

1948ގެ ފަހުން، ހަރުކަށި ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ފާޅުގައި ވެރިވެގަންނާން ފެށިއެވެ. އަދި އޭގެ ފަހުގައި ހިނގައި ދިޔަ އަރަބި-އިސްރާއީލު ހަނގުރާމައާއި، ހަ ދުވަހުގެ ހަނގުރާމައިގެ ނަމުން މަޝްހޫރުވެފައިވާ ކުރިމަތިލުމުގައި އަރަބީން ބަލިވެ ފަހަތައް ޖެހުނެވެ. ނަތީޖާއެއްގެ ގޮތުން ހައްދުފަހަނަޅައިފައިވާ ޔަހޫދީން، ފަލަސްޠީނުގެ އިތުރު ބިންތަކަށް ގަދަކަމުން ވެރިވެގަނެ، އެބައިމީހުންގެ އުދުވާން މެކުހަށް ޖެއްސެވެ. އަނިޔާވެރިކަމާ އެކުގައި، މެދުއިރުމަތީގައި ހަންފަތުރާން ފެށިއެވެ. ސޫރިޔާއާއި ލުބުނާނާއި އަދިވެސް ޞަހުޔޫނީންނާ ދެކޮޅޮ ހެދި ކޮންމެ ބަޔަކާ ދެކޮޅަށް އެބައިމީހުން ބާރުގެ ބޭނުންކުރާން ފެށިއެވެ. ސޫރިޔާގެ އުސް ދަނޑުބިންތައް ފޭރިގަނެ މުސްލިމުން އެ މީހުންގެ އަމިއްލަ ވަޒަނުން ބޭރުކޮށްލީ ރަހުމެއް ނެތިއެވެ.

ގޯލާނުގެ އުސް ބިންތައް ހިފުމަށް ފަހު، ޔަހޫދީން އެ ތަންތަން އަމިއްލަކުރިއެވެ. މިއަދާ ޖެހެންދެން ވެސް ފޭރިގަތް ބިންތައް ޔަހޫދީން ދޫކޮށްލައިފައެއް ނުވެއެވެ. ދުވަހަކަށް ވުރެން ދުވަހެއް ޔަހޫދީންގެ އަނިޔާވެރިކަން ދިޔައީ އިތުރުވަމުންނެވެ. އެތައް ފަހަރެއްގެ މަތީން ރޭވިގެން ފަލަސްޠީނުގެ އެކި ސަރަހައްދުތަކުގައި އުދުވާންތައް ހިނގާން ފެށިއެވެ. އެތައް މުސްލިމުންނެއް އެ މީހުންގެ ގެދޮރުން ނެރެލައި އެ މީހުންގެ ބިންތައް ޔަހޫދީން ފޭރިގަނެ، އަމިއްލަކުރަމުން ގެންދިޔައީ އިންސާނިއްޔަތައް އެއްވެސް ބެލުމެއް ނެތިއެވެ. ފަލަސްތީނުގެ ކުށެއްނެތް އާންމުން ދިރިއުޅޭ ސަރަހައްދުތަކާއި އެ ނޫން ވެސް މުސްލިމުންގެ ތަންތަނަށް އެންމެ ޒަމާނި ހަތިޔާރާ އެކު،   ހަމަލާ ދޭން ފެށިއެވެ. އެބައިމީހުންގެ ބޭނުމަކީ މުޅި ފަލަސްޠީނުގެ ކޮންޓްރޯލު އެއްކޮށް ނެގުމެވެ. މި ކަމުގައި ހަމައެކަނި ހުރަހަކަށް ވީ މާތްވި އިސްލާމް ދީނުގެ ދިފާޢުއިގައި، މާތްﷲގެ މަގުގައި، ހައްގު ގޮތުގައި ޖިހާދުކުރާ މުސްލިމުންގެ ހިތްވަރުގަދަ މުޖާހިދުންނެވެ. 

ދުނިޔޭގެ ޑިމޮކްރަސީގެ ޗެމްޕިއަނުންކަމަށް ބުނާ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އަނިޔާވެރި ޔަހޫދީ އިސްތިއުމާރީ ފައުޖުތަކަށް ފާޅުގައި އެހީވަމުން ދިޔައެވެ. މުސްލިމުންގެ ލޭ އޮހޮރުވަނީ ހުޅަނގުގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބިގެނެވެ. އިސްރާއީލުގެ ހަރުކަށި ފައުޖުތަކަށް ބޭނުންވާ ހަތިޔާރު ފޯރުކޮށްދޭ މައިގަނޑު ގައުމަކީ އެމެރިކާކަން މުޅި ދުނިޔެ ދަނެއެވެ. މުސްލިމުންގެ ލެއިން ފޯވެފައި ވާ މުޑުދާރު ހަޑި އަތްތަކެކެވެ. ވިލާތު އިއްތިހާދުގެ ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތުގެ އަތުގައިވެސް މުސްލިމުންގެ އަގުހުރި ލޭ ހޭކި ތަތްތެޅިފައި ވާކަމީ ދުނިޔެއަށް ވަންހަނާވެފައި ވާ ކަމެއް ނޫނެވެ. އެންމެން ދަންނަ ހިތި ހަގީގަތެކެވެ. ހުޅަނގުގެ މަކަރުވެރި ރޭވުމަކި މުސްލިމުންގެ ދުވަސްދުއްވައިލުމެވެ. އެބައިމީހުންމެ ހަގީގީ ދުސްމިނަކީ ލޮބުވެތި އިސްލާމް ދީނެވެ. މުޅި ދުނިޔޭގެ މާލީ ނިޒާމު ކޮންޓްރޯލުކުރާ ބަޔަކީ އަނިޔާވެރި ޔަހޫދީންނެވެ. އެބައިމީހުންގެ އާރާއި ބާރު ބޭނުންކޮށްގެން ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުންގެ ލޭ އޮހޮރުވުމުގައި ޔަހޫދީންނަށް ވާގިވެރިވާ ބަޔަކީ ހުޅަނގާއި އެމީހުންގެ ބައިވެރީންނެވެ. މި ކަމުގައި ހައިރާންވާން ޖެހޭ ކަމަކީ އަދުގެ ދުނިޔޭގެ ބާރުގަދަ މުސްލިމު ގައުމުތަކުން މި ކަމުގައި އެމީހުންނަށް ވާގިވެރިވުމެވެ. ދެ ހަރަމްފުޅުގެ ބެލެނިވެރި ސުޢޫދީ ޢަރަބިއްޔާއާއި މެދުއިރުމަތީގެ އިސްލާމީ ގިނަ ގައުމުތައް މި ކަމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޝާމިލުވެއެވެ. ސުޢޫދީ ޢަރަބިއްޔާގެ ވެރީން ފާޅުގައި އެބައިމީހުންގެ މުސްލިމު އަޚުން ނިކަމެތިކުރީއެވެ. ދުނިޔޭގެ އެދުމާއި ވެރިކަމުގެ ޖާހަށް ޓަކައި ދީން ވިއްކައިލައި މުސްލިމު އަޚުން ނިކަމެތިވާން ދޫކޮށްލައި، ޣައިރުމުސްލިމުންނާއި އަތާއި އަތް ޖޯޑުކުރީއެވެ. ބަހާއި އަމަލާ ދިމާ ނުވާ ދެ ފުށް ދެ ގޮތް މީހުންނެވެ. ކޮންފަދަ ބޭވަފާތެރިކަމެއްތޯއެވެ! އަމިއްލަ އުންމަތް ހަލާކުގެ ތެރެއަށް ވައްޓައިލައި ދުނިޔެއަށް ޓަކައި އާޚިރަތް ވިއްކައިލި މުސްލިމު ގައުމުތަކުގެ ވެރީންނަން ހަލާކު ހުއްޓެވެ!

ޔަހޫދީންނަށް ފާޅުގައި ވާގިވެރިވެ އެހީތެރިވުމަކީ އެ މީހުންގެ މުނާފިގުކަމުގެ ކުޑަ މިންވަރެކެވެ. ތިބާ ހީކުރާ ވަރަށް ވުރެ ވެސް އެބައިމީހުން ގެ އަނިޔާވެރިކަން ބޮޑެވެ. ޖަވާބުދާރީ ވާން ޖެހޭނެ ދުވަހެއް ވާކަން މިބައިމީހުން ހަނދާން ނެތް ކަހަލައެވެ. 

2023 އޮކްޓޫބަރު ހަތެއްގެ އަލްއަޤުޞާ  ތޫފާނުގެ ސަބަބަކީ ކޮބާ؟ 

ފަލަސްތީނުގެ ޣައްޒާއަކީ ދުނިޔޭގައިވާ އެންމެ ބޮޑަށް އެކަހެރިކުރެވިފައިވާ އެއް ސިޓީއެވެ . ވަށައިގެންވާ އިންސަރަހައްދު އޮތީ ޔަހޫދީންގެ ފުރިހަމަ ބާރުގެ ދަށުގައެވެ. ޣައްޒާގެ ފެނާއި ކަރަންޓު ކޮންޓްރޯލުކުރަނީ ޔަހޫދީންނެވެ. ރަސްމީ ގޮތެއްގައި އެތެރެކޮށް ބޭރު ކުރެވެނީ އެ މީހުން ބޭނުންވާ ގޮތަކަށް ބޭނުން އެއްޗެކެވެ. ޞަހުޔޫނީންނާއި އެ މީހުންގެ ބައިވެރީން ދެކޭ ގޮތުގައި ފަލަސްތީނުގެ ކުށެއްނެތް އާންމުން ނުވަތަ މުސްލިމުން ދިރި ތިބޭނީތޯ ނުވަތަ މަރުވާނީތޯ ނިންމާނީ އެ މީހުންނެވެ.

ޔަހޫދީން ދެކޭ ގޮތުގައި އެ މީހުނަކީ "ގޯޑް ޗޫސެން" (ކަލާނގެ އިޚުތިޔާރުކުރައްވައިފައިވާ) ނުވަތަ ބަރަކާތްތެރި މީހުނެވެ. އެބައިމީހުންގެ ނަމުން ނަމަ، އެޕަލް އޮފް ގޯޑް (ކަލާނގެ ލޯފުޅުގެ ކޮއި)އެވެ. ނުވަތަ އައި އޮފް ގޯޑް(ކަލާނގެ ލޯފުޅު)އެވެ. (ނަޢޫޛު ބިﷲއެވެ!) ނަމަވެސް ހަގީގަތަކީ ޔަހޫދީންނަކީ މި ބިންމަތީގައި ދިރިއުޅޭ އެންމެ އަނިޔާވެރި ލާއިންސާނީ އެންމެ ނާއިންސާފު މީހުންކަމެވެ. ލައުނަތްލެއްވިގެންވާ މީހުންކަމެވެ. މިބައިމީހުން ފަލަސްޠީނުގެ ބިމުގައި ވަޒަންވެރިވެގެން ގަދަ ބަދަވިކަމުން އެބައިމީހުންގެ ގެދޮރުން އެ މީހުން ނެރެލައި ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވައި ނަސްލު ނައްތައިލުމުގެ ޖަރީމާ (ނަސްލުހޭދު) ހިންގަނީ ދުނިޔެއަށް ސިއްރަކުންނެއް ނޫނެވެ. އެހެނަސް ފާޅުގައެވެ. ޣައްޒާގާއި ވެރިކަން ކުރާ ހަމާސް ޖަމާއަތާއި އެހެނިހެން ހަނގުރާމަވެރި ޖަމާޢަތްތަކަކީ އެ މީހުން ދެކޭގޮތުގައި ނިރުބަވެރި ޖަމާއަތްތަކެވެ.  އަމިއްލަ ވަޒަނުގެ ދިފާއުގައި ނުކުމެ ޔަހޫދީ އިސްތިއުމާރީ ފައުޖުތަކަށް ދެކޮޅު ހެދުމަކީ އެބައިމީހުން ގެ ރަދީފުގައި ޓެރަރިޒަމް ނުވަތަ ނިރުބަވެރިކަމެވެ. އެތައް އަހަރުތަކެއްގެ އަނިޔާއާ ކެކުޅުންތައް ފަލަސްތީނު ތަހައްމަލުކުރިއެވެ. ޣައްޒާ އަޑުން އަޑުނަގައި ރުޔެވެ. ކަރުނަ އެޅިއެވެ. މިއަދުވެސް އެ ގޮތެވެ. ކުށެއްނެތް އެތައް ބަޔަކު މަރައިލައި ޝަހީދުކޮށްލެވުނެވެ. އަންހެނުންނެއް ކުޑަކުދީންނެއް ތަފާތެއް ނުކުރެއެވެ. ޖެހުނު ތަނެއް ސުންނާފަތިކޮށް މުޅި ފަލަސްތީނު ސުންނާފަތިކުރުމުގައި ދެމިތިއްބެވެ. ބަލިކަށިކޮށް ނިކަމެތިކުރިއެވެ. ހަމައެކަނި ޔަހޫދީންނަށް ބަލިކޮށް ނުލެވުނީ މުސްލިމުންގެ ހިތްވަރެވެ. އެމީހުންގެ ރޫހެވެ. އިސްލާމް ދީނެވެ. ޔަހޫދީންނަށް މާތް ﷲގެ ދީން ނެތިކޮށްލެވިދާނެކަމަށް އެ މީހުން ހީކުރިއެވެ.

މަގުސަދު ހާސިލުނުވަނީސް "ހަނގުރާމަ" ހުއްޓުމެއް ނެތްަމަށް ޣައްޒާގެ ރައްޔިތުން ތަޅައި ރަށުން ބޭރުކުރަނީ<br>

ޣައްޒާގައި ހުއްޓުމެއް ނެތި  ލޭ އޮހޮރުވައި މުޅި ފަލަސްޠީނު އެކީއެކަށް ސުންނާފަތިކޮށް ވީރާނާކޮށްލައިފިއެވެ. މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. މި ކަން ހުއްޓުވާނެ ބަޔަކު ނެތެވެ.  ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް މިއަދު އޮތް ގޮތެވެ.

އަނިވާރިކަން ހައްދުފަހަނައަޅައިފައިވާ ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަންނާން ކޮންމެ ދުވަހަކު ވެސް އެ ބިމުގައި މުސްލިމުންގެ ލޭ އޮހޮރުވުމުގައި ޔަހޫދީން ދެމިތިއްބެވެ. ބަރަކާތްތެރި އަލްއަޤުޞާ މިސްކިތުގެ ހުރުމަތް އެތައްފަހަރަކު ނަގައިލިއެވެ.

އިސްރާއީލުގެ ހައްދުފަހަނައަޅައިފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެންމެ ފަހުން އެކުލަވައިލި ސަރުކާރުގައި ޖަރީމާތައް ހިންގުމަށް އެންމެ "ގަޓު" މީހާކަމަށް ބުނާ ކަނާތު ފިޔައިގެ ހައްދުފަހަނައަޅައިފައިވާ މީހެއްކަމައްވާ ހަރުކަށި ޔަހޫދު އ. ބެންގްވީރުއާ ހަވާލުކުރެވުނެވެ. މިކަލޭގެއަކީ މުސްލިމުންނަށް އަނިޔާވެރިވުމުގައި ފިކުރީ ގޮންނާއި ރޫހާނީ ގޮތުން ވެސް ހައްދުފަހަނަޅައި ދިއުމުގެ ފުރިހަމަ ނަމޫނާއެކެވެ. އޭނާ ސީދާ ދިމާކުރީ މުސްލިމުންގެ އެންމެ މުގައްދަސް އެއް މިސްކިތްކަމަށްވާ އަލްއަޤުޞާ އާއެވެ. ބޭނުމަކީ މި ތަން ހިފުމެވެ. އެ ގޮތުން  ބެންގްވީރު މިނިސްޓަރުކަމަށް އައްޔަނުކުރުމަށް ފަހު އަޤުޞާ މިސްކިތުގައި ފާޅުގައި ޔަހޫދީން އަޅުކަންކުރާން މަގުފަހިކޮށްދޭން ފެށިއެވެ. އެ ވަރުން ފުދުނީކީ ނޫނެވެ. މިސްކިތުގެ ހުރުމަތް އަނެއްކާ ވެސް ކަނޑައިލިއެވެ. މި ފަހަރު އަނިޔާވެރި ކަމުގެ ތާސީރާ އެކުގައެވެ. އިސްރާއީލުގެ އިސްތިއުމާރީ ސިފައިން އެތައް ފަހަރެއްގެ މަތީން އަލްއަޤުޞާ ރޭޑުކޮށް އެ ތަނުގައި އަޅުކަންކުރާ މުސްލިމުން ގަދަކަމުން މިސްކިތުގެ ޙަރަމުން ބޭރުކޮށް އަނިޔާކުރުން ހައްދުން ނައްޓައިލިއެވެ. ޔަހޫދީ އިސްތިއުމާރީ ސިފައިން މިސްކިތުގެ ތެރޭގައި މިނިސްޓަރުގެ  އޯޑަރަށް ހަރަކާތްތައް ހިނގާން ފެށިއެވެ. މުސްލިމުން ފަހަތަށް ޖައްސައި ޔަހޫދީންނަށް ފާޅުގައި މިސްކިތް ހުޅުވައިފިއެވެ. އެބައި މީހުން ބޭނުން ސަކަރާތެއް ޖަހާން މަގުފަހިކުރާން ފެށިއެވެ. އެ ގޮތުން 2023 ސެޕްޓެންބަރުގައި ޔަހޫދީ ސިފައިން މިސްކިތުގެ ތެރެއަށް އަރައިގަނެ ކަރުނަގޭސް ޖަހައި އެ މާތް ބިނާގައި ފަލަސްޠީނުގެ ރައްޔިތުންގެ ލޭ އޮހޮރުވުންތައް ގިނަކޮށް ތަނެއްދޮރެއް ނުބަލައި މިސްކިތުގެ ތެރެއަށް ގެއްލުންދީ ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން މުޅި ޤުދުސްގައި ހުޅުފަޅައިގެން ދިޔައެވެ. މުސްލިމުންގެ ބުނުމަކީ އަޤުޞާ މިސްކިތް ދޫކޮށްނުލާނެކަމުގައެވެ.

ހުޅަނގު އައްސޭރީގައި އެކުއެކީހެން ހަމާ ނުޖެހުންތައް އިތުރުވާން ފެށިއެވެ. ހަމާސް ޖަމާއަތުންނާއި އިސްލާމީ ޖިހާދުން ޔަހޫދީ ނިރުބަވެރި ދައުލަތުގެ ވެރީންނަށް އިންޒާރުދިނެވެ. އަލްއަޤުޞާ މިސްކިތަށް ހަމަލާދޭ ނަމަ، މުޖާހިދުން މަޑުން ނުތިބޭނެކަމަށް އެންގިއެވެ. ނަމަވެސް ހަރުކަށި ނަތަންޔާހޫ ބުނީ، އިސްރާއީލުން ބޭނުން ކަމެއް  ބޭނުން ގޮތަކަށް ކުރާނެކަމުގައެވެ. 

ނަތީޖާއެއްގެ ގޮތުން އޮކްޓޯބަރު 7ގައި ހަމާސް ޖަމާއަތުގެ އަސަކަރީ ގޮފި އަލްޤައްސާމް ބުރިގޭޑާއި އިސްލާމީ ޖިހާދުން މުޅި އިސްރާއީލު ސިއްސުވައިލީ މުޅި ދުނިޔެ ވެސް ހައިރާންކޮށްލައިފައެވެ. އެންމެ ޒަމާނީ އަސްކަރީ އެއް އޮތް އިސްރާއީލު ޑިފެންސް ފޯސް (އިސްރާއީލުގެ ދިފާޢީ ބާރު)، އެހެން ގޮތަކަށް ދަންނަވާ ނަމަ، ޔަހޫދީ ގޮތްކުޑަ އަސްކަރިއްޔާއާއި، އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުގެ އެޖެންޓުންނަށް ހަމަލާގެ އިޝާރާތެއް ވެސް ވިޔަ ނުދީ، ހިލަމެއް ވެސް ނުވެ،  ޖެހިލުމެއްނެތި ބިރަކާ ނުލައި، އަލްއަޤުޞާ ތޫފާން ލޯންޗުކުރިއެވެ. ދުވަހުގެ އިރު އަރައިގެން އައީ މުޅި އިސްރާއީލު ސިއްސުވައިލި ކުއްލި ހަމަލާ އިންނެވެ. މުސްލިމު މުޖާހިދުން އިސްރާއީލުގެ ޣައިރު ގާނޫނީ ބޯޑަރު ފޫއަޅުވައިލައި ، ޔަހޫދީ އާބާދީތަކަށް އަރައިގަތީ މުޅި އަސަކަރިއްޔާއާއި އިސްރާއީލުގެ ހުރިހާ ތަންފީޒީ ބާރުތަކެއް ޙައިރާންކޮށްލައިފައެވެ. މުޖާހިދުންގެ އިންޒާރުތަކަށް ބީރުކަންފަތެއް ދިން ޔަހޫދީ އިސްތިއުމާރީ ވެރީންނަށް ތިބީ ވާނުވާ ނޭނގިފައެވެ. އެބައިމީހުނަށް ގިޔާމަތް ވީ ކަހަލައެވެ.  މުސްލިމުން ބަދަލުހިފީ ފުރިހަމަ ރޭވުންތެރިކަމާ އެކުގައި ސިންގާތަކެއް ފަދައިންނެވެ. ފިނޑި ޔަހޫދީން ފިލާން ދުވިއެވެ.  އެހެނަސް ގަދަފަދަ މުޖާހިދުން ހިނދު ކޮޅެއްގެ ތެރޭގައި ޔަހޫދީން ހަމަ ރަނގަޅަށް ވެސް  ފިތްކަނޑުވައިލިއެވެ. މުސްލިމުންގެ ލެޔާއި މުދަލާއި ގެދޮރު ސުންނާފަތިކޮށް މުސްލިމުންގެ މުގައްދަސް މިސްކިތް ޚަރާބުކުރުމުގެ ބަދަލެވެ. ޣައްޒާގެ ކެތްތެރިކަން ކޮޅުންލީއެވެ. މުޖާހިދުން ދޭތީން އެކައްޗަށް ނުކުމެ ސައުވީސް ގަޑި އިރުގެ ތެރޭ މުޅި ޔަހޫދީ ދައުލަތް ކުޑަ ކަކޫ ޖައްސުވައިލިއެވެ. ޔަހޫދީންގެ އަނގައިގައި ތަޅު އެޅުނެވެ. މުޖާހިދުން ފައިބައިގެން ދިޔައީ ޞަހުޔޫނީން ރޫރޫއަޅުވައިލައިފައެވެ. އަސީރުންނާ ވެސް އެކުގައެވެ. 

މުސްލިމުން ނިކަމެތިކުރި ޔަހޫދީންނަށް ނިކަމެތި ދުވަހެކެވެ. ފިސާރި ވަރުގަދަ ރައްދު ހަމަލާއެކެވެ. މުސްލިމުންގެ ލޭ އޮހޮރުވުމުގައި ދެމިތިބޭ ނަމަ، ޔަހޫދީންނަށް ވެސް  ސަލާމަތެއް ނެތްކަށް އެނގޭނެކަން ކަށަވަރެވެ. އަލްއަޤުޞާގެ ހުރުމަތް ކެނޑުމުގެ އަގު ޔަހޫދީން އަދާކުރާން ޖެހުނީ ފިސާރި ހިތިކޮށެވެ. މުޅި އިސްރާއީލުގައި ކުއްލިހާލަތު އިއުލާނުކުރިއެވެ. އެކި ދިމަދިމާއިން ޔަހޫދީންގެ އަވަށްތަކަށް މަތީންނާއި ތިރިން، އެކު އެކީ، މުޖާހިދުން އަރައިގަނެ، ފަލަސްޠީނުގެ މުސްލިމުންނަށް ގޯނާކުރާ ނަމަ، ޔަހޫދީން ނަކަށް ވެސް  ސަލާމަތާއި ރައްކާތެރިކަމެއް ނެތްކަން ހަރުކަށި ޔަހޫދީންނަށް ފިސާރި ރަނގަޅަށް  އަންގައިދިނެވެ. 

ޣައްޒާގެ އަދުގެ ޙާލަތަކީ އިންސާނަކަށް ތަޞައްވުރުކުރާން ވެސް ނޭނގޭ ފަދަ ނިކަމެތި ޙާލަތެކެވެ.<br>

ހުޅަނގާއި މުޅި ދުނިޔެ ހަމާސް ޖަމާއަތުގެ ހަމަލާތައް ކުށްވެރި ކުރިއެވެ.  ފަލަސްތީނަށް ހެޔޮ އެދޭ މަދު ބަޔަކު ފިޔަވައެވެ. ހުޅަނގުން ދެކޭގޮތުގައި ނިރުބަވެރި ހަމަލާއެކެވެ. ރަސިޔާގެ ރައީސް  ވްލަޑިމިއަރ ޕުޓިން ވިދާޅުވީ ޔަހޫދީން އަމިއްލައަށް ބުއި ބޮނޑިއެއްކަމުގައެވެ. އީރާނުން ފަލަސްތީނަށް މަރުހަބާ ކިޔެވެ. ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ހަމާސްގެ ހަމަލާއަށް ތައުރީފުކުރިއެވެ.  ގަދަ ބާރުކަމަށް ބުނާ އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުނި ގޮތުގައި އިސްރާއީލަށް އަމިއްލަ ދިފާއުގައި ނުކުތުން ވާޖިބުވީއެވެ. ފަރަނސޭސިވިލާތުގެ ދެފުށްކެހެރި ރައީސް އެމަނުއެލް މެކްރޯން ޔަހޫދީންނަށް ތައުޒިޔާ ފޮނުވިއެވެ. ޖަރުމަނުގެ ޗާންސެލާރ އޯލަފް ސޯލޒް ވެސް ކަންތައްކުރީ އެ ގޮތަށެވެ. އިސްރާއީލާއެކު އަބަދު ވެސް  އޮންނާނެކަމުގެ ޔަގީންކަން ދިނެވެ. 

އިސާހިތަކު ޔަހޫދީން އަޔަން ސްވޯޑްގެ ނަމުގައި ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރިއެވެ. އެކަތައިގެ ކަނޑިއޯލައެވެ. 

ހަމާސް ޖަމާތާއި އިސްލާމީ ޖިހާދު ނައްތައިލާނެކަމަށް ޔަހޫދީން ވައުދުވިއެވެ. ވަގުތުން ފަލަސްތީނުގެ އެތަންމިތަނަށް ވައިގެ ހަމާލާ ދޭން ފެށިއެވެ. މި އޮޕަރޭޝަނުގެ މަގުސަދަކީ ހަމާސް ޖަމާއަތާއި އިސްލާމީ ޖިހާދު ފަދަ ހަނގުރާމަވެރި ޖަމާޢަތްތައް ނައްތައިލުންކަމުގައި ބުނެ އެބައިމީހުން ފަލަސްޠީނުގެ އެތަން މިތަން ސުންނާފަތިކުރުމުގެ  އާ ބާބެއް ފެއްޓީއެވެ.  އިސްރާއީލުގެ ޣައިރުގާނޫނީ ދައުލަތުން ހަނގުރާމައިގެ ކެބިނެޓް އެކުލަވައިލިއެވެ. އަސީރުން މިނިވަންކުރުމަށާއި ހަމާސް ބަލިކުރާންކަމަށް ބުނެ ދެން ފެށީ ނަސްލުހޭދެވެ. ނަސްލު ނައްތައިލުމުގެ ޖަރީމާއެވެ. ހުޅަނގުގެ ފުރިހަމަ ތާއީދާ އެކުގައެވެ. ވައިގެ ހަމަލާ ދެނީ އެމެރިކާގެ އެންމެ ޒަމާނީ ފައިޓަރ ޖެޓާއި އެންމެ ޒަމާނީ މިސައިލާއި ހުޅަނގުގެ ފަނާކުރުވަނިވި ބޮންތައް ބޭނުންކޮށްގެންނެވެ. އަމާޒަކީތޯއެވެ! އަމާޒާކީ މުޅި ފަލަސްތީނެވެ. ކުށެއްނެތް އާންމުންނެވެ.  ޖެހުނު މުސްލިމެއްގެ ދުވަސް ދުއްވައިލުމަށް ޓަކައި ހަމަލާދޭންފެށިއެވެ. ހަމައެއްލަމައެއް ނެތިއެވެ. ހަމާލާތައް އަމާޒުކުރަނީ މުޖާހިދުންނަށްކަމަށް ބުނެއެވެ. އެކަމަކު ހަގީގަތަކީތޯއެވެ! ހަގީގަތަކީ ޔަހޫދީންގެ އަނިޔާވެރި ފިނޑި އިސްތިއުމާރީ ފައުޖުތަކުގެ ހަމަލާތަކުގެ އަމާޒަކަށްވީ ފަލަސްޠީނުގެ ނިކަމެތި އާންމު ރައްޔިތުންކަމެވެ. ގިނައީ އަންހެނުންނާއި ކުޑަކުދީންނެވެ. ވައިގެ ހަމަލާތަކުގައި އެކަނި ވެސް  ތިން މަސްދުވަހުގެ ތެރޭގައި ފަލަސްޠީނުގެ 15000 އަށް ވުރެން ގިނަ އާންމު ރައްޔިތުން ޝަހީދުކޮށްލިއެވެ.

ނަމަވެސް ޔަހޫދީން ހީކުރި ވަރަށް ވުރެ، މުޖާހިދުންގެ ރައްދު ހަމަލާތައް މާ ފުރިހަމަ ވެފައި ބާރު ގަދައެވެ. ރައްދުގައި އިސްރާއީލަށް އަމާޒުކޮށް ރޮކެޓު ޙަމަލާތައް ދޭންފެށިއެވެ. އިސްރާއީލުން މާ މޮޅުކަމަށް  ބުނާ މިސައިލް އައްޑަނައިގެ ނިޒާމުކަމަށްވާ އަޔަން ޑޯރމް ބެޓެރީތައް އޯވަރ ޑޯޒް ކޮށްލިއެވެ. ޔަހޫދީންގެ މިސައިލް އައްޑަނައިގެ ނިޒާމުތަކަށް އޮބި ނޯންނަ ވަރަށް، އިސްރާއީލުގެ އަވަށްތަކަށް ރޮކެޓުގެ ވާރޭ ވެހޭންފެށިއެވެ. ޣައްޒާއިން ދެމުންގެންދާ ހަމަލާތަކުގައި ޔަހޫދީ އަވަށްތަކަށް ބޮޑެތި ގެއްލުންތައް ވާން ފެށިއެވެ. ނަމަވެސް އެންމެ ޒަމާނީ ހަތިޔާރުން ހަމަލާދީ ޔަހޫދީން ވައިގެ ހަމަލާ އިތުރުކޮށް ފަލަސްޠީނުގެ ކުށެއްނެތް އާންމުން ޝަހީދުކުރަމުން ގެންދިޔައެވެ.

ޣައްޒާއިން ދެމުން ގެންދާ ހަމަލާތަކުގައި ޔަހޫދީންނަށް އޮބިނޯއްނާނެކަން އެނގުމުން އެމެރިކާއާއި ހުޅަނގުގެ މަދަދަށް އިސްރާއީލުން ރަސްމީކޮށް އެދުނެވެ. މަޔަކު  ޅަދަރިއަކަށް ކިރުދޭ ފަދައިން ފައިސާއާއި އިތުރު ހަތިޔާރު އެމެރިކާއާއި ހުޅަނގުގެ ޔަހޫދީންގެ ބައިވެރީން އިސްރާއީލަށަ އޮސްސައިލިއެވެ. ހަނގުރާމަ ހޫނުވެ ޔަހޫދީންނަށް ބިންމަތީ ފައުޖުތަކަކާ ނުލައި ހާމާސާއި އިސްލާމީ ޖިހާދު ބަލިނުކުރެވޭނެކަން ޔަހޫދީ ފިނޑި ސިފައިންނަށް އިސާހިތަކު ފަހުމުވެއްޖެއެވެ. ހަމަ އެޔާ އެކު، އެއްގަމު މަގުން ޣައްޒާގެ ތެރެއަށް ހަރުކަށި ޔަހޫދީ ލަސްކަރުތަކުން އަރައިގަތެވެ. ހަމާސް ބަލިކުރާންކަމަށް ބުނެ ޣައްޒާއަށް ވަދެގަތް ޔަހޫދީ ލަސްކަރުތަކުން ޣައްޒާގެ އެތަންމިތަން ތަޅައި ސުއްނާފަތިކުރާން ފެށިއެވެ. ދިމާވާ ކޮންމެ މުސްލިމަކު ވެސް ޝަހީދުކޮށްލިއެވެ. ހަމަލާތައް ގަސްތުގައި އާންމު ރައްޔިތުންނަށް އަމާޒުކުރާން ފެށިއެވެ. ކުޑައެއް ބޮޑެއް އަންހެނެއް މުސްކުޅިއެއް ނުބަލައި ޓެރަރިސްޓް ދައުލަތުން ހަނގުރާމައިގެ ޖަރީމާތައް ފަލަސްޠީނުގެ އެކި ކަންކޮޅުތަކުގައި ހިނގާން ފެށިއެވެ.  ވަށައިގެން ބަންދުކުރެވިފައިވާ ޣައްޒާގެ ދެ މިލިއަން މީހުންގެ އާބާދީގެ ތެރެއަށް ދޭތެރެދޭތެރެއިން އާޓިލަރީ ފަޔާރ، ނުވަތަ ބޮޑުބަޑީން ހަމަލާދޭން ފެށިއެވެ. ކޮޅަށް ހުރި އިމާރާތެއް ނަމަ، ގޮތެއްފޮތެއް ނުބަލައި ޓޭންކް ސެލްތަކުން ހަމަލާދޭން ފެށިއެވެ. ޔަހޫދީންގެ ފިނޑި ލަސްކަރުތައް މުޅި ދުނިޔެއަށް ވެސް  ބޭޒާރުވާން ފެށީއެވެ.  ކޮށްޓެއްގައި އެތައް އަހަރަކު ބަންދުކޮށްފައި ތިބި މުޖާހިދުން ބަލި ނުކުރެވި ފޭލިވާން ފެށިއެވެ. ނަމަވެސް ޔަހޫދީން ގޮތް ދޫނުކޮށް ދުނިޔޭގެ އެންމެ ގަދަފަދަ މިލިޓަރީކަމަށް ބުނާ ޔަހޫދީ އިސްރާއީލުގެ ފައުޖުތައް ގޮތް ހުސްވާން ފެށުމުން އަނިޔާވެރިކަން ހައްދުފަހަނަޅައި ދާކަމުގައި އެއުރެންގެ ބައިވެރީން ބުނާން ފެށުމުން ވެސް ގޮތް ދޫނުކުރާނެކަމަށް ބުނާން ފެށިއެވެ. ހަރުކަށި ނަތަންޔާހޫ ބުނަނީ ހަމާސް ވުޖޫދުން ވެސް ފުހެލާނެކަމުގައެވެ. އެހެނަސް ޔަހޫދީ ފިނޑި ސިފައިންނަށް އެކަމުގައި ކާމިޔާބު ވާކަމަކަށް ނުވިއެވެ. އިތުރު ގޮތެއް ނެތުނީމާ، ދެން ޔަހޫދީން ފަލަސްޠީނުގެ އާންމުންނަށް ގަސްތުގައި ހަމާލާދޭން ފެށީއެވެ. އެބައިމީހުންގެ ނަސްލު ނައްތައިލުމުގެ މައިގަޑު ތަދުބީރަށް އެނބުރި ރުޖޫއަވީއެވެ. ނަސްސުހޭދު ފެށީއެވެ. ޔަހޫދީން އުނބަށް ޖެހީއެވެ. އެއްގަމު މަގުން ފަލަސްތީނަށް އަރައިގަނެ މުޅި ޣައްޒާ ބިމާ ހަމަކުރާން ފެށީއެވެ. ނިރުބަވެރިކަމަކީ ކޮބައިކަން ތިބާއަށް އެނގޭހެއްޔެވެ! 

ޣައްޒާގެ 300000 މީހުން އެބައިމީހުންގެ ގެ ދޮރު ދޫކޮށް ދާން މާޖުބޫރު ކުރިއެވެ. އެހެނަސް ހިތްދައްޗެވެ. މިސްރުގެ ސަރަހައްދީ ރޮނގު ހުރަސްކުރުމަކީ ވެސް ގޮންޖެހުމެކެވެ. ހުޅުވޭ ލެއްޕޭ ދޮރެކެވެ. ޔާހޫދީންގެ ބާރާއި ނުފޫޒެވެ. މި ހަނގުރާމައިގެ މައިގަނޑު ސިކާރައަކަށްވީ ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނެވެ. ޅަދަރީންނާއި މައިންނެވެ.  މުސްކުޅިންނާއި ކުޑަކުދީންނެވެ. ހަނގުރާމަ އަށް ނުވަ މަސް ވެގެން ދިޔައިރު ވެސް ހަމާސް ޖަމާއަތާއި އިސްލާމީ ޖިހާދު ބަލިކުރުމުގައި އިސްރާއީލުގެ ބާރުތަކުން ނުކުޅެދުނެވެ. މުޅި ދުނިޔެ އަށް ފެނުނީ ދިމާ އިދިކޮޅެވެ. ޔަހޫދީންގެ ފިނޑިކަމާއި އިދިކިލިކަމެވެ. އެބައިމީހުންގެ އަނިޔާވެރިކަން ހައްދުފަހަނައަޅައިފައިވާ މިންވަރެވެ. ޣައްޒާގެ ތެރެއަށް ޔަހޫދީންގެ ލަސްކަރުތަކުން ވަދެގެން ދިޔައީ ޖެހުނު ތަނެއް ސުންނާފަތިކުރަމުންނެވެ. ޔަހޫދީ ޖެޓްތަކުން ބޮންއަޅަނީ ހަމާސްގެ ޓަލަން ސިސްޓަމަކަށް ނޫނެވެ. އަދި ކިއެއްތަ، އިސްލާމީ ޖިހާދުގެ މަރުކަޒުގެ ތަކަކަށްވެސް ނުމެ ނޫންމެއެވެ. އެހެނެއްކަމަކު ޣައްޒާގެ އެތައް އާންމުންނެއްގެ ގެދޮރަށެވެ. އެބައިމީހުންގެ ހަމަލާ 99 އިންސައްތަ އަމާޒުކުރަނީ ސީދާ ހަނގުރާމަޔާ ގުޅުމެއްނެތް ފަލަސްޠީނުގެ ކުށެއްނެތް މައުސޫމް ތުއްތު ކުދިންނަށެވެ. ހޮސްޕިޓަލް ތަކަށެވެ. ރެފިއުޖީ ފޭލިގެތަކާއި ސިއްހީ ޚިދުމަތްދޭ ތަންތަނާއި، ގްރީން ޒޯންތަކަށެވެ.

އަނިޔާވެރި ހަމަލާތަކުން ސަލާމަތްވުމަށް ޓަކައި ގެދޮރު ދޫކޮށް، ގޮތް ހުސްވެ، ދާނެ ތަނެއް ނެތި، ނިކަމެތިވެފައިވާ މީހުން ހިޔާވަހިކަން ހޯދަމުންދާ ފޭލިގެތަކަށެވެ. ކެއިން ބުއިމާއި އިންސާނީ އެހީދޭ ތަންތަނަށެވެ. ޒަޚަމްވެފައިވާ މީހުން އުފުލާ ސިއްހީ އުޅަނދު ތަކަށެވެ. އިންސާނީ އެހީ ހިފައިގެން ޣައްޒާއަށް ވަންނަ އުޅނދުތަކަށް ވެސް ހިމާޔަތެއް  ނެތެވެ. އަނިޔާވެރިކަމުގެ ހަގީގީ މާނައަކީ ސަހުޔޫނީ އިސްރާއީލޭ ކިޔުނު ޔަހޫދީ ބައިގަނޑެވެ. ނިރުބަވެރިކަން އުފަންވެފައިވަނީ މި ތަނުންނެވެ. "ސްޓޭޓް ސޮޕްސަރޑް ޓެރަރިޒަމް" (ދައުލަތަކުން ހިންގާ ނިރުބަވެރި ޢަމަލުތައ) އޭގެ ހަގީގީ މާނައިގައި ތިބާއަށް ފެންނާނީ ޔަހޫދީ އިސްރާއީލުގެ ފަރާތުންނެވެ. މިއީ ހަމަ އެކަނި އެމީހުން ދަންނަ ކަންތަކެވެ. އަނިޔާވެރިކަމާއި ލާއިންސާނިއްޔަތުގެ އެންމެ މަތީ ދަރަޖަ އެވެ. ދެ މިލިއަން މުސްލިމުންނާ އެކު ޣައްޒާ އެއްކޮށް ފުނޑުފުނޑުކޮށްލައި ޣައްޒާގެ އަހުލުވެރީން ވިއްސިވިހާލި ކޮށްލިއެވެ. ތިބާ ވަޒަން ކޮށްލާށެވެ! ޒަޚަމްވެފައިވާ މީހާއަށް ޣައްޒާގައި ހަސްފަތާލުގެ އެނދަކީ ވެސް ރައްކާތެރި ތަނެއް ނޫނެވެ. ހަނގުރާމައިގެ ތަފާސް ހިސާބުތައް ބައްލަވާށެވެ! ފަލަސްތީނުން ޝަހީދުކޮށްލެވުނު ސިއްހީ ޚިދުމަތްތެރިންގެ އަދަދު އުޅެނީ ހާހުން މަތީގައެވެ. ނޫސްވެރީންނާއި ކުޑަކުދީންނާއި އަންހެނުން ޝާމިލުވާހެން 20 ހާހުން މަތީގައެވެ. އަދި ކިއެއްތޯއެވެ! އިންސާނީ އެހީދޭ ޖަމާއަތަކުގެ މެންބަރުންނަށް ވެސް ހަމަލާދީ ގަތުލުކުރަނީއެވެ. ދުނިޔަވީ ގާނޫނެއް ހަމައެއްލަމައެއް އޮންނަ ބަޔެއް ނޫނެވެ.  ބޭނުން ކަމެއްކުރާނެކަމަށް ބުނަމުން ފަލަސްޠީނުގެ ރައްޔިތުން މަރައި ހުސްކުރަނީއެވެ. ފަލަސްތީނުން ޝަހީދުކޮށްލެވުނު އާންމުންގެ އަދަދު، ރަސްމީ ހިސާބުތަކަށް އެކަނި ބެލިކަމުގައި ވިޔަސް 38000 ފަހަނައަޅައި ދިޔައީއެވެ.

މުޅި ފަލަސްތީނުގެ ސިއްހީ ނިޒާމު އެކީގައި ސުންނާފަތިކޮށްލައި، ފެނާއި ކާބޯތަކެއްޗާއި ކަރަންޓް ވެސް ވަނީ ކަނޑައިލައިފައެވެ. ކަން މިހެން އޮތްނަމަވެސް "ދުނިޔޭގެ ފުލުހުންގެ ވެރިޔާ" ބައިޑަން ބުނަނީ ނަސްލުހޭދުގެ ޢަމަލެއް ފަލަސްޠީނުގައި ބަޔަކު ނުހިންގާކަމަށެވެ. އެމެރިކާއާއި ފަރަންސޭސިވިލާތާއި  ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުން ވެސް ހަނގުރާމަ ހުއްޓައިލާން ގޮވައެވެ. އެހެންނަމަވެސް މުސްލިމުންގެ ލޭ އޮހޮރުވުންތަކުގައި ބޭނުން ކުރާން، (ފަލަސްޠީނުގެ ގެ ނަސްލު ނައްތައިލާން) ޔާހޫދީ އަނިޔާވެރި ސިފައިންނަށް ހަތިޔާރު ފޯރުކޮށްދެނީ ވެސް ހަމަ މިދެންނެވި ގައުމުތަކުންނެވެ.

މިބައިމީހުންނީ ހަރުބީ  މުނާފިގުންކަން ކަށަވަރެވެ. މުޅި ދުނިޔެއަށް ގޮން ޖަހައިފައި އިސްރާއީލުން ބޭނުންހާ ކަމެއް ކުރަނީ ހުޅަނގުގެ މަދަދާއި ތާއީދާ އެކުގައެވެ. ފޭސްބުކް ލައިވް ސްޓްރީމްއިން ޔަހޫދީ އަސްކަރިއްޔާގެ ހަރުކަށި ހަނގުރާމަ ލައިވްކޮށް ބެލެއެވެ. ނަމަވެސް ޒަޚަމްވެފައިވާ ފަލަސްތީނުގެ ރައްޔިތެއްގެ ފޮޓޯއެއް ދެ ފަހަރަކު ޕޯސްޓްކުރިޔަސް ތިބާއަށް ފޭސްބުކް އައިޑީ ގެއްލިދާނެއެވެ.  ފޮޓޯގައި 70 ސެންސަރު ވެސް ހުރެދާނެއެވެ. ޔަހޫދީންގެ އަނިޔާވެރިކަން ފޮރުވާން އުޅުނަސް އަދުގެ ދުނިޔެ އެ ކަމަށް ތަނެއް ނުދެއެވެ. އެހެރީ ފެންނާށެވެ.

ޔަހޫދީ ހަރުކަށި އަސްކަރިއްޔާއިން މުޅި ފަލަސްޠީނަށް އަރައިގަނެ މުޅި ގައުމު އެކީހެން ސުންނާފަތިކުރަނީއެވެ. އަރައިފި ކޮންމެ ތަނެއް ވީރާނާވެފައިވާ ގަބުރުސްތާނަކަށް ހަދައިލައެވެ. ދިމާވެއްޖެ ކޮންމެ އިމާރާތެއް ބިމާ ހަމަކުރެއެވެ. މުސްލިމަކު ފެނިއްޖެ ނަމަ، ޖަހައި މަރަނީއެވެ. ކުޑަ ކުއްޖަކު ތަފާތެއްކުރުމެއް ނެތިއެވެ. އިންސާނީ ކަރާމާތް ވެއްޔާ މޮޑެލަނީއެވެ.  މިއަދު ފަލަސްތީނުގައި އެއްވެސް ހިސާބެއްގައި އެއްވެސް ކަހަލަ އަމާންކަމެއް ނެތެވެ. މުސްލިމުންކަމަށް ވީތީ މަރައި ހުސްކުރަނީއެވެ. ސަލާމަތުން ތިބި މީސްކޮޅު ރަފަޙަށް ޖަމާކޮށް، އެ ތަނުން ވެސް ނުކުންނާން އެންގީއެވެ. ނުކުމެގެން ދާނީ ވަކި ކޮންތާކަށް ހެއްޔެވެ!  ވަށައިގެން ބަންދުކުރެވިފައެވެ. ޖައްބާރު އިޔަހޫދީ ޞަހުޔޫނީން އެންމެ ފަހުން ރަފަޙަށް ވެސް އަރައިގަނެ ހަމައެއްލަމައެއް ނެތި ހުޅަނގުގެ އެންމެ ޒަމާނީ ހަތިޔާރުން ފަލަސްޠީނުގެ ގޮތް ހުސްވެ، ނިކަމެތިކޮށްލެވިފައިވާ އާންމު ރައްޔިތުންގެ ގެދޮރަށާއި ބޮލަށް ބޮންއަޅައި ބަޑިޖަހައި ޝަހީދުކޮށް މަރައި ހުސްކުރަނީއެވެ. ކާބޯތަކެއްޗާއި ފެނާއި އިންސާނީ އެހީ ވެސް އެތެރެވިޔަކަ ނުދެއެވެ. ޔަހޫދީން ގަތުލުއާންމު ހިންގަނީ ހަމައެއްލަމައެއް އެއްވެސް  އުސޫލެއް ހުދޫދެއް ނެތިއެވެ. ހަމައެއް ވެސް ބެލުމެއް ނެތިއެވެ. ރަހުމެއް ހަމްދަރުދީއެއްގެ ކަންފުޅެއްވެސް ނެތެވެ. ހުޅަނގުން ވާގިވެރިވެ ޔަހޫދީން ލައްވައި ކުރުވާ ކަމެކެވެ. އަމާޒާކީ ފަލަސްޠީނުގެ މުސްލިމުންގެ ވަސް ވެސް ފޮހެލުމެވެ. ހަނގުރާމައިގެ ޖަރީމާއަކީ މިއީއެވެ. ހަގީގީ ނިރުބަވެރިކަމަކީ މިއީއެވެ. 

ބައެއް ލަފުޒުގެ މާނަ:

ރޭޑު          ނ.     (1) ސަމާލުނުވެ ތިއްބައި ބަޔެއްގެ ތެރެއަށް ކުއްލިއަކަށް ދެވޭ ޙަމަލާތަކެއް ނުވަތަ ބަޔެއްގެ ތެރެއަށް ބާރާއެކު އަރައިގަންނަ އަރައިގަތުން. (2) ކުށްކުރާ މާޙައުލެއްގެ ތެރެއަށް، އެ ކުށްކުރާ މީހުން ނުދެނެ ތިއްބައި ކަމާބެހޭ އޮފިސަރުން ވަދެ އެ މީހުން އަތުލައިގަންނަ އަތުލައިގަތުން.

ނިރުބަވެރިކަން    ނ.     (1) އާދަޔާ ޚިލާފަށް އުފައްދާ ނުވަތަ ފަތުރާ ބިރުވެރިކަން. (2) ފައިދާއެއް ހޯދާން ނުވަތަ މަގުސަދެއް ހާސިލުކުރާން ދައްކާ ގަދަބަދަވިކަމާއި އާދަޔާ ޚިލާފަށް ގަންނަވާ ބިރު.

ސުންނާފަތި     ނ.     (1) ތަންތަންވާ ހަލާކު. (2) ތަންތަންވާ ފުޑުފުޑު.

ނަސްލުހޭދު     ނ.     އިންސާނީ ނަސްލެއް ނައްތައިލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

އެޑިޓަރުގެ ނޯޓް
ފާޠިމަތު އަފާޝާއަކީ މަދުރަސީ ދައުރުން ފެށިގެން ލިޔުންތެރިކަމަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓަވާ ބޭފުޅެކެވެ. ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު މި ދެ މާއްދާއަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިއެވެ. އޭނާއަކީ ދުނިޔޭގެ ޚާއްޞަކޮށް އިސްލާމީ ދުނިޔޭގެ ޚަބަރުތައް ދިރާސާކުރައްވާ ހުނަރުވެރި ޒުވާނެކެވެ. އޭނާގެ ލިޔުންތައް ބޮޑަށް އަމާޒުކުރައްވަނީ ވެސް އެ ދާއިރާއަށެވެ.

Advertisement

ކޮމެންޓް