Advertisement

މަޢުލޫމާތާއި ތަޖުރިބާ ހޯއްދެވުމުގެ ދަތުރު ނިންމައިލެއްވުމަށް ފަހު މާލެއަށް

23 Feb 2024 | 17:24
ރުމާޠު ފަރުބަދަ: މިއީ އުޙުދު ހަނގުރާމައިގެ ދުވަހު މުސްލިމު ލަޝްކަރުގެ ތީރުވެރީން ފައިބައިވަޑައިނުގެން ސާބިތުވެ ތިއްބަވާން ރަސޫލާ އެންގެވިފަރުބަދައެވެ. ފުރަތަމަ ލިބިވަޑައިގަތް ކާމިޔާބީއާއެކީ އެ ހުރިހައި ބޭކަލުން ރަސޫލާގެ އިރުޝާދުގެ މަތީން ހަނދުމަފުޅުނެތިގެން ފައިބައިވަޑައިގަތުމުން މުސްލިމުންގެ ލަޝަކަރަށް ވަރަށް ބޮޑު މުޞީބާތަކާ ކުރިމަތިވިއެވެ.

ފަރަގުގެ ޚާއްޞަ މުރާސިލު

ރާއްޖޭގެ ރަށްރަށުގެ އިމާމުންނާއި ޚަތީބުންނަށް މަޢުލޫމާތާއި ތަޖުރިބާ ހޯއްދަވައިދެއްވުމުގެ ގޮތުން ރާއްޖެއިން ބޭރަށް ފޮނުއްވުމުގެ ޕްރޮގްރާމުގެ ފުރަމަ ބުރު ނިމިއްޖެއެވެ. މި ބުރުގައި އެއް ހަފުތާގެ ދަތުރެއްގައި އިމާމުންނާއި ޚަޠީބުން ވަޑައިގެން އުޅުއްވީ ސުޢޫދީ ޢަރަބިއްޔާއަށެވެ. މި ދަތުރުގެ ޢަމަލީ ބައި ބުދަ ދުވަހު ވަނީ މުޅީން ފުރިހަމަކުރައްވައިފައެވެ. ބުރާސްފަތި ދުވަސް ހޭދަކުރެއްވީ އަލްމަސްޖިދުއްނަބަވީގައި ގިނަ ވަގުތު ހޭދަކުރައްވައި އަޅުކަންކުރައްވާށެވެ. އަދި ބަޤީޢަށް ޒިޔާރަތްކުރައްވާށެވެ. ބުދަ ދުވަހު އެ ބޭފުޅުން ވަނީ، ސުވަރުގޭގެ ބިންކޮޅެއްކަމުގައިވާ ރައުޟާއަށް ވެސް ޒިޔާރަތްކުރައްވައި އެ ތާނގައި ނާމަދުކުރައްވައިފައެވެ.

އިއްޔެ އެ ބޭފުޅުން ބާޒާރުކުރައްވައި ދަތުރުފުޅަށް ތައްޔާރުވަޑައިގަންނަވަމުން ގެންދެވިކަމަށް މަދީނާގައި ހުންނެވި "ފަރަގު"ގެ ޚާއްޞަ މުރާސިލު މި ނޫހަށް ޚަބަރުދެއްވިއެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި އިއްޔެ މެންދުރުފަހު އެ ބޭފުޅުން ވަނީ ޖިއްދާ މަގުން ރިޔާޟަށް ވަޑައިގެން ރިޔާޟުން ދިވެހިރާއްޖެއަށް ދަތުރުފުޅު ފައްޓަވައިފައެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު ރިޔާޟުން ފުރާވަޑައިގެން މިއަދު ދާދި ދެންމެއަކު އެ 20 ބޭފުޅުން ވެސް ވަނީ މާލެ ވަޑައިގެންފައެވެ. މި ހުރިހައި ބޭފުޅުންގެ ޙާލުކޮޅު ވެސް ރަނގަޅެވެ.

މި ދަތުރުގައި ވަރަށް ގިނަ ތަޖުރިބާތަކެއް ހުރިހައި ބޭފުޅުންނަށް ވެސް ލިބިވަޑައިގަތެވެ. އެހެންނަމަވެސް ރޭ މެންދަމު އެ ބޭފުޅުން ތަޖުރިބާކުރެއްވީ އާދަޔާ ޚިލާފު ތަޖުރިބާއެކެވެ.

ބައެއް އިމާމުން&nbsp; ބާޒާރުކުރައްވަނީ (ފޮޓޯ: ފަރަގު މީޑިއާ)<br>

ރިޔާޟުން ރާއްޖެއަށް ވަޑައިގަންނަވާ ބޯޓު ބަދަލުކުރެއްވުމަށް ޓަކައި ޖިއްދާއިން ރިޔާޟަށް ވަޑައިގަތް ބޯޓުން، ވަފުދުގައި ހިމެނިވަޑައިގަތް ޚަޠީބަކު ފައިބައިވަޑައިގަތް އިރު ހަނދުމަފުޅު ނެތިގެން، ޕާސްޕޯޓާއި ބޯޓަށް އަރާ ފާސް، ގޮނޑިމަތީގައި ބާއްވަވައިފައި ފައިބައިވަޑައިގެންނެވުނީއެވެ.  އެހެންކަމުން ރިޔާޟަށް އެރެތެވެވަޑައިގަތުމަށް ޓަކައި ޕާސްޕޯޓެއް ނެތެވެ. އަނެއް ބޯޓަށް އަރައިވަޑައިގަތުމަށް ޓަކައި މަތީންދާބޯޓަށް އަރައިވަޑައިގަންނަވާނޭ ފާހެއް ނެތެވެ. ދެން ސަޢޫދީ އެއަރލައިނާއި ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއާ ގުޅުއްވައިގެން ވަފުދުގެ ބޭފުޅުން ކުރެއްވި މަސައްކަތްޕުޅުން ބޯޓު ފުރާ ގަޑި ޖެހުމުގެ ކުރީން ޕާސްޕޯޓު ލިބޭ ގޮތްވެއްޖެއެވެ. ޕާސްޕޯޓު އޮތްކަމަށް ވަނީ އެ ބޯޓުގެ 44އެލް ގޮނޑިމަތީގައެވެ.

އިމާމުން: ޖިއްދާ އެއަރޕޯޓުގައި (ފޮޓޯ: ފަރަގު މީޑިއާ)<br>

މި ކަން މި ގޮތަށް ކުރެވުނީ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުން ވަޑައިގެން ހުންނެވެި ފަޟީލަތުއްޝައިޚު މުޙަންމަދު ލަޠީފުގެ ކުޅަދާނަފުޅުކަމާއި މުރާލިފުުޅުކަމުގެ ސަބަބުންކަން ފާހަގަކުރާންޖެހެއެވެ. އެހެންކަމުން ޝައިޚު ލަޠީފަކީ ހުނަރުވެރި ކުޅަދާނަ ބޭފުޅެއްކަން ވަފުދުގެ ބޭފުޅުންނަށް ތަޖުރިބާކުރެއްވުނެވެ.  އަދި ޝައިޚު ލަޠީފު ޢަރަބި ބަހަށް ކުޅަދާނަފުޅުކަން ސަޢޫދީ އޮފިޝަލުން ވެސް ފާހަގަކޮށް ތައުރިފުކުރިއެވެ. އަދި ފަތިހުގެ މަގުރުގައި ވެސް މި ކަމާ ގުޅިގެން ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރަށް ގުޅައިލެއްވުމުން ފަތިހުގެ އެ ވަގުތުގައި ވެސް ފޯނަށް ޖަވާބުދެއްވައި އިރުޝާދުދެއްވައި އެހީތެރިވެދެއްވިއެވެ. މި ހުރިހައި ކަމަކީ ވެސް އިމާމުންނަށް ފަހު ވަގުތު ލިބިވަޑައިގަތް އިތުރު ތަޖުރިބާތަކެއްކަން އިމާމުންގެ ވަފުދުން ފާހަގަކުރެއްވިއެވެ.

އިމާމުން:&nbsp; ރިޔާޟުން ފުރައިވަޑައިގެން މާލެއަށް ކުރައްވާ ދަތުރުފުޅުގައި މަތީންދާބޯޓުގައި (ފޮޓޯ: ފަރަގު މީޑިއާ)<br>

އަދި ހުރިހާ ބޭފުޚުންގެ އެކުވެރިކަމާއި ކެތްތެރިކަމައި ގުޅުންތެރިކަން ވެސް ފާހަގަކުރެވުނެވެ. ކޮންމެއަކަސް ވަފުދުގެ ހުރިހާ ބޭފުޅުން މިއަދު މެންދުރުން އަނބުރައި 1:34ގައި ސަޢޫދީ އެއަރލައިގެ އެސްވީ 838ގެ ފްލައިޓުން ވަނީ މަލެވަޑައިގެންފައެވެ. މި ހުރިހާ ބޭފުޅުންނާ އިސްލާމީކަންތައްތަކާ ބެހޭވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކޮށްލެއްވުމެއް، މާދަމާ (ހޮނިހިރު ދުވަހު) 9:15ގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި އޮންނާނެކަމަށް ޚަބަރު ލިބިފައިވެއެވެ. މި ދަތުަރަކީ ވަޒީރު ޑރ. ޝަހީމް، އިސްލާމީ ދުނިޔެއާ އޮންނަ ގާތް ގުޅުމެއްގެ ތެރެއިން ލިބުނު ފުރުޞަތެއްކަން އިމާމުން ގަބޫލުފުޅުކުރައްވާތީ ޑރ. ޝަހީމަށް އިމާމުންނާއި ޚަޠީބުން ވަރަށް ބޮޑަށް ޝުކުރުވެރިވެއެވެ.

Advertisement

ކޮމެންޓް