Advertisement

ބާރު ނެތް ނިކަމެތި ބަޔެއްގެ މައްޗަށް ބާރުގަދަ ބަޔަކު އަރައިގަނެ އެތައް ބަޔަކު ރޭ ވެސް ޝަހީދުކޮށްލައިފި! އަލިފުދާލުގައި އެއް ގަރާރަކަށް ފަހު އަނެއް ގަރާރެއް.

25 Mar 2024 | 12:01
އުރުދުންގައި ފަލަސްޠީނަށް ތާއީދުކޮށް މުޒާކުރާ މީހުން، އިސްރާއީލުގެ ސަފާރާއަށް ދާން މަސައްކަތްކުރަނީ: ފުލުހުން އެ ކަމަށް ހުރަސްއަޅައިގެން

ބައިނަލްއަޤުވާމީ މުރާސިލު

ދުނިޔޭގައި އިންސާފުވެރިކަމެއް، ޢަދުވެރިކަމެއް އޮންނާނެކަމަށް ހީކުރުމަކީ މޮޔަ ކަމެކެވެ. ދުނިޔޭގައި ޙައްގުތައް ކަށަވަރުކޮށްދީ ސުލްހަ ގާއިމުކުރުމުގެ ނަމުގައި އުފައްދައިފައިވާ އދ.އޭ ކިޔާ ޖަމުޢިއްޔާއަކީ އާރެއް ބާރެއް ނެތް ޖަމުއިއްޔާއެކެވެ. އެމެރިކާއާއި ވިލާތުގެ މަސްލަހަތު ހިމާޔަތްކުރުން ނޫން ކަމެއް އެ ޖަމުއިއްޔާއަކަށް ކުރެވޭ ތަނެއް ނުފެނެއެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ޢުދުވާނު ހިންގާތާ ބައިގަރުނަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ފަލަސްޠީނުގެ ބިން ފޭރެމުން އެ އެ ގައުމުގެ ރައްޔިތުން އެ ބިމުން ބޭރުކުރަމުން ގެންދަނީއެވެ. އދ.ގެ ސަލާމަތީ މަޖިލީހޭ ކިޔާ މަޖިލީހުން ފާސްކުރާ ގަރާރުތަކަށް އިސްރާއީލުން ބޮލެއް ނުލަނބައެވެ. ނަމަވެސް އދ.އަށް ކުރެވޭ ކަމެއް ނެތެވެ. ދުނިޔޭގެ އެއްވެސް ގައުމަކަށް ކުރެވުނު ކަމެއް ނެތެވެ.

ނިކަމެތި މަޢުޞޫމު ރައްޔިތުންތަކެއް ދިރިއުޅޭ ޣައްޒާއަށް، ލަދުހަޔާތުގެ ކަންފުޅެއް ނެތި ބަރު ހަތިޔާރާއެކު އަރައިގަނެގެން އުޅޭ ޔަހޫދީ ލަޝްކަރު އައްޝިފާ ބޭސްވެރިކަމުގެ އެކުވެނި ރޭޑުކޮށްގެން އެތައް ބަޔަކު ޝަހީދުކުރަމުން ގެންދާތާ ހަފުތާއެއް ވެފައިވާ އިރު، އަލްއަމަލު ހޮސްޕިޓަލާއި އައްނާސިރު ހޮސްޕިޓަލަށް އެ އަނިޔާވެރީން މި ވަނީ ރޭގައި އަނެއްކާ ޙަމަލާދީ އެ ތަން ހިސާރުކޮށްފައެވެ.

އަލްޖަޒީރާއިން މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ދައިރުލްބަލަޙަށް ދިން ޙަމަލައިގައި މަދުވެގެން ފަލަސްޠީނުގެ ނުވަ ވަރަކަށް ރައްޔިތުން ރޭ މެންދަމު ވަނީ ޝަހީދުކޮށްލައިފައެވެ. އަދި އަދި މި ސިޓީގައި ހުރި ގެއަކަށް ދިން ބޮމުގެ ހަމަލާއެއްގައި 18 މީހަކު ޝަހީދުވެފައިވެއެވެ. މީގެ އިތުރަށް އެތައް ބަޔަކު ބޮޑެތި ޒަޚަމްތަކާއެކު ކުނިތަކުގެ ދަށުގައި ތާށިވެފައި އެބަ ތިއްބެވެ.

މި ޙާލަތުގައި ފަލަސްތީނު ރައްޔިތުން ތިއްބައި އިސްރާއީލުން މިހާރު އިޢުލާނުކޮށްފައިވަނީ އދ.ގެ  އެހީދޭ އެއްވެސް ގާފިލާއެއް އަދި އެހެން އެއްވެސް އެހީއެއް ޣައްޒާއަށް ވައްދާކަށް ހުއްދައެއް ނުދޭނެކަމަށެވެ.

ފަލަސްޠީނު ދިދައާއި ވީރާނާކަން ދީރުލްބަލަޙުގައި: ކިތަންމެ އަނިޔާއެއް ދިޔަސް ވަޠަނީ ލޯތްބެއް ފަލަސްޠީނީންގެ ހިތްތަކުން ފޮހެއެއްނުލެވުނުވެ<br>

ވިސްނައިލުން ހުއްޓެވެ! ދުނިޔޭގެ ހުރިހައި ގައުމަކަށް ފިޔަވަޅު އަޅާ އދ.އަށް އާދައިގެ ކުޑަކުޑަ ނިރުބަވެރި ދައުލަތަކުން މި އަންގަނީ އެ ޖަމާޢަތުގެ އެހީ ޣައްޒާއަށް ވައްދާން ހުއްދަ ނުދޭނެކަމަށެވެ. މިއީ ކޮން ބަޔެއްގެ ބާރެއްތޯއެވެ. މިއީ ކޮންމެ ޙާލަތެއްގައި ވެސް އިސްރާއީލު ޙިމާޔަތްކުރާ އެމެރިކާގެ ބާރެވެ. ނަމަވެސް އަދި ވެސް އަޅުގަނޑުމެން ހަމަ އެމެރިކާއާއި އިސްރާއީލުގެ ކުރިމަތީގައި ކުޑަކަކޫޖަހައިގެން ތިބޭންތޯއެވެ! އެނގިވަޑައިގަންނަވާނޭ ފަދައިން މިހާރު ޣައްޒާގައި ދިރިއުޅޭ ރައްޔިތުންގެ 70 އިންސައްތަ މީހުން ތިބީ ބަނޑުހައިހޫނުކަމުގެ އެންމެ ނުރައްކާތެރި މަރުޙަލާގައެވެ.

ހަމަ މިފަދައިން އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގެ އަވަށެއްކަމުގައިވާ ބައިތު ފުރީކުގެ 14 އަހަރުގެ ކުޑަކުއްޖަކަށް ޔަހޫދީން ބަޑީން ހަމަލާދީ ޝަހީދުކޮށްލައިފައިވާ ކަމަށް ވަފާ ނޫސް އެޖެންސީއިން ޚަބަރުދީފައިވެއެވެ. އަނެއް ކޮޅުން ޔަހޫދީ ހަރުކަށި ބޮޑުވަޒީރު ބިންޔާމީން ޔަތަންޔާހޫ ވައުދުވެފައި ވަނީ ޙަމާސްގެ ޤާއިދު ޔަޙުޔާ ސިންވާރު 'ނައްތައިލާނެ"ކަމަށެވެ.

މި ހުރިހައި ކަމެއް މިހެން ހިނގަމުންދާއިރު، އިސްރާއީލަށް ފަހިވާ ގޮތަށް އެމެރިކާއިން އދ.ގެ ސަލާމަތީ މަޖިލީހަށް ކުރީން ހުށަހެޅި ޤަރާރު، ޗައިނާއާއި ރޫސީން ވީޓޯކޮށްގެން ކާމިޔާބުނުވުމާ ގުޅިގެން، އަލުން "ހަނގުރާމަ" ހުއްޓުމުގެ ޤަރާރަކަށް ވޯޓަށް އެހުމުގެ ކަންކަން މިއަދު މާލޭގަޑިން ހެނދުނު ހަތެއް ޖަހާއިރު އިންތިޒާމުކޮށްފައި އެބަ އޮތެވެ.

މި ޤަރާރާ ބެހޭ ގޮތުން އދ.ގެ އަމީންޢާންމު ގުޓަރޭސް ވިދާޅުވެފައިވަނީ މި ޤަރާރުގައި ހަނގުރާމަ ހުއްޓައިލުމާ ކޮންމެހެން އިސްރާއީލުގެ އަސީރުން ދޫކުރުމަކާ ގުޅުވައިފައެއް ނެތްކަމަށެވެ. މި ޤަރާރުގައި އޮންނާނީ "އެއް ކަން އަނެއް ކަމާ ގުޅިފައެވެ. ހަނގުރާމަ ހުއްޓާން ޖެހެއެވެ. އެއްވެސް ޝަރުޠެއް ނެތި ހުރިހާ އަސީރުން މިނިވަންކުރާން ވެސް ޖެހެއެވެ."

އަނެއްކޮޅުން ފަލަސްޠީނުގައި ހިނގަމުންދާ ލޭއޮހޮރުވުން ބޮޑު އަނިޔާވެރި ޖަރިމާތަކާއި ޢުދުވާނުތައް ހުއްޓުމަކަށް ގެނައުމަށް ޓަކައި އިސްރާއީލާއި ޙަމާހާ ދެމެދުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްތަކަށް ވެސް ކާމީޔާބީއެއް ނުލިބެއެވެ. ޙަމާހުގެ އޮފިޝަލުން ރޭ އަލްޖަޒީރާއަށް ކިޔައިދިން ގޮތުގައި ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ޙަމާހުން އެންމެ ފަހުން ހުށަހެޅި ހުށަހެޅުން ވެސް އިސްރާއީލުން ވަނީ އިންކާރުކޮށް ރައްދުކޮށްފައެވެ.

މި ދިޔަ އޮކުޓޫބަރު މަހު މި ކަންތައްކަނޑެއް އަލުން ފެށުނު، ފަހުން ފަލަސްޠީނުގެ 32226 މީހުން ވަނީ އިސްރާއިލުގެ އަނިޔާވެރި ޙަމަލާތަކުން ޝަހީދުކޮށްލައިފައެވެ. އަދި 74518 މީހުން ވަނީ ވަރަށް ބޮޑަށް ޒަޚަމުވެފައެވެ. އިސްރާއީލުން އެންމެ ފަހުން އަދާހަމަކުރި ތަފާސްހިސާބަށް ބަލާއިރު މި މުއްދަތުގައި އިސްރާއިލުން މަރުވީ އެންމެ 1139 މީހުންނެވެ. (ގިނަ މަޢުލޫމާތު: އަލްޖަޒީރާ)

Advertisement

ކޮމެންޓް