Advertisement

ރައީސީ އަވަހާރަވިކަން އީރާނަށް ވުރެ ކުރީން އެމެރިކާއަށް އެނގުނީ ކީއްވެ؟

20 May 2024 | 06:51
އީރާންގެ ރައީސް ހެލޮކޮޕްޓަރުގައި އަޒަރުބައިޖާނަށް ވަޑާއިގަންނަވަނީ

އަބާ މުޙަންމަދު

އިރާންގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓިފައިވާކަމަށް އެ ގައުމުގެ ރަސްމީ ނިއުސް އެޖެންސީތަކުން ރިޕޯޓުކޮށްފައިވާއިރު، ސަލާމަތީ ޓީމުތަކުން ގެންދަނީ އެ ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތް ވަރަށް ވަރުގަދައަށް ކުރަމުންނެވެ. ނަމަވެސް އެކަމުގެ އެއްވެސް އަދާހަމައެއް އަދި ލިބިފައެއް ނެތެވެ. ނަމަވެސް އެމެރިކާއާއި އިސްރާއީލުގެ މީޑިއާތަކުން ބުނެފައިވަނީ އިރާންގެ ރައީސް އަވަހާރަވެފައިވާކަމަށެވެ.

އިސްރާއީލާއި އެމެރިކާއިން ބުނެފައިވަނީ އީރާނުގެ ރައީސް މި ހާދިސާގައި އަވަހާރަވެފައިވާކަމަށެވެ. އަދި ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއާއި ގުޅިގެން އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ މިއީ ގަސްތުގައި އިރާނުގެ ރައީސް އަވަހާރަކޮށްލާން ބަޔަކު ރާވައިގެން ހިންގި އަމަލެއް ކަމަށެވެ. އަދި އީރާނުގެ ރައީސްގެ އިތުރަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އަވަހާރަވިކަމުގެ ޚަބަރު ދާދި އަވަހަށް އީރާނުން އިއުލާނު ކުރާނޭކަމަށް ވެސް ހުޅަނގުގެ މީޑިއާތަކުން ބުނެފައިވެއެވެ.

މި ހާދިސާ ހިނގައިފައި މި ވަނީ އީރާންގެ ރައީސާއި އެންމެ މަތީ ލީޑާރ ޢަޔަތުﷲ ޢަލީ ޚާމަނާއީގެ ޤިޔާދަތުގައި ކުއްލި ގޮތަކަށް އިސްރާއީލަށް ޑުރޯނާއި މިސައިލުން އިސްރާއީލަށް މި ދިޔަ މަހު ޙަމަލާ ދީފައިވަނިކޮށެވެ. އަދި ނިޔުކްލިޔަރ ހަތިޔާރު އުފެއްދުމާ ގާތަށް އީރާނުން ޔޫރޭނިއަމް ފައްކާކޮށްފައިވާކަމަށް ޚަބަރު ލިބިފައިވަނިކޮށެވެ.

އަނެއްކޮޅުން ޝީޢީ ޑިމޮކްރެސީއާ ދެކޮޅަށް، އަންހެނުންގެ ހައްގުތައް ހޯދުމަށާއި އިނަދަޖެހިފައިވާ އިގުތިސާދާ ހުރެ އެތައްބަޔަކު މުޒާހަރާކުރަމުން ގެންދާތާ އެތައް އަހަރެއް ވެފައިވަނިކޮށެވެ. އަދި މި ދަނޑިވަޅުގައި އިސްރާއީލާއި ޙާމާސާ ދެމެދު ދެކޮޅުވެރިކަމުގެ ހުޅު ފަޅައިގެން ގޮސް މި ކަމުގެ ނުރައްކާ މުޅި މެދުއިރުމައްޗަށް ވެސް ފޯރަމުން ދިޔުމުގެ ޙައްސާސްކަން ވެސް ދުނިޔެއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން އީރާނުގެ ރައީސް ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރަށް ދިމާވި ހާދިސާއަކީ ބަޔަކު ދިން ޙަމަލާއެއްކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެމެރިކާއިން އެ ވާހަކަ އިޢޫލާނުކުރީ އެ މީހުންނަށް އެކަން އެނގޭތީކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނޫނެވެ.

ރައީސް ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރުގައި އިރާންގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރްއަބްދުﷲހިއަން އާއި އަޒަރްބައިޖާންގެ އިރުމަތީ ޕްރޮވިންސެއްގެ ގަވަރުނަރު މާލިކް ރަހްމަތީ ދަތުރުކުރައްވަމުން ގެންދެވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މޫސުން ގޯސްވެ، ދުންފިނީގެ ސަބަބުން ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު ހޯދުމަކީ ވަރަށް ދަތިކަމަށް ވަނީ ވެފައެވެ. އަދި ރޭގަނޑު ވުމުގެ ސަބަބުންވެސް ސަލާމަތީ ޓީމުތަކަށް އިތުރު ދަތިތައް ކުރިމަތިވެފައިވެއެވެ. އެހެންކަމުން، ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތުގައި އީރާނަށް އެހީތެރިވުމަށް 32 މީހުންގެ ޚާއްޞަ ޓީމެއް ތުރުކީވިލާތުން ވަނީ ފޮނުވައިފައެވެ. އީރާނުގެ ދާޚިލީ ވަޒީރު އަޙްމަދު ވަޙީދީ ވިދާޅުވީ، ކުއްލި ހާލަތެއް މެދުވެރިވެ، ރައީސީ އިންނެވި ހެލިކޮޕްޓަރު ބިމަށް ތިރިކޮށްފައި ވަނީ ވަރަށް ބާރަށް ކަމުގައެވެ. މި ހާދިސާ ހިނގާފައި ވަނީ އީރާނުގެ ހުޅަނގު އުތުރު އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ޒުލްފާ ސިޓީގައެވެ. މި ހާދިސާ ހިނގި ވަގުތު ރައީސީ އަރިހުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރް ޢަބްދުﷲއަން ވެސް އިންނެވިކަމަށް މަޢުލޫމާތު ލިބެއެބެ.  މި ހާދިސާގައި މި ބޭފުޅުން އަވަހާރަވިކަމެއް އަދި ނޫންކަމަކަށް ވެސް ކަށަވަރު މަސްދަރަކުން ޚަބަރު ލިބިފައެއް ނުވެއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އީރާނުގެ ރަތް ހަނދުފަޅީގެ ވެރިޔާ ޕީރު ހުސެއިން ކޫލިވާންދު ވިދާޅުވީ އީރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ތަން ރެސްކިއު ކްރޫއިން އަދި ހޯދިފައިނުވާ ކަމަށެވެ. ހެލިކޮޕްޓަރުގެ ސިގްނަލާ ކްރޫ މެމްބަރެއްގެ މޯބައިލް ފޯނެއް މެދުވެރިކޮށް ހެލިކޮޕްޓަރު ވެއްޓުނު ސީދާ ސަރަހައްދު އެނގިފައިވާ ކަމަށް ދައުލަތުގެ ނޫސް އެޖެންސީއިން ކުރިން ބުނެފައި ވިޔަސް ކޫލިވާންދު ވިދާޅުވީ ސަލާމަތީ ޓީމުތަކުން ދަނީ ސިގްނަލްތައް ދެނެގަނެވުނު ސަރަހައްދު ވަށައިގެން ހޯދަމުންކަމަށެވެ.

އިރާންގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރައްވަމުން ގެންދިޔަ ހެލިކޮޕްޓަރު ވެއްޓިފައިވާކަމަށް އެ ގައުމުގެ ރަސްމީ ނިއުސް އެޖެންސީތަކުން ރިޕޯޓުކޮށްފައިވާ އިރު، ރެސްކިއު ޓީމުތަކުން ދަނީ އެ ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތް ވަރަށް ވަރުގަދައަށް ކުރަމުންނެވެ. ނަމަވެސް އަދި އެ ކަމުގެ އެއްވެސް އަދާހަމައެއް ލިބިފައެއް ނެތެވެ. އެމެރިކާއާއި އިސްރާއީލުގެ މީޑިއާތަކުން ބުނެފައިވަނީ އިރާންގެ ރައީސް އަވަހާރަވެފައިވާކަމަށެވެ. ސުވާލަކީ މި ކަން އީރާނަށް ވުރެ ކުރީން އެމެރިކާއާއި އިސްރާއީލަށް އެނގުނީ ކީއްވެހެއްޔެވެ؟

ރައީސް ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރުގައި އިރާނުގެ ޚާރިޖީ ވަޒީރު ހުސެއިން އަމީރްއަބްދުﷲހިއަން އާއި އަޒަރްބައިޖާންގެ އިރުމަތީ ޕްރޮވިންސްގެ ގަވަރުނަރު މާލިކް ރަހްމަތީ ދަތުރުކުރައްވަމުން ގެންދެވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ބެސް ބައެއް ނޫސްތަކަށް ލިޔުއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް