Advertisement

ކަރުނައިގެ އަސަރު (4)

12 Mar 2024 | 12:00
ކަރުނައިގެ އަސަރު

ދިވެހިބަހަށް ގެނައީ: އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިން

(2024 މާރިޗް 06ގައި ޝާއިޢުކުރި ބައާ ގުޅޭ)

"މާނައަކީ -------؟"

"ލޯބީގެ ލަފުޒަކީ އަނިޔާއެކެވެ. ------ އެ ނަމެއްގައި މުޅިކާއިނާތު ހިމެނިގެންވާ ރީތި ޝައުޤުވެރިކަން ހުންނަ އެހެން ނަމެއް ނުވެއެވެ. ----------- "

 ޢާމިރު ބުންޏެވެ.

"ވަރަށް ރަނގަޅު ----------"

ރަޢުނާ ހިތްނުތަނަވަސްކަމާ އެކު ބުންޏެވެ.

އަނެއްކާ ވެސް ރަޢުނާ، ޢާމިރަށް ރަނގަޅަށް ބަލައިލުމަށް ފަހު، ސުވާލުކުރިއެވެ.

"ކަލޭގެ ނަމަކީ ކޮބައިހެއްޔެވެ. --------؟"

"އަހަރެން ބުނެފީމެއްނު ---- އަހަންނަށް ކިޔަނީ ޢިޝްޤެވެ. ------ "

"އުނހޫނ ----- ހަމައެކަނި ނަން ބުނެބަލާށެވެ. ------- އަހަރެން މިބުނީ ކަލެއަށް މީހުން ގޮވައި އުޅެނީ ކޮން ނަމަކުންހެއްޔެވެ؟"

"އަދިވެސް އަހަރެން ބުނާނަމެވެ. ------- ނަންތަކުގައި ތަކުރާރުވާ ކަންކަން ހުންނާނެއެވެ. --------- ސިކުންތަކު އެއް ލައްކަ އަށްޑިހަ ހާސް މޭލަށް ތެޅުމުގެ ބާރުމިނުގައިވާ ހިތަށް ހަމައެކަނި ބަލައިލަމާ ހިނގާށެވެ!-------- "

"ދެން ވެސް ނަން ވާނީ ހަމަ ނަމަށެވެ. ------ ކަލެއަށް މީހުން ގޮވަނީ ކޮންނަމަކުންތަ --------- ؟"

"އަހަރެންގެ ނަމަކީ ޢާމިރެވެ. --------- "

"ޢާމިރު -------- "

ރަޢުނާ ސިއްރުސިއްރުން ބުންޏެވެ.

"އާނއެކެވެ. ޢާމިރެވެ. ------- ތިބާ ބޭނުންނަމަ، ބިމުގެ ފަށަލައާއި އުޑުގައި، އެކުގައި އަތްލެވޭނެކަމުގައި ވެސް އަހަރެން ބުނާން ބޭނުންވެއެވެ. އެހެންނަމަވެސް އެއީ އިންސާނުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. ބިމާއި އުޑާ ދެމެދު އެހައި ދުރުމިން ހުރިނަމަވެސް ލޯބި ނޫން އެހެން އެއްޗެއް ނެތެވެ. --------- "

އެހެންނަމަވެސް ރަޢުނާގެ ހިނިތުންވުމަކީ ވިހަ ހިނިތުންވުމެކެވެ.

ރަޢުނާ އިތުރަށް ބުންޏެވެ.

"ތަޢުލީމު ޙާޞިލުކުރީ ކޮން ތާކުންހެއްޔެވެ. -----------؟"

"އަހަރެން ތަޢުލީމު ޙާޞިލުކުރީ ލޯބީގެ ކުރީން ރީތިކަން ނެތިގެން ގޮސްފައިވާ ތަނުގައެވެ. --------- "

"ތިއީ އަހަރެންގެ ސުވާލުގެ ޖަވާބެއް ނޫނެވެ. --------- "

"އަހަރެން ކައިރިއަށް އަންނާނަންތަ -----------؟"

ޢާމިރު އާދަޔާ ޚިލާފު ގޮތެއްގައި ބުންޏެވެ.

"ނޫނޭ -------- "

ރަޢުނާ އަވަސްއަވަހަށް ބުންޏެވެ.

"އެއް ދުވަހަކުން ތިބާ އަމިއްލައަށް އަހަރެންގެ ގާތަށް އައުމަށް އެދޭނެއެވެ. -------- " ޢާމިރު މަޑުމަޑުން ހިނިތުންވެލިއެވެ.

"ތިއީ މާފަހުގެ ވާހަކައެއްނު ------ މިވަގުތު އަހަރެން އޮޅުންފިލުވަން ބޭނުންވާ މިންވަރަށް ހަމައެކަނި ބުނާށެވެ. -----"

"ބުނާންވީހެއްޔެވެ؟ --- އަހަރެންނަކީ އަހަރެންގެ ފައިތިލައިން ފެށިގެން ބޮލާހަމައަށް ލޯތްބެވެ. ----- "

"އަހަރެން ދަންނަތާ ކިހާ ދުވަހެއްވެއްޖެހެއްޔެވެ. ------------؟" ރަޢުނާ ބުންޏެވެ.

"ތަޤުދީރުގައި އަހަރެމެންގެ ދެ ފުރާނަ އުފަންވި ދުވަހުން ފެށިގެންނެވެ." ޢާމިރު ބުންޏެވެ.

"މި ދުނިޔޭގައި އަހަރެން ފުރަތަމަ ފެނުނީ ކޮންއިރަކުހެއްޔެވެ.---------؟" ރަޢުނާ ބުންޏެވެ.                        އަހަރު ކުރީން. -------------- " ރަޢުނާ ސިއްރުސިއްރުން ބުންޏެވެ.

"ދެ އަހަރު ކުރީން -------- އޭގެކުރީން ހަމައެކަނި ތެޅި ފޮޅުނީއެވެ. ------ "

"ކީއްވެ ------- ؟" ރަޢުނާ ބުންޏެވެ.

"މަންޒިލެއް ހޯދުމަށްޓަކައި -------- " ޢާމިރު ބުންޏެވެ.

"މިހާރު މަންޒިލް ލިބިއްޖެހެއްޔެވެ؟ -------"

"ނުލިބެންވީ ކީއްވެ؟ -------- ދިރިއުޅުމުގައި ހަމަޖެހުމުގެ ނޭވާއެއްލުމަށް ގޮވަމުން އަންނަތާ މިހާރު ދެ އަހަރު ވެއްޖެއެވެ. --------"  ޢާމިރު ބުންޏެވެ. "އަހަރެންނަށް ތިބާ ނުލިބުނު ނަމަވެސް ------------؟"

ޢާމިރު، އޭނާގެ ޖުމްލަ ފުރިމަ ނުކޮށް ދޫކޮށްލިއެވެ. ---------

ޢާމިރު ހިނިތުންވެލިއެވެ.

"އަހަންނަށް ތިބާއާ ކައިވެނި ނުކުރެވުނު ނަމަވެސް ------ ؟ އަހަރެން އެކަމާ ފަރުވާލެއްނެތެވެ. ------ އަހަރެންގެ ލޯބިވާ މާ ވެއްޓި ފޮޅިގެންދާނީ އެމާ ބޭނުންވާ އުނގަކަށެވެ. ------ އަހަރެން ހަމައެކަނި ކުރަން އޮތްކަމަކީ ތިބާއަށް ތަޢުރީފު ކުރުމެވެ. އަހަރެން ކުރިމަތީގައި ތިބާ ނުހުންނައިރުވެސް ތިބާ ވާނީ އަހަންނާއެކުގައެވެ. ------- ތިބާ ތި އިނީ ގޭގެ ކުރިމަތީގައިކަމަށް ތަޞައްވުރު ކޮށްލާށެވެ. ------- "

ރަޢުނާ ހަމަހިމޭންކަމާއެކު ޢާމިރަށް ބަލަންހުއްޓެވެ.

އަދި ޢާމިރު ބުނަމުން ގެންދިޔައެވެ. --------

"އަހަރެން ބޭނުމީ ތިބާއަށް ތަޢުރީފު ކުރާށެވެ. އަހަރެން ކުރިމަތީގައި ތިބާ ހުރުމާއި ނުހުރުމާ އެއްވެސް ތަފާތެއްނެތެވެ. ބޭނުމަކީ ތަޢުރީފު ކުރުމެވެ. އަހަރެން ބޭނުންވަނީ ހިތުގެ ދުވެލި މަޑު ނުކުރުމެވެ. ------- ހިތް އެއްވެސް ތަނެއްގައި އިށީނދެގެން ނުއިނުމެވެ. ----- އަދި އެއްވެސް ގޮތަކަށް ހިތް ހަލާކުވެ ވިއްސި ވިހާލިވެގެން ނުދިއުމެވެ."

"މިތަނަށް އައުމުގެ މަޤްޞަދަކީ ކޮބައިހެއްޔެވެ؟ ------ ގޭގައި އިނދެގެންވެސް ޢާމިރަށް ތަޢުރީފު ކުރެވިދާނެ ނޫންހެއްޔެވެ.-------- ؟

ޢާމިރު ހިނިތުންވެލިއެވެ.

"ހަމައެކަނި ބޭނުމަކީ ތިބާއަށް އެކަން އަންގާލުމެވެ.  ------ މިދުނިޔޭގައި ތިބާއަށް ތަޢުރީފު ކުރަމުންދާ އެހެންމީހަކު އެބަހުރިއްޔެވެ -------- ؟"

"ބުނެބަލާށެވެ. -----!"

"އަޑު އަހައިފައިވާނަމައެވެ. ------- ؟"

"ދެން މި ވާހަކަ ނިމުނީކަމަށް ބަލާށެވެ --------!"

ރަޢުނާ ބުންޏެވެ.

ބޭނުންވަނީ ޢާމިރު މި ތަނުން އަވަހަށް ދިއުމެވެ.

"އަދި ވާހަކަ ފެށުނީއެވެ."

"ތީގެ މާނައަކީ؟"

ރަޢުނާ ބުންޏެވެ.

"އަހަރެންގެ ވާހަކައިގައި ފުރިހަމައަށް ކުލަ ޖައްސާނަމެވެ. ------ "

"މިހާރު ދާށެވެ. ގޮސްކުލަޖައްސާށެވެ. ------ އަހަރެން މިހާރު ނިދަން ވެއްޖެއެވެ. --------"

ރަޢުނާ ބުންޏެވެ.

"ތިބާ އަދި ނުނިދިގެން އުޅޭ ދުވަސް އަންނާނެއެވެ. އެދުވަހަކު ތިބާ އޮންނާނީ ފުރޮޅި ފުރޮޅިލައެވެ. ކޮންމެ ހިނދުކޮޅެއްދާނީ އަހަރެންގެ ހަނދާނުގައެވެ. ------ "

"އަހަރެން އެދުވަހަކަށް އިންތިޒާރުކުރަމެވެ. ----"

އޭނާ ބުންޏެވެ.

ޢާމިރުގެ މޫނުމަތިން އަނިޔާވެރި ހިނިތުންވުމެއް ފެނިގެން ދިޔައެވެ. އެކަމަކު ރަޢުނާ ---------   ޢާމިރުގެ ހިނިތުންވުމުގައި ފޮރުވިފައިވާ ޠޫފާނެއް ރަޢުނާއަކަށް ނުފެނެއެވެ. ----- ޢާމިރު ހިނިތުންވަމުން އެނބުރި ހިނގައްޖެއެވެ.------!

ނިސްރީނު އަތްތިލަ ބަޑި ޖަހަމުން ބޭރަށް ނުކުތެވެ. ------ އޭނާ ކޮޓަރި ދޮރު ކައިރީގައި ހުރެގެން ސިއްރުން ވާހަކަތައް އަޑު އެހީކަމަށް ވެދާނެއެވެ.

"އާދަޔާ ޚިލާފު މޮޔަ އިންސާނެކެވެ. ------- "

 ރަޢުނާ ލާނެތްގޮތަކަށް ހީނލަމުން ބުންޏެވެ.

"އޭނާގެ ނަމަކީ ޢިޝްޤެވެ. ---------" ނިސްރީނު -------- ރަޢުނާ ލޮލަށް ބަލައިލަމުން ބުންޏެވެ.

"އޭރުން --------؟"

ރަޢުނާ ދެލޯ ބޮޑުކޮށްލިއެވެ.

"އޭރުން" ގެ ޖަވާބު ދެން އަންނަ ހުރި ވަގުތުތަކުގައި ލިބޭނެއެވެ. ---- ސަބަބަކީ ވަރަށް އަވަހަށް އަންނަން އުޅޭ ޠޫފާނެއް އަހަންނަށް އެބަ ފެނެއެވެ."

"ޝަޓް-އަޕް -------- "

"10 ފަހަރު ތިލަފުޒު ތަކުރާރުކުރިޔަސް މައްސަލައެއްނެތެވެ. ޙަޤީޤަތަށް އިންކާރެއް ނުކުރެވޭނެއެވެ. އޭނާއަކީ ޖެހިލުމެއްނެތް މީހެކެވެ. އަދި  ރީތިވެސް މީހެކެވެ. އެތައްސަތޭކަ އަންހެންކުދިންނެއް އެއްފަހަރާ އޭނާގެ އަދާގެ މައްޗަށް ފިދާވާނެއެވެ."

"އަމިއްލަ ނަފުސާމެދު ތި ވިސްނަނީ ކިހިނެއްހެއްޔެވެ؟"

ރަޢުނާ ވިހަ ގޮތެއްގައި ބުންޏެވެ.

"ރަޢުނާގެ ބަދަލުގައި އޭނާ އަހަންނާ މުޚާޠަބު ކުރިނަމައޭ ހިތަށް އަރައެވެ. ------ " ނިސްރީނު ބުންޏެވެ.

"އޭރުން ވާނީ ކިހިނެއްހެއްޔެވެ.-------- ؟"

ރަޢުނާ،ނިސްރީނު ލޮލަށް ބަލަންހުރެ ސުވާލުކުރިއެވެ.

"އޭނާގެ އެންމެ ލަފްޒަކަށްވެސް އެތައްހާސް ފަހަރު މަރުވީހެވެ. ---- އޭރުން މަރުވާންވެސް އުޅުނީމުހެވެ."

"ނިސްރީނުގެ ބުއްދި ރަނގަޅުތަ؟

"ރަޢުނާ ހަޅޭލަވައިގަތެވެ.

"ހާއޭ -------- "

ނިސްރީނު، އޭނާގެ ހިތުގައި އަތް ބާއްވައިލަމުން "ހޫމް" އަޅުވާލިއެވެ.

"އޭނާ ވާހަކަދެއްކީ ހާދަހާ ލޯބިގޮތަކަށެވެ."

ޢިޝްޤު ބުންޏެވެ. އަހަރެން މޮޔަވީ ރީތިކަމަށްޓަކައެވެ.

ދުވަހަކު ވެސް ބުލްބުލް ދުވަހަކު ވެސް މާބުރު އަދި ދުވަހަކުވެސް ޕަރުވާނާއެއްނޫނެވެ.

"ދޮގު ވާހަކަތައް މިހާރު ހުއްޓާލާށެވެ. -------- "

 ރަޢުނާ ބުންޏެވެ.

އަދި ރަޢުނާ ބާރަށް ހިނގަމުން ދަނިކޮށް އެތާނގައި ހުރި ގޮނޑިއެއްގެ މައްޗަށް ވެއްޓުނެވެ.

"އަޑުއަހައިލަބަލާށެވެ. ------ "

ނިސްރީނު މަޑު މަޑުން ބުންޏެވެ.

"އެ ގިގުނިފަތީގެ އަޑާމެދު އޭނާ ބުނީ ކީކޭހެއްޔެވެ؟ އެއީ ތެދެއްނޫންކަމަށް އޭނާ ބުންޏެވެ. ------ "

އުނދަގޫވެފައިވާ ގޮތެއްގައި ރަޢުނާ ބުންޏެވެ.

"ނުވާނެއެވެ. --------- "

ނިސްރީނު ނޫނެކޭ ބުނުމުގެ ގޮތުންވެސް ބޯވެސް ހަލުވާލިއެވެ.

އަދި ބުންޏެވެ. --------

"ﷲ ގަންދީ ބުނަމެވެ. -------- އެވަގުތު އޭނާގެ ތުންފަތުގައި އެކުލެވިފައިވަނީ ނަފުރަތާ ވިހައެވެ."

މާބޮޑަށް ހިތިކަން ހުއްޓެވެ. -----!

"ތި ވާހަކަ ދެން ހުއްޓާލާށެވެ. -------- "

 ރަޢުނާ ރުޅިއައިސް ބުންޏެވެ.

"ނޫނޭ ރަޢުނާ ------- ނިކަން ވިސްނާލަބަލާށެވެ. ------- ރަނގަޅަށް ވިސްނާށެވެ. -------- "

ނިސްރީނު ބުންޏެވެ.

"ތި ބުނީ ކީކޭ ------؟"

 ރަޢުނާ މޫނުމަތިން ގުނާނުލެވޭ ވަރަށް ޝައްކުތަކެއް ފާޅުވެގެންދިޔައެވެ.

                        "އެ ޢާމިރާ ބެހޭ ގޮތުން މަޢުލޫމާތު ހޯދާށެވެ. މި ގިގުނިފަތީގެ އަޑާބެހޭ ގޮތުންވެސް މަޢުލޫމާތު ހޯދާށެވެ. އެހެންނޫނީ ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބިދާނެކަމަށް އަހަންނަށް ހީވެއެވެ. --------- "

                        ރަޢުނާ ރުޅިއައިސްގެން ކޮޅަށް ތެދެވެއްޖެއެވެ. އަދި ނިސްރީނަށް ބަލައިލަމުން ބުންޏެވެ.

                       "ޢާމިރާއި އެ ގިގުނިފަތީގެ އަޑުގެވެރިޔާ ނަރަކައަށްދާށެވެ. އަހަރެންގެ ސިކުނޑި ޚަރާބު ނުކުރާށެވެ -- "

                        އެހެން ބުނުމަށް ފަހު ރަޢުނާ ކޮޓަރިއަށް ވަދެގެން ހިނގައްޖެއެވެ.

                        ނިސްރީނު ހަދާނެ ގޮތެއް ނޭނގޭ މީހެއްފަދައިން އާދަޔާ ޚިލާފު ގޮތަކަށް ތުންފަތް ކޮޅަށް ޖެހުނީ ކީއްވެކަމެއް ޚުދު ނިސްރީނަށްވެސް ނޭނގުނެވެ.

                  ____________________________________                      

                        މަރުވެފައިވާ މީހާގެ ހަށިގަނޑު ވަޅުލައެވެ.

                 މިފޮރުވިފައިވާ ކަފުނުގައި އެއްވެސް އެދުމެއް އޮވެގެން ނުވާނެއެވެ.

                  ____________________________________

                   

ޢާމިރު ވަނީ ލޯބި ކަނޑައަޅާފައެވެ.

ކާމިޔާބު ހޯދާނީ ކާކު ކަމެއް ނޭނގެއެވެ.

އެހެންނަމަވެސް ޢާމިރަށް ޖެހެނީ ކޮންމެ ޙާލަތެއްގައި ނަމަވެސް މެޗް ކާމިޔާބު ކުރާށެވެ. -------- އެހެންނޫނީ ----- ކޮއްކޮގެ ފައިގައި އަޅާފައިވާ ގިގުނިފަތީގެ އަޑު އޭނާގެ ފަހަތުން، ޤަބުރާ ހަމައަށް އަންނާނެއެވެ. --------- "

ބަދަލު ހިފުން ---------

އޭނާ ބޭނުންވަނީ ދުނިޔޭގެ ތާރީޚުގައި ނަމޫނާއެއްގެ ގޮތުގައި ދެމިހުރެވޭނެ އިންތިޒާމެކެވެ.

އެއީ ބަދަލު ހިފުންހެއްޔެވެ؟ ------ އެއީ މީހުން ހަނދާން ނައްތާލާނެކަމެއްހެއްޔެވެ؟

އެކަކުވެސް އެއްބަހެއްނުވިއެވެ. ------- "

އަވަށުގެ އެތައް ކަނަބަލުންނަށް ވަނީ ދަރިން ލިބިފައެވެ.

އެއްކުއްޖަކު ވަޅަކަށް ފުންމާލައިގެން މަރުވިއެވެ.

 އަނެއްކުއްޖަކު ކޯރުތެރޭގައި ގެނބިގެން މަރުވިއެވެ.

 އެއްކެއްޖެއްގެ ކަންފަތް ދޮށުގައި ޖަހާފައިވާކަން ފެންނަން ހުއްޓެވެ. --------

 އެއީ ކާކަށް ފާޑު ކިޔައިގެން ކަމެއް ނޭނގެއެވެ. އޭނާ އެނބުރި އައެވެ.

އެ ހުރިހާ ކަމެއްވެސް ކުރިއެވެ. --------

 ނަފުރަތުކަން ބޮޑު މިޢަމަލުތަކުގެ ފަހަތުގައިވަނީ ކާކުހެއްޔެވެ؟

އަވަށުގެ ރައްޔިތުންގެ ފުރާނައަށް ވިހަ މިދެނީ ކާކުހެއްޔެވެ؟

އޭގެ ޖަވާބު ----!

ހަމައެކަނި އޮތީ ރާޖީގެ އަތުގައެވެ. -------!

 އޭނާ، އޭނާގެ ފައިގައި ގިގުނިފަތި އައްސައިގެން ހުރިހާ ވަގުތެއްގައި އާވާރާއެއްގެ ސިފައިގައި މުޅި އަވަށުގައި އެނބުރެމުންދެއެވެ.

ޢާމިރު، އޭނާގެ ކުޅިވަރު މިތާނގައި ފަށައިފިއެވެ.

އަދި ރޭގަނޑު -------!

 ރަޢުނާއަށް ޤިޔާމަތްވިކަހަލައެވެ.

ފެންނަ ފެނުމަށް ރަޢުނާ ހަމަޖެހިފައިވާހެން ހީވެއެވެ. ------ އެހެންނަމަވެވެސް ޢާމިރު ވަނީ ރަޢުނާ މުޅިން ގަނޑުކޮށްލާފައެވެ.

ޢާމިރުވަނީ ރަޢުނާގެ ޙިއްޞުތައް މުޅިން ފުނޑު ފުނޑު ކޮށްލާފައެވެ.

 ރޭގަނޑު ހަތަރު ދަމު ------- އެންމެ ހިނދުކޮޅަކަށްވެސް އޭނާގެ ކައިރިއަށް ނިންޖެއް ނާދެއެވެ.

ނިސްރީނު ވަނީ ރަޢުނާއަށް ފާޑުކިޔައިފައެވެ. ------- އެހެންނަމަވެސް އޭނާ އަމިއްލައަށް ވަނީ އެކަމުގެތެރެއަށް ގެއްލިފައެވެ.-------!

ލޯބީގެ ކަލާނގެ ބަސްތަކުން ރަޢުނާއަށް ވަނީ ވަރަށް އުނދަގޫކޮށްފައެވެ. --------- އޭނާ ޢާމިރާ ބައްދަލުކުރަން ބޭނުންވިއެވެ.

އެހެންނަމަވެސް އޭނާއަށް ޢިމާރާތްތައް ވެސް ފެންނަނީ ފާރުތަކެއްގެ ސިފައިގައެވެ.

އަމިއްލަ ނަފުސު ކޮންޓްރޯލު ކުރުމާއި އީގޯއެސްޓިކް ސަބަބުން އޭނާއަށް އެމަގު ވަނީ ބަންދުވެފައެވެ.

އޭނާއަކީ ބޮޑާ ރުޅިގަދަ ކުއްޖެކެވެ. ----------!

އޭނާ މޮޔަވެއްޖެއެވެ. -----!

އެހެންކަމުން އޭނާ ހެނދުނު ހެނދުނާ ނިސްރީނު ކައިރިއަށް އައެވެ. ---- ދެމީހުން އެކަކު އަނެކަކުގެ ލޮލާއި ލޯ ދިމާވިއެވެ. ------

އެހެންވެ ރަޢުނާ ދުރަށް ބަލައިލިއެވެ.

"ރަޢުނާ ރޭގައި އެއްކޮށް ނުނިދަންހެއްޔެވެ. ------"

ނިސްރީނު، ރަޢުނާގެ ލޮލަށް ބަލައިލުމަށް ފަހު ބުންޏެވެ.

"އާނ ------ އަހަންނަށް ރޭނގައި އެއްގޮތަކަށްވެސް ނުނިދުނެވެ. ------- އާތަނެކެވެ. ------- އެހެންވެ އަހަރެންނަށް ނުނިދުނީކަން ނޭނގެއެވެ.. --------"

 ރަޢުނާ ވާހަކައެއް ހަދައިލައި އޭނާއަށްވީ ގޮތް ސިއްރުކުރިއެވެ.

އަދި ހީނލިއެވެ.

"ހިތްހަމަޖެހެންޏާ އަވަށުގައި ދުއްވާލަން ދަމާ ހިނގާށެވެ."ނިސްރީނު ބުންޏެވެ.

 "ހިނގާ ------" ރަޢުނާ ބުންޏެވެ.

ނިސްރީނު އެހެންބުނިއިރު ހީވަނީ ކުރީން ވެސް ރަޢުނާ އެ ކަމަށް ތައްޔާރުވެ ހުރިހެނެވެ. ----- ނިސްރީނު ބުނުންލަސްވީއެވެ. -----"

ކުޑަ އިރުކޮޅެއްގެ ފަހުން ދެ މީހުން ކާރުގައި ބޭރަށް ހިނގައްޖެއެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް
އަލްފާޟިލް ޢަލީ ޒުބައިރު ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ޚާއްޞަ ރޮނގަކީ ތަރުޖަމާކުރެއްވުމެވެ. ޚާއްޞަކޮށް އުރުދޫ ބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމެވެ. އޭނާގެ ބައެއް ތަރުޖަމާތައް ވަނީ ޗާޕުކުރައްވައިގެން ޝާއިޢުވެސްކުރައްވައިފައެވެ.

Advertisement

ކޮމެންޓް