ކަރުނައިގެ އަސަރު (17)
ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު
(2024 މޭ 18ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)
________________________________
އަހަރެން ކަލާގެ ހަނދާންތަކުގައި އަހަރުތަކެއް ހޭދަކުރީމެވެ.
ކަލާއަށް އަޅުކަން ކުރެވުނީ ޚިޔާލާއި ފިކުރުތަކުގެ ތެރޭގައެވެ.
__________________________________
ރާޖީ މިއަދު ހުރީ ވަރަށް ދެރަވެފައެވެ. އެހެން މީހުން ވެސް އޭނާއަށް ބަލައިލީމާ، އޭނާ ދެރަވެފައިވާކަން އެނގޭވަރަށް އޭނާ ވަނީ ދެރަވެފައެވެ.
ބިންދޫ ބޭނުންވަނީ އޭނާއަށް ހޫނު ޒިލޭބީއެއް ދޭށެވެ. ------- އެހެންނަމަވެސް ކޮތަޅުގައި ޒިލޭބީއެއް ނެތްކަމަށް އޭނާއަށް ހީވާ ފަދައަކުން އޭނާ ތެޅިގަތެވެ.
"ރާޖީ ދަރިފުޅާ! -------- ޒިލޭބީއެއް ނަގައިބަލަ!------"
"ހިތް ރަނގަޅެއްނޫނޭ، ބިންދޫ -----!"
އޭނާގެ އަޑުގައި ޝަހުވަތުގެ ތެރެއިން ތިކިތައް ފައިބަމުންދިޔައެވެ.
"ރާޖީގެ ހިތަށް ވީ ކިހިނެއްހެއްޔެވެ.------؟"
މުސްކުޅި ބިންދޫ، ރާޖީ ދެރަވެފައިވާ ތަން ފެނިގެން ދެރަވިއެވެ.
"އަހަންނަށް އެނގޭނީ ކިހިނެއްހެއްޔެވެ؟.--------؟"
ރާޖީ ބުންޏެވެ. ------- އެއަށް ފަހު، ބިންދޫއާ ދިމާއަށް ބަލަމުން ގެންދިޔައެވެ.
ރާޖީ އުސް ފަރުބަދާއާ ދިމާއަށް ދިޔައެވެ. އޭނާ ފަރުބަދަމަތީގެ ތަނެއްގައި އިށީނދެގެން އިނދެ ވާދީގެ ތެރޭގައިވާ ޚާން އަކުބަރުގެ ރެސްޓްހައުސްއަށް ބަލަމުން ދިޔައެވެ. އޭނާގެ ލޮލުގައިވަނީ ވީރާނާކަމެވެ.
އޭނާގެ ލަވައިގައި މަސްތުވެގެން މޮޔައެއްފަދައިން އެއްޗެއް ވިސްނާން އޭނާ އިނެވެ.
ކުއްލިއަކަށް ކޮންމެވެސް ދިމާއަކުން އަފްޒަލު ނުކުމެގެން އައިސް އޭނާގެ ކުރިމަތީގައި ހުއްޓުނެވެ.
"އޭތް!---- ތިޔަ ވިސްނަނީ ކޮންކަމަކާތަ؟-------"
ރާޖީ ސިއްސައިގެން ގޮސް އަފްޒަލާ ދިމާއަށް ބަލައިލިއެވެ. ---- އަދި ރުޅިމޫނުހަދައިލަމުން ބުންޏެވެ.
"ކިސްތީ ޣަރަޤު ވެއްޖެއެވެ. ------ ތެދެއްބުނާންހެއްޔެވެ؟ ---- އަހަރެންގެ ކައިވެނީގެ ވާހަކަ ----"
"ކީކޭ ----------؟"
ރާޖީގެ ކައިވެނީގެ ވާހަކައިގެ ޖުމްލައިން އަފްޒަލަށް ވަރަށް އަސަރު ކުރިއެވެ.
"އަހަރެންގެ ކައިވެނިވަނީއެވެ. -------"
"ހުވަފެނުންނެވެ. ---------"
ރާޖީ، އަފްޒަލް ބިރުގަންނަވައިލިއެވެ.
"ކައިވެނިކުރެވެނީ ކާކާތަ؟"
"އަހަންނަށް އެނގޭނީ ކިހިނެއްޔެވެ؟------- އަދި އަހަންނަކަށް އޭނާއެއް ނުވެސް ފެނެއެވެ. ------ އަހަރެން އަފްޒަލަށް އޮޅުވާލިނަމަ ------"
"އޯވ ------ އަހަރެން ވަރަށް ދެރަވާނެއެވެ.-------"
"އަފްޒަލު ދެރަވާންވީ ކީއްވެ؟'
"ރާޖީގެ ހުވަފެން ވިއްސިވިހާލިވީ އަހަރެން އައުމުންހެއްޔެވެ؟"
"އަފްޒަލަށް އާދެވުނުކަމީ ރަނގަޅަށް ވީކަމެކެވެ. އެހެންނޫންނަމަ، އަހަންނަށް އޭނާގެ މޫނު ފެންނާނެއެވެ."
ރާޖީ ކުއްލިއަކަށް ބުންޏެވެ.
"އެހެންވީއިރު އަހަރެން މިހައިރު ހިނގައިދާނަމެވެ. ------- ފަހަރެއްގައި އޭރުން އޭނާގެ މޫނު ފެނިދާނެއެވެ."
ކުއްލިއަކަށް އަފްޒަލަށް މިވީ ގޮތެއް ނޭނގެއެވެ. ރާޖީއަށް ނުބަލައިހުރެ އަފްޒަލު ބުންޏެވެ.
"ރާޖީ އަހަންނާ ކައިވެނިކުރާންވީ ނޫންހެއްޔެވެ؟."
"ކީކޭ -------؟"
ރާޖީ ހިތްނުތަނަސްކަމާއެކު ސިއްސައިގެން ގޮސް ބުންޏެވެ.
"އަފްޒަލު ތިޔަ ބުނީ ކީކޭހެއްޔެވެ؟"
ރާޖީ ތޫނު ބެލުމަކުން އަފްޒަލަށް ބަލައިލަމުން ބުންޏެވެ.
"އަފްޒަލު އަހަރެންދެކެ ލޯބިވަނީހެއްޔެވެ؟"
"އަހަރެން އަފްޒަލާ އިންނާންވީހެއްޔެވެ؟"
ރާޖީ ޙައިރާންކަމާއެކު ލޯމަރައިލަމުން ބުންޏެވެ.
"އާނއެކެވެ. ރާޖީ! އަހަރެން ރާޖީއަށް ރީތި ހެދުން ހޯދައިދޭނަމެވެ. ކިރާއި ޒިލޭބީވެސް ގެނެސްދޭނަމެވެ."
"އަދި -------- އަހަރެން ------ ކައިވެންޏެއް ނުކުރާނަމެވެ."
ރާޖީ އަތް އުފުލައިލުމަށް ފަހު، ބުންޏެވެ.
"އެއީ ކީއްވެ؟ ------ ރާޖީއަށް އަހަރެން ކަމުނުދަނީހެއްޔެވެ؟"
އަފްޒަލު ތެޅިގެންފައި ބުންޏެވެ.
"ފެންނަ ފެނުމަށް އަފްޒަލު ރަނގަޅުހެން ހީވެއެވެ. ----- އެކަމަކު އަފްޒަލުގެ ބައްޕައަކީ ބާސްޓަރޑެކެވެ."
"ކީއްވެ؟ ----- ރާޖީއަށް އަހަރެންގެ ބައްޕަ ކުރީ ކީއްހެއްޔެވެ؟"
އަފްޒަލު ރޮވޭ ކަހަލަ ގޮތެއްގައި ބުންޏެވެ.
"އަފްޒަލު ބައްޕަ މަރުވުމުން --------" ރާޖީ ބުންޏެވެ.
އަފްޒަލު އިންތަނުން އެހެންތަނަކަށް ބަދަލުވިއެވެ.
"އަފްޒަލު ދެން ބުނެބަލަ -------!"
ރާޖީ ނިތްކުރީގައި ދެބުމަ ގޮށްޖަހައިލަމުން ބުންޏެވެ.
"އަހަރެންނަށް އެނގޭނީ ކިހިނެއްޔެވެ؟"
އަފްޒަލު، ރާޖީގެ އެ ޖުމްލަ ތަކުރާރު ކޮށްލިއެވެ.
ރާޖީ ތޫނު ނަޒަރަކުން އަފްޒަލަށް ބަލައިލަމުން ބާރަށް ބުންޏެވެ.
"އެހެންވީއިރު އަފްޒަލު އިންނާންވީނު؟"
"އާނ! ------ އަހަރެންގެ ހިތް އެދެއެވެ."
"އެހެންވީ އިރު، އެއް ކަމެއް ކޮށްލައިދޭށެވެ."
"ކޮންކަމެއް -------؟"
"އަފްޒަލުގެ ބައްޕަގެ ކަރުގައި ހިފައި މަރައިލާށެވެ."
އަފްޒަލު ދަތްކުޑި ވިކިގެންދިޔައެވެ. އެއަށް ފަހު، އާދަޔާ ޚިލާފު ގޮތަކަށް ރާޖީއަށް ބަލައިލަމުން ބުންޏެވެ.
"ރާޖީ އަހަރެންގެ ބައްޕަ މަރައިލާން ބޭނުންވަނީ ކީއްވެހެއްޔެވެ؟"
"އަހަންނަށް އަފްޒަލު ބައްޕަ ފެންނަނީ ނުލަފާ މަކަރުވެރިއެއްގެ ގޮތުގައެވެ."
"ނޫނޭ ---- އަހަރެންގެ ބައްޕަ މަރައެއްނުލެވޭނެއެވެ. ތިޔައީ އަހަންނަށް ވާނެ ކަމެއް ނޫނެވެ."
"އެހެންވީ އިރު، ދާށެވެ! ------ ގޮސް ނިދައިލާށެވެ! ------- އަހަރެން އަފްޒަލަކާ ނީންނާނަމެވެ."
ރާޖީ ވަރަށް ހަރުކަށިކަމާ އެކު، ބުންޏެވެ.
"ރާޖީ ރުޅިމަޑުކޮށްބަލަ!. ------ އެ މީހެއްގެ މަރުގެ ވަގުތު ޖެހުމުން އެ މީހެއްގެ މަރު ހިތްޕަވާނެއެވެ."
"އެހެންވީ އިރު، މިހާރު ވަގުތު ޖެހުނީކަމަށް އަފްޒަލު ވިސްނާށެވެ! ----- އޭނާގެ ކަރުގައި ދެއަތުން ހިފައި މަރައިލާށެވެ."
"ރާޖީއަށް އަހަރެންގެ ބައްޕަ ކުރީ ކީއްހެއްޔެވެ؟"
"އަހަންނަކަށް ނޭނގެއެވެ. ------ އަހަރެންނަށް އަފްޒަލު ބައްޕަ ރަނގަޅެއްނޫނެވެ."
"އޭގެ މާނައަކީ، ރާޖީއަށް ރަނގަޅު ނޫން ކޮންމެ މީހެއްގެ ކަރުގައި އަހަރެން ހިފައި މަރައިލާން ވީހެއްޔެވެ؟"
"ނޫނެކޭ -------- އަވަށުގެ މީހުންގެ ތެރެއިން އަހަންނަށް ކަމުނުދާ މީހަކީ ހަމައެކަނި އަފްޒަލުގެ ބައްޕައެވެ.
"އެހެންތަ؟ އެންމެ ރަނގަޅު! ----- އަހަރެން ރާޖީ ބުނިކަންތައް ކުރާނަން."
ވާހަކަ ނިންމައިލާން ވެގެން އަފްޒަލް ބުންޏެވެ.
"އެންމެ ރަނގަޅު! އަފްޒަލު ------!"
"ދެން އަހަރެމެން ދެ މީހުންނަށް އިނދެވޭނެ ނޫންހެއްޔެވެ؟"
"އިނދެވޭނެއެވެ. ----- އެކަމަކު ޖަހައި އަނިޔާކޮށްގެންނެއް ނުވާނެއެވެ."
"ރާޖީ ތިޔަ ހެން ތިޔަ ބުނީ ކީއްވެ؟"
އަފްޒަލު ފުރަތަމަ ފަހަރަށް ހިނިތުންވެލިއެވެ.
"އަހަންނަށް ހުރިހާކަމެއް ވެސް އެނގެއެވެ. -------"
ރާޖީ ބިރުގެންފައި ވާ ގޮތެއްގައި ބުންޏެވެ.
"އަހަރެންގެ ކައިރީގައި އެއް ފަހަރުނަމަވެސް ބުނެބަލާށެވެ."
ރާޖީ، އަފްޒަލަށް ބަލައިލަމުން ހިނިތުންވެލައިފައި ބުންޏެވެ.
"އެ ސާލިމު އެނގޭނު ދޯ؟ ----- އޭނާ އިނީ ޝިނޫއާއެވެ. އަހަންނަށް އަބަދު ފެންނާނީ ޝިނޫއަށް ސާލިމު އަނިޔާކުރާ ތަނެވެ. ----- ނާއިމު ވެސް އެނގޭދޯއެވެ؟ ------ އޭނާވެސް އަބަދު ޝަބްރާތީއަށް އަނިޔާކުރާނެއެވެ. -------- އަނިޔާކޮށްފައި ދެން ނުކުރާނެކަމަށް ހުވައި ވެސް ކުރާނެއެވެ. އެކަމަކު އަނެއް ދުވަހު ވެސް ފެންނާނީ އަނިޔާކުރާ ތަނެވެ. ޝަބްރާތީއަށް ތިޔަ އަނިޔާކުރަނީ ކީއްވެހޭ؟ އަނިޔާނުކޮށް އޭނާ ދޫކޮށްލާށޭ އެއް ދުވަހަކު އަހަރެން ބުނީމާ އަހަންނާ ދިމާއަށް ދެލޯ ބޮޑުކޮށްފައި އެ ނާއިމު ލޯއެޅީއެވެ."
"އަދި ބުންޏެވެ. --------"
"މިއީ އަހަރެންގެ އަނބިމީހާއެވެ. މިދޭތެރެއަށް ވަންނާން ނޫޅޭށެވެ."
"އަހަރެން ރާޖީއަކަށް އަނިޔާއެއް ނުކުރާނަމެވެ."
އަފްޒަލު ފުން ނޭވާއެއްލުމަށް ފަހު ބުންޏެވެ.
"ތިޔަ ބުނަނީ ހަމަ ތެދަށްހެއްޔެވެ؟"
ރާޖީ އޭނާގެ މަޢުޞޫމިއްޔަތުކަމާ އެކު ބުންޏެވެ.
"ރާޖީ ގަންދީ އަހަރެން ހުވައިކުރަމެވެ."
"އަހަރެން ގަންދީ ހުވާކުރާންވީ ކީއްވެހެއްޔެވެ؟"
ރާޖީ ބުންޏެވެ.
"އަހަރެންނަށް ރާޖީ ކަމުދާތީއެވެ."
އަފްޒަލު ބުންޏެވެ.
"އަފްޒަލަށް އަހަރެން ކަމުދަނީ ކިހާވަރަކަށްހެއްޔެވެ؟"
"ވަރަށް ބޮޑަށެވެ. ------- އަހަރެންގެ މޭގައި ރާޖީ ޖައްސައިލައި ލޯބިކޮށްލާން އަހަރެންގެ ހިތް ބުނެއެވެ."
"ދެން ------- އަފްޒަލު އުޅޭގޮތެއް -------" ރާޖީ ވަގުތުން ލަދުގަތެވެ.
އަފްޒަލު، ރާޖީއަށް ބަލަމުންދިޔައެވެ.
ކުޑައިރުކޮޅެއްގެ ފަހުން ރާޖީގެ އަތުގައި ހިފައިލަމުން ބުންޏެވެ. "ރާޖީ މަންމަ ކައިރީގައި އެވާހަކަ ދައްކާލަމާ ހިނގާށެވެ."
"ކޮންވާހަކައެއް ------؟" ރާޖީ މަޢުޞޫމިއްޔަތު ކަމާއެކު ބުންނެވެ.
"ކައިވެނީގެ ވާހަކަ -------"
"ލަދެއްވެސް ނުގަނޭތަ؟ ------ އަހަރެން ނުދާނަމެވެ."
ރާޖީގެ މޫނު ރަތްވަމުންދިޔައެވެ.
އަފްޒަލު ބާރަށް ހޭންފެށިއެވެ. އަދި ބުންޏެވެ.
"އެންމެ ރަނގަޅެވެ. މިއަދު އެހައި ދެރަވެފައި ތިޔަ އިނީ ކީއްވެކަން ބުނެދީފައިނާންހެއްޔެވެ؟"
"ރޭގައި ބޭބެއެއް ނާދެއެވެ. -------- ވަޒީފާ އަދާކުރަނީ ސިޓީގައެވެ."
"ކޮންމެވެސް މަސައްކަތެއް އޮތީކަމަށް ވެދާނެއެވެ."
އަފްޒަލު ބުންޏެވެ.
"މަސައްކަތް ނިމުނީމާ އަންނާނެއެވެ."
"ރާޖީ ކަންބޮޑުނުވާށެވެ. ------- ބޭބެ އަންނާނެއެވެ. ------- ތެދުވެގެން އަހަންނާއެކު ހިނގާށެވެ. ----- އަހަންނާ އަފްޒަލު އިންނާންޏާ ހިނގާށެވެ. ބައްޕަ ކައިރީގައި އެވާހަކަ ދައްކަންޏާ އަފްޒަލު އެހެންމީހަކާ އިންނާށެވެ."
"އަހަރެން އޭނާ މަރައިލާނަމެވެ."
ރާޖީ ރުޅިއައިސްގެން ހިލަތަކުގައި ފައިން ބާރަށް ޖަހަމުން ބުންޏެވެ. އެވަގުތު އޭނާގެ ފައިގެ ގިގުނިފަތީގެ އަޑު ޖައްވު ތެރެއަށް ފެތުރިގެން ދިޔައެވެ.
"އެހެންތަ؟ އެންމެ ރަނގަޅު! ----- އަހަންނާއެކު އާދެބަލާށެވެ."
"ހިނގާށެވެ. ----- އަހަރެން ބިރުން ހަލާކުކޮށްފިއެވެ. -------" ރާޖީ ކޮޅަށް ތެދުވެއްޖެއެވެ.
އަދި އަފްޒަލު -------------- އެ ކަމަށް ޓަކައި އެމީހުން ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.
މަގުމަތީން ބިންދޫ ދިމާވެގެން ރާޖީ ކައިރީގައި އަނެއްކާ ވެސް ބުންޏެވެ.
"ރާޖީ، ދަރިފުޅާ! ------ ޒިލޭބީއަށް ނަގާބަލަ!"
"ބިންދޫ ތިހުރީ ހަދައިފައި ހާދަ ޒިލޭބިއެކޭ ------ އަހަރެން ގެއަށް ވެސް ގެންދާން ބޭނުމޭ" ރާޖީ ބުންޏެވެ.
"ގެއަށް ގެންދަނީ ކީއްކުރާންހެއްޔެވެ؟"
"ކައިވެނި ކުރާތީއެވެ."
ރާޖީ، ބިންދޫ ކުރިމަތީން ދަމުން އެހެންބުންޏެވެ.
ބިންދޫ، އަފްޒަލަށް ބަލައިލިއެވެ.
އަފްޒަލު ހިނިތުންވެލުމަށް ފަހު ކުރިއަށް ހިނގައިގަތެވެ.
ދެ މީހުން ވެސް ------ ޙާޖިރާ ބޭގަމް ކައިރިއަށް ދިޔައެވެ.
ރާޖީ އަވަސް އަވަހަށް ބުންޏެވެ.
"މަންމާ! ------ އަފްޒަލު ބުނާއެއްޗެއް ރަނގަޅަށް ވިސްނައިގެން އަހާށެވެ. -------"
ޙާޖިރާ ބޭގަމް ފިޔާ ކޮށާން ހުރެފައި ސިއްސައިގެން ގޮސް އަފްޒަލަށް ބަލާންފެށިއެވެ.
އަފްޒަލު ހިނިތުންވެލަމުން ޙާޖިރާ ބޭގަމް ކައިރީގައި އިށީނެވެ. ------ އަދި މަޑުމައިތިރިކަމާއެކު ބުންޏެވެ.
"ރާޖީ މަންމާ! ------ އަހަރެން ރާޖީއާ އިންނާން ބޭނުމެވެ."
"ކީ -------- ކީކޭ --------؟"
ޙާޖިރާ ބޭގަމްގެ ދެލޯ ހައިރާންވެގެން ބޮޑުވެގެންދިޔައެވެ.
"ޢާމިރު ބޭބެ ސިޓީން އައުމުން ޢާމިރުބޭބެއާ ވާހަކަ ދައްކާނަމެވެ."
"ރާޖީ މަންމަ ތިޔަ ހެން ތިޔަ ބުނީ ކީއްވެހެއްޔެވެ. ---------؟'
"އަހަންނަކީ ގޯސް މީހެއްނޫނޭ -------"
ޙާޖަރާ ބޭގަމް ހިތް ކުއްލިއަކަށް ބާރަށް ތެޅޭން ފެށިއެވެ. އެހެންނަމަވެސް އެކަން ފޮރުވަމުން ބުންޏެވެ.
"އަފްޒަލުގެ ބައްޕަ ކުރެން އަފްޒަލު އެހިންތަ؟"
"ބޭނުމަކީ ކޮބައިހެއްޔެވެ؟"
"ވާހަކަ ދައްކާލީމާތާ އެނގޭނީ ----"
ރާޖީ އެތެރެށް ގޮސް ދޮރުކައިރީގައި ހުއްޓުނެވެ. އަދި ގިގުނިފަތި އޮތް ފައިން ބިންމަތީގައި ޖަހަމުން ބުންޏެވެ.
"މަންމަ ކަންބޮޑުނުވާށެވެ. ------ އަފްޒަލުގެ ބައްޕަގެ ކަރުގައި ހިފައި މަރައިލާން އަހަރެން އަފްޒަލު ކައިރީގައި ބުނެފީމެވެ.----- އޭނާ ނިދާފައި އޮއްވާ މަރުވީކަމަށް ހީކޮށްލާށެވެ."
"ރާޖީ އަނގަ މަޑުންލައިގެން ހުންނާށެވެ."
ޙާޖިރާ ބޭގަމް ލޯބީން އެއްޗެހި ކިޔާ ގޮތަށް ބުންޏެވެ.
އަފްޒަލް އަވަސް އަވަހަށް ބުންޏެވެ.
"ރާޖީ މަންމާ! ޢަހަންނަށް އިތުބާރުކުރާށެވެ! ޢާމިރަކީ އަހަރެންގެ ރަޙުމަތްތެރިއެކެވެ. ރާޖީއަށް އެއްވެސް ދެރައެއް ދިނުމުގެ ވިސްނުމެއް އަހަރެންގެ ނެތެވެ."
ޙާޖިރާގެ ލޮލުން ކަރުނަތައް އޮހެރެމުންދިޔައެވެ. ------- އެހެންނަމަވެސް ޙާޖިރާ ނުރޮވޭތޯ ވަރަށް މަސައްކަތްކުރިއެވެ.
"ރާޖީ މަންމާ!--- ތިޔަ ޢާއިލާގެ ހިތްދަތިކަމުގައި އަހަރެންވެސް ބައިވެރިވަމެވެ. ރާޖީ މަންމަ ކަންބޮޑުނުވާށެވެ. އަހަރެން ރާޖީ ގެންގުޅޭނީ މަލެއް ފަދައިންނެވެ. އަހަރެން މި ކަން މި ނިންމީ ވަރަށް ވިސްނުމަށް ފަހުގައެވެ."
"އެންމެ ރަނގަޅު! ------- ޢާމިރު އައުމުން ވާހަކަ ދައްކާނަމެވެ.------ އޭނާ ރޭ ނައީ ކީއްވެގެން ކަމެއްނޭނގެއެވެ. ----- މީގެ ކުރީން ދުވަހަކު ވެސް މިހެންނެއް ނުވެއެވެ." ޙާޖިރާ ބޭގަމް ވިސްނަމުން ބުންޏެވެ.
"ކޮންމެވެސް މަސައްކަތެއްގައި ތާށިވީ ކަންނޭނގެއެވެ. --------"
އަފްޒަލު މަޑުމައިތިރިކަމާ އެކު އެހެންބުނުމަށް ފަހު، ކޮޅަށް ތެދުވެއްޖެއެވެ. ------ އަދި ރާޖީއަށް ބަލައިލަމުން ބުންޏެވެ.
"ރާޖީ!--- މިހައިރު އިރުއޮއްސެނީއެވެ. ދެން ގެއިން ބޭރަށް ނުދައްޗެވެ. -------"
ރާޖީ ވަރަށް ރުޅިއައިސްގެން އަފްޒަލާ ދިމާއަށް ބަލައިލިއެވެ. އެއްވެސް ގޮތެއްގައި ބަންދުވެގެން ހުރުމަކީ ރާޖީ ބޭނުންވާ ގޮތެއް ނޫނެވެ.
އަފްޒަލު ހިނިތުންވެލަމުން ދޮރާ ދިމާއަށް ހިނގައިގަތެވެ.
ރާޖީ ދުވެފައި އޭނާގެ މަންމަ ޙާޖިރާ ބޭގަމް ކައިރިއަށް އައެވެ.
"މަންމާ! ------- އޮޅުވައިނުލައްޗެވެ. ----- އާނއެކޭ ބުނާށޭ ބޭބެ ކައިރީގައި ބުނެދޭށެވެ.
"ބޭބެކައިރީގައި އާނއެކޭ ބުނާށޭ ބުނާންވީ ކޮންކަމަކަށް -------" ޙާޖިރާ ބޭގަމް ބުންޏެވެ.
"އަހަރެން ކައިވެނީގެ ވާހަކަ -------"
"ދަރިފުޅު އެ ކަމާ ދެރަވެ ކަންބޮޑުނުވާށެވެ. ދަރިފުޅު އެދޭ ގޮތަށް އަފްޒަލާ ދަރިފުޅު ކައިވެނިކުރެވޭނެއެވެ.-----" ޙާޖިރާ ބޭގަމް ފިނި ނޭވާއެއްލަމުން ބުންޏެވެ.
"ލޯބި ޖޯޑެއްނޫންހެއްޔެވެ؟. ------- ރީތި ހެދުން ލައްވާނާންދޯއެވެ. ------ އެހެންނޫންހެއްޔެވެ؟ މަންމާ!"
ގަދަފަދަ ޖަޒުބާތެއްގައި ތުރުތުރުއަޅައަޅައި ހުރި ޙާޖިރާ ބޭގަމް، އޭނާގެ މޭގައި ރާޖީ ޖައްސައިލައި ރާޖީ ގައިގައި ބައްދައިލިއެވެ. އޭނާގެ ލޮލުން މުތީތަކެއް ފަދަ ކަރުނަތައް އޮހެރެމުންދިޔައެވެ.
ރާޖީ، އޭނާގެ މަންމަގެ ގައިން ދޫކޮށްލުމަށް ފަހު، އެތެރެއަށް ހިނގައްޖެއެވެ.
ޙާޖިރާ ބޭގަމް އަފްޒަލާ މެދު ވިސްނަމުންދިޔައެވެ.
އޭނާއަކީ ރަނގަޅު ޒުވާނެކެވެ. އެކަމަކު އޭނާގެ ބައްޕައަކީ ނުލަފާ މަކަރުވެރިއެކެވެ.
އަހަރެންގެ ދަރިފުޅު އަފްޒަލުގެ ޢުމުރު ދިގު ކުރައްވާށިއެވެ.
ޙާޖިރާ ބޭގަމް، އަފްޒަލަށް ޓަކައި ހެޔޮ ދުޢާކުރިއެވެ.
އެއަށް ފަހު ކަރުނައިން ފުރިގެންވާ ރާގެއްގައި ޙާޖިރާ ބޭގަމް ސިއްރުސިއްރުން ބުންޏެވެ.
"މާތް ﷲ ތިބާ ރައްކާތެރި ކުރައްވާށިއެވެ. ----- ތިބާގެ މައްޗަށް އެއްވެސް މުޞީބާތެއް ނުފޮނުއްވާދޭނވެ."
"އެއީ ކޮންފަދަ މާތް ކުއްޖެއްހެއްޔެވެ؟"
"އަހަރެންގެ ދަރިއެއްކަމުގައި އޭނާ ވެގެންދާނެނަމައޭ ހިތަށް އަރައެވެ. އިރާދަކުރެއްވިއްޔާ އެ ކަން އެ ގޮތަށް މެދުވެރިކުރައްވާނެއެވެ. ------- އޭނާއަކަށް ދެން އިތުރަށް އެއްޗެއް ނުބުނެވުނެވެ. އޭނާގެ އަޑު އެއްކޮށް ބެދިއްޖެއެވެ.--------"
-----------------------------------------------------
(އަދި ނުނިމޭ)