Advertisement

އިސްރާއީލާ ދެކޮޅަށް ކުރާ ހަޅުތާލުގައި ލުބުނާނުގެ ޔުނިވަރސިޓީތައް ބައިވެރިވުމަކީ މި ހަޅުތާލު ފުޅާވަމުންދާކަމުގެ ނިޝާނެކެވެ.

01 May 2024 | 05:56
އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުގެ ދަރިވަރުން ފަލަސްތީނުގެ ދިދަ ހިފައިގެން އިސްރާއީލާ ދެކޮޅަށް އިހުތިޖާޖުކުރަނީ (ފޮޓޯ: މެލޭމެއިލް)

ޙުސައިން ނައުޝާދު

·ގައުމުގެ ކަންކޮޅުތަކުގެ ކެންޕަސްތަކުގައި ތިބެ ދަރިވަރުން ބާރުއަޅަމުން ގެންދަނީ އިސްރާއީލާ ގުޅުން ހުންނަ ކުންފުނިތަކާ ގުޅުންކަނޑައިލުމަށް.

·ލުބުނާނުގެ ހުރިހައި ޔުނިވަރސިޓީއެއްގެ ދަރިވަރުން އިސްރާއީލާ ދެކޮޅު ހަޅުތާލުތަކުގައި ބައިވެރިވެއްޖެ.

ތަޢުލީމީ މުއައްސަސާތައް އިސްރާއީލާ ގުޅުން ހުންނަ ހުރިހައި މުއައްސަސާތަކާ ގުޅުން ކަނޑައިލުމަށް ބާރުއަޅައި، ޣައްޒާއަށް ތާއީދުކޮށް ހިންގާ ދުނިޔޭގެ ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ލުބުނާނުގެ ގިނަ ޢަދަދެއްގެ ދަރިވަރުން، އިއްޔެ ހިނގައިލުންތައް ބާއްވާން ފަށައިފިއެވެ.

ރަނގަޅަށް ވިލަރެސްކުރެވިގެން އެ ކަމުގެ ކަންކޮޅުތަކުގައި އިޙުތިޖާޖުކުރާ ޔުނިވަރސިޓީތަކުގެ ތެރޭގައި "އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތާއި ލެބަނީޒް އެމެރިކަން ޔުނިވަރސިޓީއާއި ލެބަނީސް އިންޓަރނޭޝަނަލް ޔުނިވަރސިޓީގެ ބައިރޫތު ގޮތްޕާއި ބެކާ ގޮތްޕާއި، ބެއިރޫތުގައި ހުންނަ "ޔުނިވަރސިޓީ ސެއިންޓް ޖޯސެފް"އާއި ޖައުނިޔާގައި ހުންނަ "ހޮލީ ޔުނިވަރސިޓީ އޮފް ކަސްލީކް" ވެސް ބައިވެރިވެއެވެ.

ލުބްނާންގެ ޔުނިވަރސިޓީގެ ދަރިވަރުން އިޙުތިޖާޖުކުރަނީ<br>

މި އިޙުތިޖާޖުތައް އިންތިޒާމުކުރި ފަރާތްތަކުން އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މީހުން ޔުނިވަރސިޓީގެ އިދާރިއްޔަތަށް މި ގޮވައިލަނީ "ފަލަސްތީނު އިސްތިއުމާރުކޮށްގެން އުޅޭ، އިސްރާއިލާ ގުޅުން ހުންނަ އިދާރާތަކާއި ކުންފުނިތަކާ އޮންނަ ހުރިހައި އިގުތިސާދީ ގުޅުމެއް ކަނޑައިލުމަށެވެ."

"އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުގެ މާލީ ވުނައާ ބެހޭ ގޮތުން އަޅުގަނޑުމެންގެ ޑިމާންޑު ވަރަށް ސާފެވެ. ސަބަބަކީ އަހަރެމެން ދައްކާ ޓިއުޝަން ފައިސާ ދާ ތަނެއް އަޅުގަނޑުމެންނަށް ނޭނގެއެވެ." ދަ ނޭޝަނަލް"އަށް ދިން ބަސްދީގަތުމެއްގައި ނަފުސާނީ ޢިލްމުގެ ދާއިރާގައި ތިންވަނަ އަހަރު ކިޔަވަމުންގެންދާ ދަރިވަރަކު އޮޅުންފިލުވައިދިނެވެ. ޔުނިވަރސިޓީއިން ކަނޑައިލައިފާނެކަމުގެ ބިރަށް ޓަކައި އޭނާގެ ނަން ހާމަކުރުމާ ދެކޮޅު ހަދައެވެ.

ލުބުނާނަކީ 1955ން ފެށިގެން އިސްރާއީލުގެ ކުންފުނިތައް ބޮއިކޮޓްކޮށްފައިވާ ގައުމެކެވެ. ނަމަވެސް މި ނިންމުން، އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭ އެހެން ގައުމުތަކުގެ ކުންފުނިތަކާއި އިސްރާއީލުން އިސްތިއުމާރުކޮށްގެން އުޅޭ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ ކުންފުނިތަކެއް ތަޠުބީގެއްނުކުރެއެވެ.

"ނަސްލުހޭދުއަށް ތާއިދުކުރާ ކުންފުނިތަކާ ގުޅުންކަނޑައިލާށެވެ!" ޔުނިވަރސިޓީގެ ދަރިވަރުން<br>

"މިހާރު އަހަރެމެން އެންމެންނަށް ކުރެވޭނެ ކަމަކީ ބައެއް ކަހަލަ މަރުކާތައް (ބްރޭންޑްތައް) ބޮއިކޮޓުކުރުން." އެ ދަރިވަރު ކިޔައިދިނެވެ. "ނަމަވެސް ޔުނިވަރސިޓީގެ މާލީ ކަންތައްތައް ހާމަކަން ބޮޑު ގޮތެއްގައި ކުރާ ނަމަ، ވުނަނުކުރާން ބާރުއަޅާންވީ ފަރާތްތައް އަޅުގަނޑުމެންނަށް އެނގޭނެއެވެ."

އެމެރިކަން ޔުނިވަރސިޓީ އޮފް ބޭރޫތުގައި ދަރިވަރުން ޑިމާންޑްކުރަމުން ގެންދަނީ އިސްރާއީލު ސިފައިންނަށް ފަންނިއްޔާތާއި އެހެނިހެން ޚިދުމަތްދޭ ހިވްލެޓް ޕެކާރޑް (އެޗްޕީ) ކުންފުނި ބޮއިކޮޓްކޮށް އެ މީހުންނާ ވުނަކުރުން ހުއްޓައިލުމަށެވެ. "ސަބަބަކީ ޔުނިވަރސިޓީ ބަރޯސާވަނީ އެޗްޕީ ލެޕްޓޮޕާއި ކޮންޕިޔުޓަރަށްކަމަށް ވާތީ، ނަސްލުހޭދުއަށް ފައިސާގެ އެހީދޭ ފަންނިއްޔާތެއް ބޭނުންކުރާކަށް އަހަރެމެން ބޭނުން ނުވާތީއެވެ."

ހުޅަނގުގެ ގައުމުތަކާއި އެމެރިކާގެ ބައެއް ސިޓީތަކާއި ދުނިޔޭގެ ކަންކޮޅުތަކުގައި ޔުނިވަރސިޓީތަކުގެ ދަރިވަރުން ފަލަސްތީނަށް ތާއީދުކޮށް ހަޅުތާލުތަކާއި އިޙުތިޖާޖުތައް ފަލަސްތީނަށް ތާއީދުކޮށް އިސްރާއީލާ ދެކޮޅަށް އަޑުއުފުއްލަމުން އެބަ ގެންދެއެވެ. މި ގޮތަށް އިހުތިޖާޖުކުރާ ދަރިވަރުންނަށް އިންޒާރުދީ ހައްޔަރުކުރަމުން ވެސް އެބަގެންދެއެވެ. އެހެންނަމަވެސް ސަރުކާރުތަކުން ގެންގުޅޭ ބޭއިންސާފު ޢަމަލުތަކުގެ ސަބަބުން، ފަލަސްތީނަށް ތާއީދުކޮށް އަޑުއުފުލުން ދުނިޔޭގައި އަންނަނީ އިތުރުވަމުންނެވެ.

(މި މަޢުލޫމާތު ނަގައިފައި މި ވަނީ ނަދާ ޙުމްސީ "ދަ ނޭޝަނަލް"ގައި ޝާއިޢުކޮށްފައިވާ ލިޔުމަކުންނެވެ.)

_____________________________

ބައެއް ލަފުޒުގެ މާނަ:

ނަސްލުހޭދު    ނ.       އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.

ވުނަ        ނ.       ފައިދާ ނުވަތަ މަންފާ ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ޚަރަދުކުރާ ފައިސާ ނުވަތަ މުދަލަކަށް ކުރާ ހޭދަ ނުވަތަ އެ ފަދަ ކަމެއްގައި ވާ ހިއްސާ.

ފަންނިއްޔާތު    ނ.      (1) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު. (2) ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އަމަލީ ބޭނުންތަކަށް އުފައްދާ އާލަތްތައް.

އިހުތިޖާޖު      ނ.      (1) ނުރުހުން ފާޅުކުރާ ކުރުން. (2) ދެކޮޅު ހަދާ ހެދުން.

ހަޅުތާލު       ނ.      މަސައްކަތްކުރާ ބަޔަކު ޝަކުވާއެއް ކުރުމުގެ ގޮތުން ނުވަތަ ކަމަކާ ދެކޮޅުހެދުމުގެ ގޮތުން މަސައްކަތް ހުއްޓައިލާ ހުއްޓައިލުން.

Advertisement

ކޮމެންޓް