ކަރުނައިގެ އަސަރު (7)
ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު
(2024 މާރިޗު 23ވަނަ ދުވަހު ޝާއިޢުކުރިބައާ ގުޅޭ)
___________________________________________
ލޮލުގެ ހިމަ ނާރުތައް ހިނގާ މަގުތަކުގައި ވެސް ވަނީ ޖައްވުގެ ފެން އުފެދިފައެވެ.
މި މަޑުމައިތިރިކަމާ އެކު އަހަރެންގެ ހިތުގެ ތެރެއަށް އޭނާ ވަނެވެ.
____________________________________________
ނަޖިހުން ފުރިފައިވާ އިންސާނެއްގެ އިންސާނިއްޔަތުކަމުގެ މޫނުމަތީގައި އެތިފަހަރަކުން ޖެހިކަހަލައެވެ. އަދި ނުފޮޅޭ މަލެއް ބިސްގަނޑަކަށް ވެސް ބަދަލުވެގެން ހިނގައްޖެއެވެ. --------!
ބަދަލުހިފުން -----------!
ލޯގަނޑަކުން ފެންނަފަދައިން އެތެރެއިން ލަދުވެތިކަން ހުޅުވިގެންދިޔައެވެ. ------- އެއްފަހަރާ ފަޅައިގެން ދިޔައެވެ. ------ ޙާލަތުވަނީ އިތުރަށް ގޯހަށް ބަދަލުވެފައެވެ.
އަދި ޢާމިރުގެ މަޢުޞޫމު ކޮއްކޮގެ ގެއްލިފައިވާ އަބުރުގެ ސާފުތާހިރުކަން ލިބިގެން މިއައީ ބިރުވެރިގޮތަކަށެވެ.
ރަޢުނާއަކީ ފާފަވެރިއެއް ނޫނެވެ. އަދި ކުށްވެރިއެއްވެސް ނޫނެވެ.
އޭނާއަކީ މުއްސަނޖެއްގެ އަންހެން ދަރިއެކެވެ. ------ ބައްޕަ ކޮށްފައިވާ ފާފަތަކުގެ އަގު އަދާ ކުރަން މިޖެހުނީ އެ ބައްޕަގެ ދަރިފުޅަށެވެ.-----
މިއީ އިންޞާފުހެއްޔެވެ؟
އޭގެ ޖަވާބު އޭނާގެ ކިބައިގައ ނުވެއެވެ.
އޭނާ އެދިމާއަށް ބަލައިލީ ފަނޑު މޫނަކާއި ތުރުތުރު އަޅަމުންދިޔަ ދެލޮލުންނެވެ.
މީގެ ކުޑައިރުކޮޅެއްގެ ކުރީން ޢާމިރު ނުކުމެގެންދިޔަ ދިމާއަށެވެ.
އޭނާ އައީ ޢާމިރާއެކުގައެވެ.
އެހެންނަމަވެސް --------!
މިހާރު އޭނާ ހުރީ އެކަންޏެވެ. --------!
ރޭގަނޑުގެ ފަނޑު އަނދިރިކަން އޭނާގެ ނާރުތަކަށް ވެރިވަމުންދިޔައެވެ. ----!
ގިނައިރުތަކަކަށް ފަހު ހޫރެމުން ހޫރެމެން އެ އަނދިރި ޢިމާރާތުގެ ތެރެއިން އޭނާ ނުކުމެއްޖެއެވެ.
އޭނާގެ ހޭވިފައިވާ އިސްތަށިގަނޑުން އޭނާގެ ޒަޚަމުތައް ފޮރުވާކަށްވެސް މަސައްކަތެއް ނުކުރެއެވެ.-----!
އޭނާ ހިނގަމުންދިޔައީ އެއްވެސް ވިސްނުމެއްނެތިއެވެ.
އޭނާގެ އެއްވެސް ޚިޔާލެއްވެސްނެތެވެ. އަދި އެކަންވެސް އޭނާއަށް އިޙުސާސެއްވެސްނުވެއެވެ. އޭނާއަށް ދެވޭ ނުދެވޭ ތަނެއްވެސް ނޭނގެއެވެ.
"މަދު ހޯޝް ޙާލަތުގައި
ކެހެވެރިކަން ލިބިފައިވާ ފިޔަވަޅުގައި"
އަދި ހުރިހާ ބާވަތެއްގެ ޖަޒުބާތުތަކާއި، އިޙްސާސްތަކުން ފުރިފައިވާ މޫނެކެވެ.
އޭނާ ހިނގަމުންދަނީ އެދެމެދުގައެވެ. ގޮތް ހުސްވެފައިވާ ޙާލެއްގައި އޭނާ ކުރިއަށް ހިނގަމުންދިޔައެވެ.
އެއީ ފަހަރެއްގައި އޭނާއަށް ހުރި ގޮތް ކަމަށްވެދާނެއެވެ. އެކަމަކު އެއީ އޭނާ އުއްމީދު ކުރި ގޮތެއްނޫނެވެ.
އެއީ ވަރަށް ކެތްތެރިވާންވެސް ޖެހޭ ކަމެކެވެ. އަދި ބައެއް މީހުން މަރުވާވެސް ކަމެކެވެ.
ޝައްކުތަކެއްހުރިނަމަވެސް އޭނާ އެކަމުގައި ހަލާކުވެގެންދާކަށް ބޭނުމެއްނޫނެވެ.
ކުއްލިއަކަށް -------!
އޭނާ ހިނގަމުން ހިނގަމުން ގޮސް ހުއްޓިއްޖެއެވެ.------
އޭނާއަށް ހުއްޓެވުނީ އޭނާގެ ކާރު ފެނިގެންނެވެ. ހޫރެމުން ހޫރެމުން ކަހަލަ ގޮތެއްގައި ކާރާ ދިމާއަށް ދިޔައެވެ.
ޢާމިރު އެދިޔައީ އޭނާއަށްޓަކައި އޭނާގެ ކާރު ބާއްވާފައި ކަމަށް ވެދާނެއެވެ.
ކާރާ ހަމައަށް ގޮސް އެއްވެސް ދިމާއަކަށް ބެލުމެއްނެތި ކާރުގެ ދޮރު ހުޅުވައިލިއެވެ.
އަދި ކާރުގެ ޑްރައިވަރު ގޮނޑީގައި އިށީނެވެ.
އޭނާގެ އަތް މެކޭނިކަލީ ޙަރަކާތްތެރިވާން ފެށުމުން ކުއްލިއަކަށް ކާރު އެއްފަރާތަކަށް ޖެހުނެވެ.
ވާދީގެ ތެރޭގައިވާ ރެސްޓްހައުސްތެރެއަށް ކާރު ވައްދައި ކާރު ބޭއްވުމަށް ފަހު، ކާރުން ފައިބައިގެން ކޮޓަރިއާ ދިމާއަށް އޭނާ ދިޔައެވެ. އޭރުވެސް އޭނާގެ މޫނުގައި ރީދޫ ކުލަ ހުއްޓެވެ. މޫނުވަނީ ރަތްވެފައެވެ.
ހަލާކުވެފައިވާ މެޝިނެއްގެ ސްޓައިލުގައި
އާވާރާވެފައިވާ މީހެއްގެ ގޮތުގައި
ކާލި އަޅަމުން އޭނާ ކޮޓަރިއަށް ވަދެގެން ހިނގައްޖެއެވެ.
ނިސްރީނު، ރަޢުނާއަށް އިންތިޒާރުކުރާތާ ވަރަށް ގިނައިރު ވެއްޖެއެވެ. ------ ނިސްރީނު ހީކުރީ ޢާމިރަކީ ލޯބީގެ ކަލާނގެއޭ ކިޔައި، ޢާމިރުގެ އެ ވިސްނުމަށް ރަޢުނާ ރުހުނީކަމަށެވެ. އަދި ރަޢުނާއަށް ޢާމިރުގެ ލޯބި ހުށަހަޅާން ގެންދިޔައީކަމަށެވެ. އެ ކަމަށް ޓަކައި އޭނާ ހުރީ އިންތިހާއަށް އުފާވެފައެވެ.
"ހިނގާށެވެ!"
މިހެން ޢާމިރު ކައިރީގައި އެވަގުތު ރަޢުނާ ބުނީ ކިބުރިވެރިކަމާއި ރުޅިވެރިކަމާއެކުގައެވެ. އެހެންނަމަވެސް ރަޢުނާ، ޢާމިރަށް ބަލައިލީ ޝައުޤުވެރިކަމާއެކު އުފަލުންނެވެ.
ކޮންމެ ގޮތެއްވިޔަސް މުޙްތަރިމާ ރަޢުނާއަށް އެފަދަ ލޯބިވެރިއެއް ހޯދިއްޖެއެވެ. ރަޢުނާގެ ލޯބީގައި ފިދާވާފަދަ ލޯބިވެރިއެކެވެ.
ނިސްރީނު ހިނގައިފައި އެތަނުން އެނބުރިއައީ އެހެން ވިސްނާފައެވެ.
އޭރު ޢާމިރު ---------
ރަޢުނާ ގޮވައިގެން ކާރުގައި ހިނގައްޖެއެވެ.
ނިސްރީނު، ރަޢުނާގެ އިންތިޒާރުގައި އެތާނގައި ވަރަށް ގިނައިރު ހުއްޓެވެ. އޭނާ އެކަނި އައިތަން އެއްވެސް މީހަކަށް ނުފެނުނުކަންވެސް އެއީ ރަނގަޅަށް ވީކަމެކެވެ. އެހެންނޫނީ ރަޢުނާ ކޮބައިތޯ އޭނާގެ ދޮން މަންމަ ނިސްރީނާ ސުވާލުކޮށް ހަދާނެއެވެ. އޭރުން އޭނާއަށް ޖެހޭނީ ކަމަކާ ނުލައި ދޮގު ހަދާށެވެ.
މިހާރު މިވާހަކަ ކިޔައިދީފި ނަމަ، ލޯބީގެ ރީތިކަން ފަނޑުވެގެން ހިނގައިދާނެއެވެ.
ބޭރުގައި ކާރު ބޭއްވި އަޑު ނިސްރީނަށް އިވިއްޖެއެވެ.
ނިސްރީނު ހަމަޖެހިލައިގެން އިނެވެ.-------!
އެއީ އެ އައީ ރަޢުނާކަން އޭނާއަށް އެނގޭތީއެވެ.
އެހެންނަމަވެސް --------
ކުޑަހިނދުކޮޅެއްގެ ފަހުން އޭނާއަށް ރަޢުނާ ފެނުމުން، އޭނާއަށް އިންތާނގައި ގަނޑުވެފައި އިނދެވުނެވެ.
ރަޢުނާގެ ޙާލަތު ފެނުނީ ނިސްރީނު އުންމީދު ކުރި ގޮތަކަށް ނޫނެވެ.
ރަޢުނާ، ނިސްރީނަށް ބަލައިލަމުން، ފޯލްޑިންގެ ގޮނޑީގައި އައިސް އިށީނދެއްޖެއެވެ. އަދި ރަނގަޅަށް ގޮނޑީގައި ބުރަކަށި ޖައްސައިލުމަށް ފަހު ދެލޯ މަރައިލިއެވެ.
ނިސްރީނު ބިރުންހުރެ ކޮޅަށް ތެދުވެއްޖެއެވެ.
ނިސްރީނު ނަޒަރު ހުރީ ރަޢުނާއަށް ހުއްޓިފައެވެ.
އޭނާ ރަޢުނާގެ ބޮލުން ފެށިގެން ފަޔާހަމައަށް ރަނގަޅަށް ބަލައިލިއެވެ.------ ނުބައި ޚިޔާލެއްގައި ނިސްރީނު އަނެއްކާވެސް ހާސްވާން ފެށިއެވެ.
އޭނާ ވަރަށް ދެރަވެފައި ރަޢުނާއަށް ގޮވާލިއެވެ.
ރަޢުނާ ލޯ ހުޅުވައިލައި ބަލައިލިއެވެ. ނިސްރީނަށް ބަލައިލި ދެލޮލުގައި ޙައިރާންކަން އުފެދިފައިވާކަމުގެ އިޙުސާސް ނިސްރީނަކަށް ނުކުރެވުނެވެ.
"ރަޢުނާ! ---------"
ނިސްރީނުގެ އަޑުގައިވަނީ ކަންބޮޑުވުމެވެ.
އަނެއްކާވެސް ކަރުނައިން ތެމިފައިވާ ދެލޮލުން ނިސްރީނަށް ރަޢުނާ ބަލައިލިއެވެ.
"ރަޢު ------ ރަޢުނާ ދިޔައީ ޢާމިރާ އެކުގައެއްނޫންހެއްޔެވެ؟ --------"
"އަނެއްކާވެސް -----؟" ރަޢުނާގެ ރާގު ހުރީ އާދަޔާ ޚިލާފު ގޮތަކަށެވެ. --- އޭނާގެ އަޑު ހީވީ ފުން ލޯ ވަޅަކުން ނުކުތްހެނެވެ.--!
"އެހާ އަވަހަށް އެނބުރީ އައީ ކީއްވެ؟"
"އަހަރެން އައިސްގެން ނުވާނެހެއްޔެވެ؟"
ރަޢުނާގެ އަޑު ހަމަ ކުރިއެކޭ އެއްފަދައެވެ.
"ކީކޭ؟ ------ ރަޢުނާ ތިހުރީ ހަމަ ހޭގައިހެއްޔެވެ؟ --------" ނިސްރީނަށް ގިސްލެވުނެވެ.
"އަހަރެން ބަރުބާދު ވެއްޖެއެވެ. ------" ރަޢުނާ ނޭފަތް ކަނޑާލައިފައިވާ މީހެއްފަދައިން ބުންޏެވެ.
"ކީކޭ؟ ----- ކިހިނެއްވީ --------؟"
ނިސްރީނަށް އެއަޑު އިވުމުން ބަސް ހުއްޓުނެވެ.
"އަހަރެން ބަރުބާދު ވެއްޖެއެވެ. -------" އޭނާއަށް ހަޅޭލައިވައި ގަނެވުނެވެ.
ހިމޭންކަމުގައި ގިނައިރުވަންދެން އަނދަމުންދިޔަ ޖަޒުބާތުގައި އަލިފާން ރޯވެއްޖެއެވެ.
ނިސްރީނު އަވަސް އަވަހަށް ރަޢުނާ ކައިރިއަށް ޖެހިލިއެވެ. ----- އަދި ނިސްރީނުގެ ދެއަތުން ރަޢުނާގެ ކޮނޑުގައި ހިފައި ތަޅުވާލަމުން ބުންޏެވެ.
"ރަޢުނާ ތި ކިޔަނީ ކީކޭތަ -----------؟"
"އާހު -------"
ތުރުތުރު އަޅަމުންދިޔަ ހަށިގަނޑުން އާހު ބޭރުވިއެވެ. އަދި ގިސްލައި ރޮމުންދިޔައެވެ. ދެލޯ މަރައިލުމަށް ފަހު އޭނާ ބުންޏެވެ.
"އެޖަނަވާރު އަހަރެންގެ ޢިއްފަތްތެރިކަން ނަގައިލައިފިއެވެ. ----- އަހަރެންގެ ޙަޔާތް ބަރުބާދުކޮށްފިއެވެ."
"ރަޢުނާ --------!"
ނިސްރީނުގެ މުޅި ހަށިގަނޑު ތުރުތުރު އަޅާންފެށިއެވެ. ހީވީ އޭނާގެ ފައިގެ ދަށުން ބިންގަނޑު ދެމިގެންދިޔަހެނެވެ.
"އަހަރެން ދިރިހުންނަން މަޖުބޫރެވެ. ------- އަދި ހަމައެކަނި ވާހަކަ ފެށުނީއެވެ. މަރުވުމުގެ ކުރީން މިކަން ނިމޭގޮތް ދެކެން އަހަރެން ބޭނުމެވެ."
"ރަޢުނާ -------!"
ނިސްރީނަށް ހުރެވުނުތަންވެސް ނޭނގުނެވެ. ------- އަދި ރަޢުނާގެ ގައިން ނިސްރީނު ދޫކޮށްލިއެވެ.
ރަޢުނާ ދެލޯ މަރައިލުމަށް ފަހު، ގޮނޑީގައި ރަނގަޅަށް ބޯ ޖައްސައިލިއެވެ. އޭނާ ފުން ނޭވާއެއްލިއެވެ.
އޭނާގެ މޭގައި އުފެދިފައިވާ ޠޫފާނު، އޭނާގެ މޫނުމަތީގައި ޖަހާހެން އޭނާއަށް ހީވެއެވެ.
ނިސްރީނު ކަރުނައިން ތެމިފައިވާ ދެލޮލުން އެއްވެސް ޙަރަކާތެއް ނެތް މީހެއްފަދައިން ރަޢުނާއަށް ބަލަމުންދިޔައެވެ.
ރަޢުނާގެ ހޭވިފައިވާ އިސްތަށިގަނޑު ---------
އޭނާގެ މޫނުމަތިން އެ ޖަނަވާރެއްފަދަ އިންސާނާގެ ޢަމަލުތައް ފެންނަން ހުއްޓެވެ. މަލުގެ ކޮންމެ ތިއްކެއްވެސް ވަނީ ފިއްތާލައި ބޯލާފައެވެ. މަލުގެ ފަތްތައްވަނީ ޗިސް ޗިސްވެފައެވެ. ނިސްރީނުގެ ހިތަށް އެރިއެވެ. އެކަމަކު ސުވާލަކީ މިހުރިހާ ކަމެއްވީ ކިހިނެއްހެއްޔެވެ.------؟
އޭނާ ދިޔައީ ޢާމިރާއެކުގައެވެ. ------!
ޢާމިރު އެކަހަލަ ކަމެއް ނުކުރާނެއެވެ.
ޢާމިރު އެކަން ނުކުރާނެކަމަށް ނިސްރީނުގެ ހިތަށް އަރަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ------- އެންމެފަހުން ނިސްރީނުގެ ޚިޔާލު ލަފުޒުތަކަކަށް ބަދަލުކުރިއެވެ.
ޢާމިރަކީ އެކަހަލަ މީހެއްނޫނެވެ.
"އަޑު އަހާށެވެ ------!
ނިސްރީނު އެހާ ކަންބޮޑުވެ މާޔޫސްވެފައިވާ ޙާލަތުގައި ރަޢުނާ ބުންޏެވެ.
"އަހަރެން ވަލު ޖަނަވާރެއްފަދަ އެ އިންސާނާއާ ކައިވެނި ކުރާނަމެވެ. ކާފަ ދަރިފުޅުގެ ސަބަބުން ބައްޕަގެ ޢާއިލާ ބަދުނާމުވާކަށް ފުރުސަތެއް ނުދޭނަމެވެ. މިލަޢުނަތް ނިތްކުރީގައި ޒީނަތްތެރިކޮށްގެން އުޅުމުގެ ފުރުސަތެއްވެސް ނުދޭނަމެވެ. ------"
"ވަރަށް ރަނގަޅު ޚިޔާލެއް"
ނިސްރީނަށް މިބުނެވެނީ ކީކޭކަމެއް ނޭނގޭ ގޮތެއްގައި ބުންޏެވެ.
ރަޢުނާ، ނިސްރީނަށް ބަލަމުން ދިޔައެވެ.
ނިސްރީނު އާދޭސް ގޮތެއްގައި ބުންޏެވެ.
"ތިޔަށްވުރެ ރަނގަޅު ގޮތެއް އޮތްހެނެއް ހީއެއްނުވެއެވެ. އަހަރެމެންނަށް އޭނާ މަރައިލެވިވެސް ދާނެއެވެ.---"
ރަޢުނާއަށް ޢާމިރު މުޞީބާތަކަށްވިއެވެ.
"ވަރަށް ރަނގަޅަށް އޭނާ މަރައިލާނަމެވެ. --------"
ނިސްރީނު ބިރުން ރަޢުނާއަށް ބަލައިލިއެވެ.
"ރަޢުނާ އަދިވެސް ހަމަ ހޭގައިހެން ހީނުވެއެވެ. ------"
ނިސްރީނު އަމިއްލަ ނަފުސު ކޮންޓްރޯލުކުރަމުން ބުންޏެވެ.
"އަހަރެން މިހުރީ ހަމަ ހޭގައެވެ. ------- ވަރަށް ރަނގަޅަށް އަހަންނަށް ކަންކަން އެނގެއެވެ. ------ އަހަރެންނާމެދު އޭނާ ކަންތައްކުރި އަނިޔާވެރި ގޮތް ނިސްރީނަށް ވަޒަންވެސް ނުކުރެވޭނެއެވެ."
"އެކަމަކު އުފެދޭ ސުވާލަކީ އޭނާ އެހެން ކަންތައް ކުރަންވީ ކީއްވެގެންކަމެވެ؟" ނިސްރީނު ބުންޏެވެ.
"ކީއްވެގެންހެއްޔެވެ؟ -------"
ރަޢުނާ ތެޅިގަތްފައި ހަޅޭލަވައިގަންނަ ގޮތެއްގައި ބުންޏެވެ.
"އެއީ މިކަން މިހެންވާ އޮތުމުންނެވެ. ----- އޭނާ ދިޔައީ އަހަންނަށް އިންތިޒާރު ކުރަމުންނެވެ. ----- އަހަންނަކީ އެއްވެސް ޙާލެއްގައި ވިއްކާލެވޭނެ އަދި ވިކޭނެ މީހެއް ނޫނެވެ. ------- އެއްވެސް ޙާލެއްގައި އެކަމެއް ނުކުރެވޭނެއެވެ."
ރަޢުނާ ރޯން ފެށިއެވެ.
އޭނާގެ ދެއަތް މޫނުމަތީގައި އަޅައި މޫނު ފޮރުވިއެވެ.
"އަހަންނަށް ހީވަނީ ރަޢުނާ ހިތްހަމަޖެހޭ ވަރަށް ރުއިން މިވަގުތު ރަނގަޅުވާނެހެނެވެ."
"އެކަމުން ވާނީ ކޮންކަމެއްހެއްޔެވެ؟ -------"
ރަޢުނާ ތެޅިގަތްފައި ބުންޏެވެ.
"ސިކުނޑިއަށް ލުއިކަމެއް ލިބޭނެތީއެވެ. ------"
ރަޢުނާ އާހުން ފުރިފައިވާގޮތެއްގައި ނިސްރީނަށް ބަލައިލިއެވެ. އަދި ރޮވިފައިވާ އަޑަކުން ބުންޏެވެ.
"މި އެކަނިވެރި ރޭތަކުގައި އަހަރެންގެ އާދޭހުގެ ކަރުނައިގެ ތިކިތައްވެސް އެމީހުން ފޮރުވާނެހެއްޔެވެ؟"
ނިސްރީނު އިނީ ބޮޑަށް އަނގަ ބަންދުކޮށްގެންނެވެ.
ނިސްރީނުގެ މޫނުމަތިން ފެންނަމުންދިޔައީ އޭނާގެ އެކުވެރިޔާއަށް އެއްވެސް އެހީތެރިކަމެއް ނުދެވުމުން ހަދާނެ ގޮތް ހުސްވެފައިވާކަމުގެ އަސަރުތަކެވެ.
ރަޢުނާ ގޮނޑިން ތެދުވިތަނުން ބިންމައްޗަށް ވެއްޓުނެވެ. -------
އޭނާގެ ވެއްޓުނު ވަގުތު އިވުނު ގިސްލުމުގެ ވޭނީ އަޑުން ކޮޓަރީގެ މާޙައުލު ވަނީ ގުގުމާފައެވެ.
"ރަޢުނާ ހިތްފުރެންދެން ރޮވުނީމާ ރަނގަޅުވެދާނެކަމަށް ނިސްރީނު ވިސްނިއެވެ. އެހެންނޫނީ އޭނާއަށް ނަފުސާނީގޮތުން ބަލިކަށިވެދާނެއެވެ."
ނިސްރީނުވެސް ވެއްޓެމުންދާފަދަ ގޮތެއްގައި ގޮސް ގޮނޑީގައި އިށީނެވެ.
ކޮޓަރީގެ މާޙައުލުވެސް އެމީހުންނަށް ވެފައިވަނީ ނޭވާ ހާސްވާ ތަނަކަށެވެ.
ހާސްވެފައިވާ މި މާހައުލުގައި ------- ރަޢުނާ ހިތް ފުރެންދެން ރޮމުންދިޔައެވެ.
އޭނާގެ ކަރުނައިގައި އަނިޔާވެރިކަމުގެ އޮށް ފަހަރެއްގައި އިންދީ ކަމަށްވެދާނެއެވެ. އޭނާގެ ދެލޮލުން ކަރުނައިގެ ސައިލާބެއް ފަދައިން ފެންތައް ފައިބަމުންދިޔައެވެ.
ކުޑައިރުކޮޅެއްގެ ފަހުން ކަރުނައިން ފުރިފައިވާ އަޑަކުން މަޑު މަޑުން އޭނާ ބުންޏެވެ.
"ނިސްރީނު ------ އަހަރެމެން މިތަނުން ދަމާ ހިނގާށެވެ. ------ އަހަރެން މިހާރު އިތުރަށް އެއްދުވަހުވެސް މިތާނގައި މަޑުކުރަން ބޭނުމެއްނޫނެވެ. އެހެންނޫނީ އަހަރެންގެ ނޭވާ ހިނގައިދާނެއެވެ."
ނިސްރީނު އެއްވެސް އެއްޗެއް ނުބުނެއެވެ.
ނިސްރީނު އޭރު އިނީ ހަމަހިމޭންކަމާއެކު ބޭރަށް ބަލާށެވެ.
އެވަގުތު އޭނާގެ ޚިޔާލަށް ވެރިވަމުންދިޔައެވެ. ރަޢުނާ މިގޮތަށް ހަލާކުވީ ކީއްވެގެންހެއްޔެވެ؟
ޢާމިރު ފެނުނުއިރު އޭނާއަކީ އެކަހަލަ މީހެއްހެން ހީނުވެއެވެ.
ރާޖީގައިގައި ރަޢުނާ ތަޅައިގެން މަތިން ކުއްލިއަކަށް ނިސްރީނު ހަނދާންވިއެވެ. ރާޖީ ބުނި ޖުމްލަ ރަޢުނާއާ ދިމާއަށް ޢާމިރު ބުންޏެވެ.
"މިއީ އަހަރެމެންގެ އަވަށެވެ. މިތާނގައި ކޮންމެ އަންހެންކުއްޖެއްވެސް ދަރިން ހޯދައެވެ. ކަލޭވެސް ދަރިއަކު ވާނީ ހޯދާށެވެ. އާންޔާ ކައިވެނި ވުމުގެ ކުރީން ކޯރަށް ފުންމައިލައިގެން ގެނބިގެން މަރުވީއެވެ."
"އަދި ކަލޭމެން ދެމީހުންވެސް ދަރިން ހޯދަން ޖެހޭނެއެވެ."
"ޢާމިރު މިކަހަލަ ވާހަކަތަކެއް ދެއްކިއެވެ. މިވާހަކަތަކަކީ ރާޖީވެސް ދެއްކި ވާހަކަތަކެކެވެ. މިއީ އިއްތިފާޤެއްހެއްޔެވެ؟ ނިސްރީނު ސިއްރު ސިއްރުން ބުނެލިއެވެ. --------- އެހެންނޫނީ -------- އޭނާގެ ހިނގަނޑުގެ ފަހަތުގައި ކޮންމެވެސް ކަމެއް ފޮރުވިފައި އޮތީހެއްޔެވެ؟"
އެހެނީ ރަޢުނާވެސް ވިހަން މިޖެހުނީ ރާޖީގެ އަވަށުންނެވެ. އެ ޚިޔާލުގައި އެއްވެސް އެއްޗެއް އަޑު ނީވޭ ގޮތެއްގައި ނިސްރީނުގެ ވިސްނުން ހުއްޓުނުކަހަލައެވެ.
---------------------------------------------------
(ނުނިމޭ)