Advertisement

ނައިފަރު ދޮހޮއްކޮއާއި މި ފަދަ "އަބަދަށް ފެހި" އަޑުތަކަކުން.... އައިސްޓީވީއިން.......

12 Mar 2024 | 16:06
ޢައިސްޓީވީއިން މީސްމީޑިއާގައި އާންމުކުރި ވީޑިއޯކޮޅަކުން..

އަބާ މުޙަންމަދު

ރަމަޟާން މަހަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ހެޔޮކަމުގެ މޫސުމެކެވެ. އަޅުކަމުގެ ދުވަސްވަރެކެވެ. އެ މަހުގައި ހެޔޮ ޢަމަލުތައް ގިނަކުރުމަށް އަޅުގަނޑުމެން އެންމެން ވެސް ސަމާލުކަން ދެމުއެވެ. އަދި ނުބައި ހުރިހައި ކަމަކުން ދުރުހެލިވެ ތިބޭން އެހެން  މަސްމަހަށް ވުރެ މާ ބޮޑަށް ސަމާލުކަން ދެމުއެވެ. ސަބަބަކީ މި މަހުގައި ލިބޭ ސަވާބު އެތައް ގުނައަކަށް އިތުރުވާތީއެވެ. އެހެންވީމާ ނުބައި ކަމެއް ކޮށްފި ނަމަ އެ ކަމުގެ ޢަޒާބު ވެސް އިތުރުވާނެކަމަށް ބުއްދިއަށް ފެންނާތީއެވެ.

އެހެންނަމަވެސް 30 ދުވަސް ވަންދެން ކޮންމެ ދުވަހަކު 24 ގަޑިއިރު، އަބަދު އަޅުކަންކުރާން ތިބުމަކީ އިންސާނުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ވާޖިބު ވެގެންވާ ފަރުޟުތައް އަދާކުރުމަށް ފަހު، ނުބައި މުންކަރާތްތަކާއި ފާޙިޝްކަންތައްތަކުން ދުރުހެލިވެ ތިބެ ކުރެވޭ ހުއްދަ ކޮންމެ ކަމެއް ވެސް އަޅުކަމުގެ ގޮތުގައި ހިމަނުއްވާނެކަމަށް އަޅުގަނޑުމެން އުންމީދުކޮށް އެ ކަމަށް އެދި ދުޢާކުރަމުއެވެ.

މުނިފޫހިފިލުވުމާއި އުފާ ފަޅުކުރުމަކީ މުސްލިމުންނަށް މަޙުރޫމުކުރައްވައިފައިވާ ކަމެއް ނޫނެވެ. ވާޖިބު ވެގެންވާ ފަރުޟުތައް އަދާކުރުމަށް ފަހު، ނުބައި ޢަމަލުތަކާއި މުންކަރާތްތަކާއި ފާޙިޝްކަންތައްކުން ދުރުހެލިވެ ތިބެ، އަޅުގަނޑުމެން އުފާކުރުން ހުއްދަވާނެކަމަށް އަޅުގަނޑުމެން ގަބޫލުކުރަމެވެ.

އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މި ރަމަޟާން މަހާ ދިމާކޮށް ވަރަށް ޚާއްޞަ މުނިފޫހިފިލުވުމުގެ ޕްރޮގްރާމެއް އައިސް ޓީވީގެ ފަރާތުން އެބަ ގެނެސްދެއެވެ. ރާއްޖޭގެ ވަރަށް މަޝްހޫރު ޝަޚުޞިއްޔަތެއްކަމަށްވާ ނައިފަރު ދޮހޮއްކޮގެ ޢިބްރަތުން ފުރިގެންވާ ލަވަތަކެއް، މި ރޭ ނައިފަރު ދޮހޮއްކޮއަށް ޚާއްޞަކޮށްގެން އައިސް ޓީވީއިން ގެނެސްދޭކަމަށް 'ފަރަގު' ނޫހަށް ނުރަސްމީ މަޞްދަރަކުން ޚަބަރު ލިބިއްޖެއެވެ. އަދި މި ފަދަ "އަބަދަށް ފެހި" މަޝްހޫރު އަޑުތަކަށް ޚާއްސަކޮށްގެން ކޮންމެ ބުދަ ވިލޭރެއަކު އައިސްޓީވީއިން ޚައްޞަ ޕްރޮގްރާމެއް އެބަ ގެނެސްދެއެވެ. އައިސްޓީވީގެ ޚިދުމަތުގެ ދާއިރާ ފުޅާކުރަމުން އަންނަކަން މި ޙަރަކާތުން ވެސް އެބަ ދޭހަވެއެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގެ "އަބަދަށް ފެހި" އަޑުތަކުން، ކުރީން ހުށަހަޅުއްވައިފައިވާ ޢިބްރަތްތެރި، ރީތި އަދި މުޖުތަމަޢަށް އެތައް ދަރުސްތަކެއް ލިއްބައިދޭ ލަވަތަކެއް އަޅުގަނޑުމެންނަށް އިވޭނެކަމަށް އުންމީދުކުރަމެވެ. މި ރޭ ޚާއްޞަ ކޮށްފައިވަނީ ނައިފަރު ދޮހޮއްކޮއަށެވެ.

ރޭ އަޅުކަމުގެ ކުރީން ނުވަތަ މެދުކަނޑައިލައި ހަޑިގަނޑުގެ ލޮޑުކަން ކަނޑުވައިލުމަށް ޓަކައި ނުވަތަ އަވަހާރަފުޅު ލެއްޕެވުމުގެ ކުރީން ބޭނުންފުޅުވާ ބޭފުޅުންނަށް ޢިބްރަތްތެރި ލަވައެއް، ދެ ލަވައެއް އަޑުއައްސަވައިލެއްވިދާނެއެވެ. މި ޕްރޮގްރާމް މީޑިއާ ނެޓްގެ ވީޑިއޯ ކްލަބުން ކޮންމެ އިރަކު ވެސް ބައްލަވައިލެއްވޭނެއެވެ.

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ އެހެން ބައެއް ނޫސްތަކުން ވެސް ފެނިފައިވާ ނަމެކެވެ.

Advertisement

ކޮމެންޓް