Advertisement

ދުބާއީ އެއަރުޕޯޓުގައި ފެންބޮޑުވެގެން ފަސިންޖަރުންނަށް ދަތިތަކާ ކުރިމަތިވެފައި

17 Apr 2024 | 08:02
ދުބާއީ އެއަރުޕޯޓުގައި ފެންބޮޑުވެފައި (ފޮޓޯ: އެންޑީޓީވީ)

ބައިނަލްއަގުވާމީ މުރާސިލު

އިއްޔެ މީސްމީއާގައި ދައުރުކުރަމުން ދިޔަ ވީޑިއޯ ފުޓޭޖްތަކުގައި ފެންނަ ގޮތުން އެކުވެރި ޢަރަބި އިމާރާތަށް އިއްޔެ ބާރު ގުގުރިއާ އެކު އައި ގަދަ ޠޫފާނީ ވިއްސާރައިގައި ދުބާއީ ބައިނަލްއަގުވާމީ އެއަރުޕޯޓުގައި އޮތީ ފެންބޮޑުވެފައެވެ.

މި ކަމާ ގުޅިގެން އެއަރުޕޯޓްގެ ޚިދުމަތްތައް 25 މިނިޓަށް މެދުކަނޑައިލާން ޖެހުނެވެ. މިކަމުގެ ސަބަބުން އެކި އުދުހުންތައް ލަސްވެ، ފަސިންޖަރުންނަށް ވަރަށް ގިނަ ތަކުލީފުތައް އުފުލާން ޖެހުނެވެ.

އިއްޔެ އެކްސްގައި އެއަރޕޯޓުން އާންމުކުރި މެޖެސެއްގައި ވާ ގޮތުން ބޮޑެތިމަގުގައި ފެން ބޮޑުވުމުގެ ސަބަބުން އެ ހުރިހާ ފެނެއް މިސްރާބުޖެހީ އެއަރުޕޯޓަށެވެ. އަދި މޫސުން ކުރިއަށް ނިމުތުކުރެވޭ ގޮތުން މިއަދު ވެސް ވިއްސާރަ ހަމައަކަށް ނޭޅެއެވެ.

ދުބާއީގެ ބޮޑެތި މަގުތައް ވަނީ ފެންބޮޑުވެފައެވެ. (ފޮޓޯ: މީގެ ދެ ގަޑި އިރު ކުރީން އެންޑީޓީވީ)<br>

އިއްޔެ ތަންކޮޅެއް ފަހުން އެއަރުޕޯޓު އެކައުންޓުން އެކްސްގައި ކުރި ޕޯސްޓެއް ބުނެފައިވަނީ އިއްޔެ ހަވީރު އެއަރުޕޯޓަށް އައި ބޯޓުތައް މޫސުން ރަނގަޅުވެލަންދެން އެހެން މަންޒިލްތަކަށް ފޮނުވައިލާން ޖެހުނުކަމަށެވެ. ނަމަވެސް ފުރާ ބޯޓުތައް ކުރިއަށް ގެންދާނެކަމަށެވެ.

"އަޅުގަނޑުމެންގެ ބައިވެރީންނާއެކު ގުޅިގެން މި މަސައްކަތްކުރަނީ އަޅުގަނޑުމެންގެ ޙަރަކާތްތައް އާންމު ޙާލަތަށް ގެނައުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދާ ކަމަށެވެ.

ކޮންމެ ފަސިންޖަރަކު ވެސް އެ މީހެއްގެ ފްލައިޓްގެ މަޢުލޫމާތު ޗެކުކުރަމުން ގެންދާން ވަނީ އިރުޝާދުދެވިފައެވެ. އަދި ފާހަގަކޮށްލެވޭހާ ދިގު ވަގުތު ފަސިންޖަރުންނަށް ހޭދަކުރާންޖެހިދާނެތީ، ފަސިންޖަރުންގެ ކަންތައް އޮމާންކަމާއެކު ކުރިއަށް ގެންދިޔުމަށް ޓަކައި ދުބާއީ މެޓްރޯ ބޭނުންކުރެވޭނެކަމަށެވެ.

އިއްޔެ ދުބާއީ ބައިނަލްއަގުވާނީ ބަނދަރަށް އައި 17 ވަރަކަށް ބޯޓު އެހެން ބަންޒިލްތަކަށް ފޮނުވައިލާން ޖެހުނެވެ.

އިމާރާތުގެ ރަސްމީ އިދާރާތަކުން އާންމުންނަށް އިރުޝާދު ދެމުން ގެންދަނީ މުޅި ގައުމަށް ޠޫފާނީ ވިއްސާރައެއްކުރަމުންދާތީ ބޭރަށް ނުނިކުމެ ގޭގައި ތިބުމަށެވެ. "ނޭޝަނަލަ އިމަރޖެންސީ ކްރައިސިސް އޭންޑް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއިން ބުނެފައިވަނީ "އާދަޔާ ޚިލާފު މުހުތާދެއް" ނެތްނަމަ، ގެއިން ބޭރަށް ނުނިކުތުމަށެވެ.

އިއްޔެއިން ފެށިގެން މޫސުމީ އިންޒާރު އަދި ވެސް ގައުމުގައި ދެމި އެބަ އޮތެވެ. އަދި ދުބާއީ ސަރުކާރުން މިއަދުގެ ނިޔަލަށް ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އުޞޫލު ވަނީ ކަނޑައަޅައިފައެވެ. އަދި އިސްކޫލުތަކުގެ ދަރިވަރުން ނަށް ވެސް އޮންލައިންކޮށް ގޭގައި ތިބެގެން ކިޔެވޭނެ އުސޫލު ވެސް ކަނޑައަޅައިފައިވެއެވެ.

އަމިއްލަ ފަރާތްކުން ވެސް އިތުރު ދުވަހެއްގައި ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އުޞޫލެއް ވެސް ވަނީ ކަނޑައަޅައިފައެވެ.

އެކުވެރި ޢަރަބި ޢިމާރާތަކީ އާންމު ގޮތެއްގައި ވާރޭވެހޭ ގައުމެއް ނޫނެވެ.

Advertisement

ކޮމެންޓް