ކަރުނައިގެ އަސަރު (5)
ދިވެހި ބަހަށް ގެނައީ: ޢަލީ ޒުބައިރު ޙުސައިނު
(2024 މާރިޗު 12ވަނަ ދުވަހު ޝާއިޢުކުރިބައާ ގުޅޭ)
___________________________________
މަރުވެފައިވާ މީހާގެ ހަށިގަނޑު ވަޅުލައެވެ.
މި ފޮރުވިފައިވާ ކަފުނުގައި އެއްވެސް އެދުމެއް އޮވެގެން ނުވާނެއެވެ.
____________________________________
ޢާމިރު ވަނީ ލޯބި ކަނޑައަޅައިފައެވެ.
އޭނާ ބޭނުންވަނީ ހަމަ ބިމުގައި ބަހައްޓައިގެން ރަސްގެފާނު ބަލިކުރާށެވެ.
ކުޅިވަރު ފެށިއްޖެއެވެ.
ކާމިޔާބު ހޯދާނީ ކާކުކަމެއް ނޭނގެއެވެ.
އެހެންނަމަވެސް ޢާމިރަށް ޖެހެނީ ކޮންމެ ޙާލަތެއްގައި ނަމަވެސް މެޗް ކާމިޔާބު ކުރާށެވެ. -------- އެހެންނޫނީ ----- ކޮއްކޮގެ ފައިގައި އަޅަފައިވާ ގިގުނިފަތީގެ އަޑު އޭނާގެ ފަހަތުން، ޤަބުރާ ހަމައަށް އަންނާނެއެވެ. --------- "
ބަދަލު ހިފުން ---------
އޭނާ ބޭނުންވަނީ ދުނިޔޭގެ ތާރީޚުގައި ނަމޫނާއެއްގެ ގޮތުގައި ދެމިހުރެވޭނެ އިންތިޒާމެކެވެ.
އެއީ ބަދަލު ހިފުންހެއްޔެވެ؟ ------ އެއީ މީހުން ހަނދާން ނައްތައިލާނެކަމެއްހެއްޔެވެ؟
އެކަކު ވެސް އެއްބަހެއްނުވިއެވެ. ------- "
އަވަށުގެ އެތައް ކަނަބަލުންނަކަށް ވަނީ ދަރީން ލިބިފައެވެ.
އެއް ކުއްޖަކު ވަޅަކަށް ފުންމައިލައިގެން މަރުވިއެވެ.
އަނެއް ކުއްޖަކު ކޯރު ތެރޭގައި ގެނބިގެން މަރުވިއެވެ.
އެއް ކެއްޖެއްގެ ކަންފަތް ދޮށުގައި ޖަހައިފައިވާކަން ފެންނާން ހުއްޓެވެ. --------
އެއީ ކާކަށް ފާޑުކިޔައިގެންކަމެއް ނޭނގެއެވެ. އޭނާ އެނބުރި އައެވެ.
އެ ހުރިހައި ކަމެއް ވެސް ކުރިއެވެ. --------
ނަފުރަތުކަން ބޮޑު މި ޢަމަލުތަކުގެ ފަހަތުގައިވަނީ ކާކުހެއްޔެވެ؟
އަވަށުގެ ރައްޔިތުންގެ ފުރާނައަށް ވިހަ މި ދެނީ ކާކުހެއްޔެވެ؟
އޭގެ ޖަވާބު ----!
ހަމައެކަނި އޮތީ ރާޖީގެ އަތުގައެވެ. -------!
އޭނާ، އޭނާގެ ފައިގައި ގިގުނިފަތި އައްސައިގެން ހުރިހާ ވަގުތެއްގައި އާވާރާއެއްގެ ސިފައިގައި މުޅި އަވަށުގައި އެނބުރެމުންދެއެވެ.
ޢާމިރު، އޭނާގެ ކުޅިވަރު މިތާނގައި ފަށައިފިއެވެ.
އަދި ރޭގަނޑު -------!
ރަޢުނާއަށް ޤިޔާމަތްވި ކަހަލައެވެ.
ފެންނަ ފެނުމަށް ރަޢުނާ ހަމަޖެހިފައިވާހެން ހީވެއެވެ. ------ އެހެންނަމަވެސް ޢާމިރު ވަނީ ރަޢުނާ މުޅީން ގަނޑުކޮށްލައިފައެވެ.
ޢާމިރު ވަނީ ރަޢުނާގެ ޙިއްޞުތައް މުޅީން ފުނޑުފުނޑު ކޮށްލައިފައެވެ.
ރޭގަނޑު ހަތަރު ދަމު ------- އެންމެ ހިނދުކޮޅަކަށް ވެސް އޭނާގެ ކައިރިއަށް ނިންޖެއް ނާދެއެވެ.
ނިސްރީނު ވަނީ ރަޢުނާއަށް ފާޑުކިޔައިފައެވެ. ------- އެހެންނަމަވެސް އޭނާ އަމިއްލައަށް ވަނީ އެ ކަމުގެ ތެރެއަށް ގެއްލިފައެވެ.-------!
ލޯބީގެ ކަލާނގެ ބަސްތަކުން ރަޢުނާއަށް ވަނީ ވަރަށް އުނދަގޫކޮށްފައެވެ. --------- އޭނާ ޢާމިރާ ބައްދަލުކުރާން ބޭނުންވިއެވެ.
އެހެންނަމަވެސް އޭނާއަށް ޢިމާރާތްތައް ވެސް ފެންނަނީ ފާރުތަކެއްގެ ސިފައިގައެވެ.
އަމިއްލަ ނަފުސު ކޮންޓްރޯލުކުރުމާއި އީގޯއެސްޓިކްގެ ސަބަބުން އޭނާއަށް އެ މަގު ވަނީ ބަންދުވެފައެވެ.
އޭނާއަކީ ބޮޑާ އަދި ރުޅިގަދަ ކުއްޖެކެވެ. ----------!
އޭނާ މޮޔަވެއްޖެއެވެ. -----!
އެހެންކަމުން އޭނާ ހެނދުނުހެނދުނާ ނިސްރީނު ކައިރިއަށް އައެވެ. ------- ދެ މީހުން އެކަކު އަނެކަކުގެ ލޮލާއި ލޯ ދިމާވިއެވެ. ----
އެހެންވެ ރަޢުނާ ދުރަށް ބަލައިލިއެވެ.
"ރަޢުނާ ރޭގައި އެއްކޮށް ނުނިދަންހެއްޔެވެ. ------"
ނިސްރީނު، ރަޢުނާގެ ލޮލަށް ބަލައިލުމަށް ފަހު ބުންޏެވެ.
"އާނ ------ އަހަންނަށް ރޭނގައި އެއްގޮތަކަށް ވެސް ނުނިދުނެވެ. ------- އާ ތަނެކެވެ. ------- އެހެންވެ އަހަރެންނަށް ނުނިދުނީކަން ނޭނގެއެވެ.. --------"
ރަޢުނާ ވާހަކައެއް ހަދައިލައި އޭނާއަށްވީ ގޮތް ސިއްރުކުރިއެވެ.
އަދި ހީނލިއެވެ.
"ހިތްހަމަޖެހެންޏާ އަވަށުގައި ދުއްވައިލާން ދަމާ ހިނގާށެވެ."ނިސްރީނު ބުންޏެވެ.
"ހިނގާ ------" ރަޢުނާ އިޖާބަދިނެވެ.
ނިސްރީނު އެހެންބުނިއިރު ހީވަނީ ކުރީންވެސް ރަޢުނާ އެކަމަށް ތައްޔާރުވެ ހުރިހެނެވެ. -------- ނިސްރީނު ބުނުންލަސްވީއެވެ. -----"
ކުޑައިރުކޮޅެއްގެ ފަހުން ދެމީހުން ކާރުގައި ބޭރަށް ހިނގައްޖެއެވެ.
އެމީހުން ތިބީ މުޅި އަވަށުގައި ބުރު ޖަހާށެވެ. އެހެންނަމަވެސް އެމީހުން ކޮންމެ ދިމާއަކަށް ދިޔަސް އަވަށުގެ މީހުން، އެމީހުންނަށް ބަލަމުންދަނީ އާދަޔާ ޚިލާފުގޮތަކަށެވެ. ------ އެހެންވެ ނިސްރީނަށް އުނދަގޫތަކެއް އިޙުސާސްވިއެވެ. ނަމަވެސް ރަޢުނާއަށް އެއްވެސްކަމެއް އިޙުސާސްވީހެނެއް ހީނުވެއެވެ.
އެމީހުން އުސްތަނެއްގެ ކައިރިއަށް ދިޔައެވެ. ----- އަންހެންކުއްޖަކު މަގުމައްޗަށް އަރައި މަގު ބަންދުކޮށްގެން ކޮޅަށް ހުއްޓެވެ. -----
އެކުއްޖާގެ އަޑުން މުޅި ފަޒާ ވަނީ ގުގުމާފައެވެ. ------- އޭނާގެ ފައިގައިވާ ގިގުނިފަތީގެ އަޑުންނެވެ.
އެކުއްޖާއަކީ ވަރަށް ރީތި ކުއްޖެކެވެ. -------!
އޭނާގެ ބޮޑު ދެލޮލުން، ރަޢުނާ އަދި ނިސްރީނަށް ބަލަމުންދިޔައެވެ.
"ތިއީ ކޮންކުއްޖެއްހެއްޔެވެ؟ ------- އަހަރެންމެންގެ މަގަށް ހުރަސް އަޅަނީ ކީއްވެހެއްޔެވެ؟"
އެކުއްޖާ -------- ވަރަށް ބާރަށް ހޭންފެށިއެވެ.
އެކުއްޖާގެ ހުނުން ހުރީ އެހެންމީހުން ރުޅި އަންނަފަދަ ގޮތެއްގައެވެ. ------- ކަޅު ހަރުފައެއްދައިން މޭމައްޗަށް ވެއްޓިފައިވާ އިސްތަށިގަނޑު ބޯ ހޫރާލަމުން އެއްފަރާތަކަށް އެއްލައިލިއެވެ.
އެއަށް ފަހު އޭނާ ކުޑަ ކުއްޖެއްފަދައިން ބުންޏެވެ.
"ކަލޭމެން ދެމީހުންނަށް ދަރިން ލިބިއްޖެހެއްޔެވެ؟"
ރަޢުނާ ހައިރާންވެގެން އަނގަ ހުޅުވުނެވެ. ------ ދެން ------- އަނގަ ލައްޕާލިއެވެ. -----------"
ރަޢުނާގެ މޫނުވަނީ ކޮންމެވެސް ވަރަކަށް ރަތްވެފައެވެ.
ނިސްރީނު ވަރަށް ބޮޑަށް ޙައިރާންވެފައި އެކުއްޖާއާ ދިމާއަށް ބަލައިލިއެވެ. އަދި ބުންޏެވެ.
"ނޫނޭ ---- އަދި އަހަރެމެން ދެމީހުން އެނިޢުމަތުން މަޙްރޫމެވެ."
"ކީއްވެހެއްޔެވެ. -------؟"
އެކުއްޖާ ނިހާޔަތަށް މަޢުޞޫމިއްޔަތު ގޮތެއްގައި ބުންޏެވެ.
އެކުއްޖާ ކީއްވެތޯ ކުރި ސުވާލުން ދެމީހުންނަށް ލިބުނީ އިތުރު ޙައިރާންކަމެކެވެ.
އެއްވެސް މީހަކަށް ދޭނެ ޖަވާބެއް ނޭނގިފައި ތިއްބައި، ނިސްރީނު ބުންޏެވެ.
"އަހަރެމެން އެ ޢުމުރު ހެއްޔެވެ؟ ----- އެކަމަކު ކަލޭ ތި ސުވާލު ތި ކުރީ ކީއްވެހެއްޔެވެ--------؟"
"އާންޔާ އަތްނބަކަށްވިއެވެ. --------- އެކަމަކު އޭނާއަށް ކައިވެނި ނުކުރެވެނީސް ދަރިއަކު ލިބިއްޖެއެވެ."
"ފަރިދާވެސް މީހަކާ ނީނދެއެވެ. ------- އެކަމަކު އޭނާއަށް ވެސް ދަރިއަކު ލިބިއްޖެއެވެ."
"އެކަމަކު އޭނާ ކޯރަށް ފުންމައިލައިގެން މަރުވީ ކީއްވެގެން ކަމެއް ނޭނގެއެވެ."
"މިއީ އަނެއްކާ މޮޔަކުއްޖެއްހެއްޔެވެ. ----------؟"
ރަޢުނާ ސިއްރު ސިއްރުން ބުންޏެވެ.
ރަޢުނާ ސިއްރުން ބުނި ވާހަކަ ރާޖީއަށް އިވުނުކަހަލައެވެ. ވަގުތުން ރާޖީގެ ތިއަރީ ބަދަލުކޮށްލިއެވެ.
ރާޖީ ބުންޏެވެ.
"މިއީ އަހަރެމެންގެ އަވަށެވެ. މިއަވަށުގައި ކޮންމެ ކުއްކަޖަކަށްވެސް ދަރިން ހޯދިދާނެއެވެ. ------ ކަލޭމެންވެސް އެއްދުވަހަކުން ދަރިން ހޯދާނެއެވެ. ------- އެކަމަކު ކުދިންގެ ބައްޕައަކީ ކޮބައިތޯ ސުވާލު ކޮށްފިއްޔާ ކޯރަށް ފުންމައިލައިގެން މަރުވުން ނޫން ޖަވާބެއްކަލޭމެންނަކަށްވެސްނޯންނާނެއެވެ.ރަޢުނާގެ މޫނު ރުޅިވެރިކަމުން ރަތްވިއެވެ.
ރަޢުނާގެ އަތުގައި އޮތް ދަނޑިބުރި އަނބުރާލުމުން ނިސްރީނު ތުރުތުރު އަޅަން ފެށިއެވެ.
އަދި ބުންޏެވެ. -------!
"ކެތްތެރިވާށެވެ. ----- ކެތްތެރިވާށެވެ. ------ އޭނާ މޮޔައެވެ. އެކަމަކު ރަޢުނާ އަމިއްލަ ނަފުސް ކޮންޓްރޯލު ކުރާށެވެ. ------"
ރަޢުނާ ލޭ ބޯލިއެވެ. ------ އޭނާ ރުޅިވެރިކަމުގެ ނަޒަރުން ރާޖީއަށް ބަލަންފެށިއެވެ.
ނިސްރީނު، ރާޖީއަށް އެއްޗެއް ބުނަން ބޭނުންވިއެވެ. އެހެނަސް އެވަގުތު ވަރުގަދަ ފިރިހެން ކުއްޖަކު އުސްތަނުގެ ފަހަތުން ނުކުމެގެން އެމީހުން ކައިރިއަށް އައެވެ.
އެއީ އަފްޒަލެވެ. -------!
އޭނާ އެދެމީހުންނާ ސަލާންކޮށްލުމަށް ފަހު، ރާޖީއަށް ބުންޏެވެ.
"އެމީހުންދާ މަގަށް ތިޔަ ހުރަސް އަޅަނީ ކީއްވެހެއްޔެވެ؟ ------ އެއީ އަވަށުވެރިޔާގެ ދަރިފުޅެވެ."
"ވެރިއެއްގެ ދަރިއަކަސް އަދި ގާޑެއްގެ ދަރިއަކަސް އަދިވެސް އޭނާ ދަރިއަކު ނުހޯދަނީ ކީއްވެހެއްޔެވެ؟"
ރާޖީ ހަޅޭލަވައިގަންނަމުން ބުންޏެވެ.
ރަޢުނާ ކާރުން ފުންމައިލިއެވެ.
އޭނާގެ މޫނުމަތީގެ އަސަރުތައް ވަރަށް ބިރުވެރިއެވެ.
ނިސްރީނު ކޮންމެވެސް އެއްޗެއް ބުނާން އުޅެނިކޮށް ރަޢުނާ ކާރުން ފައިބަފިއެވެ.
ރަޢުނާގެ އަތުގައި އޮތް ދަނޑިބުރި ޙަރަކާތް ކޮށްލުމުން، ރާޖީގެ ކޯތާފަތުގައި ޖެހި އޭނާގެ ކޯތާފަތް ހަލާކުވިއެވެ.
އަފްޒަލު އަވަސްއަވަހަށް އެދެމެދަށް ވަނެވެ. އަދި ބުންޏެވެ.
"ސާހިބާ! ތިޔަ ކުރައްވަނީ ވަރަށް މޮޔަ ކަމެކެވެ. ތިޔަ ކަން ނުކުރައްވާށެވެ. ------ އަމިއްލަ ނަފުސު ކޮންޓްރޯލުކުރައްވާށެވެ."
އެހެންނަމަވެސް ރަޢުނާ ހުރީ ރުޅިގަދަވެގެން ގޮސް މޮޔަވެފައެވެ. ------ އޭނާގެ އަތުގައި އޮތް ދަނޑިބުރި ވަރަށް ބާރަށް އަނބުރަމުންދިޔައެވެ. އެއިން ކޮންމެ ކަމެއް ވެގެންދިޔައީ އަފްޒަލުގެ ތަޤްދީރަށެވެ. އަފްޒަލަށް އެކަން ހުއްޓުވޭ ގޮތެއްނުވިއެވެ. ދަނޑި ބުރިން ޖެހި، ރާޖީ ހަށިގަނޑު ވަރަށް ބޮޑަށް ޒަޚަމުވިއެވެ.
ރަޢުނާގެ ފަހަތުން ނިސްރީނު ގޮސް ރަޢުނާގެ އަތުގައި އޮތް ދަނޑިބުރީގައި ހިފެހެއްޓިއެވެ. އަދި ބުންޏެވެ. "ކޮންފަދަ ބިރުވެރިކަމެއްހެއްޔެވެ؟ ރަޢުނާ ހަމަޖެހިބަލާށެވެ. ------"
"ނިސްރީނު އަހަރެން އަތުން ދޫކޮށްލާށެވެ. ----- އަހަރެން އޭނާ މަރައިލާނަމެވެ.------" ރަޢުނާ ހަޅޭއްލަވައިގަތެވެ.
"ރަޢުނާ މޮޔަނުވާށެވެ. ------ މިކޮޅަށް އަންނާށެވެ. -------" ނިސްރީނު ގަދަކަމުން ރަޢުނާ ގެނެސް ބޭންދިއެވެ. ---- އެހެންނަމަވެސް އަދިވެސް ރަޢުނާ ގެންދިޔައީ ރުޅިވެރިކަމާއެކު ރާޖީއަށްބަލަމުންނެވެ. ------- ރާޖީ ބިންމަތީގައި އިނދެގެން ވަރަށް ބޮޑަށް ގިސްލައި ރޮމުންދިޔައެވެ.
އަދި ބިރުވެރި ނަޒަރަކުން ބައެއް ފަހަރަށް ނިސްރީނަށް ބައެއްފަހަރަށް ރަޢުނާއަށް އޭނާ ބަލަމުންދިޔައެވެ.
ނިސްރީނުގެ ހިތް ބުނަމުންދިޔައެވެ.
"އޭނާގެ މޫނުމަތިން ފެންނަނީ މަޢުޞޫމިއްޔަތު ކަމާއި މާތްކަމެވެ.
އޭނާގެ ދެލޮލުން ފެންނަނީ ނިކަމެތިކަމާއި ހިތާމަވެރިކަމެވެ."
ނިސްރީނު އުޑަފައިން ރާޖީ ކައިރީގައި އިށީނެވެ. -------- އަދި ވަރަށް ލޯތްބާއެކު ބުންޏެވެ.
"މާބޮޑު އަނިޔާއެއް ނުލިބޭދޯއެވެ. ------ "
"އޭނާއަށް ބާރަ ކުދިން އުފަންވާށިއެވެ. ------ " ރާޖީ ބުންޏެވެ.
ކާރުން ފައިބައި ރާޖީއަށް ޙަމަލާދޭން ރަޢުނާ ބޭނުންވިއެވެ. ------ އެވަގުތު އޭނާއަށް އިތުރު މީހަކު ފެނިގެންދިޔައެވެ.
އެމީހަކީ ޢާމިރެވެ. ---------- އޭނާއައީ ކޮންތާކުން ކޮންއިރަކު ކަމެއް ނޭނގެއެވެ.
ރަޢުނާ ވަށާ ޢާމިރުގެ ދެއަތުން ރަޢުނާ ހިފެހެއްޓިއެވެ.------ އަދި ބުންޏެވެ.
"ހިތެއް ހުންނަ މީހަކު މޮޔައެއް ގައިގައި ގަލުން ނުޖަހާނެއެވެ."
ރަޢުނާ ތެޅި ފޮޅެމުން ދިޔައެވެ. ----- އެހެންނަމަވެސް ޢާމިރު ހިފަހައްޓާފައިވާ ހިފެހެއްޓުމަށް ކުޑަނަމަވެސް ލުޔެއްނުދެއެވެ.
ޢާމިރު ބުންޏެވެ.
"އެ އަންހެންކުއްޖާ ގައިގައި ދެން ކަލޭ ޖަހައިފިއްޔާ، އަހަރެން ކަލޭ ކަރު ބުރިކޮށްލާފައި އެއްލައިލާނަމެވެ.--"
ޢާމިރުގެ ބުނުމުގައި ވަނީ އަނިޔާވެރިކަމެވެ. -------- ނިސްރީނުވެސް ހުރީ ކަންބޮޑުވެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހަދާނެ ގޮތް ހުސްވެފައެވެ. ---------"
އަދި އަފްޒަލު --------
އޭނާ ޙަރަކާތެއްވެސް ކުރަން ނޭނގި ހުރި ތާނގައި ހުއްޓެވެ ------
އަނެއްކޮޅުން ޢާމިރު، ރަޢުނާގެ އަތުގައި ހިފައި ނަގައިގެން ގެނެސް ކާރު ތެރެއަށް އެއްލައި ކަހަލަގޮތަކަށް އަނިޔާވެރި ގޮތެއްގައި ގެނެސް ކާރުގެ ގޮނޑިގައި ބޭންދިއެވެ.--------
ދެން އަމިއްލައަށް ------
އޭނާ ބާރަށް ރާޖީއާ ދިމާއަށް ދިޔައެވެ. -------
އެއަށް ފަހު، އަފްޒަލާ މުޚާޠަބުކޮށް ބުންޏެވެ.
"މި މޮޔަ ކުއްޖާ ގެއަށް ގެންގޮސް އަންނާށެވެ. ------ "
ރާޖީ، ޢާމިރުގެ ލޮލަށް ބަލައިލިއެވެ. -------- އެއަށް ފަހު ނިސްރީނަށް ބަލައިލިއެވެ. ------ ރާޖީ ތެދުވެގެން އަފްޒަލާއެކު ހިނގައިގަތީ ވަފާތެރި ޖަނަވާރެއް ފަދައިންނެވެ.
އެހެންނަމަވެސް ------ އޭނާގެ ގިސްލުން -------- އަދިވެސް ނިސްރީނަށް އަޑު އިވެމުންދިޔައެވެ.
ޢާމިރު ވަރަށް ބާރަށް ކާރާ ދިމާއަށް ދިޔައެވެ.
ކާރަށް އަރައި ކާރު ސްޓާޓް ކޮށްލިއެވެ.
އަދި ރަޢުނާ ގޮވައިގެން ބާރަށް ދުއްވާފައި ކުރިއަށް ދިޔައެވެ.
ނިސްރީނު އެތާނގައި އެމީހުންނަށް ގޮވާލަ ގޮވާލައި ކޮޅަށް ހުއްޓެވެ. ----- ފަހުން އޭނާ އެމީހުންނަށް ގޮވުން ހުއްޓާލިއެވެ.
އޭރު ކާރު ވަރަށް ދުރަށް ގޮސްފިއެވެ.
އަދި ނިސްރީނު -------
އެތާނގައި ކެތްތެރިކަމެއްނެތި ތުން ފިއްތައިގެން ކޮޅަށް ހުއްޓެވެ. ------
ނިސްރީނުގެ ނަޒަރުހުރީ ދުރަށް ގޮސް ގެއްލެމުންދާ ކާރަށެވެ.
---------------------------------------------------
(ނުނިމޭ)