Advertisement

ނާތަހުޒީބު ނިރުބަވެރި ޙަމަލައެއް. މިއަދަކީ ހިތާމަ ފާޅުކުރުމުގެ ދުވަހެއް.

24 Mar 2024 | 16:22
މޮސްކޯގެ ރަށްބޭރުގައި ތަމްސީލު މާލަން ހުންނަ ސަރަހައްދު

ބައިނަލްއަޤުވާމީ މުރާސިލު

ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިން ހޮނިހިރު ދުވަހު ގައުމާ މުޚާޠަބުކުރައްވައި ވިދާޅުވީ  މޮސްކޯގެ ތަމްސީލު މާލަމަށް ދިން ހަމަލާއަކީ ނާތަހުޒީބު ނިރުބަވެރި ޢަމަލެއްކަމަށެވެ. މި ޙަމަލާގައި 143 މީހުން ވަނީ މަރުވެފައެވެ. މި ކަމާ ގުޅިގެން މިއަދަކީ، މާރިޗު މަހު 24 ވަނަ ދުވަހަކީ، މުޅި ގައުމުގައި ހިތާމަފާޅުކުރާ ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސަވައިފައެވެ. ރޫސީ ޓީވީއިން ދުރަށް ދެއްކި ތަގުރީރެއްގައި ގައުމާ މުހާތަބު ކުރައްވައި އެ ނިރުބަވެރި އަނިޔާވެރިކަން ބޮޑު ނާތަހުޒީބު ހަމަލާ ކުށްވެރިކުރައްވައި ޕޫޓިން ވިދާޅުވީ، "އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ މި ވާހަކަދައްކަނީ ތަމްސީލު މާލަމުގައި ހިނގި ނާތަހުޒީބު ނިރުބަވެރި ޙަމަލާއާ ގުޅިގެންނެވެ. އެ އަނިޔާވެރި ލޭއޮހުވަނިވި ނިރުބަވެރި ޙަމަލާ އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. އަދި މި ހިތާމައާ ގުޅިގެން މާރިޗު މަހު 24ވަނަ ދުވަހަކީ ޤައުމީ ހިތާމައިގެ ދުވަހެއް ކަމުގައި އަޅުގަނޑު އިޢުލާން ކުރަމެވެ."

މޮސްކޯގެ ތަމްސީލީ މާލަމެއްގައި 100އަށް ވުރެ ގިނަ މީހުން ބަޑިޖަހައި މަރައިލި އަނިޔާޥެރި ޙަމަލާ ހިންގި ހަތަރު މުޖުރިމުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ.

ހުކުރުދުވަހުގެ ރޭ ރޫސީ ވެރިރަށް މޮސްކޯގެ ދުރު ހިސާބެއްގައި ހުންނަ މަޝްހޫރު ތަމްސީލު މާލަމަކަށް ކެމަފްލާޖު ޔުނިފޯމުލައިގެން ތިބި ހަތަރު މީހަކު ބަޑީން ޙަމަލާދީގެން ހިންގި މި އަނިޔާވެރި ޙަމަލާގައި ބައިވެރިވިކަމަށް ބެލެވޭ ހަތަރު ބަޑިވެރީން މިހާރު ވަނީ ޔޫކްރޭނާ ދިމާއަށް ދަތުރުކުރަމުން ދަނިކޮށް ހައްޔަރުކޮށަފައިކަމަށް ޞައްޙަ މަސްދަރުތަކުން ވަނީ ކަށަވަރުވެފައެވެ.

އިސްލާމުންގެ ނަން އަމިއްލައަށް ދީގެން އުޅޭ ޔަހޫދީ ބައިގަނޑެއްކަމަށްވާ އައިއެސްއިން ވަނީ ހުކުރުދުވަހުގެ މި ޙަމަލާއަކީ އެ މީހުން ރާވައިގެން ދީފައިވާ ޙަމަލާއެއްކަމަށް އިޢުލާނުކޮށްފައެވެ. ނަމަވެސް މި ޙަމަލާގެ ތުހުމަތު ރޫސީން ކުރަނީ ޔޫކްރޭންގެ މައްޗަށެވެ. ނަމަވެސް ޔޫކްރޭންގެ އޮފިޝަލުން ވަނީ އެ ތުހުމަތަށް އިންކާރުކޮށްފައެވެ. ހުކުރު ދުވަހުގެ ޙަމަލާގައި  100 އަށް ވުރެ ގިނަ މަޢުޞޫމު މީހުން މަރުވެފައި ވިޔަސް އެތައް ބަޔަކު ވަނީ ބޮޑެތި ޒަޚަމްތަކަކާއެކު ފުރާނަ ސަލާމަތްވެފައެވެ.

މިއީ ރޫސީންނާއި ރޫކްރޭނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ކަމެއްކަމަށް ވެދާނެކަމަށް މުޙައްލިލުން ލަފާކުރެއެވެ. ނަމަވެސް އެމެރިކާއިން މި ކަމުގެ ތެރެއަށް ވަދެ އެއީ އިސްލާމިކް ސްޓޭޓްގެ ޢަމަލެއްކަމަށް ބުނެފައިވެއެވެ. ކޮންމެ ގޮތެއް ހަދައިގެން ވެސް ނިރުބަވެރި ޢާމަލެއް ތާކު ހިނގާއިފި ނަމަ އެ ކަމުގެ ބަދުނާމު މުސްލިމުންގެ ބޮލުގައި އަޅުވާން އެމެރިކާއާއި ވިލާތުން ވަރަށް ބޮޑަށް ޝައުގުވެރިވާނެއެވެ.

Advertisement

ކޮމެންޓް