Advertisement

ފަލަސްތީނުން އެންމެ ފަހުގެ އަދާހަމަ (ކުރުކޮށް)

20 Apr 2024 | 07:04
އިސްރާއީލުގެ ހަނގުރާމަތީ އުޅަނދެއް ފަަސްތީނުގައި ޢުދުވާނު ހިންގަނީ

ބައިނަލްއަގުވާމީ މުރާސިލު

o އަލްޖަޒީރާ އިން ޚަބަރުދޭ ގޮތުގައި އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ތުލްކަރިމްގައި ހުރި ނޫރުޝަމްސް ފޭލިގެ. ނިރުބަވެރި އިސްރާއީލުން ރޭޑުކޮށް އެ ތަނަށް ހަމަލާދޭތާ މިއަދަށް ދެ ދުވަސް ހޭދަވަނީއެވެ. މިހައި ތަނަށް މަދުވެގެން ފަސްހަ މީހުން ޝަހީދު ވެސް ވެއްޖެއެވެ.

o ވަފާ ނޫސް އެޖެންސި ބުނާ ގޮތުގައި، ދެކުނު ޣައްޒާގެ ރަފަޙު ސަރަޙައްދަށް ދެމުންގެންދާ ޙަމަލާތަކުގައި މިއަދު އެކަނި ވެސް އަށެއްކަ މީހުން ޝަހީދުކޮށްލައިފިއެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދީންނާއި އަންހެނުންނެވެ.

o އީރާނުގެ އިސްފަހާނު މަތީން އިސްރާއީލުގެ ތިން ޑުރޯނ، އީރާނުގެ ވައިގެ ދިފާޢީ ބާރުތަކުން ވައްޓައިލުމާ ގުޅިގެން އިސްރާއީލުން އިތުރު "ކުޅިގަނޑެއް" ކުޅެފި ނަމަ، އެ ކަމަށް އިޖާބަދެވޭން އޮތް އެންމެ މަތީ ދަރަޖައަކަށް އިޖާބަދޭނެކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އިންޒާރުކުރައްވައިފިއެވެ.

o ފަލަސްތީނުގެ ރަފަޙު ސަރަޙައްދަށް އިސްތިޢުމާރީ ދައުލަތުގެ އިތުރު ފައުޖުތައް ގެނެސްގެން އެ ރަށުގެ އިރުމަތީ ސަރަހައްދުގައިވާ ދަނޑުފަނގުތަކާއި ދަނޑުވެރިކަން ކުރާ ބިންތައް އެކީއެކަށް ސުންނާފަތިކޮށްލައިފިއެވެ.

o މި ދިޔަ އަހަރުގެ އޮކުޓޫބަރުން ފެށިގެން މިހައި ތަނަށް ޣައްޒާއިން ފަލަސްތީނުގެ މަދުވެގެން 34012 މީހުން އިސްރާއީލުން ޝަހީދުކޮށް 77 ހާސް މީހުން ޒަޚަމުކޮށްލައިފިއެވެ. މީގެ ތެރޭގައި ކުޑަކުދީންނާއި އަންހެނުން ގިނަ އަދަދަކަށް ހިމެނެއެވެ.

ބައެއް ލަފުޒުގެ މާނަ:

އަދާހަމަ      ނ.   (1) އެއްޗަކާ ނުވަތަ ކަމަކާބެހޭ އެންމެފަހުގެ މަޢުލޫމާތު. (2) އެއްޗެއް ނުވަތަ ކަމެއް ނުވަތަ މަޢުލޫމާތެއްގެ އެންމެ ފަހުގެ ފެންވަރު.

ދަނޑުފަނގު    ނ.    ގަސްގަހާގެހި ހައްދާ ދަނޑު ދަނޑާއި، އާމުދަނީ ލިބޭ ހިންނަ ފަދަ ތަންތަން.

Advertisement

ކޮމެންޓް