ހައްގު (8)
އަސްމާ އަބޫބަކުރު
(2024 މާރިޗު 31ގައި ޝާއިޢުކުރި ބައާ ގުޅޭ)
"ކުރަނގި ދެލޯ. އެހާ ވިދުންގަދަ." ނާދިރު ޔޫލީ ކައިރިން ދަމުން ބުނެލިއެވެ.
ގަޑިން ބާރަ ގަޑި ފަނަރަ ވެއްޖެއެވެ. މިއަދު ސަޕްލައި ޑޮކިއުމެންޓްތަކާ ގަދަހިފުމަށް ހިފައި ޔޫލީ ހުރީ ވަރުބަލިވެފައެވެ. އެ މައްސަލަ ޙައްލުވުމާއެކު ބަނޑުހައިވެއްޖެ ކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ. އެވަގުތު ފާލިހާ އެއް ނެތެވެ. އެހެން މުވައްޒަފުންވެސް ވީ ބްރޭކަށް ގޮހެވެ. އެ އޮފީހުގައި ކޮންމެ މުވައްޒަފަކަށް ވެސް އެއްގަޑިއިރުގެ ބްރޭކެއް ލިބެއެވެ. " ސާރާ ހިނގާބަލަ ޓީ ރޫމަށް ދާން. ކޮފީއެއް ބޯލަން ވެއްޖެ. ހައިވެއްޖެ މިއަދު."
"ތީ ދެން އާކަމެއް. އެހެން ނޫނީ ޔޫލީ އަންނާނީ ބަނޑުހައި ނުވާ ބޭހެއް ކައިގެން ކަމަށް އަހަރެންގެ ހިތަށް އަރާ. މިއަދު ބޭސްކާން ހަނދާން ނެތުނީ ދޯ. މިތާ ކައިރީގައި ހުންނާނެ އަލަށް ހުޅުވި ތަނެއް ހެދިކާ ވެސް ވަރަށް މީރުވާނެ. އެތަނަށް ދާންވީނުން." ސާރާ އެހެން ބުނި ކަމުގައި ވިއަސް ޔޫލީއަށް ބޭރަށް ދާކަށް ނުކެރުނެވެ. ދާ ކޮންމެ ތަނެއްގެ ވާހަކަ އަލީމް އަށް ރިޕޯޓް ކުރަން ޖެހޭނެތީއެވެ.
"ނެތޭ ބޭރަށް ދާނެ ވަގުތެއް. ވެރިޔާ ދެއްވައިފި ޗެކު ކުރަން ބައިވަރު ޑޮކިއުމެންޓްތަކެއް. ކުރިން ދިން މަސައްކަތް ނިންމިތަނާހެން އަނެއްކާ އެ މަސައްކަތް ވަރަށް އަރޖެންޓް ކަމަށް ބުނީ. އެހެން ފަހަރަކުން ބޭރަށް ދާނީ." ޔޫލީ ހަމަޖައްސާލިއެވެ.
އޮފީސް ނިމޭ ގަޑިއަށް އަލީމް އިނީ ބަލާ އައިހެވެ. ޔޫލީ ގޮވައިގެން ދަމުން އަންނަ ހޮނިހިރު ދުވަހުގެ ރޭ ބޭރަށް ކެއުމަކަށް ދާން އަލީމް ބުންޏެވެ.
" އެރޭ ސެކްޝަން އެންމެން ދާން އޮތީ ރާވާފައި." ޔޫލީ ކަންބޮޑުވެގެން އިނދެ ބުނެލިއެވެ. އަލީމް ހިތްހަމަ ނުޖެހޭނެކަން ޔޫލީއަށް އެނގެއެވެ. ޔޫލީ އެހެން ބުނުމާއެކު ސައިކަލްގެ ދުވެލި ބާރު ކޮށްލިއެވެ. ޔޫލީ އިނީ ބިރުން ލޯ މަރައިގެންނެވެ. ގެއަށް ދެވުމާއެކު ޔޫލީ އަނގައިން ނުބުނެ ހިނގައިގަތެވެ. ދެރަވެ ރޮވިފައި ހުރެގެންނެވެ. ބުނެވޭ އެންމެ ޖުމްލައަކުން އަލީމްގެ ރުޅި ކޮންޓްރޯލުން ނައްޓާތީ ޔޫލީ ކަންބޮޑުވެއެވެ.
"ޔޫލީ." އަލީމް ގޮވާ އަޑު ނާހައި ޔޫލީ ގެއަށް ގޮސް ވަނެވެ. ވަގުތުން އަލީމް ޔޫލީއަށް ގުޅައިފިއެވެ. ކޮޓަރިއަށް ވަނުމަށްފަހު ޔޫލީ ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ. އަލީމަށް ޔޫލީގެ އަޑު އިވުނު ގޮތުން ޔޫލީ ދެރަވެއްޖެކަން އެނގިއްޖއެވެ.
"ސޮރީ ޔޫލީ. ގަސްތުގައެއް ނޫން. ރުޅި ކޮންޓްރޯލް ނުވަނީ."
"ހޮނިހިރު ދުވަހުގެރޭ އަހަރެން ބުނީ އޮފީސް ކުދީންނާއެކު ދާން އޮތްވާހަކަ. ހުކުރު ދުވަހުގެ ރޭ ބޭރަށް ދާން ހަމަޖެއްސުމުގެ ބަދަލުގައި އަލީމް ބޭނުން ނުވާގޮތަށް އެންމެ ލަފްޒެއް ބުނެލިއަސް މަގޭ ދުވަސް ދިޔައީ. އަލީމަށް ރަނގަޅަށް އެނގޭނެ އެކްސިޑެންޓަށް ފަހު ބާރަށް ދުއްވާނަމަ އަހަރެން ބިރުގަންނަ ވަރު" ޔޫލީގެ ކޮންމެ ޖުމްލަ އަކީ ތެދު ޙަޤީގަތެވެ. ޔޫލީ ރޮމުން ވާހަކަ ދައްކަމުން ދިޔައިރު އަލީމް ހުރީ އަމިއްލަ ނަފްސު ކުށްވެރި ކުރާ ޙާލުގައެވެ.
"ލޯބި ވެވޭނީ އޯގާތެރި ކަމާއި ހަމްދަރުދީ އާއި އަނެކާގެ އިޙްސާސްތައް ދެނެގަނެވޭ މީހަކަށް. ނަފްރަތާ، ޙަސަދަ އަދި ޝައްކު ބަލި ޖެހިއްޖެ ނަމަ އެއަށް ލޯތްބޭ ކިޔޭނެތަ؟" ޔޫލީ ހުރީ ދެރަވެފައެވެ. އެވަގުތު ރުޅި ވެސް ގަދަވެފައި ހުރުމުން އަލީމާ ދިމާއަށް ކުރިން ނުބުނާ ކިތަންމެ ބަހެއް ބުނެވިއްޖެއެވެ. އަބަދު އަލީމު ރުޅި އަތުވެދަނެތީ ބިރުން ނޫނީ މަޑުން ހުންނަން ވެއްޖެނަމަ ކަންކަން ދާނީ ގޯސްކޮށެވެ.
"އަހަރެން އަލީމާ ގުޅުނީ އެކަނިވި ދަނޑިވަޅުގައި އެހީތެރިކަމުގެ އަތްދޮށްކޮށްލީ އަލީމް ކަމަށްވުމުން. އެދަނޑިވަޅުގައި އެންމެ ބޭނުންވީ މީހެއްގެ އަޅާލުމާ ލޯބި. އަލީމް އޭރު ކިހާ ރަނގަޅު. އެކުވެރިއްގެ ގޮތުގައި ހުންނަން އަހަރެން ބޭނުންވަނީ. މިގުޅުން ހަރުދަނާ ނުވާނަމަ ކުރިއަށް ގެންދާނީ ކިހިނެއް. އަލީމް ވިސްނާ. އަބަދު މިހެނެއް ނޫޅެވޭނެ. ހިތްދަތިކަން ތަހައްމަލު ކުރާނެ ހިތްވަރެއް މިހާރަކު ނެތް." ޔޫލީގެ ފޯން ކެނޑުމާއެކު އަލީމަށް ހީވީ މީހަކު އަލީމްގެ ހިތުގައި ޖެހީހެންނެވެ.
އެރޭ އަލީމަކަށް ނުނިދުނެވެ. ޔޫލީއަށް މެސެޖު ފޮނުވުމުގައި އެތައް ވަގުތެއް ހޭދަކުރެވިއްޖެއެވެ. އެތައް ފަހަރަކު ގުޅިއްޖެއެވެ. ޔޫލީގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. ހުކުރު ދުވަހު މެންދުރު ފަހު ޔޫލީއަށް މެސެޖެއް އައީ ނުދަންނަ ނަންބަރަކުންނެވެ.
"މިއީ އަލީމްގެ މަންމަ. ރޭގަ ކޮޓަރިއަށް ވަންގޮތަށް އަލީމް މިއަދު ކޮޓަރިއަކުން ނުނިކުމޭ. އެއްވެސް އެއްޗެއް ނުވެސް ކައި. އަހަރެންގެ ދަރިފުޅު އެހެން އުޅެނީ ދެރަވެގެން ހިތްހަމަ ނުޖެހޭ ފަހަރުކަން އެނގޭ. ޑިޕްރެޝަންގެ މައްސަލަ ހުންނާތީ ކަމަށްވުން އެކަށީގެންވޭ. ޔޫލީ އެންމެ ފަހަރަކު އަލީމަށް ގުޅާލަބަލަ. މީ މި މަންގެ އާދޭސް."
މެސެޖު ފެނުމާއެކު ޔޫލީ ވަގުތުން އަލީމަށް ގުޅިއެވެ. ފޯން ރިންގު ކެނޑެންދެން ގުޅިއިރު ވެސް އަލީމް ފޯން ނުނަގައެވެ. ޔޫލީ ކޮންމެވެސް ވަރަކަށް ހިތްބިރު ގަންނަން ފަށައިފިއެވެ. ދެވަނަ ފަހަރަށް ގުޅުމުން ފޯން ނަގައިފިއެވެ.
"ސޮރީ ޔޫލީ. މަށަށް މަޢާފެއް ނުކުރާނަންތަ؟"
"ފޯން ނުނަގަންތަ ތިއޮތީ" ޔޫލީއަށް ހީވީ އަލީމް ރުޅިއައިސްގެން ފޯން ނުނަގަން އޮތްކަމަށެވެ.
"އުހުނ. ނިދުނީ."
"ރެއިން ފެށިގެން ތި އޮންނަނީ ކޮޓަރީގައި. އަވަހަށް ތެދުވޭ. އެބަ ގުޅަން ފަނަރަ ވަރަކަށް މިނިޓްފަހުން. ތެދުވެ ފެންވަރާ ކައިގެން ގުޅާބަލަ" ކިތަންމެ ރުޅިއައިސް އަލީމާ ވަހަކަ ނުދައްކާނަމޭ ހިތައި ހުއްޓަސް ޖެހެނީ ވާހަކަ ދައްކާށެވެ. ރުޅި ކޯންޓްރޯލް ނުވެފައި އަލީމް ހުންނަނީ ޑިޕްރެޝަންގެ ސަބަބުންކަން ޔޫލީއަށް އެނގުނީ އަދި ކިރިޔާއެވެ.
ޔޫލީ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. ފިރިހެނުންނަކީ ވެސް އަރަތެއް ފަދަ ބައެކެވެ. ރުޅި ގަދަވެގެން ބައެއް ފިރިހެނުން އަންހެނުންނަށް އަނިޔާ ކުރެއެވެ. އަނެއް ބަޔަކު ރުޅި ގަދަވެގެން އެއްޗެހި ކިޔައެވެ. އެކަމަކު އަންހެނުން އެއްޗެއް ބުނެފިނަމަ އެމީހުން ފިނޑިންނަށް ވެދެއެވެ. ބައެއް ޙާލަތްތަކުގައި އަންހެނުންގެ ހިތަށްވުރެ ހިތްބަލިވާ ފަހަރުވެސް އާދެއެވެ. އެމީހުންގެ ކޮންޓްރޯލް އޮންނަނީ ވެސް އަންހުންގެ އަތުގައެވެ. ދެން ކޮންރުޅިއެއް އަންނާކަށް ހެއްޔެވެ؟ ކުދި ކުދި ކަންކަމާ ވިސްނާލުމެއް ނެތި ރުޅި އައިސްގެން އުޅުމުގެ ބޭނުމެއް ކޮބައިބާވައެވެ؟
ނާހިލް ފުޓްބޯޅަ ކުޅެން ހުރެފައި މަޣްރިބު ނަމާދުގެ ބަންގި ގޮވުމުން ދުވަމުން އައިސް ގެއަށްވަނެވެ. ގޭތެރެ ކޮންމެވެސް ވަރަކަށް އަނދިރި ވެފައި އޮތުމުން ސިޓިންރޫމްގައި މީހަކު އޮތްކަމެއް ނޭނގެއެވެ. އޭރު ކާފަ އޮތީ ސަރަންފީގައި ނިދާފައެވެ. ކާފަގެ ފައިގައި އަޅައިގެންފައި ދުވަމުން އައި ނާހިލް ވެއްޓިއްޖެއެވެ. ގޭގެ ސިޓިންގރޫމުގައި އޮންނަނީ ތަޅުމެވެ. އެއީ އެންމެ ކުރީ ޒަމާނުގެ ގޮތަށް އޮތް ތަޅުންގަނޑެކެވެ. ވެއްޓުމާއެކު ނާހިލްގެ ކަކޫ މަށައިގެން ގޮސް ލޭ އަންނަން ފަށައިފިއެވެ. ކާފައަށް ހޭލެވުނީ އެއްޗެއް ވެއްޓޭ އަޑަށެވެ. އޭރު ނާހިލް އިނީ ތަޅުންގަނޑުމަތީ އިށީނދެއެވެ. ކާފަ އަވަހަށް ނާހިލް ނަގައިފިއެވެ. ނާހިލް ރޮމުން ރޮމުން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެވަގުތު ޒަހީރާ ކޮޓަރީގައި އުޅެއެވެ.
"ކިހިނެއްވީ ދަރިފުޅާ. ހާދަ ބައިވަރު ލެއެއް ތިއަންނަނީ؟" ނާހިލް ވީގޮތް ކިޔައިދިނުމުން ޒަހީރާ ހުރީ އަނގައަށް ފާޑަކަށް ވައްތަރު ޖައްސައިގެންނެވެ. ނަދީމު ގެއަށް އައީ ރޭގަނޑު އަށެއް ޖެހިފަހުންނެވެ. އޭރު ނާހިލް އޮތީ އެނދުމަތީ އޮށޯވެގެންނެވެ. އެހެން ރޭރޭ އެގަޑީގައި ނާހިލް އުޅޭނީ ގޭގައި ދުވެދުވެފައެވެ. މިރޭ މިގަޑީގައި ކަކުލުގައި ބޭސްއަޅައިގެން އޮތުމުން ނަދީމު ސުވާލުކުރިއެވެ. އެވަގުތު ޒަހީރާ ކޮޓަރިއަށް ވަންނަނީއެވެ.
" ކާފަގެ ހުންނަ ވިޔާނުދާކަން ތި ފެންނަނީ. މަގޭ ދަރި ދުވެފައި އަންނާތީ އެއޮތީ ފައި އަޅުވާފައި ވައްޓާލާފަ"
" ނޫން. ކާފަ އޮތީ ސަރަންފީގައި ނިދާފައި. އެގަޑީގައި ގޭތެރެ އަނދިރިކަމުން ކާފަ އޮތްކަމެއް ނޭނގެ. ނާހިލް ގެއަށްވަނީ ދުވެފައި. އެހެންވެ ކާފަގެ ފައިގައި އެޅިފައި ވެއްޓުނީ. ކާފަ އަބަދުވެސް ނާހިލަށް ވަރަށް ރަނގަޅުވާނެ."
ނާހިލް ދެއްކި ވާހަކަ އަހާނެ މީހަކު ނެތެވެ. ޒަހީރާ އާއި ނަދީމު ހިތަށް އެރި ގޮތަކަށް ރަށުތެރޭގައި ވާހަކަ ފަތުރަން ފަށައިފިއެވެ. އެހެންގޭގޭގައި ވެސް މުސްކުޅިން އުޅޭ ވާހަކައެވެ. ނަދީމުގެ މައިން ބަފައިންހާ ގޯސް ބަޔަކު ނޫޅެނޭ ވާހަކައެވެ. އެވަރުން ދާނަމަ އެމީހުން ނުބެލޭނެ ވާހަކައެވެ.
އެންމެ ފަހުން ޒަހީރާ ބޭނުންވި ގޮތަށް ކަންކަން ނިމިއްޖެއެވެ. ޢުމުރުން ދުވަސްވީ މީހުންތިބޭ މަރުކަޒަށް ނަދީމުގެ މަންމަ އާއި ބައްޕަ ގެންދިއުމަށް ނަދީމު ފުރަންދާން ގެއިން ނިކުމެއްޖެއެވެ. ޒަހީރާގެ ތުންފަތަށް ހިނިތުންވުން ވެރިވެއްޖެއެވެ.
"ދޮންތާ! ދޮންތާ! ހޭލަބަލަ. އަވަސްކޮށްބަލަ. ހޭލަބަލަ." ނިހާން ކޮއްޓަމުން ގޮވަމުން ދިޔައީ ނީނާއަށެވެ." ބައްޕަ އެއޮށްދަނީ ކާފަ އާއި މާމަ ގޮވައިގެން ފޮށިތައް ވެސް އެބަގެންދޭ." ނީނާ ފުންމައިގެން ތެވެއްޖެއެވެ. ފައިވާނަށްވެސް ނާރާ ދުވަމުން ގޮސް ގޯތިތެރެއަށް ނިކުމެވުނުއިރު ދޮރާށި ލައްޕާފައި މާމާ އާއި ކާފަ ގެއިން ނިކުންނަނީއެވެ.
" މަންމާ. މާމަ އާއި ކާފަ ކޮންތާކަށް އެދަނީ. މާމަ އާއި ކާފަ ކީއްވެ ދެރަވީ." ނިހާންގެ ސުވާލުތައް ޒަހިރާއާ ކުރިމަތިވިއެވެ. ތިންކުދީން ވެސް ތިބީ ދެރަވެފައެވެ.
" މާމަ އާ ކާފަ ދުވަސްކޮޅަކަށް އެހެންތަނަކަށް ބަދަލު ކުރީ." ޒަހީރާގެ ވާހަކައިން ނީނާއަށް ކޮންމެ ވެސް ވަރަކަށް އެނގިއްޖެއެވެ. ކުރީ ދުވަހަކުވެސް މަންމަ ދެއްކި ވާހަކަ ނީނާ އަށް އޮތީ އަޑުއިވިފައެވެ
" މާމަ އާ ކާފަ ނުބަލަން ވެގެން މަންމަ އާއި ބައްޕަ ތި ފޮނުވާލީ މުސްކުޅިން ބަލަހައްޓާ ތަނަކަށް. މާމަ ވަރަށް ދެރަވާނެ މިގޭ ނޫން ތަނެއްގައި އުޅެން." ނީނާ އަށް އޮތީ ކުރީ ދުވަހު ނަދީމު ފުރަންއުޅުނު ފޯމް ވެސް ފެނިފައެވެ. ކުއްލިއަކަށް ގޭތެރެއަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. ޒަހީރާ އާއި ނަދީމް އުފާވި ނަމަވެސް އެމީހުންގެ ދަރީންގެ ހިތުގައި މާމަ އާއި ކާފައަށް އޮތް ލޯބި އެއަށްވުރެ ވަރުގަދައެވެ. އެކުދީން ގިނަ ވަގުތު ހޭދަކުރާނީ މާމަ އާއި ކާފަ ކައިރީގައެވެ. ނިހާން ގިނަފަހަރު ކާނީ ވެސް މާމަގެ އަތުންނެވެ.
ގޭތެރެއަށް އައި ފަޅުކަން އަދިވެސް އޮތީ އެގޮތުގައެވެ. މާމަ އާއި ކާފަގެ ތަރުބިއްޔަތުން ބޮޑުވަމުން އައި ތިންކުދީން މަންމަ އާއި ބައްޕަ ބުނުމުން ކާކަށް ނުދެއެވެ. މާމަ ނެތުމުން ގޯތިތެރެ ހަޑިވާން ފަށައިފިއެވެ. ޒަހީރާ ގޯތިތެރެ ކުނި ކެހި ދުވަހެއް ހަނދާނުގައި ނުވެއެވެ. ބަދިގޭގައި ކައްކަނީ މާމަ އެވެ. ޒަހީރާ އަށް ކެއްކުން ބޮޑުކަމަކަށް ވެއްޖެއެވެ. އަމުދުން ދަރީން ގަޔާވެގެން ކައި ހަދާތަނެއް ނުފެނެވެ. ނީނާ އަބަދު ފިކުރު ބޮޑުވެފައި އިންނަތަން ފެންނަން ފަށައިފިއެވެ. (ނުނިމޭ)
ގަޑިން ބާރަ ގަޑި ފަނަރަ ވެއްޖެއެވެ. މިއަދު ސަޕްލައި ޑޮކިއުމެންޓްތަކާ ގަދަހިފުމަށް ހިފައި ޔޫލީ ހުރީ ވަރުބަލިވެފައެވެ. އެ މައްސަލަ ޙައްލުވުމާއެކު ބަނޑުހައިވެއްޖެ ކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ. އެވަގުތު ފާލިހާ އެއް ނެތެވެ. އެހެން މުވައްޒަފުންވެސް ވީ ބްރޭކަށް ގޮހެވެ. އެ އޮފީހުގައި ކޮންމެ މުވައްޒަފަކަށް ވެސް އެއްގަޑިއިރުގެ ބްރޭކެއް ލިބެއެވެ. " ސާރާ ހިނގާބަލަ ޓީ ރޫމަށް ދާން. ކޮފީއެއް ބޯލަން ވެއްޖެ. ހައިވެއްޖެ މިއަދު."
"ތީ ދެން އާކަމެއް. އެހެން ނޫނީ ޔޫލީ އަންނާނީ ބަނޑުހައި ނުވާ ބޭހެއް ކައިގެން ކަމަށް އަހަރެންގެ ހިތަށް އަރާ. މިއަދު ބޭސްކާން ހަނދާން ނެތުނީ ދޯ. މިތާ ކައިރީގައި ހުންނާނެ އަލަށް ހުޅުވި ތަނެއް ހެދިކާ ވެސް ވަރަށް މީރުވާނެ. އެތަނަށް ދާންވީނުން." ސާރާ އެހެން ބުނި ކަމުގައި ވިއަސް ޔޫލީއަށް ބޭރަށް ދާކަށް ނުކެރުނެވެ. ދާ ކޮންމެ ތަނެއްގެ ވާހަކަ އަލީމް އަށް ރިޕޯޓް ކުރަން ޖެހޭނެތީއެވެ.
"ނެތޭ ބޭރަށް ދާނެ ވަގުތެއް. ވެރިޔާ ދެއްވައިފި ޗެކު ކުރަން ބައިވަރު ޑޮކިއުމެންޓްތަކެއް. ކުރިން ދިން މަސައްކަތް ނިންމިތަނާހެން އަނެއްކާ އެ މަސައްކަތް ވަރަށް އަރޖެންޓް ކަމަށް ބުނީ. އެހެން ފަހަރަކުން ބޭރަށް ދާނީ." ޔޫލީ ހަމަޖައްސާލިއެވެ.
އޮފީސް ނިމޭ ގަޑިއަށް އަލީމް އިނީ ބަލާ އައިހެވެ. ޔޫލީ ގޮވައިގެން ދަމުން އަންނަ ހޮނިހިރު ދުވަހުގެ ރޭ ބޭރަށް ކެއުމަކަށް ދާން އަލީމް ބުންޏެވެ.
"އެރޭ ސެކްޝަން އެންމެން ދާން އޮތީ ރާވާފައި." ޔޫލީ ކަންބޮޑުވެގެން އިނދެ ބުނެލިއެވެ. އަލީމް ހިތްހަމަ ނުޖެހޭނެކަން ޔޫލީއަށް އެނގެއެވެ. ޔޫލީ އެހެން ބުނުމާއެކު ސައިކަލްގެ ދުވެލި ބާރު ކޮށްލިއެވެ. ޔޫލީ އިނީ ބިރުން ލޯ މަރައިގެންނެވެ. ގެއަށް ދެވުމާއެކު ޔޫލީ އަނގައިން ނުބުނެ ހިނގައިގަތެވެ. ދެރަވެ ރޮވިފައި ހުރެގެންނެވެ. ބުނެވޭ އެންމެ ޖުމްލައަކުން އަލީމްގެ ރުޅި ކޮންޓްރޯލުން ނައްޓާތީ ޔޫލީ ކަންބޮޑުވެއެވެ.
"ޔޫލީ." އަލީމް ގޮވާ އަޑު ނާހައި ޔޫލީ ގެއަށް ގޮސް ވަނެވެ. ވަގުތުން އަލީމް ޔޫލީއަށް ގުޅައިފިއެވެ. ކޮޓަރިއަށް ވަނުމަށްފަހު ޔޫލީ ފޯނު ނަގައި ހަލޯ އޭ ބުނެލިއެވެ. އަލީމަށް ޔޫލީގެ އަޑު އިވުނު ގޮތުން ޔޫލީ ދެރަވެއްޖެކަން އެނގިއްޖއެވެ.
"ސޮރީ ޔޫލީ. ގަސްތުގައެއް ނޫން. ރުޅި ކޮންޓްރޯލް ނުވަނީ."
"ހޮނިހިރު ދުވަހުގެރޭ އަހަރެން ބުނީ އޮފީސް ކުދީންނާއެކު ދާން އޮތްވާހަކަ. ހުކުރު ދުވަހުގެ ރޭ ބޭރަށް ދާން ހަމަޖެއްސުމުގެ ބަދަލުގައި އަލީމް ބޭނުން ނުވާގޮތަށް އެންމެ ލަފްޒެއް ބުނެލިއަސް މަގޭ ދުވަސް ދިޔައީ. އަލީމަށް ރަނގަޅަށް އެނގޭނެ އެކްސިޑެންޓަށް ފަހު ބާރަށް ދުއްވާނަމަ އަހަރެން ބިރުގަންނަ ވަރު" ޔޫލީގެ ކޮންމެ ޖުމްލަ އަކީ ތެދު ޙަޤީގަތެވެ. ޔޫލީ ރޮމުން ވާހަކަ ދައްކަމުން ދިޔައިރު އަލީމް ހުރީ އަމިއްލަ ނަފްސު ކުށްވެރި ކުރާ ޙާލުގައެވެ.
"ލޯބި ވެވޭނީ އޯގާތެރި ކަމާއި ހަމްދަރުދީ އާއި އަނެކާގެ އިޙްސާސްތައް ދެނެގަނެވޭ މީހަކަށް. ނަފްރަތާ، ޙަސަދަ އަދި ޝައްކު ބަލި ޖެހިއްޖެ ނަމަ އެއަށް ލޯތްބޭ ކިޔޭނެތަ؟" ޔޫލީ ހުރީ ދެރަވެފައެވެ. އެވަގުތު ރުޅި ވެސް ގަދަވެފައި ހުރުމުން އަލީމާ ދިމާއަށް ކުރިން ނުބުނާ ކިތަންމެ ބަހެއް ބުނެވިއްޖެއެވެ. އަބަދު އަލީމު ރުޅި އަތުވެދަނެތީ ބިރުން ނޫނީ މަޑުން ހުންނަން ވެއްޖެނަމަ ކަންކަން ދާނީ ގޯސްކޮށެވެ.
"އަހަރެން އަލީމާ ގުޅުނީ އެކަނިވި ދަނޑިވަޅުގައި އެހީތެރިކަމުގެ އަތްދޮށްކޮށްލީ އަލީމް ކަމަށްވުމުން. އެދަނޑިވަޅުގައި އެންމެ ބޭނުންވީ މީހެއްގެ އަޅާލުމާ ލޯބި. އަލީމް އޭރު ކިހާ ރަނގަޅު. އެކުވެރިއްގެ ގޮތުގައި ހުންނަން އަހަރެން ބޭނުންވަނީ. މިގުޅުން ހަރުދަނާ ނުވާނަމަ ކުރިއަށް ގެންދާނީ ކިހިނެއް. އަލީމް ވިސްނާ. އަބަދު މިހެނެއް ނޫޅެވޭނެ. ހިތްދަތިކަން ތަހައްމަލު ކުރާނެ ހިތްވަރެއް މިހާރަކު ނެތް." ޔޫލީގެ ފޯން ކެނޑުމާއެކު އަލީމަށް ހީވީ މީހަކު އަލީމްގެ ހިތުގައި ޖެހީހެންނެވެ.
އެރޭ އަލީމަކަށް ނުނިދުނެވެ. ޔޫލީއަށް މެސެޖު ފޮނުވުމުގައި އެތައް ވަގުތެއް ހޭދަކުރެވިއްޖެއެވެ. އެތައް ފަހަރަކު ގުޅިއްޖެއެވެ. ޔޫލީގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. ހުކުރު ދުވަހު މެންދުރު ފަހު ޔޫލީއަށް މެސެޖެއް އައީ ނުދަންނަ ނަންބަރަކުންނެވެ.
"މިއީ އަލީމްގެ މަންމަ. ރޭގަ ކޮޓަރިއަށް ވަންގޮތަށް އަލީމް މިއަދު ކޮޓަރިއަކުން ނުނިކުމޭ. އެއްވެސް އެއްޗެއް ނުވެސް ކައި. އަހަރެންގެ ދަރިފުޅު އެހެން އުޅެނީ ދެރަވެގެން ހިތްހަމަ ނުޖެހޭ ފަހަރުކަން އެނގޭ. ޑިޕްރެޝަންގެ މައްސަލަ ހުންނާތީ ކަމަށްވުން އެކަށީގެންވޭ. ޔޫލީ އެންމެ ފަހަރަކު އަލީމަށް ގުޅާލަބަލަ. މީ މި މަންގެ އާދޭސް."
މެސެޖު ފެނުމާއެކު ޔޫލީ ވަގުތުން އަލީމަށް ގުޅިއެވެ. ފޯން ރިންގު ކެނޑެންދެން ގުޅިއިރު ވެސް އަލީމް ފޯން ނުނަގައެވެ. ޔޫލީ ކޮންމެވެސް ވަރަކަށް ހިތްބިރު ގަންނަން ފަށައިފިއެވެ. ދެވަނަ ފަހަރަށް ގުޅުމުން ފޯން ނަގައިފިއެވެ.
"ސޮރީ ޔޫލީ. މަށަށް މަޢާފެއް ނުކުރާނަންތަ؟"
"ފޯން ނުނަގަންތަ ތިއޮތީ" ޔޫލީއަށް ހީވީ އަލީމް ރުޅިއައިސްގެން ފޯން ނުނަގަން އޮތްކަމަށެވެ.
" އުހުނ. ނިދުނީ."
" ރެއިން ފެށިގެން ތި އޮންނަނީ ކޮޓަރީގައި. އަވަހަށް ތެދުވޭ. އެބަ ގުޅަން ފަނަރަ ވަރަކަށް މިނިޓްފަހުން. ތެދުވެ ފެންވަރާ ކައިގެން ގުޅާބަލަ" ކިތަންމެ ރުޅިއައިސް އަލީމާ ވަހަކަ ނުދައްކާނަމޭ ހިތައި ހުއްޓަސް ޖެހެނީ ވާހަކަ ދައްކާށެވެ. ރުޅި ކޯންޓްރޯލް ނުވެފައި އަލީމް ހުންނަނީ ޑިޕްރެޝަންގެ ސަބަބުންކަން ޔޫލީއަށް އެނގުނީ އަދި ކިރިޔާއެވެ.
ޔޫލީ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. ފިރިހެނުންނަކީ ވެސް އަރަތެއް ފަދަ ބައެކެވެ. ރުޅި ގަދަވެގެން ބައެއް ފިރިހެނުން އަންހެނުންނަށް އަނިޔާ ކުރެއެވެ. އަނެއް ބަޔަކު ރުޅި ގަދަވެގެން އެއްޗެހި ކިޔައެވެ. އެކަމަކު އަންހެނުން އެއްޗެއް ބުނެފިނަމަ އެމީހުން ފިނޑިންނަށް ވެދެއެވެ. ބައެއް ޙާލަތްތަކުގައި އަންހެނުންގެ ހިތަށްވުރެ ހިތްބަލިވާ ފަހަރުވެސް އާދެއެވެ. އެމީހުންގެ ކޮންޓްރޯލް އޮންނަނީ ވެސް އަންހުންގެ އަތުގައެވެ. ދެން ކޮންރުޅިއެއް އަންނާކަށް ހެއްޔެވެ؟ ކުދި ކުދި ކަންކަމާ ވިސްނާލުމެއް ނެތި ރުޅި އައިސްގެން އުޅުމުގެ ބޭނުމެއް ކޮބައިބާވައެވެ؟
ނާހިލް ފުޓްބޯޅަ ކުޅެން ހުރެފައި މަޣްރިބު ނަމާދުގެ ބަންގި ގޮވުމުން ދުވަމުން އައިސް ގެއަށްވަނެވެ. ގޭތެރެ ކޮންމެވެސް ވަރަކަށް އަނދިރި ވެފައި އޮތުމުން ސިޓިންރޫމްގައި މީހަކު އޮތްކަމެއް ނޭނގެއެވެ. އޭރު ކާފަ އޮތީ ސަރަންފީގައި ނިދާފައެވެ. ކާފަގެ ފައިގައި އަޅައިގެންފައި ދުވަމުން އައި ނާހިލް ވެއްޓިއްޖެއެވެ. ގޭގެ ސިޓިންގރޫމުގައި އޮންނަނީ ތަޅުމެވެ. އެއީ އެންމެ ކުރީ ޒަމާނުގެ ގޮތަށް އޮތް ތަޅުންގަނޑެކެވެ. ވެއްޓުމާއެކު ނާހިލްގެ ކަކޫ މަށައިގެން ގޮސް ލޭ އަންނަން ފަށައިފިއެވެ. ކާފައަށް ހޭލެވުނީ އެއްޗެއް ވެއްޓޭ އަޑަށެވެ. އޭރު ނާހިލް އިނީ ތަޅުންގަނޑުމަތީ އިށީނދެއެވެ. ކާފަ އަވަހަށް ނާހިލް ނަގައިފިއެވެ. ނާހިލް ރޮމުން ރޮމުން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެވަގުތު ޒަހީރާ ކޮޓަރީގައި އުޅެއެވެ.
"ކިހިނެއްވީ ދަރިފުޅާ. ހާދަ ބައިވަރު ލެއެއް ތިއަންނަނީ؟" ނާހިލް ވީގޮތް ކިޔައިދިނުމުން ޒަހީރާ ހުރީ އަނގައަށް ފާޑަކަށް ވައްތަރު ޖައްސައިގެންނެވެ. ނަދީމު ގެއަށް އައީ ރޭގަނޑު އަށެއް ޖެހިފަހުންނެވެ. އޭރު ނާހިލް އޮތީ އެނދުމަތީ އޮށޯވެގެންނެވެ. އެހެން ރޭރޭ އެގަޑީގައި ނާހިލް އުޅޭނީ ގޭގައި ދުވެދުވެފައެވެ. މިރޭ މިގަޑީގައި ކަކުލުގައި ބޭސްއަޅައިގެން އޮތުމުން ނަދީމު ސުވާލުކުރިއެވެ. އެވަގުތު ޒަހީރާ ކޮޓަރިއަށް ވަންނަނީއެވެ.
"ކާފަގެ ހުންނަ ވިޔާނުދާކަން ތި ފެންނަނީ. މަގޭ ދަރި ދުވެފައި އަންނާތީ އެއޮތީ ފައި އަޅުވާފައި ވައްޓާލާފަ"
"ނޫން. ކާފަ އޮތީ ސަރަންފީގައި ނިދާފައި. އެގަޑީގައި ގޭތެރެ އަނދިރިކަމުން ކާފަ އޮތްކަމެއް ނޭނގެ. ނާހިލް ގެއަށްވަނީ ދުވެފައި. އެހެންވެ ކާފަގެ ފައިގައި އެޅިފައި ވެއްޓުނީ. ކާފަ އަބަދުވެސް ނާހިލަށް ވަރަށް ރަނގަޅުވާނެ."
ނާހިލް ދެއްކި ވާހަކަ އަހާނެ މީހަކު ނެތެވެ. ޒަހީރާ އާއި ނަދީމު ހިތަށް އެރި ގޮތަކަށް ރަށުތެރޭގައި ވާހަކަ ފަތުރަން ފަށައިފިއެވެ. އެހެންގޭގޭގައި ވެސް މުސްކުޅިން އުޅޭ ވާހަކައެވެ. ނަދީމުގެ މައިން ބަފައިންހާ ގޯސް ބަޔަކު ނޫޅެނޭ ވާހަކައެވެ. އެވަރުން ދާނަމަ އެމީހުން ނުބެލޭނެ ވާހަކައެވެ.
އެންމެ ފަހުން ޒަހީރާ ބޭނުންވި ގޮތަށް ކަންކަން ނިމިއްޖެއެވެ. ޢުމުރުން ދުވަސްވީ މީހުންތިބޭ މަރުކަޒަށް ނަދީމުގެ މަންމަ އާއި ބައްޕަ ގެންދިއުމަށް ނަދީމު ފުރަންދާން ގެއިން ނިކުމެއްޖެއެވެ. ޒަހީރާގެ ތުންފަތަށް ހިނިތުންވުން ވެރިވެއްޖެއެވެ.
"ދޮންތާ! ދޮންތާ! ހޭލަބަލަ. އަވަސްކޮށްބަލަ. ހޭލަބަލަ." ނިހާން ކޮއްޓަމުން ގޮވަމުން ދިޔައީ ނީނާއަށެވެ." ބައްޕަ އެއޮށްދަނީ ކާފަ އާއި މާމަ ގޮވައިގެން ފޮށިތައް ވެސް އެބަގެންދޭ." ނީނާ ފުންމައިގެން ތެވެއްޖެއެވެ. ފައިވާނަށްވެސް ނާރާ ދުވަމުން ގޮސް ގޯތިތެރެއަށް ނިކުމެވުނުއިރު ދޮރާށި ލައްޕާފައި މާމާ އާއި ކާފަ ގެއިން ނިކުންނަނީއެވެ.
"މަންމާ. މާމަ އާއި ކާފަ ކޮންތާކަށް އެދަނީ. މާމަ އާއި ކާފަ ކީއްވެ ދެރަވީ." ނިހާންގެ ސުވާލުތައް ޒަހިރާއާ ކުރިމަތިވިއެވެ. ތިންކުދީން ވެސް ތިބީ ދެރަވެފައެވެ.
"މާމަ އާ ކާފަ ދުވަސްކޮޅަކަށް އެހެންތަނަކަށް ބަދަލު ކުރީ." ޒަހީރާގެ ވާހަކައިން ނީނާއަށް ކޮންމެ ވެސް ވަރަކަށް އެނގިއްޖެއެވެ. ކުރީ ދުވަހަކުވެސް މަންމަ ދެއްކި ވާހަކަ ނީނާ އަށް އޮތީ އަޑުއިވިފައެވެ
"މާމަ އާ ކާފަ ނުބަލަން ވެގެން މަންމަ އާއި ބައްޕަ ތި ފޮނުވާލީ މުސްކުޅިން ބަލަހައްޓާ ތަނަކަށް. މާމަ ވަރަށް ދެރަވާނެ މިގޭ ނޫން ތަނެއްގައި އުޅެން." ނީނާ އަށް އޮތީ ކުރީ ދުވަހު ނަދީމު ފުރަންއުޅުނު ފޯމް ވެސް ފެނިފައެވެ. ކުއްލިއަކަށް ގޭތެރެއަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. ޒަހީރާ އާއި ނަދީމް އުފާވި ނަމަވެސް އެމީހުންގެ ދަރީންގެ ހިތުގައި މާމަ އާއި ކާފައަށް އޮތް ލޯބި އެއަށްވުރެ ވަރުގަދައެވެ. އެކުދީން ގިނަ ވަގުތު ހޭދަކުރާނީ މާމަ އާއި ކާފަ ކައިރީގައެވެ. ނިހާން ގިނަފަހަރު ކާނީ ވެސް މާމަގެ އަތުންނެވެ.