Advertisement

މަސް ދުވަސް ވަންދެން ކޮންމެ ދުވަހަކު އިނގުރު ކެއީމާ ވާ ގޮތް އެނގޭތަ!

04 Jun 2024 | 00:15
އިނގުރަކީ ވަރަށް މުހިންމު އެއްޗެކެވެ.

ޒައުޖަތު އަޙުމަދު

އިނގުރަކީ އަޅުގަނޑުމެންގެ ކެއިންބުއިމުގެ ތެރޭގައި ހިސާބަކަށް ބޭނުންކޮށް އުޅޭ އެއްޗެކެވެ. އަގުބޮޑު އެއްޗެއް ވެސް ނޫނެވެ. ނަމަވެސް އިނގުރަކީ އޭގެ ސަބަބުން ހަށިގަނޑަށް ކޮން ކަހަލަ އަސަރެއް ފޯރާ އެއްޗެއްކަމެއް ގިނަ ބަޔަކަށް ވިސްނައިލެވިފައެއް ނޯވެއެވެ.

އިނގުރަކީ އަޅުގަނޑުމެން މި ހީކުރާ ހައި އާދައިގެ އެއްޗެއް ނޫނެވެ. އެއީ ދޫކޮށްލައިގެން ތިބެވޭ ވަރަށް ވުރެ މާ މުހިންމުއެއްޗެކެވެ.

އާދޭހެވެ! ކޮންމެ ދުވަހަކު އިނގުރު ކެއުމަކީ ހަށިގަނޑަށް ވަރަށް ފައިދާކުރާ ކަމެއްކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ. ކޮންމެ ދުވަހަކު ދޮޅު ސެންޓިމީޓަރުގެ އިނގުރުކޮޅެއް ސާފުކޮށްލައި، ކުދިކުދިކޮށް ކޮށައިލުމަށްފަހު ސައިތަށްޓަށް އަޅައިގެން ނުވަތަ ކެއުމަށް ބޭނުންކުރާ ކޮންމެވެސް ކާނާއަކާ އެއްކޮށްލައިގެން ބޭނުންކުރާންވީއެވެ. ހީނުކުރާވަރުގެ ގިނަ ފައިދާތައް ހަށިގަނޑަށް ލިބޭނެއެވެ.

ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި މަސްދުވަސް ވަންދެން މި ގޮތަށް އިނގުރު ބޭނުންކުރުމުން ލިބޭ ފައިދާތަކުގެ ތެރޭގައި ހަށިގަނޑުގައި ހުންނަ އެކިއެކި ދުޅަތައް ފިލުވައިދިނުން ހިމެނެއެވެ. މިފަދަ ދުޅަތަކުގެ ތެރޭގައި ހަޖަމުގެ ނިޒާމުގެ ގުނަވަންތަކުގައި އުފެދޭ ދުޅަ ނުވަތަ އިންފްލެމޭޝަން ހިމެނެއެވެ.

އިނގުރު ބޭނުން ކުރުމުން ހެނދުނު މޭނުބައިކުރާ މީހުންނަށް ލުއި ލިބި އެ ކަމުން ސަލާމަތްވެއެވެ. ޚާއްސަކޮށް މާބަނޑުމީހުންނަށް ދިމާވާ ހޮޑުލުމުގެ މައްސައަށް ލުއި ލިބޭނެއެވެ.

ގައިގެ ހުޅުހުޅުގައްޔާއި ގައިގެ ރިހުމަށް ވެސް އިނގުރު ކެއުމަކީ ރަނގަޅު ފަރުވާއެކެވެ. ގަވާއިދުން ކޮންމެ ދުވަހަކު އިނގުރު ކާ ނަމަ، ގައިގެ ރިހުންތައް މަޑުމަޑުން ފިލައިގެން ދާނެކަމަށް ސިއްޙީ މާހިރުން ވިދާޅުވެއެވެ.

އިނގުރު ކެއުމުން ލިބޭ އެހެން ފައިދާތަކުގެ ތެރޭގައި ބަނޑުހަރުވުމުން ސަލާމަތް ކޮށްދިނުން ހިމެނެއެވެ. ބަނޑު ހިކި/ހަރުވުމުގެ މައްސަލަ ހުންނަ މީހުން ކޮންމެ ދުވަހަކު އިނގުރު ބޭނުންކުރާ ނަމަ، މި ކަމަށް ހައްލު ލިބޭނެއެވެ.

މައްސަރު ދުވަސްވަރު ހުންނަ ތަދަށް ވެސް އިނގުރު ބޭނުންކުރާ މީހުންނަށް ލުއި ލިބެއެވެ. އަންހެނުންނަށް ދިމާވާ މި ދުވަސްވަރުގައި ދަށްބަނޑުގައި ހުންނަ ތަދު ފިލުވައިލުމަށް ޓަކައި ބޭސްކާ މީހުނަށް މިއީ މާ ރަނގަޅު ހައްލެކެވެ.

ގަވާއިދުން އިނގުރު ބޭނުން ކުރުމުން ހަށިގަނޑުގައި ހުންނަ ގޯސް "ކޮލޮސްޓްރޯލް"ގެ މިންވަރު ދަށްކުރުމުގައި ވެސް އެހީތެރިކަން ލިބިދެއެވެ. ވީމާ ދިވެހީން މި ކިޔާ ކޮލޮސްޓްރޯލް މައްޗަށް ދާ މީހުނަށް ވެސް އިނގުރަކީ އެހައިމެ ބޭނުންތެރި އެއްޗެކެވެ.

ކޮންމެ ދުވަހަކު ގަވާއިދުން އިނގުރު ކެއުމުން ލިބޭ އެންމެ މުހިންމު، އެއް ފައިދާގެ ތެރޭގައި ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދިނުން ހިމެނެއެވެ. މިއީ ކުރީއްސުރެ ދިވެހި ސަގާފީ ގަބޫލުކުރުމެއްކަމަށް ވާތީ، އަރިދަފުސް ރޯގާޖެހުމުން އިނގުރު ބޭނުންކުރުމަކީ ދިވެހީންގެ ތެރޭގައި ކުރީއްސުރެ އޮންނަ އާދައެއްކަން ފާހަގަކުރެވެއެވެ.

ހަވާދުގެ ބާވަތަތަކުގެ ތެރޭގައި ހިމެނޭ އިނގުރަކީ ވަރަށް ރަހަގަދަ، އަދި ކާއެއްޗެހީގެ ރަހަ މީރުކޮށްދޭ ބާވަތަކަށް ވުމުގެ އިތުރަށް އޭގައި ވަރަށް ގިނަ ސިއްޙީ ފައިދާތައް ހިމެނޭ އެއްޗެކެވެ. ހަށިގަނޑަށް ބޭނުންތެރި ތަފާތު ގިނަ މާއްދާތައް އިނގުރުގައި ހިމެނެއެވެ. އެ މާއްދާތަކުގެ ތެރޭގައި ވިޓަމިންގެ ގިނަ ބާވަތްތަކާއި މިނެރަލް ވެސް ހިމެނެއެވެ. އެހެންކަމުން، އިނގުރަކީ ބޭސްވެރިކަމުގެ ދިގު ތާރީޚެއް ލިބިފައިވާ ބާވަތެކެވެ. މީގެ އަހަރުތަކެއް ކުރިން ހުރިހާ ބަލިމަޑުކަމެއްގައި ވެސް އިނގުރު ބޭނުންކޮށްފައިވެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ގަވާއިދުން އިނގުރު ކެއުމަކީ ހަށިގަނޑު ރަނގަޅު ސިއްޙަތެއްގައި ބެހެއްޓުމަށް ޓަކައި ވަރަށް މުހިންމު ކަމެކެވެ.

ކުރުކޮށް ދަންނަވާ ނަމަ، އިނގުރަކީ ކޮންމެ ދުވަހެއްގެ ކެއުމގައި ހިމަނާން ޖެހޭ މުހިންމު ބާވަތެކެވެ. އިނގުރުގައި ހުންނަ މާއްދާތަކުގެ ސަބަބުން މޭނުބައިކުރުމާއި ހޮޑުލެވުމާއި ހުޅުދުޅަވުން ފަދަ ކަންކަމުން ދުރުކޮށްދެއެވެ. ހަމައެހެންމެ އިނގުރުގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ކެންސަރު ބައްޔާއި ހިތުގެ ބަލިތަކާ ދުރުކޮށްދެއެވެ. މީގެއިތުރަށް، ހަޖަމު ރަނގަޅުކޮށްދިނުމާއި ހަކުރުބަލީން ދުރުކޮށްދިނުމާއި ސިކުނޑީގެ މަސައްކަތްތަކާ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދިނުން ހިމެނެއެވެ. ވީމާ، އިނގުރަކީ އަޅުގަނޑުމެންގެ ޝިއްޙީ އެކުވެރިއަކަށް ހަދާން އެބަ ޖެހެއެވެ.

އާދޭހެވެ! އިނގުރަކީ އަޅުގަނޑުމެން މި ހީކުރާ ހައި އާދައިގެ އެއްޗެއް ނޫނެވެ. އެއީ ދޫކޮށްލައިގެން ތިބެވޭ ވަރަށް ވުރެ މާ މުހިންމުއެއްޗެކެވެ.

އެޑިޓަރުގެ ނޯޓް
ޒައުޖަތު އަޙުމަދަކީ މަލަރެސް އޮންލައިނުން ވިދައިލި ލިޔުންތެރިއެކެވެ. އޭނާ ވަނީ ތަފާތު މައުޟޫޢުތަކަށް ގިނަ ލިޔުންތަކެއް ލިޔުއްވައިފައެވެ.

Advertisement

ކޮމެންޓް