Advertisement

ކޮވިޑަކީ ޢާލަމީ ވަބާއެއްތޯއެވެ؟

28 Apr 2024 | 00:01
ތެންދްރޯސް އަދްހާނަމް ގެބްރެޔޭސަސް: ކޮވިޑަކީ ޢާލަމީ ވަބާއެއްކަމަށް އިޢޫލާނުކުރި، ޑަބްލިޔޫ އެޗް އޯގެ ޑިރެކްޓަރ-ޖެނެރަލް

އިސްމާޢީލް މުބާރަކު

ސުރުޚީގައި އެ ވާ ސުވާލަކީ ގިނަ ބަޔަކަށް ސުވާލަކަށް ވެސް ނުވެދާނެއެވެ. ނުވަތަ އެ ވާނީ ހެއްވާ ސުވާލަކަށެވެ. އެހެނީ ޢާލަމީ ވަބާއެއްކަމުގައި މުޅި ދުނިޔެ ވަނީ ކޮވިޑު ތަޖުރިބާކޮށްފައެވެ. ވީމާ އެ ސުވާލުގެ އާންމު ޖަވާބަކީ "އާނއެކޭ"ކަމަށް ވެދާނެއެވެ. ނަމަވެސް ކޮވިޑަކީ ޢާލަމީ ވަބާއެއް ނޫންކަމަށާއި އެއީ ދުނިޔޭގެ ނުފޫޒުގަދަ ބަޔަކު ހިންގި ނަފުސާނީ  އޮޕަރޭޝަނެއްކަމަށް ޖަރުމަނު ވިލާތުގެ ޑޮކުޓަރުންގެ ޓީމަކުން ބުނެފިއެވެ. (ތަފުޞީލު ބޭނުންފުޅު ނަމަ ތިރީގައި މި ވާ ލިންކަށް ޒިޔާރަތްކޮށްލާށެވެ.)

https://rumble.com/v4n41a6-german-govt-admits-there-was-no-pandemic.html

ޖަރުމަނުވިލާތުގެ ސަރުކާރުގެ ރަސްމީ ލިއުންތަކަށް ބަލާ އިރު، މި ފަހަކަށް އައިސް ދުނިޔޭގައި ޢާލަމީ ވަބާއެއް  އުފެދުނުކަމަކަށް ނުވެއެވެ.

އެއާ ޚިލާފަށް އުފެދިގެން އުޅުނީ ވަރުގަދައަށް ދުނިޔޭގެ ނުފޫޒު ގަދަ ބަޔަކު އުފައްދާ ކޮރިއޮގްރާފުކޮށްފައިވާ އަސްކަރީ ގްރޭޑުގެ ނަފުސާނީ އޮޕަރޭޝަނެކެވެ. މިއީ އާންމުންގެ ސިކުނޑި ދޮވުމަށާއި ދުނިޔޭގެ ނުފޫޒުގަދަ ބަޔަކު ބޭނުންވާ ލަނޑުދަނޑިތަކެއް ޙާޞިލްކުރުމަށް ޓަކައި ހިންގި އޮޕަރޭޝަނެއްކަމުގައެވެ. މި ކަމުގައި ދުނިޔޭގެ ޢާންމުން ބޭނުންކޮށްގެން ތަޖުރިބާކޮށްފައިވަނީ އޭގެ ނަތީޖާ ނޭނގޭ އަދި ގިނަދުވަހުން މުޞީބާތް ކުރިމަތިކުރުވާ ވެކުސިނެކެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނު މެދުވެރިކޮށް، ޖަރުމަނު ސަރުކާރަށް އެދިގެން ލިބުނު ޖަރުމަނު ސަރުކާރުގެ މި ސިއްރު ލިޔެކިޔުންތަކާއި އޭގެ ފަހުން ދައުވާކުރުމުން ދުނިޔޭގެ ޝަޚުސިއްޔަތުން ކޮވިޑުގެ ޢާލަމީ ވަބާއޭ ކިޔައިގެން ހެދި ދޮގުތަކުގެ ފުށްގަނޑުން ސޫރައެއް ހަދައިގެން މިނިތެލާ އެއްކޮށްގެން ތިބެ ބަރަހަނާކޮށް ތިބެ ކައިގެން މި ހެދި ފަންޑިތައިގެ ޙަޤީޤަތަށް، ވީހައި ވެސް ގިނަ ބަޔަކު ހޭލުންތެރިކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މުޅި ދުނިޔެ ވަކި ބަޔެއްގެ ބާރުގެ ދަށުގައި ބޭއްވުމަށް ޓަކައި، އުފެދިފައިވާ (ނުފޫޒުގަދަ ބަވަނަ) ޖަމާޢަތަކުން ހުއްޓުމެއްނެތި ފަނާކުރުމާއި ނަސްލު ނައްތައިލުމާއި މި ފަދަ ކަންކަން ކުރަމުން ގެންދާކަން އެއް ދުވަހުން އަނެއް ދުވަހަށް ދުނިޔޭގެ ރައްޔިތުންނަށް އެނގެމުންދާލެއް މި ދަނީ ބޮޑުވަމުންނެވެ .

މި ގޮތުން ވިލާތުގެ އެހެން ޤައުމުތަކާއި އެއް ފަދައިން ޖަރުމަނު ވެސް ތަފާތެއް ނެތެވެ. އަނިޔާވެރި ފުރަބަންދުތަކާއި ވެކުސިން މެންޑޭޓްތައް ޖަރުމަނުގެ އާބާދީއަށް ކުރިމަތިވިކުރުވީ ކީއްވެތޯ  (މިހާރު ރައްޔިތުންނަށް ވިސްނި) މި ކަމަށް ޖަވާބުދާރީވުމަށް ސަރުކާރަށް ދަނީ އެދެމުންނެވެ.

މި ކަމުގައި ޖަރުމަނުވިލާތުގެ ސްޓެޕް ފޯވާޑު ޕޯލް ޝްރެޔަރ އާއި މަލްޓިޕޯލާ މަޖައްލާއިން މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނު ދަށުން ކެމްޕޭނެއް އިފުތިތާޙުކޮށް، އޭގެ ފަހުން ޖަރުމަނު ސަރުކާރާ ދެކޮޅަށް ދައުވާކުރިއެވެ. އޭރު ވެސް ސިއްރު ލިޔެކިޔުންތައް ހާމަނުކޮށް ތަޅުއަޅުވައި ބަންދުކޮށްފައި ބެހެއްޓުމަށް ޖަރުމަނުވިލާތު ސަރުކާރުން ވަރަށް މަސައްކަތްކުރިއެވެ .

މި ކަމުގައި އިސްކޮށް އުޅުއްވި އެއް ޕްރޮފެސަރުކަމަށްވާ ސްޓީވަން ހޮމްބާގް ވިދާޅުވާ ގޮތުގައި، އުނދަގޫ މަސައްކަތަކަށް ފަހު، ލިބުނު ނަތީޖާތަކަކީ ތަފާތު ނަތީޖާތަކެއްކަމަށާއި، ފުރަބަންދުތަކާއި މާސްކާއި ވެކުސިންގެ މެންޑޭޓްތަކާ މެދު ސުވާލު އުފައްދާން ކެރިގެން އުޅުނު ކޮންމެ މީހަކަށް މިއަދު މި ވަނީ ޙަޤީޤަތާ ހިސާބަށް އާދެވިފައި ކަމުގައެވެ .(ތަފުސީލު ހޯއްދަވާން ބޭނުންފުޅު ނަމަ، މި ލިންކަށް ޒިޔާރަތްކޮށްލަވާށެވެ!)

https://twitter.com/SHomburg/status/1770819987269181487?t=6lBD-VRbKVKaF5c9qID-Mg&s=19

އޭނާ ވިދާޅުވިއެވެ: ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކުން، ލިބުނު 2000 ޞަފުޙާއިން ވެސް އަޅުގަނޑުމެން އޭރު ލަފާކުރި ހުރިހާ ކަމެއް ގާތްގަނޑަކަށް މިއަދު މި ވަނީ ތެދެއްކަމުގައި ކަށަވަރުވެފައެވެ. އަޅުގަނޑުމެންނަށް ކުރީން ވެސް ހީކުރެވުނީ މިއީ ބަޔަކު އުފައްދައިގެން އުޅޭ އެއްޗެއްކަމުގައެވެ. އެހެންކަމުން މި ކިޔާ "ޢާލަމީ ވަބާ"އަކީ އަދި އެ ހުރިހާ ކަމަކީ ވެސް އޮޅުވައިލުމެއްކަން ހާމަވެއްޖެއެވެ.

މި ހަގީގަތްތަކަކީ ލަދުވެތިކަމެއްކަމަށާއި ދުނިޔޭގެ ސަރުކާރުތަކާއި މައިގަނޑު މީޑިއާތަކުން ކޯވިޑާ ބެހޭ ގޮތުން  ހިންގި ކެންޕޭނުތަކަކީ އަދި ކޯވިޑާ ބެހޭ ރަސްމީ ވާހަކައަކީ މުޅީން ބޯގޯސް ދޮގު ވާހަކައެއްކަން ސާބިތުވެއްޖެއެވެ.

ޕްރޮފެސަރ ހޮމްބަރގް ވިދާޅުވާ ގޮތުގައި، ޢާލަމީ ވަބާކަމަށް ބުނާ ދުވަސްވަރު އަޅުގަނޑުމެން ތަޖުރިބާކުރާން ޖެހުނު، ތަޖުރިބާކުރި، އަނިޔާވެރިކަމަކީ،- މިސާލަކަށް. މާސްކު އެޅުމާއި ގޭ ބަންދުގައި ތިބުމާއި  މިފަދަކަންކަމަކީ - މިއަދު އެކަން ހަޖަމުކުރާން ވެސް އުނދަގޫ ކަންކަމެވެ .

އަދި މާސްކާއި ލޮކުޑައުންތަކުން އެއްކިބާވެ އެއަށް ތަބާނުވި ވިލާތުގެ ހަމައެކަނި ގައުމު ކަމަށްވާ ސުވިޑެންގެ ނަތީޖާ ޖަރުމަނަށް ވުރެ މާ ރަނގަޅުކަމަށް ވެސް ތަފާސް ހިސާބުތަކުން ހާމަވެއެވެ. މި ކަމުން އުފެދޭ ސުވާލަކީ، އަނިޔާވެރި ލޮކުޑައުންތަކާއި މެންޑޭޓްތަކަކީ ހަގީގަތުގައި ކޮން ކަމެއް ހެއްޔެވެ؟ ޕްރޮފެސަރ ހޮމްބަރގަށް މި ކަމުގައި ދޭނެ ޖަވާބު އެބަ އޮތެވެ. އަދި މިއަދު ހާމަވީ ކަމަކީ، އޭރު އަޅުގަނޑުމެން ލަފާކުރާ ގޮތް ރަނގަޅުކަމެވެ.

ވެކުސިން ނުޖަހައި ފުރަބަންދުން ވީއްލުނަނުދިނުން އެއީ ދުނިޔޭގެ ޝަޚުސިއްޔަތުން އަމާޒު ހިފައިފައި ތިބި ގޮތެވެ. ހިތާމައަކީ އޭރު މިއީ ނަފުސާނީ އޮޕަރޭޝަނެއްކަން، ޞިއްޙީ މާހިރުންނަށް ނޭނގުނުކަމެވެ. މި ކަމުގެ ސަބަބުން ސިއްހީ ގޮތުން ކުރިމަތިވާ ގެއްލުންތައް ވަރަށް ބޮޑެވެ. ސީރިއަސް ސުވާލުތަކެއް ކުރާން ޖެހެއެވެ.  ޖަޕާނުގެ ދިރާސާވެރީން މިހާރު ވަނީ ކޯވިޑު ވެކުސިންތަކާއި އެތައް ސަތޭކަ ބައްޔަކާ ގުޅުން ހުރިކަން  ފާހަގަކޮށްދީފައެވެ.

އެމެރިކާގެ ޑަކުޓަރުންގެ ޓީމަކުން ކުރި ދިރާސާއަކުން ވެސް ކޯވިޑު އެމްއާރްއެންއޭ އިންޖެކުޝަން ޖަހައިގެން "ފުރިހަމައަށް ވެކުސިން" ޖަހައިފައިވާ މީހުންގެ އުމުރުގެ 25 އަހަރު ގެއްލިދާނެކަމަށް ލަފާކުރެވޭ ކަމަށް  ހާމަކޮށްފިއެވެ.

އެމެރިކާގެ ސީޑީސީއާއި ކުލީވްލެންޑު ކުލިނިކު ޑޭޓާތަކާއި އިންޝުއަރެންސް ކުންފުނީގެ ރިސްކު އެސެސްމަންޓް ޑޭޓާގެ ޑޭޓާތައް ތަހުލީލުކޮށް، އެމްއާރްއެންއޭ ވެކުސިންގެ ގިނަ ޑޯޒްތަކެއް ޖަހައިފައި ތިބި މީހުންގެ ދިރިއުޅުމުގެ ސިއްޙީ ޙާލަތު ވަރަށް ބޮޑަށް ދަށްވުމުގެ ޓްރެންޑެއް މި ދިރާސާވެރީންނަށް ހޯދިފައިވެއެވެ. އެމްއާރްއެންއޭގެ ކޮންމެ ޑޯޒެއްގެ ސަބަބުން ސިއްހަތަށް ލިބޭ ދިގުދެމިގެންދާ ގެއްލުން ވަގުތު ފާއިތުވަމުންދާ ވަރަކަށް ދަނީ އިތުރުވަމުންނެވެ.

ދިރާސާވެރީން ބުނާ ގޮތުގައި ސީޑީސީގެ ޑޭޓާއިން ދައްކާ ގޮތުގައި ކޮންމެ ވެކުސިން ޑޯޒެއް ޖެހިފަހުން  2021ވަނަ އަހަރު މަރުވި މީހުންގެ އަދަދާ އަޅައި ބަލާ އިރު، 2022ވަނަ އަހަރު %7 އިތުރުވެފައިވެއެވެ.

މާނައަކީ ފަސް ޑޯޒު ޖަހައިފައިވާ މީހުން – އެއީ ދެ ޑޯޒާއި ތިން ބޫސްޓަރ – 2021ވަނަ އަހަރަށް ވުރެ 2022ވަނަ އަހަރު މަރުވުމުގެ ފުރުސަތު %35 ބޮޑުކަމެވެ .

ޖަރުމަނުގެ ސަރުކާރުން ލިބުނު މައުލޫމާތާ ގުޅިގެން، ބެލި ބެލުމުން  ވެކުސިން ނުޖަހާ މީހުން މަރުވުމުގެ ފުރުސަތު 2021ވަނަ އަހަރަށް ވުރެ 2022ވަނަ އަހަރު މާ ބޮޑު ނޫންކަން ވެސް މި ދިރާސާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ކަމަށް ސަމާލުކަން ދޭ ކޮންމެ މީހަކަށް ވެސް ވެކުސިން ޖެހިފަހުން ހަށިގަނޑުގެ ސިއްޙީ ޙާލަތު  އެ ނުޖަހާ އިރު، ހުރި ވަރަށް ވުރެ،  ގޯސްކަން ފާހަގަކުރެވޭނެއެވެ. މުޅި ދުނިޔޭގައި ވެސް ހިތުގެ މައްސަލަތަކާއި  ކެންސަރު ޖެހޭ މީހުންގެ ޢަދަދު ވެކުސިންގެ ފަހުން ވަނީ އިތުރުވެފައެވެ.

ޕްރޮފެޝަނަލް އެތުލީޓުންނަކީ މި ދުނިޔޭގެ އެންމެ ދުޅަހެޔޮ މީހުންގެ ތެރޭގައި ހިމެނޭ ބަޔެއްކަމަށް ބެލެވެނީ ކާނާއާއި ހަށިގަނޑުގެ ތަމްރީންތަކާއި ދިރިއުޅުމުގެ އާދަތައް އެހެން އެންމެނާ ޚިލާފަށް ކޮންޓުރޯލުކޮށް ބަލަމުން ގެންދާ ބަޔަކަށް ވީތީއެވެ. ނަމަވެސް ފާއިތުވި މަދު އަހަރުތަކުގައި އެތައް ހާސް އެތުލީޓުންނަށް ވަނީ ކުއްލި އަދި ކިޔައިދޭން ނޭނގޭ ހިތުގެ ހާލަތްތަކަކާ އެކު ވެއްޓޭން ފަށައިފައެވެ. ނިމިދިޔަ ހަފުތާގެ ތެރޭގައި އެކަނި ވެސް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރީންގެ ހަތަރު ކުޅުންތެރީން ވަނީ މޭގައި ހިފަހައްޓައިގެން ކުއްލިއަކަށް ބިންމައްޗަށް ވެއްޓިފައެވެ.

މިސްރުގެ ތަރި އަހުމަދު ރެފީޓް، ވެގެން ދިޔައީ ލައިވް ޓީވީ ކެމެރާތަކުގެ ކުރިމަތީގައި (ކާޑިއަކު އެރެސްޓް) ހިތް ހުއްޓިގެން ބިންމައްޗަށް ވެއްޓުނު ތިންވަނަ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔާއަށެވެ. މިއާ އެކު ޑޮކުޓަރުން ބުނެފައިވަނީ މީގެ ކުރީން މި ކަހަލަ ކަމެއް ދެކެފާނުވާކަމަށެވެ.

މި ހަފުތާގައި ދަނޑުގައި ވެއްޓުނު ދެވަނަ ފުޓްބޯޅަ ތަރިއަކީ އޮރލަންޑޯ ޕައިރެޓްސްގެ މިޑުފީލްޑަރު މަޚެލީން މަޚައުލާއެވެ. ދެކުނު އެފުރިކާގެ މި ފުޓްބޯޅަތަރީގެ ފުރާނަ ސަލާމަތް ކޮށްދޭން މެޑިކަލް ސްޓާފުން ކެތްމަދުވެފައި ތިބި ތަން ފެނުނު އިރު، އެ ދުވަހު މި ކަމާ ގުޅިގެން ފުޓްބޯޅަ ކޮމެންޓްރީ ގެނެސްދިން  ކޮމެންޓޭޓަރު ބުނެފައިވަނީ ވެކުސިން ތައާރަފުކުރި ފަހުން މުޅި ދުނިޔޭގައި ފުޓްބޯޅަ ކުޅުންތެރީން ދަނީ މަދިރިއަށް އިސްޕްރޭ ޖެހީމާ މަދިރި އެއްޗިހި ވެއްޓިގެންދާ ފަދައިން ދަނޑުމައްޗަށް ވެއްޓެމުންދާކަމަށް ބުނެފައެވެ.

މި ދިޔަ އާދީއްތަ ދުވަހު އާޖެންޓީނާގެ އެންމެ މަޝްހޫރު ކުޅުންތެރީންގެ ތެރޭގައި ހިމެނޭ އެސްޓޫޑިއަންޓޭސްގެ ހާވިއާ އަލްޓަމިރާނޯ ދެކުނު އެމެރިކާގެ އެންމެ ބޮޑު އެއް ކުލަބުކަމަށްވާ ބޮކާ ޖޫނިއާސްއާ ދެކޮޅަށް ކުޅުނު ބޮޑު މެޗުގައި މެޔަށް ތަދުއަރައި ފިޓްޖެހި ކުއްލިއަކަށް ދަނޑުމައްޗަށް ވެއްޓުނެވެ.

މީ ހަމައެކަނި ޕްރޮފެޝަނަލް އެތުލީޓުންނަށް ޖެހިގެން އުޅޭ ކަމެއް ނޫނެވެ. ޤައުމުތަކުގެ ވަޒީރުންނާއި  ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ މީހުންނާއި ސޯޝިއަލް މީޑިއާގައި ވެސް މަޝްހޫރު އެތައް ބަޔަކު ހިމެނޭ ގޮތަށް ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގެ މީހުންނަށް ހިތުގެ ބަލިތަކާއި މަދުން ނޫނީ ނުފެންނަ ކެންސަރުތަކުގެ އަސަރު ކުރީން ކުރިމަތިނުވާ މިންވަރަކަށް ދަނީ ކުރިމަތިވަމުންނެވެ.

އަޚުލާޤީ މީޑިއާއަކުން މި ހާދިސާތަކަށް އެ މީހުންގެ ފުރަތަމަ ޞަފުޙާތަކުގައި ދަނީ ފާހަގަކޮށް އަލިއަޅުވަމުންނެވެ. އެހާ ގިނަ ޒުވާނުންނާއި ދުޅަހެޔޮ، ސިއްޙަތު ރަނގަޅު، މީހުންނަށް "ކާޑިއެކު އެރެސްޓް"އާއި "ސްޓްރޯކާއި މަދުން ނޫނީ ނުފެންނަ ކެންސަރު ޖެހެނީ ކީއްވެގެންތޯ ބަލައި ތަހުގީގުކުރުމަށް އަންނަނީ ގޮވައިލަމުންނެވެ.

އަނެއްކޮޅުން ދުނިޔޭގެ ޢާންމު ޚަބަރުފަތުރާ ވަޞީލަތްތަކުން މަސައްކަތްކުރަމުން ގެންދަނީ އާންމުކޮށް، ޕްރޮފެޝަނަލް އެތުލީޓުންނާއި ޒުވާނުންނަށް ހާޓް އެޓޭކު ޖެހުމަކީ އެއީ ހަމަ އޭގެ ޒާތުގައި ޢާންމު ކަމެއްކަމަށް ގަބޫލުކޮށްދިނުމަށް ޓަކައި މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް މިނިވަން ވިސްނުމެއްގެ ޤާބިލުކަން ހުރި ކޮންމެ މީހަކަށް ވެސް މި ކަމަކީ މީގެ ކުރީން ވަމުންދާ ކަމެއް ނޫންކަން ވިސްނޭނެއެވެ.

އެޑިޓަރުގެ ނޯޓް
އިސްމާޢީލް މުބާރަކަކީ ރާއްޖޭގެ މަޝްހޫރު ޢިލްމުވެރިއެއް އަދި އަދީބެއްކަމުގައިވި އައްޝައިޚު ޢުމަރު ޢީސާ (ރަޙިމަޙުއްﷲ)ގެ އަރިހުން ދަރިވަރުވެވަޑައިގެންފައިވާ، އޭނާގެ އުފަން ދަރިކަލެކެވެ. ބައިނަލްއަޤުވާމީ މަސްރަޙާއި އިސްލާމް ދީނަށް ލޯފުޅު ހުޅުވިފައިވާ، އަދި ކަންކަމާ މެދު، ފިކުރުކުރައްވައި މަނޠިޤީ ހަމަތަކުން ވިސްނައިވަޑައިގަންނަވާ ޢިލްމީ ބޭފުޅެކެވެ.

Advertisement

ކޮމެންޓް
ނަހުޒާ
سبحان الله! ކޮންފަދަ އނިޔާއެއް!
28 Apr 2024