Advertisement

ކަރުނައިގެ އަސަރު (8)

29 Mar 2024 | 09:45
ކަރުނައިގެ އަސަރު 8

ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު

(2024 މާރިޗު 26ވަނަ ދުވަހު ޝާއިޢުކުރިބައާ ގުޅޭ)

             ______________________________________________

              އޭ ހިތާމައިން ފުރިފައިވާ އެކުވެރިޔާއެވެ! މާތް ﷲ ތިބާއަށް ބަރަކާތް ލައްވާށިއެވެ.

                      މަރުވެފައިވާ ހުވަފެންތަކުގައި ތިބާ ދިރިއުޅޭނެއެވެ.

             ______________________________________________

ބަދަލުހިފުމުގެ ފިނި އަލިފާންގަނޑުގައި ދުވަސްކޮޅަކު އަނދަމުން ދިޔަ ޢާމިރު އެ ނުކުތީ އެފަދަ ވެހިކަލެއްގައެވެ.

އެ ތަނުން އޭނާ ފަހަތަށް ފިޔަވަޅެއް އަޅާކަށް ބޭނުން ނުވެއެވެ.

މަޢުޞޫމު އަދިއަނިޔާލިބިފައިވާ ކޮއްކޮއަށްޓަކައި ބަދަލު ހިފުމަށްފަހުވެސް ހަމަޖެހުމުގެ ނަސީބެއް ނުލިބުނެވެ.

އަލިފާން ގަނޑެއްގައި އިތުރަށް އަލިފާން ރޯވެއްޖެއެވެ. -------!

ރަޢުނާގެ ޙަޔާތް ބަރުބާދުކޮށްލުމަށްފަހުވެސް އޭނާ ރާވާލީ ނުރައްކާތެރި ރޭވުމެކެވެ.-------

އޭނާ ބަލަހައްޓައިގެން ހުރީ ފަރުބަދަ ފަށަލައިގެ ތިރިއަށް ކަޅުބިއްލޫރި ގަނޑާ ދިމާއަށެވެ. ފުރައްސާރަ ކުރާ ގޮތެއްގައެވެ. ------ އޭރު ރަޢުނާ އަދި ނިސްރީނު ސިޓީއާ ދިމާއަށް ދަތުރު ކުރަމުންދިޔައެވެ. ޢާމިރު ހުރީ އެމީހުންގެ ކާރުގެ ކަޅު ބިއްލޫރިގަނޑުން އެމީހުންނާ ދިމާއަށް ބަލާށެވެ.

ފަރުބަދަކައިރީގައިވާ ތާރު އެޅިމަގުން ބާރު ސްޕީޑުގައި ސިޓީއާ ދިމާއަށް ކާރު ދަތުރު ކުރަމުންދިޔައެވެ.--

ޢާމިރުގެ ތުންފަތް ވަނީ ވިހައިން ފުރިފައެވެ. އާދަޔާ ޚިލާފު ގޮތެއްގައި ނުބައި ނުރައްކާތެރި ހިނިތުންވުމެއްގައި އޭނާ ހުއްޓެވެ.

ރަޢުނާ، ޢާމިރުގެ ލޮލާއި ދުރަށް ދާ ކޮންމެ ހިނދުކޮޅަކު އޭނާ ހުރީ މޮޔައެއްފަދައިން ރުޅިއައިސްގެން އެމީހުންނަށް ބަލަން ހުރެ، ސިއްރު ސިއްރުން ބުންޏެވެ.

"އަހަންނާ ކިހާ ދުރަކަށް ކަލެއަށް ދެވޭނެހެއްޔެވެ؟ --------އަހަރެންނަކީ އެފަދަ ހިޔަންޏެކެވެ. ކަލެއަށް ދުވަހަކު ވެސް އެއްވެސް ޙާލެއްގައި އަހަރެންނާ ވަތްކެއްނުވެވޭނެއެވެ.-------!"

"އަހަންނަކީ އެފަދަ ހުޅު ގަނޑެކެވެ. -------- ހުރިހާ ވަގުތެއްގައިވެސް ތިބާ އަނދައި ހުލިވެދާނެއެވެ.

އަހަރެންނަކީ ނަފުރަތު ގެނައުމެވެ. ------ ހުރިހާ ވަގުތެއްގައި ވެސް ތިބާ އެ މީހެއްގެ އަތުގެ ތެރޭގައި ބަހައްޓައިފައިހުރީ ކާކުހެއްޔެވެ؟"

އަދި އެ ފަދަ ލޯތްބެކެވެ. ----- ކޮންމެ ވަގުތެއްގައި ވެސް ތިބާ ބިރުގަންނަ ފަދަ ލޯތްބެކެވެ."

އެއްވެސް ޙާލެއްގައި ހަމަޖެހުމުގެ ނަސީބެއް ކަލެއަކަށް ލިބިގެންނުވެއެވެ. އަހަރެންގެ މި ނަފުރަތުކަން ކަލޭގެ ޢާއިލާގެ ކުރިމައްޗަށް ގެންނާންޖެހޭ ދުވަސް އަންނާނެއެވެ.

އެ ދުވަސްވެގެންދާނީ ކަލޭގެ ބައްޕައަށް މި އިންސާފުގެ ވާހަކަ އަހާން ނުކުރޭނެ ދުވަހަކަށެވެ. އަދި ކަލޭގެ ޢިއްފަތްތެރިކަން ނަގައިލީ ކާކުތޯ ވެސް އަހައިލާން ނުކުރޭނެ ދުވަހަކަށެވެ.

ކަލޭގެ ބައްޕަ އެ ދުވަހަކުން ކަލެއަކާ ސުވާލެއް ނުކުރާނެއެވެ. އެހެނީ އެ ގަހުގެ ލޯގަނޑުގައި ކަލޭގެ ބައްޕަ އަމިއްލައަށް ހުރީ ރިފްލެކްޓް ވެފައެވެ. ----- ކަލޭގެ މޫނު ----- އެކަމަކު ކަލޭގެ މޫނު ފެންނާނެއެވެ.

"ކަލޭގެ ބައްޕަގެ ފާފަތަކުގެ އަސަރު އޭނާގެ ކުރިމައްޗަށް އަންނާނެއެވެ.

އެމީހަކު އިންދާފައިވާ އެއްޗެއް ހޯދާނީ އެމީހެކެވެ.-------!"

އަދި މިއީ ކަލޭގެ ބައްޕަ ލޯގަނޑުގެ ކުރިމައްޗަށް ހުއްޓޭނެ ދުވަހަކަށްވާނެއެވެ. ------ އަދި ބުނާނެއެވެ.

ތިބާގެ މުދަލާބެހޭ ގޮތުން ވާހަކަދައްކާށެވެ. ------ ތިބާގެ ޝަރަފު ބަދުނާމުވުމުން ސަލާމަތް ކޮށްދޭށެވެ.

އަމިއްލަ ނަފުސުގެ ޞާލިޙުކަމާއި ބާރުވެރިކަމަށް ގޮވާލާނެއެވެ. ތިބާގެ ކަރާމަތުގައި ޖެހިފައިވާ ލައްގަނޑު ފޮހެލުމަށް އެދޭފަދައިންނެވެ.

އަހަރެން ބޭނުންވަނީ އެހިނދުކޮޅެވެ. --------!

އަހަރެން މިއިންތިޒާރު ކުރަނީ އެވަގުތަށެވެ. -------

އެއް ދުވަހަކުން އެވަގުތު ކޮޅު އަހަންނަށް ލިބޭނެކަން ޔަޤީނެވެ. --------- "

ލިބޭނެކަން ޔަޤީނެވެ.------"

އެ ނިކަމެތި، ގޮތް ހުސްވެފައިވާ އަންހެންކުއްޖާ ޢާމިރުގެ ކުރިމަތީން ގެއްލިއްޖެއެވެ.

ޢާމިރު ނުލަފާ ހިނިތުންވުމަކާއެކު ފަރުބަދަމަތިން ތިރިއަށް ފައިބައިފިއެވެ.

"ޢާމިރު -------"

ވަރަށް ކަރިން މީހަކު އޭނާއަށް ގޮވާލިއެވެ.

ޢާމިރު ސިއްސައިގެން ގޮސް ކަނާތް ފަރާތަށް ބަލައިލިއެވެ.

"އެއީ އަފްޒަލެވެ. ------- ޗައުދަރީ ރަޙީމުގެ ދަރިފުޅެވެ. ----- ޢާމިރާ ކުޑަތަންކޮޅެއް ދުރުގައި އަފްޒަލު ހުރީ، ޢާމިރާ ދިމާއަށް ބަލާށެވެ.

"މިތާނގައި އެކަނި ސިއްރުން ތިކުރަނީ ކޮންކަމެއްހެއްޔެވެ؟"

އަފްޒަލު ވަރަށް ރަނގަޅަށް ޢާމިރަށް ބަލައިލަމުން ބުންޏެވެ.

"އަހަރެން މިތާނގައި ސިއްރުން ކަމެއް ނުކުރަމެވެ. އަހަރެން ކަމެއް ތަކުރާރު ކޮށްލަނީއެވެ."

"އަހަންނަކަށް ނުވިސްނުނެވެ. – ޢާމިރު ------!"

އަފްޒަލު ވާނުވާއެއް ނޭނގޭ ގޮތެއްގައި ބުންޏެވެ.

އަފްޒަލު ހުރީ އޯގާތެރިކަމާއެކު އާމިރަށް ބަލާކަށްނޫނެވެ. ------ ޢާމިރު، އަފްޒަލުގެ ލޮލަށް ބަލައިލުމަށް ފަހު، ހިނިތުންވެލިއެވެ. އަދި ވިސްނައިދޭ ގޮތެއްގައި ބުންޏެވެ.

"މިއަދު އަހަރެން ވަގުތުގެ ސްޕީޑު ބަދަލުކޮށްލީއެވެ."

"އަހަންނަށްވެސް ތިޔަ ސްޕީޑު ފެނުނެވެ."

އަފްޒަލު އާދައިގެ ގޮތެއްގައި ބުންޏެވެ.

"މާނައަކީ ކޮބައި ------؟"

އަފްޒަލަށް ލޯ އަޅާލަމުން ޢާމިރު ބުންޏެވެ.

ޢާމިރުގެ ބެލުމަށް އަޅައިލުމެއްނެތި އަފްޒަލު ބުންޏެވެ.

"ތިޔަ އިޚްތިޔާރީ މަގެވެ. ނުވަތަ ވަގުތުގެ ދުވެލި ބަދަލުކޮށްފައިވާ ގޮތެވެ. އެއީ އިންސާނާގެ ނަފުސާނީ ހޫނުކަން ފިޔަވައި އެހެން އެއްޗެއްނޫނެވެ."

"އަފްޒަލު --------!"

ޢާމިރުގެ އަޑުގައިވަނީ ލޭ އޮހޮރުވާފަދަ ގޮތެކެވެ.

"އެއްވެސް ކަމެއް އަފްޒަލަށް އެނގި ފެނިފައިވާ ނަމަ، މިއަދުން ފެށިގެން އަފްޒަލަކީ ލޯފަން މީހެކޭ ތަޞައްވުރު ކޮށްލާށެވެ. ----- އަނގައިގައި ތަޅެއްލާށެވެ. ------ އަދި ހަނދާނުގެ އެޞަފުޙާ ވީދައިލައި އެއްލައިލާށެވެ. އެސަފުހާއެއްގައި ޢާމިރު ބަދަލުހިފުމުގެ އަކުރުތައް ލިޔެފައިވާ ޞަފުޙާއެވެ. ------- "

"އެންމެ މިނިޓެއް ---------"

ޢާމިރު އިތުރަށް އެއްޗެއް ބުނުމުގެކުރީން ޢާމިރުގެ ވާހަކަތައް އަފްޒަލު ހުއްޓުވިއެވެ.

އަދި އަތް އުފުލައިލުމަށް ފަހު ބުންޏެވެ.

"އަހަރެން ޢާމިރުގެ ޢަމަލާމެދު ފަރުވާލެއް ނެތެވެ.------- އެހެންނަމަވެސް ރަޙުމަތްތެރިއެއްގެ ހައިސިއްޔަތުން ލަފައެއްދޭނަމެވެ. ނަސޭހަތަށް ޢަމަލުކުރުމާއި ނުކުރުން އެއީ ޢާމިރުގެ އިޚުތިޔާރުގައިވާ ކަމެކެވެ."

"ތިކަން ހުއްޓާލާށެވެ. -------"

ޢާމިރު ޙައިރާންވިއެވެ. އަދި ބުންޏެވެ. "އަފްޒަލު އަހަރެމެންނަށް ފާރުލުން ތިޔައީ ރަނގަޅަށް ކުރި ކަމެއްނޫނެވެ.--------"

"އެއީ އަހަރެންގެ ނިޔަތަކީ ޢާމިރުމެންނަށް ފާރުލުމެއްނޫނެވެ. -------- " އަފްޒަލު ބުންޏެވެ.

"އެހެންވީއިރު އަފްޒަލަށް ފެނުނު ކަންތަކުގެ މަތީން ހަނދާން ނައްތައިލާށެވެ."

"އަހަރެން ހަމަ އެ ވަގުތު އެ ކަން ހަނދާން ނައްތައިލައިފީމެވެ. ----- އެކަމަކު އެކަމުގެ ހިތްދަތިކަމެއް ----- ހިތުގައި އަސަރެއް ބާކީ އެބަހުއްޓެވެ."

"އެ އެއްޗެހި ހިތުން ނެރެ ފޮހެލާށެވެ. ----------"

ޢާމިރުގެ އަޑުގައިވަނީ ވިހަކަމެވެ.

އަފްޒަލު މަޖުބޫރީ ޙާލަތެއްގައި ޢާމިރުގެ ކޮނޑުގައި ހިފައިލިއެވެ. އަދި ބުންޏެވެ. "އެންމެ ރަނގަޅު، ރަޙްމަތްތެރިޔާ------! ދުވަހަކުވެސް އަހަރެންގެ އެހީތެރިކަމަކަށް ބޭނުންވެއްޖެނަމަ، އަހަންނާ ގުޅާން ފަސްނުޖެހޭށެވެ."

"ބިރު ނުގަންނާށެވެ.----- އަހަންނަށް އަފްޒަލުގެ ބޭނުންޖެހޭނެ ކަމެއް އަދި އިހުސާސެއް ނުކުރެވެއެވެ. ބަހާރުތަކުގައި އުޅޭ މީހުންނަކީ އަބަދު ވެސް ގެނބިގެން ނުވަތަ ގެނބޭން އުޅޭ ބަޔެކެވެ. ------- އެކަމަކު މީގެ ފަހުން އަފްޒަލު އަހަންނަށް ފާރަނުލައްޗެވެ."

އަފްޒަލު އެއްވެސް ޖަވާބެއް ނުދެއެވެ.

އަދި ޢާމިރު -------

އަވަސް އަވަހަށް ހިނގައްޖެއެވެ.

އޭނާގެ މިސްރާބު ހުރީ ރެސްޓްހައުސްއާ ދިމާއަށެވެ.

އަފްޒަލު ތުންފަތުގައި ދަތް އަޅައިލައިގެން ދުރުގައި ޢާމިރަށް ބަލަން ހުއްޓެވެ.

ކުޑައިރުކޮޅެއްގެ ފަހުން، ވާދީގެ ތެރެއިން ޢާމިރު ގެއްލިއްޖެއެވެ.

އަފްޒަލު ހުރީ ތުންފަތުގައި ދަތް އަޅައިގެން ވޭނާ ތަދުގެ ޙާލެއްގައެވެ.

ޢާމިރު ރެސްޓްހައުސް ކައިރިއަށް ގޮސް ރެސްޓްހައުސްގެ ވަށައިގެންވާ މާހައުލަށް ރަނގަޅަށް ބަލައިލިއެވެ. ------ ދެން ނާޒުކުގޮތަކަށް ކޮނޑު އަރުވައިލުމަށް ފަހު ކުރިއަށް ހިނގައިގަތެވެ.

އޭނާ ދިޔައީ ކޮޓަރިއަކާ ދިމާއަށެވެ. ------- ކުއްލިއަކަށް އޭނާއަށް ހުއްޓެވިއްޖެއެވެ.

ޚާނު އަކްބަރުގެ ނޯކަރު އޭރު ހުރީ އޭނާގެ ކުރިމަތީގައި ބިރުވެރިގޮތަކަށް އޭނާއަށް ބަލާށެވެ.

ޢާމިރު ކުޑަކޮށް ހީނލުމަށް ފަހު ބުންޏެވެ.

"ބޭގަމް ސާހިބާއާ ބައްދަލު ކޮށްލެވިދާނެތޯއެވެ؟"

"ކީއްކުރަން --------؟"

ކަލެއަކީ ގޭގައި ގެންގުޅޭމީހެއްތަ؟ ނޫނީ ސެކިއުރިޓީ ގާޑެއްތަ؟"

"ކަލޭ، ބޭގަމް ސާހިބާއާ ބައްދަލު ކުރަން ބޭނުންވަނީ ކީއްވެ؟"

"ފަހަރެއްގައި ބޭގަމް ސާހިބާގެ ކޮޓަރިއަށް، ކުރިމަތީގައި ހުރި ކޮޓަރިއަށްވެދާނެއެވެ. ------" ނޯކަރު ބުނި އެއްޗަކަށް އަޅައިނުލައި ޢާމިރު ބުންޏެވެ.

"އާދަޔާ ޚިލާފު އިންސާނެކެވެ. -------"

ޢާމިރު ހިނިތުންވެލުމަށް ފަހު ކުރިއަށް ހިނގައިގަތެވެ.

"އޭތް ------ މަޑުކޮށްބަލަ! ---------"

ސަލްމާ ބާރު ބާރަށް ޢާމިރާ ދިމާއަށް ދުއްވައިގަތެވެ.

"އަހަންނަށް ހުރަސް ނާޅާށެވެ. ----- އެމީހުންނާ ބައްދަލުކުރަން އަހަރެންނަށް ވަރަށް މުހިންމެވެ."

"މިވަގުތު ސާހިބާ ނާނިފިއްލަވަނީއޭ."

ސަލްމާ އާދޭސް ކުރާ ގޮތެއްގައި ބުންޏެވެ.

"އޯވހ -------"

ކުރިއަށްދަމުން ގޮސް ޢާމިރު ވަގުތުން ހުއްޓިއްޖެއެވެ. -------- މުސްކުޅިޔާ ސަލްމާއާ ދިމާއަށް ބަލައިލުމަށް ފަހު، އިސްޖަހައިލަމުން ބުންޏެވެ.

އެންމެ ރަނގަޅު! ------ އަހަރެން މިތާނގައި އިންތިޒާރު ކުރާނަމެވެ. -------- ސާހިބާ ނާނިފިއްލަވައި ނިމިވަޑައިގަތުމުން އަހަންނަށް އަންގާލަދެއްޗެވެ."

ސަލްމާ، ޢާމިރަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.

"އުޅެނީ މިއަވަށުގައިތަ --------؟"

އާނ، އާނ -------- އުޅެނީ މިއަވަށުގައި -------؟" ޢާމިރު ހިނިތުންވެލަމުން ބުންޏެވެ.

"މިރުސް ތިޔަ ފޮރުވަނީ ކީއްވެތަ-------؟"

ސަލްމާ ވަރަށް ބޮޑަށް މޫނު ހަދައިލަމުން ބުންޏެވެ.

"އެކަމާ އެހާ ދެރަވަނީ ކީއްވެ----------؟"

ޢާމިރު ހީނލިއެވެ.

"ބޭނުންވެގެންނެވެ. --------"

"ތިޔަ ޢުމުރުގައި ވެސް ފެންނަ ފެނުމަށް ކަލޭ ހާދަ ރީއްޗެވެ. -------"

"ކީކޭ ---------؟"

 ޙައިރާންވެގެން މުސްކުޅިޔާ ސަލްމާގެ އަނގަ ހުޅުވި ބަންދުވިއެވެ.

"މިހާރު ކަލޭގެ ޢުމުރަކީ ކޮބައިހެއްޔެވެ؟"

"ކަލޭގެ ބުއްދި ރަނގަޅުތަ؟"

 "ތިރީސް، ބައްތިރީސް އަހަރަށް ވުރެ ދޮށި ވާނެހެން ހީނުވެއެވެ. އަދި ----------- " ޢާމިރުގެ ޖުމްލަ އެއްކޮށް އަޑު އެހުމެއްނެތި އަވަހަށް ސަލްމާ އެއްފަރާތަކަށް ޖެހިލިއެވެ.

 ޢާމިރުގެ މޫނުމަތިން ލާނެތް ހިނިތުންވުމެއް ފެނިގެންދިޔައެވެ.

 މުސްކުޅިޔާ ސަލްމާ ބަދިގެއަށް ވަތް ވަގުތު ޢާމިރު ކުރިމަތިގައި ހުރި ކޮޓަރިތެރެއަށް ވަނެވެ.

 ފަސްޖެހުމެއްނެތި އޭނާ ކޮޓަރިތެރެއަށް ވަދެގެން ހިނގައްޖެއެވެ.

 ކޮޓަރީގެ ޒީނަތްތެރިކަމަށް ފުރިހަމައަށް ނަޒަރު ހިނގާލަމުން މަޑު މަޑުން އައިސް ސޯފާ ގޮނޑީގައި އިށީނދެއްޖެއެވެ.

މިއީ ބޭގަމް އަކްބަރުގެ ކޮޓަރިއެވެ. ------- ކޮންމެހެން ބޭނުންވާވަރަށްވުރެވެސް ރީތި އަމިއްލަ ސިފަތަކެއް ކޮޓަރިތެރެއިން ފެންނަން އެބަހުއްޓެވެ.

ކުރީންވެސް ޢާމިރަށް އޭނާ ފެނިފައިވެއެވެ.

 ރީތި އަންހެނެކެވެ.

ޢުމުރުންވާނީ ގާތްގަނޑަކަށް 26 ނުވަތަ 27 އަހަރެވެ.

ޢާމިރުގެ މަޢުލޫމާތަށް ބަލާއިރު އޭނާގެ ނަމަކީ ކައުސަރެވެ.

ޢާމިރު އިނީ ފާޚާނާއާ ދިމާއަށް ބަލާށެވެ. -------- އެދިމާއިން މީހަކު ފެންވަރާ އަޑު އިވެއެވެ.

 އޭގެ ކުޑަހިނދުކޮޅެއްގެ ފަހުން ކައުސަރުގެ ހަށިގަނޑުގެބައެއް ބަރަހަނާ ޙާލަތެއްގައި ބޯ ހިއްކަމުން ބޭރަށް ނުކުތެވެ.

ޢާމިރު އިނީ އޭނާއަށް ބަލާށެވެ.

 ކައުސަރަށް ޢާމިރު ފެނުމާއެކު ހައިރާންކަމާއި ބޮޑު ސިހުމެއްގައި ހުރިތަނަށް ހުއްޓެވިއްޖެއެވެ.

 ހަށިގަނޑުން ނިވާ ނުވެ ހުރިބައި ފޮރުވާކަށްވެސް ކައުސަރު މަސައްކަތެއް ނުކުރެއެވެ.

ބާރު ބާރު ޙަރަކާތް ކުރަމުންދިޔަ އޭނާގެ ދެއަތް ހުއްޓުނެވެ. އަދި އޭނާގެ ތޫނު ދެލޮލުން ޢާމިރަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.

"ތިއީ ކާކު؟ ----- ހުއްދަނެތި އަހަރެން ނިދާ ކޮޓަރީއަށް ތިވަނީ ކީއްވެހެއްޔެވެ؟"

 ޢާމިރު ހިނިތުންވެލަމުން ކޮޅަށް ތެދުވިއެވެ.

 އަދި ކުޑަކޮށް ބޯތިރިކޮށްލުމަށް ފަހު އިޙްތިރާމާއެކު ޢާމިރު ބުންޏެވެ.

"އަޅުގަނޑުގެ ނަމަކީ ޢާމިރެވެ. ------- އަޅުގަނޑު ވާނީ ބީ.އޭ ހަމައަށް ތަޢުލީމު ޙާޞިލުކޮށްފައެވެ. ------ ކަމަނާމެންގެ މިއަވަށުގެ އަހުލުވެރިއަކީމުއެވެ. -------"

 "ތިއީ ކާކު؟ -------- އަހަންނަކާ އެކަމާ އެއްވެސް ގުޅުމެއްނެތެވެ. ------- މިތަނަށް ތިއައީ ކޮންއެއްޗެއް ބޭނުމުގައިކަން ބުނެބަލާށެވެ. ------"

ކައުސަރު ބުންޏެވެ.

"ކަމަނާ ހިތްޕުޅާ ނުވަންޏާ އަޅުގަނޑު ހިނގައިދާނަމެވެ."

 ޢާމިރު މަޢުޞޫމިއްޔަތު ގޮތެއްގައި ބުންޏެވެ.

"ކިހިނެއްވީ ------؟"

 ކައުސަރުގެ ރާގުގައި ހުރީ ހައިރާންކަމެވެ.

 ޢާމިރު -----

 ޢާމިރު ވަރަށް މަޑުން މަޑުން ދާންވެގެން އެނބުރިލިއެވެ.

"މަޑުކޮށްބަލަ! ------"

 ކައުސަރު އަތް އުފުލައިލައި ބުންޏެވެ.

 ޢާމިރު ހުއްޓުނެވެ.

 އެހެންނަމަވެސް ޢާމިރު އެނބުރި އެފަރާތަށް ބަލައެއް ނުލައެވެ.

"މިތަނަށް ތިއައީ ކީއްވެ. ---------؟"

 ކައުސަރު ބުންޏެވެ

"ކަމަނާ ދެކިލުމަށްޓަކައި -------"

ޢާމިރު ވަރަށް ސާދާކަމާއެކު ބުންޏެވެ.

"ކޯ ------ ކޯޗެއް. ------؟"

ކައުސަރަށް އަނެއްކާވެސް ނަފުސާނީ ސިހުމެއް ލިބުނެވެ.

ކައުސަރާވީ ދިމާއަށް ޢާމިރު އެނބުރުނެވެ.

 އަދި ދެން އެ ވަގުތުކޮޅު ވީ ކައުސަރުފަދަ އަމިއްލަ އެދުން ބޮޑު އަންހެނަކު ބިރުގަތް ވަގުތު ކޮޅަކަށެވެ.

 "އަހަރެން މި އައީ ހަމައެކަނި ކަމަނާއަށް ޓަކައެވެ. ---------"

 އެހެން ބުނުމަށް ފަހު ޢާމިރު އަވަސްއަވަހަށް ކޮޓަރިން ނުކުމުތަށް ހިނގައިގަތެވެ.

އަދި ކައުސަރު ------

ބުދެއްފަދައިން ކޮޅަށް ހުއްޓެވެ. ކާޕެޓުން އޭނާގެ ފައި ބަނދެފައިވާ ކަހަލައެވެ.

 އޭނާގެ ޒުވާން ހަށިގަނޑު ----- ރީތިކަމެއް ----- ޙަރަކާތެއް ----- އަދި ދިރުމެއްނެތްފަދައެވެ.

 އޭނާގެ ދެލޯ އަދިވެސް ހުރީ ކޮޓަރީގެ ދޮރާދިމާއަށެވެ.

އެތައްއިރެއްގެ ފަހުން ހޭވެރިކަންވެގެން ކައުސަރަށް ބުނެވުނެވެ.

"ލާނެތް ޒުވާނާ ------"

އެކަމަކު ޙަޤީޤަތަކީ "ލާނެތް ޒުވާނާ" މިހެން ބުނުމަކުން އޭނާގެ ހިތުގައި ހިނގާ ޝުޢޫރުތަކެއް ފިލައިގެން ނުދާކަމެވެ.

                    ----------------------------------------------

(ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް