Advertisement

ހިމާރުންގެ ވޯޓު

14 Mar 2024 | 17:53
ހިމާރުންގެ ވޯޓު

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

މިއީ އިންތިޚާބުގެ ދުވަސް ވަރެއްގައި، ބޭރު ރާއްޖެއެއްގައި ހިނގި ހާދިސާއެއްކަމަަށް ބުނެވޭ ވާހަކައެކެވެ. އިންތިޚާބުގައި ކުރިމަތިލެއްވި ކެންޑިޑޭޓަކު، ވޯޓު ހޯއްދެވުމަށް ޓަކައި، ދުރު އަވަށަކަށް ދުރުވިއެވެ. އަދި އެ ވަށުގައި އެކަނި ދިރިއުޅުމެން ގެންދިޔަ މުސްކުޅިވެ ދުވަސް ވެފައި އިން އަންހެން ބޭފުޅެއްގެ އަރިއަހަށް ޒިޔާރަތްކުރެއްވިއެވެ. އަންހެން ބޭފުޅެއްގެ އަރިހުން، ކެންޑިޑޭޓު އެދިލެއްވީ އޭނާއަށް ވޯޓު ދެއްވާށެވެ. އަދި، ހަދިޔާއެއްގެ ގޮތުގައި އެއް ހާސް ރުފިޔާ އެ ބެފުޅަކަށް އަރުވާނެ ވާހަކަ ވެސް އެ ބޭފުޅެއްގެ އަރިހުގައި ކެންޑިޑޭޓު ދެންނެވިއެވެ.

ޖަވާބުގައި، އަންހެން ބޭފުޅާ ވިދާޅުވިއެވެ. އަޅުގަނޑު ފައިސާއެއް ބޭނުމެއް ނޫނެވެ. އަޅުގަނޑަށް، ބާޒާރުން ހިމާރެއް ބައްލަވައިގަނެގެން ގެނެސްދެއްވާށެވެ. އެ ވަރު އަޅުގަނޑަށް ފުދޭނެއެވެ. ދެން ކެންޑިޑޭޓު، ބާޒާރަށް ދުރުވެ، ހިމާރެއް ބައްަވައިގަންނަން އުޅުއްވިއެވެ. ނަމަވެސް، ހިމާރުގެ އަގު ހުރީ ފަސްހާހުގައެވެ. އެހެންވެ، ހިމާރެއް ބައްލަވައިނުގަނެ، އެނބުރި އެއްކަލަ މުސްކުޅިި އަންހެން ބޭފުޅާ އަރިހަށް ދުރުވެ މި ވާހަކަ ދެންނެވިއެވެ. ބާޒާރުގައި ހިމާރުގެ އަގު ބޮޑުކަމާއި އޭގެ އަގު ހުރީ ފަސްހާހަށް ކަމެވެ.

ދެން، އަންހެން ބޭފުޅާ ވިދާޅުވިއެވެ. އަޅުގަނޑުމެންގެ އަގު ހިމާރުންގެ އަގަށް ވުރެ ވެސް އިނބަ ތިޔަ ދައްކޮށްލެއްވީތާއެވެ. އެހެން ކަމަކުނުދާނެ ނޫންތޯއެވެ؟ ބާޒާރުގެ ހިމާރުންގެ އަގަށް ވުރެ، ވޯޓު ވިއްކާ އަޅުގަނޑުމެން ފަދަ ހިމާރުންގެ އަގު ތަންކޮޅެއް ބޮޑުވާން ޖެހޭނެ ނޫންތޯއެވެ؟ އަޅުގަނޑުމެން ވޯޓު ވިއްކައިގެން ތިޔަ ބޭކަލުން ހޮވީމާ ތިޔަ ބޭކަލުންނަށް ވެސް ފަސް އަަހަރު ދުވަހު، އެތައް ހާސްހާސް ހިމާރުން ބައްލަވައިގަންނާނެ ފައިސާ ލިބިލައްވާނެ ގޮތް މެދުވެރިވޭ ނޫންތޯއެވެ؟ އެހެންވެ، ބާޒާރުގެ އަގަށް އަދި އެއް ހާސް އިތުރުކޮށްލެއްވުމުން، އަޅުގަނޑު ވޯޓު ވިއްކައިފާނަމެވެ. ވޯޓު ލާ ހިމާރުންގެ އަގު، ބާޒާރުގެ ހިމާރުންގެ އަގަށް ވުރެ ކުޑަ ތަންކޮޅެއް މަތިކޮށްލުމަށް ޓަކައެވެ! އަދި، ވޯޓުލާ އަޅުގަނޑުމެން ފަދަ ހިމާރުންގެ ވޯޓުލުމުގެ ބާރު، އެންމެ ހެޔޮ ގޮތުގައި، ބޭނުންކުރާން ވެސް މެއެވެ.

Advertisement

ކޮމެންޓް
ސާރާ
ހެހެހެ. ނުސީދާ މެސެޖެއް.
15 Mar 2024
ސާރާ
ހެހެހެ. ނުސީދާ މެސެޖެއް.
15 Mar 2024