Advertisement

މާލޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާ: ސަލާމަތީ ފިޔަވަޅު ވަރުގަދަކުރާން ޖެހެއެވެ.

02 Mar 2024 | 19:16
މިއަދު ހިނގި އަލިފާނުގެ ހާދިސާ މައިތިރިކުރާން ގޮސް އޮތް އެމްއެންޑީއެފްގެ އުޅަނދާއި ރަތް ހަނދުފަޅީގެ އުޅަނދު

ފަރަގުގެ ޚާއްޞަ މުރާސިލު

މާލޭގެ ބިންކޮޅާ އަޅައި ބަލާއިރު އިމާރާތްކާއި ދުއްވާ ތަކެއްޗާއި މީހުން ވަރަށް ގިނައެވެ. މިހައި ކުޑަ ތަންކޮޅެއްގައި މިހައި ގިނަ ޢިމާރާތްތަކެއް ހުރި ވެރި ރަށެއް އޮންނާނެހެނެއް ހިޔެއް ވެސް ނުވެއެވެ. އަދި ހަމަ ގައިމު ވެސް ބިމުގެ އޭރިއާއަށް ބަލާ އިރު, މިހައި ގިނައިން ސައިކަލާއި އެ ނޫން ވެސް އުޅަނދުތައް ހުރި، ވެރި ރަށެއް ނުވެސް އޮންނާނެއެވެ. އެހެންކަމުން މާލޭ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމަކީ ދަރުތަކެއްގައި ރޯކޮށްލުން ފަދަ ނުރައްކާތެރި ކަމެކެވެ.

ރާއްޖޭގައި އަލިފާން ނިއްވުމުގެ ޚިދުމަތުގައި ޙަރަކާތްތެރިވާ ޚިދުމަތްތެރީން ކިތަންމެ ހުސިޔާރު ނަމަވެސް އަލިފާނުގެ މި ފަދަ ހާދިސާއެއް ހިނގައިފި ނަމަ، ގެއްލުން ނުވެއެވެއް ނުދާނެއެވެ. އެންމެ އިމާރާތެއްގައި ރޯވެއްޖެ ނަމަ ޖެހިގެން ހުރި އިމާރާތްކާއި އެ ދިމާ ބިންމަތީގައި ބަހައްޓައިފައި ހުންނަ އުޅަނދުތަކަށް އޭގެ ނުރައްކާ ނުލިބިއެއް ނުދާނެއެވެ. އެހެންކަމުން އަލިފާނުގެ ހާދިސާއެއް ހިނގިޔަ ނުދިނުމަށް ޓަކައި، ވަރަށް ގިނަ ފިޔަވަޅުތައް އަލާން އެބަ ޖެހެއެވެ. ރައްޔިތުން އިތުރަށް ހޭލުންތެރިވެ، ހޭލުންތެރިކުރުވާން އެބަ ޖެހެއެވެ.

މާލޭގައި މިރޭ އިރުއޮއްސުމާ ކައިރިވެފައި ވަނިކޮށް ހިނގި އަލިފާނުގެ ހާދިސާގެ މަންޒަރެއް (ފޮޓޯ: ފަރަގު)<br>

ބައެއް އިމާރާތުގައި އަލިފާން ނިއްވި ހަރުކޮށްފައި ހުއްޓަސް، ނުވަތަ އެ ފަދަ ނިޒާމުތައް ގާއިމުކުރެވިފައި ވިޔަސް އެ ނިޒާމުތައް އަދާހަމަކުރާކަށް ގިނަ ބަޔަކު ނުވިސްނައެވެ. ނަމަވެސް ކޮންމެ މީހަކު ވެސް އެ ގެޔެއްގައި ނުވަތަ އެ މީހެއްގެ ބެލެހެއްޓުންތެރިކަމުގެ ދަށުގައި ހުންނަ މި ފަދަ ތަކެތި އަދާހަމަކުރާން ވިސްނާން އެބަ ޖެހެއެވެ. އަދި އަދާހަމަކުރެވިފައި ހުރޭތޯ ބަލައި ޗެކުކުރާނެ ނިޒާމެއް ވެސް، ސިޓީ ކައުންސިލުގެ ތެރެއިން ނުވަތަ ސަރުކާރުގެ އެހެން ނިޒާމެއްގެ ތެރެއިން ނަމަ ވެސް، ހަމަޖެހިފައި ހުންނާން އެބަ ޖެހެއެވެ.

ދާދި ދެންމެއަކު މާލޭ ސޯސަންމަގާއި މަޖީދީމަގު ބެދުނު ހިސާބުގައި "މަސްޖިދު އިބްރާހީމް" (ކުރީގެ އިބުރާހީމީ މިސްކިތު)ގެ ކުރިމަތީގައި ހުރި އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާ ވެސް ހިނގައިފައި މި ވަނީ އިލެކްޓްރިކް އަވަނެއްގައި ރޯވެގެންކަމަށް ނުރަސްމީ ގޮތުން މައުލޫމާތު ލިބިފައިވެއެވެ. އެ އިމާރާތުގައި އަލިފާން ނިއްވާ ރަޖައާއި އެ ކަމަށް ބޭނުންވާ ހިކި ކުނޑި ފަދަ ތަކެތި ތައްޔާރަށް ހުރި ނަމަ، އަލިފާންގަނޑު ބޮޑު ނުވަނީސް ނިއްވައިލެވުނީހެވެ. މިއަދު އިރު އޮއްސި 6:10 އެހާކަންކާ އިރު ހިނގި އަލިފާނުގެ މިހާދިސާ ހިނގިތާ 10 ވަރަކަށް މިނިޓްގެ ތެރޭގައި އަލިފާން ނިއްވުމުގެ ޚިދުމަތްތެރީން އެ ތަނަށް ގޮސް އެ ކަން މައިތިރިކުރާން މަސައްކަތް ނުކުރި ނަމަ، ވައިގަދަ މި ދުވަސްވަރު އެ އަލިފާން މުޅި މާލެއަށް ފެތުރުމުގެ ފުރުޞަތު ވެސް އޮވެދާނެއެވެ. ވީމާ މިއީ މާލޭގެ ހުރިހާ ގޭބިސީއަކުންނާއި އިމާރާތްތަކުގެ ވެރީންނާއި ސިޓީ ކައުންސިލާއި ސަރުކާރުން އިތުރަށް ސަމާލުކަން ދޭންޖެހޭނެ ކަމެއްކަމުގައި "ފަރަގު" ދެކެއެވެ.

__________________________________

ދެ ލަފުޒެއްގެ މާނަ 

އަދާހަމަ     ނ.   (1) އެއްޗަކާ ނުވަތަ ކަމަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު (2) އެއްޗެއް ނުވަތަ ކަމެއް ނުވަތަ މައުލޫމާތެއްގެ އެންމެ ފަހުގެ ފެންވަރު.

ހުސިޔާރު    ނއ.  (1) ވިސްނުން ތޫނު (2) ކަންތަކަށް ކުޅަދާނަ (3) ޗާލާކު (4) ހުޝިޔާރު

Advertisement

ކޮމެންޓް