Advertisement

ޢަރަބި ދުނިޔޭގައި ކެންސަރު މަދުވުމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟

.

ސިއްޙީ ދާއިރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވިލާތުގެ ގައުމުތަކާ އަޅައި ބަލާއިރު ޢަރަބި ގައުމުތަކުގައި ކެންސަރު ބަލި ޖެހޭ މިންވަރު ވަރަށް މަދެވެ. މި ކަމުގެ ސަބަބު ހޯދުމަށް ޓަކައި، ކުރި ދިރާސާތަކުން އެނގުނީ އެ މީހުންގެ ދިރިއުޅުމުގެ އާދަތަކާއި ކެއުމުގެ އާދަތައް މި ކަމާ ގުޅިފައިވާކަމެވެ. ޚާއްޞަ ގޮތެއްގައި ރޯދަހިފުމާއި ސިނގިރޭޓު ބޯ މިންވަރު މަދުވުމާއި ބަނގުރާ ބުއިމުގެ އާދަ ނެތުމާއި އެ މީހުންގެ ކާނާގައި ހިމަނާ ބައިތައް މި ކަމުގެ ސަބަބުތައްކަމަށް ފާހަގަކުރެވުނެވެ.

ޞިއްޙަތާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ރޯދަހިފުމަކީ ޞިއްޙީ ގޮތުން ވަރަށް ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ. އޭގެ ތެރޭގައި، ލޭގެ ހަކުރު ކޮންޓުރޯލުކޮށްދިނުމާއި، ދިފާޢީ ބާރު ވަރުގަދަކޮށްދިނުމާއި، ލޭގެ ފިއްތުން (ބްލަޑް ޕްރެޝަރ) ކޮންޓުރޯލުކޮށްދީ ކޮލޮސްޓުރޯލު ދަށްކޮށްދީ، ސިކުނޑީގެ މަސައްކަތް ފުރިހަމަކޮށްދީ ސިކުނޑި ހަމައިން ނެއްޓުން ކޮންޓުރޯލުކޮށްދިނުން ފަދަ ކަންކަން ހިމެނޭކަމަށް ހެލްތުލައިން ވެބްސައިޓްގައި ވެސް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރަށް ބަރުދަން ލުއިކޮށްދީ ހަށިގަނޑަށް ލިއްބައިދޭ ކެލޮރީސްގެ ހުދޫދުކޮށްދީ، ހަށިގަނޑުގެ މަސްތަކުގެ ބާރުގަދަކޮށްދިނުން ހިމެނެއެވެ. އަދި ޚާއްޞަ ގޮތެއްގައި ކެންސަރުގެ ހިރާސް ކުޑަކޮށްދިނުމާއި، މެޓަބޮލިޒަމް އިތުރުކޮށްދިނުން ހިމެނެއެވެ.

ދިވެހިރާއްޖެއަކީ މުސްލިމު ގައުމެއްކަމަށް ވާ އިރު، މިއީ ދިވެހީން ވިސްނައިލާން ޖެހޭ ކަމެކެވެ. މީގެ ތިން އަހަރު ކުރީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، ދިވެހިރާއްޖޭގެ ކެންސަރުގެ ޙާލަތު އޮތީ ވިސްނައިލާން ޖެހޭ ހިސާބެއްގައެވެ. އާދޭހެވެ! ޑަބްލިޔޫ ގްލޯބަލް ކެންސަރު އޮބްޒަވޭޓަރީގެ 2020ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދިވެހިރާއްޖޭގައި އެ އަހަރު ކެންސަރުގެ 496 ވޭދަނަ އަލަށް ފެނިފައިވާ އިރު 264 ބަލި މީހުން ކެންސަރު ބަލީގައި ވަނީ ނިޔާވެފައެވެ.

ވީމާ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަތަކާއި ކެއުމުގެ އާދައަށް އެކަށީގެންވާ ބަދަލުތަކެއް އަންނާން އެބަ ޖެހެއެވެ. މިން ހަމަ ކާނާ ކެއުމާއި އަވަހަށް ނިދުމާއި، ފަތިހު ހޭލައި ނަމާދުކުރުމާއި ވީހައި ގިނައިން ރޯދަހިފުން ފަދަ ކަންކަމާ މެދު އިތުރަށް ވިސްނާން ވެއްޖެއެވެ. އަދި ބަރާބަރަށް ކަސްރަތުކުރާން ސަމާލުވާން އެބަ ޖެހެއެވެ. ފިކުރުބޮޑުކުރުމުން ސަލާމަތްވެ ނަފުސާނީ ދުޅަހެޔޮކަން ވެސް އިޢާދަކުރާން އެބަޖެހެއެވެ.

___________________________________

Advertisement

ކޮމެންޓް