Advertisement

ގޫގްލްގެ މުވައްޒަފުން ތަކެއް އެމެރިކާގައި ހައްޔަރުކުރީ އެ ކުންފުނީން އިސްރާއީލާ އެކު މަސައްކުރުމާ ދެކޮޅަށް ހަޅުތާލުހަދައިގެންނެވެ.

17 Apr 2024 | 12:44
ގޫގުލް އޮފީހެއް

ބައިނަލްއަގުވާމީ މުރާސިލު

ގޫގުލް ކުންފުނީން އިސްރާއީލަށް އެއްބާރުލުންދީ އެ މީހުންނާ ގުޅިގެން މަސައްކަތްކުރާކުރުމާ ދެކޮޅު ދެމުގެ ގޮތުން ހަޅުލާލު ހެދުމުގެ ސަބަބުން އެ މީހުން، އެމެރިކާގައި ހައްޔަރުކޮށްފިއެވެ. މި މީހުންނަކީ އެމެރިކާގެ ނިއު ޔޯކް އޮފީހާއި ސަނީވޭލް ކެލިފޯނިޔާ އޮފީހުގެ މުވައްޒިފުންނާއި އެހެން ބައެއް ސަރަހައްދުތަކުގައި މަސައްކަތްކުރާ މުވައްޒިފުންނެވެ. މިއީ ކްލައުޑްގެ ޚިދުމަތް އިސްރާއީލު ސަރަކާރަށް ދޭން އެމޭޒަން ކުންފުންޏާއެކު ހެދި 1.2 ބިލިއަން ޑޮލަރުގެ އެއްބަސްވުމަކާ ދެކޮޅު ހެދުމުގެ ގޮތުން އިޙުތިޖާޖުކުރާން ފެށުމުންނެވެ. މި މުވައްޒިފުންގެ ނުރުހުން އަމާޒުވާން ފެށީ އިސްރާއީލާއި އީރާނާ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން ދުނިޔެ ހޫނުވި ދަނޑިވަޅުގައެވެ.

ގޫގްލްގެ އެހީތެރިކަމާއެކު ފަންނިއްޔާތުގެ އެކި ދާއިރާތައް ތަރައްގީކުރާން އިސްރާއީލުން ކުރަމުން އަންނަ މަސައްކަތްތަކުގައި ގޫގުލުން އެހީތެރިކަން ދޭތީ މިއީ ގޫގުލް މުވައްޒަފުން އިހުތިޖާޖުކުރި ފުރަތަމަ ފަހަރެއް ނޫންކަމަށް "ވޮޝިންގޓަންޕޯސްޓާ" ޙަވާލާދީ "ބިޒިނަސް ޓައިމް" އިން ޚަބަރުދެއެވެ.

ގޫގުލް އޮފީހެއް<br>

އިއްޔެ ހައްޔަރުކޮށްފައިވަނީ ނުވަ މުވައްޒަފެކެވެ. މީގެ ތެރެއިން އެކަކީ އިހުތިޖާޖުކުރާ މީހުންގެ ތަރުޖަމާނު ޖޭން ޗަން ކިޔާ މީހެކެވެ. ބައެއް ރިޕޯޓްތައް ބުނެފައިވާ ގޮތުން ފުލުހުން ބައެއް މީހުންނަށް އަންގައިފައިވަނީ ތަން ދޫކޮށް ނުގޮސްފި ނަމަ ހައްޔަރުކުރާނެކަމަށެވެ.

ގޫގްލްގެ ތަރުޖަމާނު ބެއިލީ ތޮމްސަނާ ޙަވާލާދީ ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި މިހާރު ހަޅުތާލުކުރި ބައެއް މީހުން ވަނީ "އިދާރީ ޗުއްޓީ"އަކަށް ފޮނުވައިލައި ގޫގުލްގެ އޮންލައި ނިޒާމުން ވެސް މުޅިން ގުޅުން ކަނޑައިލައިފައެވެ.

ހަޅުތާލު ހަދާ މީހުން ގޮވައިލަނީ އިސްރާއީލާއެކި ހަދައިފައިވާ "ނިމްބަސް" އެއްބަސްވުން ބާތިލުކުރުމަށެވެ. މި އެއްބަސްވުމުގެ ސަބަބުން އެމެޒޯން މެދުވެރިވެގެން ޗްލައުޑްގެ ޚިދުމަތް ފަސޭހަކަމާއެކު އިސްރާއީލަށް ފޯރުކޮށްދީ، އިސްރާއީލުގައި ޑޭޓާ މަރުކަޒެއް ގާއިމުކުރާނެއެވެ.

މުޒާހަރާކުރާ ގިނަ މުވައްޒަފުން މި ތިބެނީ އެ މީހުން ވަޒީފާއިން ވަކިކޮށްފާނެކަން ވެސް ދަނެގެންނެވެ. ގޫގްލްގެ ޔޫޓިއުބް އިންޖިނޭރެއްކަމަށްވާ ޒެލްޑާ މޮންޓޭސް ބިޒިނަސް ޓުޑޭއަށް މަޢުލޫމާތު ދިން ގޮތުގައި އޭނާ ހަޅުތާލުހަދާތީ އޭނާ ވަޒީފާއިން ވަކިކުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ހައްގުބަސް ބުނާކަށް އޭނާ ފަހެއް ނުޖެހޭނެއެވެ.

އެމެރިކާއާއި ހުޅަނގަށް ތާއީދުކުރާ ބައެއް ރިޕޯޓުތައް ތުހުމަތުކުރާ ގޮތުގައި ހަޅުތާލުކުރީ އިސްރާއީލަށް ނަފުރަތުކުރާ މީހުންނެވެ.

Advertisement

ކޮމެންޓް