Advertisement

ވައިޓް ހައުސްގެ ދައުލަތުގެ ކާކޮޓަރީގައި އިނދެ ބައިޑުން މި ދައްކަނީ އަނެއްކާ ކޮން ކަހަލަ ވާހަކަތަކެއް؟

01 Jun 2024 | 00:23
ވައިޓް ހައުސްގެ ކާކޮޓަރީގައި ޖޯ ބައިޑްން (ދުރު ކޮޅުގައި)

އަބާ މުހަންމަދު

އެމެރިކާގެ ރައީސް ޖޯ ބައިޑްން، ވައިޓްހައުސްގެ ރަސްމީ ކާ ކޮޓަރީގައި ހުރެ މެދުއިރުމަތީގެ މައްސަލައާ ބެހޭ ގޮތުން މޮޅު ވާހަކަތަކެއް ދައްކައިފިކަމަށް ރޮއިޓަރސް ބުނެފިއެވެ.

ޖޯބައިޑުން އިއްޔެ ބުނެފައި ވަނީ ހަނގުރާމަ ހުއްޓުމުގެ ފުރިހަމަ, އާ ހުށަހެޅުމެއް އިސްރާއީލުން ހުށަހަޅައިފިކަމަށެވެ. މި ހުށަހެޅުމުގެ ސަބަބުން މެދުއިރުމަތީގެ ތަޅައިފޮޅުމަށް ދާއިމީ ޙައްލެއް އަންނާނެކަމަށް ޖޯ ބައިޑްން ބުނެއެވެ.

އިއްޔެ (ހުކުރު ދުވަހު) ޖޯ ބައިޑްން ބުނެފައިވަނީ ޤަޠަރު މެދުވެރިކޮށް ޙަމާސަށް މި ހުށަހެޅި ޑީލުގައި ތިން ފިޔަވައްސެއް އެކުލެވޭކަމަށެވެ.

ފުރަތަމަ ފިޔަވަހީގައި ހިމެނެނީ ފުރިހަމަ އަދި ދާއިމީ ހަނގުރާމަ ހުއްޓުމަށް މަގުފަހިވާނޭ ގޮތުން ހަ ހަފުތާއަށް "ހަނގުރާމަ" މަޑުޖައްސައިލުމެވެ. ޖޯބައިޑްން މި ކަން އިޢުލާނުކުރީ ވައިޓް ހައުސްގައި އިނދެފައެވެ. މި ޑީލުގައި ޣައްޒާގެ މީސް ގިނަ ސަރަހައްދުތަކުން އިސްރާއީލު ބޭފުން ހިމެނޭކަމަށް ވެސް ޖޯ ބައިޑްނަ ބުނެފައިވެއެވެ. އަދި ކުށްވެރީން ބަދަލުކުރުމުގެ ބުރެއް ވެސް ހިމެނޭކަމަށް ވެސް އޭނާ ބަޔާންކުރިއެވެ.

މިއާ ވިދިގެން އޮންނަ ފިޔަވަހީގައި "އަސީރުންނަށް ދާއިމީ ނިމުން" ގެންނާނެ ގޮތަށް ޣައްޒާ އަލުން ބިނާކުރުމަށް ވެސް ސަމާލުކަން ދޭނެކަމަށް އޭނާ ބުނެފައިވެއެވެ.

މިއީ ކޮން ފަދަ މަކަރުވެރި ހިޔަޅު ބުއްދިއެއްކަމެއް އަދި ނޭނގެއެވެ. މިއީ ޣައްޒާގައި އިސްރާއީލުގެ ޔަހޫދީ ލަސްކަރަށް ކުރިމަތިވަމުން އަންނަ ގެއްލުންތަކުން ސަލާމްތަވުމަށް ޓަކައި ހަދައިލި ހިންތާއަކަށް ވެސް ވެދާނެއެވެ.

ބައިޑުންގެ މި ބަޔާނާ ގުޅިގެން އިސްރާއީލަކުން ވެސް އަދި ޙަމާސަކުން ވެސް އެއްޗެކޭ ބުނިކަމެއް މީޑިއާއަކަށް ތިލައެއް ނުވެއެވެ.

ޔަހޫދީންނަކީ އެ މީހުންގެ މަކަރުވެރިކަމުގެ ސަބަބުން އިތުބާރުކުރާން ހެޔޮވާނެ ބަޔެއް ނޫނެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް އެކި ނޫސްތަކަށް ލިޔެފައިވާ ކުޅދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް
ރިޟުވާނު
ރިޔާސީ ކެމްޕޭން ކައިރިވީވީހެން ވާހަކަތައް ގޮތްގޮތަށް ދައްކާނެ.
02 Jun 2024