Advertisement

އިސްފަހާނުން އިވުނު ގޮވުމުގެ އަޑަކީ، އީރާނުގެ ދިފާޢީ ބާރުތަކުން އިސްރާއީލުގެ ޑުރޯނުތައް ގޮއްވައިލި އަޑު

19 Apr 2024 | 08:06
އިސްރާއީލީ ދިފާޢީ ބާރު

ބައިނަލްއަގުވާމީ މުރާސިލު

އެމެރިކާގެ އޮފިޝަލަކާ ޙަވާލާދީ އޭބީސީ ނިއުސް ކުރީން ބުނެފައިވާ ގޮތުގައި އީރާނުގެ އަމާޒުތަކަކަށް އިސްރާއީލުން މިސައިލުން ތިން ހަމަލާއެއް ރޭ ފޮނުވައިލައިފައިވެއެވެ. އީރާނުގެ ދައުލަތުގެ މީޑިއާ ބުނާ ގޮތުން އެ ގައުމުގެ ވައިގެ ދިފާޢީ ބާރުތަކުން އިސްރާއީލުގެ ތިންޑްރޯނެއް ވަނީ ތިރިކުރެވިފައެވެ. މި ކަން ހާމަކޮށްފައިވަނީ އީރާނުގެ އަމާޒުތަކަކަށް އިސްރާއީލުގެ ޙަމަލާތައް ވާސިލުވެފައިވާކަމަށް އެމެރިކާގެ އޮފިޝަލަކާ ޙަވާލާދީ ޚަބަރު ފެތުރިފައިވަނިކޮށެވެ.

އިސްފަހާނުން ގޮވުމުގެ އަޑު އިވުނު ފަހުން، އީރާނުން ބުނެފައިވަނީ އެ ގައުމުގެ ވައިގެ ބާރުތަކުން ވަނީ ފުރިހަމައަށް ޙަރަކާތްތެރިވާން ފަށައިފައިކަމަށާއި އީރާގެ އެތައް ސަރަހައްދުތަކަކުން ޚާއްޞަކޮށް އިސްފަހާނުގެ މަތީން މަތީންދާބޯޓުތައް ދަތުރުކުރުން ވަގުތީ ގޮތުން މަނާކޮށްފައިވާކަމަށެވެ. މި ޙަމަލާގެ ސަބަބުން އެއްވެސް މީހަކަށް ހާނިއްކަވީކަމުގެ ރިޕޯޓެއް އަދި ނުލިބެއެވެ.

އީރާނުގެ ދައުލަތުގެ މީޑިއާ ބުނާ ގޮތުގައި ގާތްގަނޑަކަށް ރޭ މެންދަމު ޖީއެމްޓީ ގަޑީން 12:30ގައި އިސްފަހާނުގެ މަތީން ދަތުރުކުރި ތިން ޑުރޯނެއް ވައިގެ ދިފާޢީ ވައިގެ ނިޒާމުގެ އެހީގައި ވައްޓައިލެވުނުކަމަށެވެ. "ދިފާޢީ ނިޒާމު ޙަރަކާތްތެރިވެ އެ ތިން ޑުރޯނު ވައިގެ ތެރޭގައި ވަނިކޮށް ވައްޓައިލެވުނު."

އިސްރާއީލުން ސޫރިއާގައި ހުރި އީރާނުގެ ކޮންސިޔުލޭޓަށް އިސްރާއީލުން ޙަމަލަދީ އެތައް ބަޔަކު ޝަހީދުކޮށްލި ހާދިސާއަށް ބަދަލު ހިފުމުގެ ގޮތުން މި ދިޔަ ހޮނިހިރު ދުވަހު އީރާނުންވަނީ އިސްރާއީލަށް ވައިގެ ޙަމަލާތަކެއް ދީފައެވެ. އެ ޙަމަލާގެ ގެއްލުން ކުޑަކުރުމަށް ޓަކައި ޢަރަބި ބޮޑެތި ގައުމުތަކުން ވަނީ އިސްރާއީލަށް ޖާސޫސީ މަޢުލޫމާތު ދީފައެވެ. މި ޙަމަލާގެ ބަދަލު ފުރިހަމައަށް ދޭނެކަމަށް އިސްރާއީލާއި އެމެރިކާއިން ބުނެފައިވަނީ އެކަމުގެ ފުރިހަމަ ބަދަލު ހިފާނެކަމުގައެވެ. އީރާނާއި އެމެރިކާގެ އިންޒާރާ ގުޅިގެން އީރާނުން އިންޒާރުކުރީ އިސްރާއީލަށް އީރާނުން ދިނީ އިންސާފުވެރި މިންވަރެއްގެ ހަމަލާއެއްކަމަށާއި އެއީ އިސްރާއީލުން ދިން ޙަމަލާގެ ހަމަހަމަ ބަދަލެއްކަމަށެވެ. މި ކަން މި ހިސާބުން ނިމުނީކަމަށާއި މި ކަމާ ގުޅިގެން އީރާނަށް އެއްވެސް ޙަމަލާއެއް ދީފިނަމަ، މެދު އިރުމަތީގައިވާ އެމެރިކާގެ މަށްލަޙަތުތަކަށް ޙަމަލާދޭނެކަމަށެވެ.

އީރާނުގެ އިންޒާރުގެ ފަހުން އެމެރިކާއިން ފަހުން އިޢުލާނުކޮށްފައިވަނީ އީރާނަށް ދޭ އެއްވެސް ޙަމަލާއެއްގައި އެމެރިކާ ބައިވެރިނުވާނެކަމަށެވެ. ރޭ އިސްރާއީލުން އީރާނަށް ދިން ޙަމަލާގައި އެމެރިކާ ރަސްމީކޮށް ބައިވެރިވިކަމަކަށް އިޢުލާނުކޮށްފައެއް ނުވެއެވެ. ނަމަވެސް ރޭގެ ޙަމަލައާ ގުޅިގެން އިސްރާއީލުން ދިން ޙަމަލާގެ ވާހަކަ ގިނަ މީޑިއާތަކުން ރިޕޯޓުކުރީ އެމެރިކާގެ އޮފިޝަލަކާ ޙަވާލާދީފައެވެ. އެހެންކަމުން މި ކަމުގައި އެމެރިކާގެ ބައިވެރިވުން އޮންކަން ދޭހަވެއެވެ.

ރޭގެ ޙަމާއާ ގުޅިގެން އެއްވެސް މީހަކަށް ހާނީއްކައެއް ލިބުނުކަމެއް އެއްވެސް މީޑިއާއަކުން ރިޕޯޓުކޮށްފައެއް ނުވެއެވެ. ވީމާ، އީރާނުން ބުނެފައިވާ ގޮތަށް، އިސްރާއީލުގެ ޑުރޯނުތައް އޭގެ އަމާޒަށް ވާސިލުވުމުގެ ކުރީން ވައްޓައިލެވުނީކަމަށް ގަބޫލުކުރުމުގެ ފުރުސަތުއެބަ އޮތެވެ. (ބައެއް މަޢުލޫމާތު: އަލްޖަޒީރާ)

Advertisement

ކޮމެންޓް