ކަރުނައިގެ އަސަރު (6)
ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު
(2024 މާރިޗު 15ވަނަ ދުވަހު ޝާއިޢުކުރިބައާ ގުޅޭ)
__________________________________________
އޭނާގެ ހިތުގެ ތެޅުން ޤަރާރު ވާނެއެވެ.
ނުވަތަ ލޯބި އަހަންނަށް ދޭނެއެވެ. ނުވަތަ އަހަރެންގެ ފުރާނަ ގެންދާނެއެވެ.
__________________________________________
ޢާމިރު ކާރު ދުއްވަމުން ދިޔައީ ވަރަށް ބާރަށެވެ.
ރަޢުނާއަށް ގޮނޑީގައި ރަނގަޅަށް ހަމަޖެހިލައިގެން އިނދެވޭ ވަރުނުވެއެވެ. އެފަރާތް މިފަރާތަށް ދާވަރުންނެވެ.
ޢާމިރު، ރަޢުނާ ގެންދަނީ ކޮންތާކަށް ކަމެއް ކީއްކުރަންކަމެއް އަދި ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގެއެވެ.
ޢާމިރަކީވެސް ނޭނގޭ ބިރުވެރި މީހެކެވެ.
ރޯ ކޮށްފައިވާ މަގެއްގައި މި ހައި ބާރު އިސްޕީޑުގައި ދުއްވަމަކީ ރައްކާތެރި ކަމެއް ނޫނެވެ. އެހެންނަމަވެސް އެ ކަންކަމަށް ބެލުމެއްނެތި ޢާމިރު ގެންދިޔައީ ވަރަށް ބާރު އިސްޕީޑުގައި ކާރު ދުއްވަމުންނެވެ.
ގާތްގަނޑަކަށް 15 މިނިޓްއިރުގެ ދުއްވުމަކަށް ފަހު، ވީރާނާވެފައިވާ ފައްޅިއެއް ކައިރިއަށް ކާރު މަޑުކޮށްފިއެވެ.
އެތަކެއް މޭލު ދުރުމިނުން ވެސް ކުއްތާ ނޫން އެއްޗެއް ފެންނާކަށްނެތެވެ. އެ ނޫން ދިރޭ އެއްޗެއްގެ ނިޝާނެއް ވެސް ފެންނާކަށްނެތެވެ.
ކާރު ހުއްޓުނު ތަނާހެން ރަޢުނާ ރުޅިއައިސް ބުންޏެވެ. "ތިޔަ ހަދަނީ ކޮން ގޯހެއްހެއްޔެވެ. -----------؟"
"މި ހަދަނީ ގޯހެއްނޫނެވެ. ----- މުޙްތަރިމާ ރަޢުނާ -------- ޖިންނިއޭ ބުނެފައި ނިންމައިލާށެވެ! ------ އަދި ޖިންނިތަކުގެ ތެރެއަށް ފުންމައިލާށެވެ. ------ އެއަށް ކިޔައި އުޅެނީ މޮޔަކަމެވެ. ------- އެހެންކަމުން މިއަދު އަހަރެން ތިބާއަށް ލޯބިވާން ދަސްކޮށްދޭނަމެވެ. ------ ކާރުން ފައިބައިގެން އަންނާށެވެ. -------"
ރަޢުނާ، އޭނާގެ ތޫނު ދެލޮލުން ޢާމިރަށް ބަލައިލިއެވެ. އަދި ބުންޏެވެ.
"ހިންގަވާށެވެ. --------- "
"ކަލޭ ------ ކަލޭ ބޭނުންވަނީ ކޮންކަމެއްހެއްޔެވެ -----------؟"
ރަޢުނާ، އޭނާގެ ހިކިފައިވާ ތުންފަތުގައި ދޫ ކާއްތައިލަމުން ބުންޏެވެ.
"އަހަރެންދާ މަގުގައި ހުރި ފާރުތަކެއްކަމުގައި، މި ޢިމާރާތުގެ ފާރުތައް ވީ ނަމަ ވެސް އެ ފާރުތައް ވައްޓައިލައި ހަލާކުކޮށްލާނަމެވެ."
"ކީކޭ ------ ކީކޭ ތިބުނީ -----------؟" ރަޢުނާ ސުވާލުކޮށްލިއެވެ.
ޢާމިރު ޖަވާބުދިނުމުގެ ބަދަލުގައި ކުރިއަށް ޖެހިލައި އޭނާގެ ދެ އަތުން ރަޢުނާ އުފުލައިލިއެވެ. އިންސާނެއްގެ ގޮތުގައި ހަދައިފައިވާ ރަބަރު ބުދެއް އުފުލައިލާ ފަދައިންނެވެ.
ރަޢުނާ ވަރަށް ބާރަށް ތެޅެމުންދިޔައެވެ. -------- އެހެންނަމަވެސް ޢާމިރު އޭނާ އެ ގެންދިޔަ ގޮތަށް ފައްޅި ތެރެއަށް ގެންދިޔައެވެ.
ދުވަސްވެފައިވާ ފައްޅިއެކެވެ. -------
އޭނާއަށް ފެންނަނީ ކޮންކަހަލަ ޠޫފާނެއްކަމެއްވެސް ނޭނގެއެވެ. ------ މިއަދަކީ އަނެއްކާވެސް އާ ވާހަކައެއް އުފަންވާނެ ދުވަހެކެވެ.
ރަޢުނާ އެއް ފަރާތެއްގައި ބެހެއްޓުމަށް ފަހު ޢާމިރު ބުންޏެވެ.
"ރާޖީގެ އެ ސުވާލުކުރަނީ ކަލެއަށް ދަރިއަކު އަދިވެސް ނުލިބެނީ ކީއްވެތޯއެވެ؟ އެހެންކަމުން އެންމެ ކުޑަމިނުން އަހަރެން ބޭނުންވަނީ އެ މޮޔަ އަންހެންކުއްޖާގެ ވަހުމުން ދުރުހެލިވާށެވެ."
އެހެން ބުނުމަށް ފަހު ޢާމިރު ހަމަހިމޭންވިއެވެ.------------- ރަޢުނާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ރަޢުނާ ތުރުތުރުއަޅަމުންދިޔައެވެ.
އަދި އޭނާގެ ހިކިފައިވާ ދެތުންފަތުގައި ދޫ ކާއްތައިލަމުން ބުންޏެވެ. "ކަ ------ ކަލޭ ----- ބޭނުންވަނީ ކޮންކަމެއްހެއްޔެވެ. -----------؟"
ޢާމިރު ވަރަށް ރަޙުމު ކުޑަގޮތެއްގައި ހީނލިއެވެ. އަދި ބުންޏެވެ. "ބައްޕައެއް ނެތް ކުއްޖަކު ހަމައެކަނި އުފަންކުރުމެވެ. -------"
ރަޢުނާގެ މުޅިހަށިގަނޑު ތުރުތުރު އަޅާން ފެށިއެވެ.
"ކަލޭ އަހަރެންގެ ޢިއްފަތްތެރިކަން ---------- " ރަޢުނާ އެހިސާބަށް ބުނެފައި ހުއްޓައިލިއެވެ.
"ޢިއްފަތްތެރިކަން، ޢިއްޒަތްތެރިކަން ކިޔަނީ ކޯޗަކަށްހެއްޔެވެ؟ އަހަންނަކަށް ނޭނގެއެވެ. ----- އެހެންނަމަވެސް އަހަރެން މި ބަލަނީ ތިބާއަކީ މަލެއް ކަމަށެވެ. ------- މިއަދު އެ މަލުގެ ފިޔަތައް ވަކިވަކީން މި ފައްޅިތެރެއަށް ފެތުރިގެންދާނެއެވެ."
ރަޢުނާގެ ލޭ ހިނގުން ހުއްޓުނު ކަހަލައެވެ. ވައިގެތެރެއަށް ދޫކޮށްފައިވާ މަޑިއެއް ކަނޑާލީމާ،ވެއްޓޭފަދައިން، ރަޢުނާ ފަހަތަށް ޖެހެވުނެވެ.
"މިއަދު ކަލޭ އާދޭސްކުރާން ޖެހޭނެއެވެ. --------- "
"ކަ -------- ކަލޭ ތީ ވަލުޖަނަވާރެއްހެއްޔެވެ. ---------؟"
"އެކަމަކު އަހަރެންގެ ނިތްކުރީގައި ވަލު ޖަނަވާރެއްކަމުގެ އެއްވެސް ނިޝާނެއްނެތެވެ. ------ ބަލަ! އަހަރެން ކިހާ ހަމަޖެހޭހެއްޔެވެ.-------؟"
ރަޢުނާއަށް އޭނާގެ ނަފުސު ގެއްލުނުހެން ހީވިއެވެ. --------- އޭނާ ވެއްޓެމުންދިޔުމުން ފާރުގެ އެހީތެރިކަން ހޯދިއެވެ.
އެއަށް ފަހު ބުނާން ފެށިއެވެ.
"ކަލޭ އަހަންނާ ޢަދާވަތްތެރީހެއްޔެވެ؟--------"
ޢާމިރުގެ މޫނުމަތިން ނުލަފާ ވިހައެއްގެ އަސަރު ފާޅުވިއެވެ. އެވަގުތު ބާޒެއް ޖެހިގަންނަފަދައިން ރަޢުނާގެ ގައިމައްޗަށް ޢާމިރު ވެއްޓިގަތެވެ.
"ނޫނެކެވެ. ---------- ތިޔަ ހެން ނުހަދާށެވެ. ------" ރަޢުނާ ވަރަށް ބާރަށް ހަޅޭލަވަން ފެށިއެވެ.
"ރާޖީ ދިޔައީ އާދޭސް ކުރަމުންނެވެ. އޭނާ ބޮޑާ ހޭކީއެއްނޫނެވެ. އެކަމަކު ކަލޭމެން އޭނާގެ އާދޭހަކަށް އަޅައެއްނުލިއެވެ. ------- އަދި ޖިންސީ ގުޅުން ނެތް މީހެއްގެ ލޮލުން އަގު ނުކުރެވޭނެ ކަރުނައެއް ވެސް ނުދެއެވެ."
ޢާމިރުގެ އަތުގެތެރޭގައި އެއްވެސް އެހީތެރިކަމެއްނެތް ދޫންޏެއް ފަދައިން ރަޢުނާ ތެޅެމުންދިޔައެވެ. އެ ގޮތަށް ކަންތައް ނުކުރާން ޢާމިރުގެ ކިބައިން އާދޭސްކުރަމުންދިޔައެވެ. ------- އެހެންނަމަވެސް ރަޢުނާއަށް ޙަމަލާދީފައިވަނީ ބާޒެކެވެ. ބާޒެއް ޖެހިގަނެފިއްޔާ އެ އެއްޗެއް ހަލާކުވެގެންދާނެއެވެ. އޭނާ ޢަޒުމު ކަނޑައެޅީ އެ މަލުގެ ވަސްދުއްވައިލުމަށެވެ. މަލުގެ ދިޔަތައް ބޮއިލުމަށެވެ.
"ނިޔަތް ނޭވާ ހޮޅިއަށް ދިޔައެވެ.-------!
އިންސާނިއްޔަތު ފުނޑު ފުނޑުވަމުން ދިޔައެވެ.------!"
ޒުވާން އަންހެންކުއްޖެއްގެ ޙަޔާތް ބަރުބާދުވީއެވެ. އަދި މިއީ ޙަޔާތުގެ ފަލްސަފާ ނިމޭ ހިސާބެވެ.
ދުވަސްވެފައިވާ ފައްޅި ދިޔައީ ތުރުތުރު އަޅަމުންނެވެ. ފައްޅީގެ ތެރޭގައި އަޑު މަޑުވެގެންދިޔައެވެ.
15 މިނިޓް ފަހެވެ.-------
ފައްޅީގެ ބިރުވެރިކަންވަނީ ގޮސްފައެވެ.
މަޑުމަޑުން ޖެހެމުންދިޔަ ވައިގެތެރޭގައި އާދަޔާ ޚިލާފު ވަހެއް ދުވަމުންދިޔައެވެ.
ބާޒު އުދުހިގެން ހިނގައްޖެއެވެ.
މަލުގެ ފަތްތައް އެތަންމިތަނަށް ވިއްސާލި ވިހާލިވެއްޖެއެވެ.
"މިހާރު ދެން ތެދުވާށެވެ. ------ އެހެނީ އަހަންނަށް ރާޖީގެ އެދުން ފުރިހަމަ ކޮށްދެވިއްޖެއެވެ. ---------"
"މިއީ ކޮންކަމެއްހެއްޔެވެ. --------؟" ގަދަ އަޑަކުން ރަޢުނާ ހަޅޭލަވައިގަތެވެ.
"ކަލޭގެ ތިޔަ ސުވާލުގެ ޖަވާބު އަހަރެންގެ ކިބައިގައެއް ނުވެއެވެ. ----- ތިޔަ ސުވާލުގެ ޖަވާބު ހޯދަން ކަލޭ އެހައި ބޮޑަށް ބޭނުމިއްޔާ ކަލޭގެ ބައްޕައާ ސުވާލު ކޮށްގެން ޖަވާބު ހޯދާށެވެ. -------- ކަލޭ ބައްޕައަށް ވުރެ ބޮޑަށް އެސުވާލުގެ ޖަވާބު ދެވޭނެ މީހަކު ނުހުންނާނެއެވެ. ------- "
ރަޢުނާ ހުރީ ތުންފަތުގައި ދަތް އަޅައިގެންނެވެ. ހަދާނެގޮތް ހުސްވެފައެވެ.
ޢާމިރު ހިނިތުންވެލަމުން ބުންޏެވެ.
"ކަލޭގެ ބައްޕަގެ ލެއަކީ ހަޑި މުޑުދާރު ލެޔެކެވެ. މިއަދު އަހަރެން މި ކުރިކަމަކީ ކަލޭގެ ބައްޕައަށް ފުރައްސާރަކުރުމަށް ކުރި ކަމެކެވެ. ދިރި ހުންނާން ބޭނުމިއްޔާ ދިރި ހުންނާށެވެ. ------ އަދި އަމިއްލައަށް މަރުވާން ބޭނުމިއްޔާ އަމިއްލައަށް މަރުވާށެވެ. އަހަރެންގެ އެއްވެސް އިޢުތިރާޒެއްނެތެވެ. ކަލޭގެ ހިތްވަރެއް ހުރިއްޔާ ކަލޭގެ ބަރުބާދުވުމުގެ ވާހަކައިން ކަލޭގެ ބައްޕައާ ސުވާލުކޮށްގެން ޖަވާބު ހޯދާށެވެ. -------"
"ކަ -------- ކަލެއަކީ ކުއްތާއެކެވެ. ------ ޒަލީލު އިންސާނެކެވެ. ------ އަނިޔާވެރިއެކެވެ. ------" ރަޢުނާ ރޮމުން ގިސްލަމުން ބުނަމުންދިޔައެވެ.
"ކަލޭ ހިތް ފުރެންދެން އަހަންނަށް އެއްޗެހި ކިޔާށެވެ. ------- ކަލޭގެ ނަފުސުގައި ތިޔަ ޖެހުނު ލައްގަނޑު ކަލޭގެ ބައްޕަގެ މުއްސަނދިކަން ހުސްކޮށްގެންވެސް ނުފިލުވޭނެއެވެ."
ޢާމިރުގެ މޫނުމަތީން ފެންނަނީ ބިރުވެރިކަމެވެ. އަނެއްކާވެސް ރަޢުނާ ތުރުތުރުއަޅާން ފެށިއެވެ.
"ހުތުރު އަދި ބަދުނާމުވެފައިވާ ބައްޕަގެ އަންހެން ދަރިފުޅާއެވެ. ------- އަޑު އަހާށެވެ.------" ޢާމިރު، ޒަޚަމު ވެފައިވާ ހަރުފައެއްފަދައެވެ.
"މިއަވަށަކީ ކަލޭގެ ބައްޕަގެ އަވަށެކެވެ. ------- މި ބިމަކީ ކަލޭގެ ބައްޕަގެ ވާރުތަ މުދަލެވެ.------- އެހެންނަމަވެސް މިތާނގައި އުޅޭ މީހުންނަކީ ވެސް ކަލޭގެ ބައްޕަގެ ތަރިކަ މުދާކަމުގައި ކަލޭގެ ބައްޕަ ދެކެއެވެ. ތިމާއަށް އަންހެންދަރިޔަކު ލިބިފައި ހުއްޓައި އެހެންމީހުންގެ އަންހެންދަރީންނާ އިޙުތިރާމާއެކު ކަލޭގެ ބައްޕަ ކުޅެމުން ދިޔައެވެ.
އޭނާ އިންސާނިއްޔަތުކަން ފުނޑު ފުނޑު ކޮށްލިއެވެ.
އޭނާ މިއަވަށުގެ ކިތައް އަންހެންކުދިންގެ ޢިއްފަތްތެރިކަމަށް އަރައިގެންފިހެއްޔެވެ؟ ކިތައް އަންހެންކުދިންގެ ޠާހިރުކަން ދުއްވައިލައިފިހެއްޔެވެ؟
މިއަވަށުން އެތައް އަންހެންކުދިންގެ ޖަނާޒާ އުފުލައިފިއެވެ. ---------! ކަފުންކޮށްފިއެވެ. ކޯރުގައި މަރުވެގެން ހިނގައްޖެއެވެ.
ކޮންމެ ގެއެއްވެސް ހިތާމަވެރި ތަނަކަށް ވެގެން ހިނގައްޖެއެވެ. ------ އެކަމަކުވެސް ކަލޭގެ ބައްޕަގެ ލަދު ޙަޔާތުގެ ކަންފުޅެއްނެތެވެ.
އަހަރެން މިއަދު މި ދިން ޙަމަލާ އޭނާގެ ބަރުބާދީއަށް ފުދޭނެއެވެ.
މިހާރު ދެން ގިސްލައި ރުއިން ހުއްޓައިލާށެވެ. ------
އަދި ގޮސް ބައްޕަ ކަރުގައި ބަރުބާދީގެ ހާރު އަޅުވާށެވެ. އެއަށް ފަހު ހާރުގައި ހުރީ ކޮންކަހަލަ ނަޖިހެއްތޯ ބަލާށެވެ. އިންސާނިއްޔަތުކަމާ މެދު ކަލޭމެން ތިޔަ ވިސްނަނީ ކިހިނެއްހެއްޔެވެ؟ -------"
ދާށެވެ. އަވަހަށް ދާށެވެ. ބައްޕަގެ ކަރުގައި ތިޔަ ހާރު އަޅުވާށެވެ.
އެ ތަނުން ކަލެއަށް ފެންނާނީ އެއްވެސް އެހީތެރިކަމެއް ނެތް އިންސާނުންތަކެއްގެ ލޭ އޮހޮރިގެންދާތަނެވެ.
ކަލޭގެ ބައްޕަ ވާހަކައެއް ހަދައިލައި ކަންކަން އޮށްބާލަން އުޅެފާނެއެވެ. އެކަމަކު ކަލޭގެ ބައްޕަ އެއްވެސް އެހީތެރިކަމެއް ކަލެއަކަށް ނުދޭނެއެވެ. އެކަމަކު އެކަންކަން ދެނެގަތުމަށް ޓަކައި ދިރިހުރުމަށް މަސައްކަތް ކޮށްފާނެއެވެ. އެހެންނަމަވެސް އަހަރެން އޭނާ ދިރި ހުއްޓަކަ ނުދޭނަމެވެ. ------.
މަރުވަން ބޭނުންވިޔަސް މަރުނުވާފަދަ މަރެއް ކަލޭގެ ބައްޕައަށް އަހަރެން ދޭނަމެވެ.
ގިގުނިފަތީގެ ވާހަކަ ކަލެއަކަށް ނޭނގޭނެއެވެ. އެ ވާހަކަ ވެސް ރަނގަޅަށް އަޑު އަހާށެވެ.-------- އެހެނީ
ކަލޭގެ ބައްޕަގެ ޝަހުވަތްތެރިކަމުގެ ސަބަބުން އޭނާއަށް ފައިގައި ގިގުނިފަތި އަޅާން މަޖުބޫރުވީއެވެ. ގިގުނިފަތީގެ އަޑަކީ އޭނާގެ ހަޅޭކު އަޑެވެ.
އަވަށުގެ އެންމެން އޭނާގެ އެ އަޑުން ތުރުތުރު އަޅައެވެ. އެކަމަކު ކަލޭގެ ބައްޕަގެ ކަރުގައި ހިފައި ފިރުމާލައިނޭ ހިތްވަރެއް އެއްވެސް މީހެއްގެ ކިބައިގައިނެތެވެ.
ކަލޭގެ ހެދުން ނަގައިގެން ގޮސް ކަލޭގެ ބައްޕަގެ މޫނުމައްޗަށް ޖަހާށެވެ.
ކަލޭގެ މިހެދުން ދޭށެވެ. ނިޝާނެއްގެ ގޮތުގައެވެ.-------
ލޯގަނޑުން ކަލޭގެ ބައްޕައަށް ހެދުން ދައްކާށެވެ. --------
އެ ވަރުން ވެސް އޭނާ ދިރިހުރިނަމަ، ------- އަހަރެން އޭނާ ކުއްތާއެއް މަރައިލާ ފަދައިން މަރައިލާނަމެވެ.
ރަޢުނާ، އޭނާގެ ދެއަތް އޭނާގެ މޫނުގައި އަޅައި، މޫނު ފޮރުވިއެވެ.
އަދި ބުންޏެވެ. "ކަ ------ ކަލޭ ތިއީ ޖަނަވާރެއްހެއްޔެވެ؟ --------- ފާފަކުރި ބައްޕައަކު ފާފަކޮށްގެން އަދަބުލިބެނީ ދަރީންނަށްހެއްޔެވެ.؟ ތިޔައީ ކޮން އިންސާފެއްހެއްޔެވެ؟ ---------" ރަޢުނާ ގިސްލަމުން ޝަކުވާކޖރފަމުން ގެންދިޔައެވެ. "ކުށް ކުރީ އަހަރެންގެ ބައްޕައެވެ. ------- އޭގައި އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟------- ކަލޭ އަހަރެންގެ ޙަޔާތް ބަރުބާދު ކޮށްލީ ކީއްވެހެއްޔެވެ؟"
"ތިޔަ ސުވާލުތަކުގެ ޖަވާބު ވެސް ކަލޭގެ ބައްޕަގެ ފަރާތުން ހޯދާށެވެ. -------"
"ދަރިންގެ ހާޒީރުގައި ފާފަ ކުރާ ބައްޕައަކަށް، އެބައްޕަގެ ދަރިންނަށްވެސް އެ އަދަބު ލިބެންޖެހޭނެއެވެ."
"އަހަންނަކީ ތާކުން ތާކު ނުޖެހޭ މީހެއްކަމަށް ކަލެއަށް ވިސްނޭކަމަށް ވާނަމަ، އެއީވެސް ކަލޭގެ މައްސަލައެކެވެ.
އަހަރެން ބޭނުންނަމަ، ކަލޭގެ ބައްޕަގެ ކަރުގައި ވާ ޖަހައިގެން މުޅި އަވަށުގައި ގަންވެސް ހިންގުވިދާނެއެވެ. ------- މިޢާމިރަށް ހުރަސް އަޅާނެ ހިތްވަރެއް އެއްވެސް މީހެއްގެ ނުހުންނާނެއެވެ. -------!
އެކަމަކު ------! އެކަމަކު އަހަރެން އެކަމެއް ނުކުރަމެއް ނޫންހެއްޔެވެ. ----------؟
އެހެނީ އަހަރެން އިތުރަށް އެތައްކަމެއް ކުރަން އެބަހުއްޓެވެ. --------!
އޭގެ ތެރެއިން އެއްކަމަކީ މިއީއެވެ. --------!
އެކަމުގައި އަހަރެން ވިސްނުން ފުރިހަމައަށް ބޭނުންކޮށްފީމެވެ. -------" އޭނާ ބުންޏެވެ.
"ހޫމް --------" ރަޢުނާ ނަފުރަތްތެރިކަމާއެކު މޫނު އަނެއްފަރާތަށް އަނބުރާލިއެވެ.
ޢާމިރު ރަޢުނާއާ ދިމާއަށް ބަލައިލަމުން ހިނިތުންވެލިއެވެ.
އޭނާގެ ހިނިތުންވުމުން ފެންނަނީ އަނިޔާވެރިކަމެވެ.
ޢާމިރު ކުޑަ އިރުކޮޅެއް ވަންދެން ރަޢުނާއަށް ބަލާން ހުއްޓެވެ. -------
އެއަށް ފަހު ބުންޏެވެ.---------
"އަދި ބާކީ ހުރި މަސައްކަތް -----------" މި ޖުމްލަ ފުރިހަމަ ނުކޮށް ދޫކޮށްލަމުން ޢާމިރު ހިނިތުންވެލިއެވެ.
އޭނާގެ ހިނިތުންވުމުން ފެންނަނީ ކޮންފަދަ އަނިޔާވެރިކަމެއްހެއްޔެވެ؟
އޭނާގެ މޫނުމަތީން ފެންނަނީ ޖަނަވާރެއްގެ ސިފައެވެ.
އޭނާގެ ކުލައިގެ ސްޓައިލަކީ ކޮބައިހެއްޔެވެ؟
ތަފާތު ކުލަތަކެވެ. ---------!
ކަޅު ----- ރީނދޫ ކުލަ -------!
ރަތް އަދި ފެހި ކުލަ --------!
އަދި ދެން ވެސް
ޢާމިރު ބަލައިލި ތަނުން އޭނާއަށް ފެނުނެވެ.
ރަޢުނާ ފުން ނޭވާއެއްލުމަށް ފަހު ޢާމިރާ ދިމާއަށް ދެ ލޯ ބޮޑުކޮށްލި ތަނެވެ.
އޭނާގެ ދެ ލޮލުން ފެންނަނީ މާޔޫސްކަމާއި ކަންބޮޑުވުމެވެ.
އޭނާ މިހާރު ފުރާނަ ނެތް މަސްގަނޑެއްފަދައެވެ.-------!
---------------------------------------------------
(ނުނިމޭ)