Advertisement

އިސްލާމީ ޢަޤީދާއާ ބެހޭ ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން ވަރަށް ކާމިޔާބު

21 May 2024 | 16:03
އިސްބޭފުޅުންނާއެކު ބައިވެރިން ފޮޓޯއަކަށް ހުއްޓިލައިގެން (ފޮޓޯ: ފަރަގު މީޑީއާ)

ޢަބާ މުޙަންމަދު

ސުޢޫދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާއި ވަޤުފާއި އާންމު އިރުޝާދުތަކާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ދެ ދުވަހުގެ މުއްދަތަށް މާލޭގައި ހިންގެވި އިސްލާމީ ޢަޤީދާއާ ބެހޭ މަސައްކަތު ބައްދަލުވުމެއް ވަރަށް ކާމިޔާބުކަމާއެކު ނިންމަވައިލައްވައިފިއެވެ. 200 ވަރަކަށް ބައިވެރީންނާ އެކު ކުރިއަށް ގެންދެވި މި މަސައްކަތުބައްދަލުވުން ނުވަތަ ދައުރާގައި ބައިވެރިވި ބައިވެރީންނަށް ސަނަދުތައް ބައްސަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމް ފަޟީލަތުއްޝައިޚު މުޙަންމަދު ލަޠީފާއި އިސްލާމީ ޔުނިވަރުސިޓީގެ ވައިސް ޗާންސެލާރ ޑރ. ޢަލީ ޒާހިރާއި ސަޢުދީ ވަފުދުގެ އިސް ބޭފުޅުންނެވެ.

ޢަރަބިބަހުން ކުރިއަށް ގެންދެވި މި މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތުދެއްވީ ސަޢުދީ ޢަރަބިއްޔާގެ ޢިލްމުވެރީންނެވެ. ހޯމަދުވަހާއި އަންގާރަދުވަހު ބޭއްވި މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިކުރެއްވީ ކޮންމެވެސް ވަރަކަށް ޢަރަބިބަހުން މުޢާމަލާތުކުރާން އެނގޭ ދިވެހީންކަމަށް ފަރަގަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންކަމުން ރާއްޖޭގެ މަޝްހޫރު ބައެއް ޢިލްމުވެރީން ވެސް މި ދައުރާގައި ބައިވެރިވެވަޑައިގަތްކަން ފާހަގަކޮށްލެވުނެވެ.

އިސްލާމީ ޢަޤީދާގައި ހުންނަ ޚުރާފާތްތަކާއި ބިދުޢަތައް އަންގައިދެއްވައި އަހުލުއްސުންނަތި ވަލްޖަމާޢަތިގެ ސާފު ސީދާ ޢަޤީދާއާ ބެހޭ ގޮތުން މި މަސައްކަތު ބައްދަލުވުމުގައި ބައިވެރީނަށް މަޢުލޫމާތުދެއްވިއެވެ.

މާތް ﷲ ވޮޑިގެންވުމާއި އެކަލާނގެ ކަށަކުޅަދުންވަންތަކަމާއި ހުރިހައި އުނި ސިފަތާކަކާއި ކަންކަމުން އެ ކަލާނގެ ހުސްދުރުވެވޮޑިގެންވާކަމަށް ގަބޫލުކުރުމާއި ކޮންމެ ކަމެއްގެ މައްޗަށް އެ ކަލާނގެ ކުޅަދުންވަންތަކާއި އެ ކަލާނގެއަށް އެއްވެސް ކަމެއްގައި ޝަރީކަކު ނުވާކަމާއި އެއްވެސް ކަމަކަށް އެއްވެސް ފަރާތަކުން އެ ކަލާނގެ ކަމަކަށް ބޭނުންވެވޮޑިނުގަންނަވާކަމާއި އެ ކަލާނގެއަށް ފެށުމެއް ނިމުމެއް ނުވާކަމާއި އެ ކަލާނގެ އެއްވެސް އެއްޗަކުން އުފަންވެވޮޑިނުގަންނަވާކަމާއި އަދި އެ ކަލާނގެއަށް އެއްވެސް އެއްޗެއްގެ އުފަންވުން ރައްދުނުވާނޭކަމާއި ހުރިހައި މަޚުލޫޤުން އަބަދުމެ އެ ކަލާނގެއަށް ބޭނުންވާކަމާއި މި ފަދަ އެންމެހައި ކަންކަން ހިތުގައި ޝައްކެއް ނޯންނަ ވަރަށް ތެދުކޮށް ގަބޫލުކޮށް އެ ކަމަށް ހެކިވުމަކީ ތައުޙީދުގެ އެންމެ މުހިންމު ބަޔެވެ. ޢިލްމުވެރީން ވިދާލުވާ ގޮތުގައި ތައުޙީދުގެ މައިގަނޑު ތިންބައެއް އޮވެއެވެ. އެއީ ތައުޙީދުލްއުލޫހިއްޔަތާއި ތައުޙީދުއްރުބޫބިއްޔަތާއި ތައުޙީދު އަސްމާއި ވައްޞިފާތިއެވެ. މީގެ ތަފުޞީލުތައް ތައުޙީދުގެ ފިލާވަޅުތަކުން ތިޔަބޭފުޅުންވިދާޅުވެފައި ވާނެއެވެ.

ސުޢޫދީ ޕާސްޕޯޓުގެ ނަމުގައި އިއްޔެ ތަޢާރުފުކުރެއްވި ސިމް ކާޑު އިފްތިތާޙުކުރެއްވުމުގެ ތެރެއިން<br>

ކޮންމެއަކަސް މިއަދު ބޭއްވި ދައުރާއަކީ ވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގަވާ ގިނަގުނަ ޕްރޮގްރާމްތަކުގެ ތެރެއިން ހިންގުނު ޕްރޮގްރާމެކެވެ. މި ފަދަ އިތުރު ދައުރާއެއް އަދި މިއަހަރު އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އޮފިޝަލަކު "ފަރަގު" މީޑިއާއަށް މަޢުލޫމާތުދެއްވިއެވެ.

މި ކަންތައް މިހެން ހިނގަމުން ދިޔަ އިރު، އުރީދޫ މެދުވެރިކޮށް އިއްޔެ ވަނީ ޙައްޖާއި ޢުމްރާ އަދާކުރައްވާ ދިވެހީންނަށް އުފާވެރި ޚަބަރެއް ދެއްވައިފައެވެ.

އެއީ ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބޭނުންކުރެވޭ ގޮތަށް އުރީދޫއިން "ސައުދީ ޕާސްޕޯޓު"ގެ ނަމުގައި ރޯމިންގ ސިމެއް ތައާރަފުކުރުމެވެ. މި ސިމް ތަޢަރަފުކުރެއްވީ އުރީދޫއާއި އިސްލާމީ ވުޒާރާއާއި ހައްޖު ކޯޕަރޭޝަންގެ ވެރީން ގުޅިގެން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ސިމް މި އަހަރުގެ ޙައްޖު މޫސުމުގައި ވެސް ސުޢޫދީ ޢަރަބިއްޔާގައި ބޭނުންކުރެވޭނެއެވެ.. މި ވައްތަރު ސިމެއްގެ އަގަކީ އެންމެ އެއް ހާސް ރުފިޔާއެވެ. މި ސިމް ސައުދީއަށް ފުރުމުގެ ކުރިން އުރީދޫން ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. އަދި ސުޢޫދީ އެއަރޕޯޓަށް ފޭބުމާ އެކު ސިމް ލައްވައިލިޔަސް ވަގުތުން އިންޓަރނެޓްގެ ޚިދުމަތް ލިބޭނެއެވެ. މިއީ އުމްރާއަށް ދާ މީހުންނާއި ހައްޖުވެރީންގެ ފަސޭހައަށް ޓަކައި ވަރަށް މުހިންމު ޚިދުމަތަކަށް ވާނެކަން ކަށަވަރެވެ.

                 ____________________________________

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔެފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް