Advertisement

ކަރުނައިގެ އަސަރު (16)

18 May 2024 | 08:36
ކަރުނައިގެ އަސަރު (16)

ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

(2024 މޭ 16ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)

އެ ވަގުތު އޭނާގެ ތުންފަތުގައި ވިހަކަން ގަދަ ހިނިތުންވުމެއް ފާޅުވެގެން ދިޔައެވެ.

އަންނަ މީހަކީ ކައުސަރެވެ. ---------

ޢާމިރު ދެލޯ މަރައިލައިގެން ކައުސަރު އައުމުގެ އިންތިޒާރުގައި އެނދުގައި މަޑު މަޑުން އޮތެވެ.

ކޮޓަރީގެ ދޮރު ލައްޕާލުމާއެކު ކައުސަރު އެނބުރުނެވެ. ------ އެވަގުތު އޭނާއަށް ހަޅޭލަވައިގަނެވުނެވެ.

އެނދުގައި މީހަކު އޮއްވާ ފެނިގެން އޭނާ ބިރުގަތެވެ.

އެހެންނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެއީ ޢާމިރުކަން އެނގިއްޖެއެވެ.---- އޭނާގެ މޫނުމަތީން އާދަޔާ ޚިލާފު ކަމެއް ފެނިގެންދިޔައެވެ. ------ އޭނާ ބިރުންހުރެ، އަލިފާން ދެލޮލަކުން ޢާމިރަށް ބަލައިލިއެވެ.

އޭނާ ހުރީ ގާތްގަނޑަކަށް އޮރިޔާން ޙާލަތެއްގައެވެ. އެކަމާ އޭނާ އެއްވެސް ފަރުވާލެއްނެތެވެ. އޭނާ ލައިގެން ހުރީ ތުނި ގައުނެކެވެ. ގައުނު ތުނިކަމުން އޭނާގެ ހަށިގަނޑުގެ ވަނާތައް ފެންނާން ހުއްޓެވެ.

ޢާމިރު ރަނގަޅަށް ކައުސަރަށް ބަލައިލިއެވެ. އެއަށް ފަހު، އިޙްތިރާމު ކުރުމުގެ ގޮތުން ތެދުވެ ބުންޏެވެ.

"ތިބާއަށް އަހަރެން އިންތިޒާރު ކުރާތާ 2 ގަޑިއިރު ވެއްޖެއެވެ. -------"

"ކީއްވެ؟ --------"

ކައުސަރުގެ މޫނުމަތީން އޭނާ ބިރުގަތްފައިވާކަން އެނގެއެވެ.

"މިއަދަކީ މޫސުން ވަރަށް ހިތްގައިމު ދުވަހަކަށްވާތީ ނިދޭގޮތް ނުވީއެވެ. ------ އެހެންކަމުން ތިބާ ނިދަން އޮއްވާ ދެކެލުމުގެ ޚިޔާލު ކުއްލިއަކަށް ހިތަށް އައީއެވެ. ތިބާގެ ރީތިކަން ދެކިލުމަށްޓަކައެވެ. --------"

"ޝަޓް-އަޕް-----------"

ކައުސަރު އަޑު ފިއްތާލައި ގޮތެއްގައި ހަޅޭލަވައިގަތެވެ.

ފަހަރެއްގައި ކައުސަރު ހަޅޭލަވައިގަތް އަޑު ކައުސަރަށް އިވުމުން ބިރުގަތީކަމަށްވެސް ވެދާނެއެވެ.

"ތިއައީ ތިބާގެ ފިރިމީހާގެ އަތުގެ މުލައްދަނޑިމަތީގައި އޮވެފައިކަމަށް ލަފާ ކުރެވެއެވެ."

"އަހަރެން ބުނެފީމެއްނު ------ އެހެނީ ---------"

"ތިބާ އެއްވެސް އެއްޗެއް ނުބުނެ މިތާނގައި އޮށޯވެލައި ލޯ މަރައިލާށެވެ. ------- ތިބާއަށް ނިދިފައި އޮށްވާ ދެކެލާން ބޭނުމެވެ."

"ކަލޭގެ ނުލަފާކަން އައީހެއްޔެވެ؟------"

ކައުސަރު ތުންފަތް ފިއްތާލައި ހަޅޭލަވައިގަތެވެ.

"މާތް ﷲ އަށްޓަކައި ބުނަމެވެ. އަހަރެންގެ ރީތި ޚިޔާލުތައް ހަލާކުކޮށް ނުލާށެވެ. -------- އޮށޯވެލަބަލާށެވެ. ------ އޮށޯވެލުމަކުން ތިބާގެ ހަށިގަނޑުން އެއްވެސް ކަމެއް އުންޏެއްނުވާނެއެވެ. އޮށޯވެލަނިކޮށް، ކުޑައިރުކޮޅަކު އޮވެލައިފައި އަހަރެން ހިނގައިދާނަމެވެ."

"ކަލޭ އަހަރެންގެ ފަހަތުގައި އަޅައިގަނެގެން ތިޔަ އުޅެނީ ކީއްވެއްހެއްޔެވެ؟ ------ އަހަރެން ބަދުނާމު ކުރުމުގެ ވިސްނުމުގައިހެއްޔެވެ؟"

"އެއްގޮތަކަށްވެސް އެހެނެއްނޫނެވެ. ------ ތިބާ ބަދުނާމު ކުރުމުގެ މަޤްޞަދުގައި މި ގޮތަށް ސިއްރު ސިއްރުން ނާންނާނަމެވެ. އަހަރެން ތިބާގެ ޢިއްޒަތްދެކެ ލޯބިވަމެވެ. އަހަރެން ސިއްރު ސިއްރުން މިއަންނަނީ އެހެންވެގެންނެވެ."

"ހަމައެކަނި ތިބާއަށް އަޅުކަން ކުރަމުންދާ މިނޭދެވޭ ހިތަށް އަހަރެން މިހައިރު ކުރާނީ ކީއްހެއްޔެވެ؟"

"އަވަށުން ފެށިގެން ކަލޭ ތިއުޅެނީ އަހަރެންގެ ފަހަތުންނެވެ. އެންމެ ފަހުން މިހިސާބަށްވެސް ތި އައީއެވެ."

"ނޫނޭ، އަހަރެން އުޅެނީ ސިޓީގައެވެ. ރަނގަޅު ވާހަކައެކެވެ. ޚާން އަކުބަރުގެ އަތުގައި ހުރި މިންވަރަށް އަހަރެންގެ އަތުގައި މުދާވެރިކަމެއްނެތެވެ. ކަން އެހެން އޮތްނަމަވެސް 10 އަހަރު ދުވަހު ވިޔަފާރި ނުކޮށްފިނަމަ، ދިރިއުޅުންޖެހޭނެގޮތް އަންދާޒާވެސް ނުކުރެވެއެވެ. -------"

"ކަލޭ ތިދައްކާ ދޮގުވާހަކަތަކުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟-----"

ކައުސަރު ތެޅިގަތްފައި ބުންޏެވެ.

"ތިބާ ފެނުނު ވަގުތުން ފެށިގެން ޙަޔާތް ބަރުބާދު ވެއްޖެއެވެ. ނަމަވެސް އަހަރެންގެ އެންމެ އިޝާރާތަކަށްވެސް ރީތި އަންހެންކުދީން އަހަރެންނާ ގާތްވާން އެދެވިދާނެއެވެ."

"އެފަދަ ކުދީން ރީތިވާންވާނެއެވެ. ------- މުދާވެރިކަން ހުންނާންވެސް ވާނެއެވެ. ------ އެކަމަކު ޤުދްރަތުގެ މިއަނިޔާވެރިކަމާމެދު އަހަރެން ކުރާނީ ކީއްހެއްޔެވެ؟ -------- އަމިއްލައަށް އަހަރެން ނިކަމެތިކޮށްލީ އޭނާގެ ނަޒަރުންނެވެ. އެހެންނޫންނަމަ އިންސާނުން އެހައި ގޯހެއްނޫނެވެ. ލޯފަން މީހަކަށް ހެދީ ލޯތްބެވެ. ------- އަހަރެންގެ ހިއްސުތައްވެސް ގެއްލިއްޖެއެވެ. ------"

"އެހެންނަމަވެސް އަހަރެންގެ މަގުގައި ފާރެއް އެބަހުއްޓެވެ. ------ އެފާރުވެސް އަހަރެން ހަލާކުކޮށްލާނަމެވެ. -----"

"ތިބާ ޙާޞިލު ކުރުމަށްޓަކައި އަހަރެން ކޮންމެފަދަ ކަމެއްވެސްކޮށްފައިނެއެވެ. އެހެންނަމަވެސް ތިބާ ބަދުނާމުވުމަކީ އަހަރެން ހިތްހަމަޖެހޭނެކަމެއް ނޫނެވެ. ލޯބިވާ މީހާ ބަދުނާމުވުމުގެ ކުރީން އަހަރެން މަރުވާން އަހަރެން އިސްކަންދޭނަމެވެ."

ކައުސަރު އާދަޔާ ޚިލާފު ބެލުމަކުން ޢާމިރަށް ބަލަމުންދިޔައެވެ.

އޭނާއަށް އަދިވެސް ޢާމިރުގެ ކުރިމަތީގައި ހުރެވެނީ އޭނާގެ ހަށިގަނޑުގެ ވަނާތައް ފެންނަ ތުނިގައުނުގައި އޮރިޔާން ޙާލަތުގައިކަން އޭނާއަށް އެނގެއެވެ. އޭނާގެ ހަށިގަނޑުގެ ކޮންމެ ބައެކެވެ. އެހެންނަމަވެސް ޢާމިރު އޭނާއަށް ނުބަލައިކަން އޭނާއަށް އިހުސާސް ކުރެވުނެވެ. ޢާމިރު ހަމައެކަނި ބަލަމުންދަނީ އޭނާގެ މޫނަށެވެ. އޭނާގެ މޫނުން ތިރިއަށް ކުޑަކޮށްވެސް އާމިރު ބަލައިނުލައެވެ.

ކައުސަރު ބިރުންހުރެ، މަޑު މަޑުން ބުންޏެވެ.

"ޙަޤީޤަތުގައި ކަލޭ އެހައިބޮޑަށް އަހަރެން ބޭނުންވޭހެއްޔެވެ؟"

"އިމްތިޙާނެއްކޮށްލާން ބޭނުމިއްޔާވެސް ތައްޔާރެވެ. -------- އަހަރެން އަލިފާނުގެތެރެއަށް ފުންމާލާންވެސް ތައްޔާރެވެ."

"ބަލައިބެލުމަށް ތިހެން ވަރަށް ހީވެއެވެ. -------"

ކައުސަރު ހނިތުންވެލަމުން ބުންޏެވެ.

ޢާމިރު މަޢުޞޫމިއްޔަތުކަމާއެކު އިސްޖަހައިލިއެވެ.

"އަހަރެން ހަޅޭލަވާން ފަށައިފިއްޔާ --------"

"އަހަރެންގެ ލޯބީގައި އެއްވެސް ބާރެއްނެތީއެވެ. އިޚްލާޞްތެރިކަމެއްނެތީއެވެ. ލޯތްބަކީ ގިރައިލެވޭހައި ބާރުގަދަ އެއްޗެއްނޫނެވެ."

"ކަލޭ ދާށެވެ. މިތަނުންދާން އުޅޭށެވެ. ---------"

ކައުސަރު ބުންޏެވެ.

"ތިބާގެ ލޮލުގައި ނިދީގެ އަސަރު ހުރިކަން އަހަންނަށް އެނގެއެވެ. ------ އެކަމަކު ތިބާ ނިދާލާކަށް ބޭނުމެއްނުވި ވިއްޔާއެވެ. ހަތަރު މިނިޓެއްވަރު ލޯ މަރައިލައިގެން މިތާނގައި ތިބާ އޮށޯ އޮތުމުން ތިބާގެ އުނިވަނީ ކޮންކަމެއްހެއްޔެވެ؟"

"އަހަރެން ކަލޭ ޙަވާލު ކުރާނީ ފުލުހުންނާއެވެ."

"އަވަހަށް ފުލުހުންނާ ޙަވާލު ކުރާށެވެ. ------" އެއްވެސް ފަރުވާލެއްނެތް ގޮތެއްގައި ޢާމިރު ބުންޏެވެ.

"ތިބާ އަހަރެން ގަޔަށް ބަޑި ޖަހައި އަޑުގަދަކޮށް ހަޅޭއްލަވާށެވެ. ------ އަހަރެންގެ ޢިއްފަތްތެރިކަން ނަގައިލައިފިޔޭ ކިޔައި ގޮވައި އަޑުގަދަކުރާށެވެ!"

"ލޯބިވެރިޔާގެ އަތުން މަރުވުމަކީ ލޯބީގައި ކާމިޔާބީއެކެވެ. އަދި އެއީ އަހަރެންގެ ނަސީބުގެ ނިޝާނެވެ."

"ފަހަރެއްގައި ދިރިއުޅުމަށް ވަރަށް ވަރުބަލިވެދާނެއެވެ. --------"

"ތިބާ ނުލިބިއްޖެނަމަ، ފަހަރެއްގައި އަމިއްލައަށްވެސް މަރުވާ ވަގުތު އަތުވެދާނެވެ."

"ކަލޭ މި ތަނުން ދާނަންތަ؟ ނުވަތަ ނުދާނާންތަ؟ -------" ކައުސަރުގެ އަޑުގައިވަނީ އާދަޔާ ޚިލާފު ހަރުދަނާކަމެވެ.

"ލޯބި ރުޅީގެ މައްޗަށް ގަދަވެގަތްފިއެވެ. އަހަރެން މިއައީ އެބޭނުމުގައެވެ. އަހަރެން އައި މަޤްޞަދު ޙާޞިލު ނުވަނީސް އަހަރެންދާކަށް ބޭނުމެއްނޫނެވެ. އަހަރެން ހިނގައްޖެނަމަ މާދަމާވެސް އަންނާނަމެވެ. އަހަރެންގެ އެދުން އެއް ފަހަރުނަމަވެސް ފުއްދައިދިނަސް ތިބާ ދޫކޮށްނުލާނެކަމަށް ވަޢުދު ވަމެވެ. އަދި ތިބާއަށް މި ގޮތަށް އުނދަގޫ ނުކުރާނެކަމަށްވެސް ވަޢުދުވަމެވެ. -----"

"މިތާނގައި އެނދުގައި އޮށޯވެލައި ކުޑައިރުކޮޅަކަށް ދެލޯ މަރައިލައިނަމެވެ."

ކައުސަރު އާދަޔާ ޚިލާފުގޮތަކަށް ޢާމިރާ ދިމާއަށް ބަލައިލަމުން ބުންޏެވެ.

"އާނ --------"

ޢާމިރުގެ އަޑުގައިވަނީ މަޢުޞޫމިއްޔަތު ކަމެވެ.

"އޭރުން ދުވަހަކުވެސް ކަލޭ ނާންނާނާންހެއްޔެވެ؟"

"ނާންނާނަމެވެ. -------"

"ވަޢުދު ވަންހެއްޔެވެ؟---------- "

"އަހަރެންގެ ލޯބި ގަންދީ ހުވާކުރަމެވެ.---------"

"އާދަޔާ ޚިލާފު އިންސާނެކެވެ. ކަލެއާއި ކަލޭގެ ޒުވާންކަމާމެދު އަހަރެން ހަމްދަރުދީ ވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އަހަރެން ކަލޭގެ އެދުން ފުއްދައިދޭނަމެވެ. އެކަމަކު އަހަރެން ލޯ ހުޅުވުމުގެ ކުރީން ކަލޭ މިތަނަށް ވަދެގެން އައިގޮތަކަށް މިތަނުން ނުކުމެގެންދާންވާނެއެވެ."

"އެހެނީ އަހަރެންގެ އަމިއްލަ ނަފުސާއި ޢިއްޒަތާ ކަރާމަތަށް ލޯބިވާތީއެވެ." މިހެންބުނުމާއެކު މަޖުބޫރީ ޙާލަތެއްގައި ކައުސަރު އެނދާ ދިމާއަށް ދިޔައެވެ.

ކައުސަރު ލައިގެން ހުރި މަލްމަލްފޮތީގެ ގައުން އޭނާގެ އުނަގަނޑާހަމައަށް އުފުލިގެންދިޔައިރު، ކައުސަރު ގޮސް ޢާމިރާ ދިމާއަށް އޭނާގެ މޫނުވާގޮތަށް އެއްފަރާތަކަށްވާގޮތަށް އޮށޯވެލިއެވެ.

ކައުސަރު ލޯވެސް މަރައިލިއެވެ. -------- އަދި އޭނާ ފުން ނޭވާލަމުންދިޔައެވެ. އުސް ފަރުބަދައެއްގެ މައްޗަށް އަރާއިރު ނޭވާލައި ބީދައިންނެވެ.

ޢާމިރުގެ މޫނުމަތީން އާދަޔާ ޚިލާފު ހިނިތުމެއް ފެނިގެންދިޔައެވެ. ޢާމިރުގެ ނަޒަރު ހުރީ ކައުސަރާ ދިމާއަށް ހުއްޓިފައެވެ.

އޭނާ ދެލޯ މަރައިލައިގެން ފުން ނޭވާ ލަމުން ދިޔައެވެ.

ޢާމިރު އެސްފިޔަ ޖަހައިނުލައި ކައުސަރަށް ބަލަމުން ދިޔައެވެ.

ކުޑަ ހިނދުކޮޅެއް  ----- މަދު ވަގުތު ކޮޅެއް -------- މަދު ގަޑިއިރު ------- ބަރު ވަގުތު ކޮޅެއް ފާއިތުވެގެން ހިނގައްޖެއެވެ.

ކައުސަރު ލޯމަރައިލައިގެން އޮވެ ބުންޏެވެ.

"ކަލޭ އަދިވެސް ނުދަންހެއްޔެވެ. --------؟"

އެހެންނަމަވެސް ކައުސަރުގެ ސުވާލަށް ޖަވާބެއް ނުލިބުނެވެ.

ކައުސަރު ކުއްލިއަކަށް ދެލޯ ހުޅުވައިލިއެވެ.

"އެކަމަކު ކީއްވެހެއްޔެވެ. --------؟"

ޢާމިރު އޭރު އިނީ ކާޕެޓްމަތީގައި އިށީނދެގެން ކައުސަރަށް ބަލާށެވެ.

"ކަލޭ ------ ކަލޭ އަދިވެސް ނުދަމެއްނޫންހެއްޔެވެ.-------؟"

ވަރަށް ބޮޑަށް ކަރުހިއްކައިގެންފައިވާ ގޮތެއްގައި ބުންޏެވެ.

ޢާމިރުގެ ބެލުމުގެ ސަބަބުން ކައުސަރުގެ އަޑު އޭނާގެ ކަރުތެރޭގައި ތާށިވާގޮތްވިއެވެ.

އަދި އޭނާގެ ބެލުން ލޯބީން ފުރިފައިވާ ކަހަލައެވެ.

އަދި އެމީހުންގެ ތެރޭގައިވާ އެ ހުވަފެނީ ސިފައަކީ ކޮންމެ އަންހެންކުއްޖެއްވެސް ލޯބިވާން ފުދޭވަރުގެ ސިފައެކެވެ.

"ކަލޭ  ދާށެވެ. -------- ދެން އަވަހަށްދާށެވެ. --------"

ކައުސަރުގެ އަޑު ތުރުތުރު އަޅައިގެންދިޔައެވެ.

ނަމަވެސް ޢާމިރު ހަމަ އެ އިން ގޮތަށް އެއްވެސް އެއްޗެކޭ ނުބުނެ އިނެވެ. ------- އެއްވެސް އެއްޗެއް އަޑު ނީވޭ މީހެއްފަދައިންނެވެ.

ކައުސަރު ހުރީ ވަރަށް އާދަޔާ ޚިލާފު ޙާލަތެއްގައެވެ.

އޭނާގެ ނަފުސަށް އެއްލައްކަ ރުފިޔާ ހުށަހެޅިނަމަވެސް އޭނާގެ ޖަޒުބާތުގައި ހަލަބޮލިކަމެއް އުފެދިގެން މިވަގުތު ނުދާނެއެވެ.

އޭނާގެ ވުޖޫދުގައި ކަންބޮޑުވުމެއް އުފެދުނެވެ.

"އަޑު  ----- އަޑު އަހާބަލާށެވެ. ----------"

އަޑު ގަދަ ރާގެއްގައި އޭނާ ބުންޏެވެ.

ހިއްސު ގެއްލެން އުޅޭ ކަހަލަގޮތެއްގައި އޭނާގެ އަޑުގެ ޖަޒުބާތުތައް ތުރުތުރު އަޅަމުންދިޔައެވެ.

"ކަލޭ މިތަނުން ދާށެވެ. ------- ނުގޮސް ތިއިނީ ކީއްވެހެއްޔެވެ؟"

"މުޅި ޢުމުރުގައި މިހެން އިންނާން ހިތް ބުނެއެވެ."

ކައުސަރު، އޭނާގެ މައްޗަށް އަންނާން އޮތް ޠޫފާނުގެ މައްޗަށް ބާރު ހިންގުމަށް މަސައްކަތްކުރިއެވެ.

ސަމާލުކަމުގެ މަރުކަޒަކީ ފިރިހެނެކެވެ. އެކަމުގެ ސަބަބުން އޭނާގެ މުޅި ވުޖޫދު ތެޅިގަތެވެ.

އޭނާ ވާހަކަ ދައްކާއިރު،އޭނާގެ އަޑުގެ ޖަޒުބާތުން ތުރުތުރު އަޅަމުންދިޔައެވެ. ފަނޑު ހީލުމަކުން ހީލިއެވެ.

"ކަލޭދެން މިތަނުން ދާން އުޅޭށެވެ. ------"

އެހެންނަމަވެސް ޢާމިރު އޭނާއާ ދިމާއަށް ބަލަމުންދަނީ ސިހުރުވެރިގޮތަކަށެވެ.

އޭނާގެ އެއްއަތް ދިއްކޮށްލިއެވެ.

ކައުސަރު، ޢާމިރަށް ބަލަމުން ދިޔައެވެ.

ނަޒަރުތަކުގެ ކުރިމަތިލުންތަކުގައި އާދަޔާ ޚިލާފު ސިފައެއް ހުއްޓެވެ. ކުޑަކުއްޖަކު ކައިގެން އުޑުމަތީގައި އުދުހޭ ފަދައިންނެވެ.

އޭނާ ބަލަމުންދިޔައެވެ.

ޢާމިރުގެ އަތް ކައުސަރުގެ ތުންފަތާ ދިމާއަށްދިޔައެވެ. -------- އޭނާ ބަލަމުންދިޔައެވެ. ----- އަތް ކުރިއަށް ޖައްސަމުންދިޔައެވެ. ------ އަދި  ކައިރިކޮށްލިއެވެ. އަދި  ----- އަދި ކައުސަރުގެ ތުންފަތުގައި ޢާމިރު އަތް ޖައްސައިލިއެވެ.

އޭނާ މަޑު މަޑުން  ---------- އެއްއިނގިލިން -------- ކައުސަރުގެ ގެ ތުންފަތުގައި ހާކައިލިއެވެ. މަލުގެ ފަތްތަކުގެ މައްޗަށް ޝަބްނަމުގެ ތިކިތައް ޖެހުމުން، އެ ތިކިތައް ފޮހެލާން އަތް ހިންގައިލާ ބީދައިންނެވެ. ----!

އެއީ ------! ތުންފަތުގައި އިނގިލި ޖައްސައިލުމުން ޤިޔާމަތްވެގެންދިޔަ ކަހަލައެވެ.

"ތިޔަ ކުރަނީ --------- ތިކުރަނީކީއްހެއްޔެވެ؟"

ކައުސަރަށް މަސްތުވެފައިވާ އަޑަކުން ގިސްލެވުނެވެ.

ޢާމިރު، ކައުސަރުގެ ތުންފަތުގައި އޭނާގެ އިނގިލިތަކުން ފިރުމައިލީ ފިނިފެންމަލެއްގައި ފިރުމައިލާ ފަދައިންނެވެ.

ކައުސަރު އޮތީ ލޯމަރައިލައިގެންނެވެ. --------

ނޭވާލުން އަވަސްވިއެވެ.

މޭމަތީގެ ކަށިގަނޑު މަޑުމަޑުން ބޮޑުވިއެވެ.

އޭރު ------- ރޭގަނޑު ތެމިގެންދިޔައެވެ. ------- ވާރޭ ވެސް އަނެއްކާ ވެހެންފަށައިފިއެވެ.

އުޑުމަތީގެ މޭމަތި ވަނީ ފަޅައިގެން ގޮސް ބައިބައިވެފައެވެ. ------- ވަށައިގެންވާ ދުރު ތަނެއްގައި ކަރަންޓުގައި ޖެހޭ ފަދައިން ޖެހުނެވެ. ކޮންމެވެސް ބަދު ނަސީބު މީހެއްގެ ވަޅުގަނޑު ވަނީ އަނދައިފައެވެ.

ކައުސަރަށް ހޭވެރިކަންވީއިރު، ކޮޓަރީގައި އޮތީ އޭނާ އެކަންޏެވެ.

ކައުސަރު އަމިއްލައަށް އޭނާގެ ނަފުސަށް ނަޒަރު ހިންގާލިއެވެ. --------- އަދި ނަފުރަތުގެ ސަބަބުން ތުންފަތް ތުރުތުރު އަޅަމުންދަނީ ކީއްވެގެން ކަމެއް ނޭނގެއެވެ.

ޚާން އަކުބަރުގެ ޢިއްޒަތާއި ޝަރަފަށް އަނެއްކާ ވެސް ގެއްލުން ލިބިއްޖެއެވެ.

ކޮޓަރީގެ މާޙައުލުން އިވެނީ ގިސްލުމުގެ އަޑެވެ. -----! ކައުސަރާއި ޚާން އަކުބަރު ޢިއްޒަތާމެދު ހިތާމަކުރާންޖެހޭ ފަދައިންނެވެ.

                 ---------------------------------------------------

(އަދި ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް