Advertisement

ޗައިނާގެ ދިރާސާ އުޅަނދު ދިވެހިރާއްޖޭގައި؟

24 Feb 2024 | 07:51
ޒިއާން ޔަންގ 3: މިހާރު އޮތީ ތިލަފުށީގައި ކަމަށް ޚަބަރު ލިބެއެވެ.

ފަރަގު

ރާއްޖެއަށް ގޮނޑުކުރަމުން އައިކަމަށް ބުނާ، ޗައިނާގެ ދިރާސާ އުޅަނދު، ޒިއާން ޔަންގ 3، މި ދިޔަ ބުރާސްފަތި ދުވަހު މެންދުރެއްހާ އިރު މާލެއާ ގޮނޑުކުރާނެކަމަށް ޚަބަރު ލިބުނެވެ. ފެންނަ ފެނުމުގައި މި އުޅަނދު ކައިރިކުރާނީ ތިލަފުއްޓަށް ކަމަށް ވެސް އޭރު މަޢުލޫމާތު ލިބުނެވެ. މެރިން ޓްރެފިކް ވެބަސައިޓް ބުނާ ގޮތުގައި މި މަހު 22ވަނަ ދުވަހު ހެނދުނު އެ އުޅަނދު ރާއްޖެއާ ކައިރިކޮށްފިއެވެ. އަދި އެ ދުވަހު މެންދުރެއްހާ އިރު ތިލަފުށީގައި ބަނދަރުކުރާނެކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. އެކި މަސްދަރުތަކުން ފަތުރައިފައިވާ ޚަބަރުތަކަށް ބަލާ އިރު، އެ އުޅަނދު މިހާރު އޮންނާނީ ތިލަފުށީ ބަނދަރުގައެވެ.

މި ދިޔަ ޖަނަވަރީމަހު ދިވެހި ޚާރިޖިއްޔާއިން އާންމުކުރި ބަޔާނެއްގައި ބުނާ ގޮތުން ޗައިނާ ސަރުކާރުން ލިބިފައިވާ ދީބުލުމާސީ އެދުމެއްގެ މައްޗަށް ބިނާކުރައްވައި އެ އުޅނދު ރާއްޖޭގައި ބަނދަރުކުރާން ވަނީ ހުއްދަދެވިފައެވެ.

އެ ބަޔާނުގައި ވާ ގޮތުން އެ އުޅަނދު ދިވެހިރާއްޖޭގައި އެއްވެސް ދިރާސާއެއް ނުކުރާނެއެވެ.

ޚާރިޖިއްޔާއިން އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖެއާ ރަޙުމަތްތެރި ކޮންމެ ގައުމަކުން ބޭނުންވެއްޖެ ހިނދެއްގައި ރާއްޖެ އަންނަ މަދަނީ އަދި އަސްކަރީ އުޅަނދުތަކަށް ދިވެހިރާއްޖެއިން އަބަދު ވެސް މަރުޙަބާކިޔާނެއެވެ.

ޗައިނާގެ މި އުޅަނދަކީ އަސްކަރީ އުޅަދަކަށް ނުވިޔަސް އެ އުޅަނދުން އެއްކޮށްފާނެ މަޢުލޫމާތެއްގެ ބޭނުން، މަދަނީ އަދި އަސްކަރީ ކަންކަމުގައި ހިފައިފާނެތީ އިންޑިއާއިން ވަނީ މި ކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑިއާގެ ފިއްތުންތަކާ ހުރެ ޗައިނާގެ ދިރާސާ އުޅަނދުތަކަށް ލަންކާގެ ބަނދަރުތަކަށް ގޮޑުކުރުން އެއް އަހަރަށް ވަނީ މަނާކޮށްފައެވެ.  

___________________________________

Advertisement

ކޮމެންޓް