Advertisement

ދިވެހި އިމާމުން މިއަދު އަލްމަދީނަތުލްމުނައްވަރާގައި. މިއަދު ރައުޟާއަށް ވެސް ޒިޔާރަތްކުރެއްވިއެވެ.

21 Feb 2024 | 17:48
މަންޡޫމަތުލް ޤިޔަމުލްކުއްލިޔާގައި ދިވެހި އިމާމުން މަޢުލޫމާތު ހޯއްދަވަނީ

ފަރަގުގެ ޚާއްޞަ މުރާސިލު

ދިވެހިރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނާއި ޚަޠީބުންގެ ތެރެއިން 20 ބޭފުޅަކު ސަޢުދީ ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ތަޖުރިބާ ދަތުރުފުޅުގައި މައްކާގެ އެންމެ ބޮޑު ހިނަވާގެއަށް އިއްޔެ ޒިޔާރަތްކުރައްވައި މީހުންގެ ޖަނާޒާގެ ކަންކަން މައްކާގައި ކުރަމުން ގެންދާ ގޮތުގެ މަޢުލޫމާތު ހޯއްދަވައިފިއެވެ. ހިނަވާގެއިން ހިނެވުމުގެ ކަންކަން ކުރިއަށް ގެންދަވާ ގޮތް އެކަމުގެ ތަޖުރިބާކާރުން  ޢަމަލީ ގޮތުން ދައްކަވައި އިމާމުންގެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ.

ހިނަވާގެއިން ނިމިވަޑައިގެން ދެން އިމާމުން ވަޑައިގަތީ،   "މަންޡޫމަތުލް ޤިޔަމުލްކުއްލިޔާ"އަށެވެ. އެއީ ތަޢުލީމުދޭ ކުދީންގެ ކިބައިގައި ތަރުބިއްޔަތު (ރީތި އަޚުލާޤާއި ސުލޫކާއި ދަސްކުރާ މަޢުލޫމާތު ދިރިއުޅުމުގެ ކަންކަމަށް ތަޠުބީޤުކުރުން) އަށަގެންފައި ނުހުންނާތީ މަދަރުސީ ނިޒާމުގައި އުޅޭ ކުދީންނަށް މަދަނީ ގޮތުން ތަރުބިއްޔަތު ލިބިދިނުމަށް ޓަކައި ހިންގާ މަޝްރޫޢެކެވެ. މި މަޝްރޫޢުގައި އިސްކަން ދެނީ:

1.     މަޙައްބަތުﷲ (ޖައްލަ ޖަލާލުހޫ)

2.     މަޙައްމަތުއްނަބިއްޔު (ޞައްލަﷲ ޢަލައިހި މަސައްލަމް)

3.     އިޤާމުއްޞަލާތު   (ނަމާދު ޤާއިމުކުރުން)

4.     އަލްމަސްއޫލިއްޔަތު (މަސްއޫލިއްޔަތު އަދާކުރުން)

5.     އަލްއިޙުސާން    (އިޙުސާންތެރިކަން)

6.     އަލްޢިލްމު      (ޢީލްމުވެރިކަން)

7.     އައްރަޙުމާ      (އޯގާވެރިކަން)

8.     އަލްޙުއްބު      (ލޯބިވެތިކަން)

9.     އައްޞިދުޤު     (ތެދުވެރިކަން)

10.  އަލްޢަދުލު       (ޢަދުލުވެރިކަމާއި ނަޒާހަތްތެރިކަން)

11.  އަލްމުވާޠިނާ       (ވަޠަން ދެކެ ލޯބިވުން)

12.  އަލްޙަޔާއު       (ލަދުވެތިކަން)

މި 12 ދާއިރާއަކީ މައިގަނޑު އަސާސްކަމަށް ބަލައިގެން ކޮންމެ އަހަރަކު ވެސް ކޮންމެވެސް އެއް ދާއިރާއަކީ އެ އަހަރުގެ ޝިޢާރަކަށް ކަނޑައަޅައިގެން އިސްކޫލުތަކަށް ހިންގާ މި މަޝްރޫޢާ ބެހޭ ގޮތުން އިމާމުންނަށް މަޢުލޫމާތު ދެއްވިއެވެ. އަދި ދަޢުވަތާއި ކޮންމެ ކަމެއް ކުރިޔަސް އެ ކަމާ ބެހޭ މަޢުލޫމާތު ހޯދައި ސަބަބުތަކުގައި ހިފުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މަޢުލޫމާތުދެއްވިއެވެ.

ތައުލީމު ދިނުމުގެ ބޭނުމެއްކަމަށް މިއަދު ދިވެހި މުޖުތަމަޢު ގަބޫލުކުރަނީ އެއީ "އޭ-ސްޓާރ" ހޯދުމެވެ. އިސްކޫލުތަކާއި ބެލެނިވެރީން ވެސް މަސައްކަތްކުރަނީ އެ އަމާޒަށެވެ. ވީމާ އެ މަގުސަދު ހާސުލުވެއެވެ. ވީމާ ތަޢުލީމު ދިނުމުގެ މަގުސަދު ޙާޞިލުވެއެވެ. އެހެނީ ގިނަ ކުދީން ގަދަ 10 ގައި ހިމެނެއެވެ. ނަމަވެސް ތަޢުލީމުގެ ހަގީގީ މަގުސަދަކަށް ވާން ޖެހޭނީ ރަނގަޅަށް ފުންކޮށް ވިސްނާނޭ ސިކުނޑިތަކެއް އުފެއްދުމެވެ. އަދި އެ މީހަކަށް އެނގޭ އެންގުންތައް އެހެން މިހުންނަށް ފރުކޮށްދިނުމުގެ ހުނަރުވެރިކަމާއި ސުލޫކު ރަނގަޅު މުޖުތަމަޢެއް ބިނާކުރުމެވެ. ނަމަވެސް ދިހަބާރަ އަހަރު ކޮމާސް ސްޓްރީމަށް ކިޔަވާ ކުއްޖާ އިސްކޫލު ނިންމުމަށް ފަހު، ނަރުސްކަން ކިޔަވައިދެ ކޯހަކަށް ވަނީމާ އެ ބުނެދެނީ ވަރަށް ބޮޑު ވާހަކައެކެވެ. ދަރިވަރަށް 10 އަހަރު ވަންދެން ކިޔަވައިދެވިފައިވަނީ ބޭކާރު އެއްޗެއްކަމެވެ.

ވީމާ، ތަޢުލީމު ދިނުމަކީ ހަމައެކަނި އޭ-ސްޓާރ ހޯދުމުގެ މަގުޞަދުގައި ކުރާ ކަމަށް ނުވަލައި އެއީ ވިސްނައި ފިކުރުކުރާން ދަސްކޮށްދީ އެ ދެނގަންނަ ޢިލްމު އެހެން މީހުންނަށް ބާޔަންކޮށްދޭން ދަންނަ ގޮތްހުރި ހުނަރުވެރި މުވާޠިޖަންނަތުލްމަޤނުންތަކެއް އުފެއްދުމަށް ޓަކައި ކުރާ ކަމެއްކަން ސަޢޫދީ ޢަރަބިޔާއިން ގަބޫލުކޮށް ތަޢުލީމާއެކު ދަރުވަރުންގެ ތަރުބަވީ ބަޔަށް އިސްކާން ދޭން ވި ވަނީ ރާވައިފައެވެ.

އިއްޔެގެ ނިޔަލަށް ތަމްރީނާއި މަޢުލޫމާތު ހޯދުމުގެ ބައި ދިވެހި އިމާމުން ވަނީ ފުރިހަމަކުރެއްވުމަށް ފަހު ވަނީ މަދީނާއަށް ވަޑާއިގެންފައެވެ. މަދީނާއަށް ވަޑައިގަތީ ބާރަށް ދުވާ ރޭލުގައެވެ.

މިއަދު އޮތީ މަދީނާގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރެއްވުމެވެ. މި ގޮތުން އުޙުދު ހަނދުރާމަ ހިނގި ސަރަޙައްދާއި އުޙުދު ފަރުބަދައާއި ރުބާޠު ފަރުބަދައަށް ޒިޔާރަތްކުރެއްވި އެވެ. އަދި އުޙުދު ހަނގުރާމައިގައި ޝަހީދުވި މާތް އަސްޙާޞުބޭކަލުންގެ ޤަބުރުސްތާނަށާއި ޖަންނަތުލްބަޤީޢަށް ވެސް ޒިޔާރަތްކުރެއްވި އެވެ. އަދި ރައުޟާގައި 30 ވަރަކަށް މިނިޓު ހޭދަކުރައްވައި އެ ތާނގައި ނަމާދުކުރެއްވިއެވެ.

ފަރަގަށް މަޢުލޫމާތު ދެއްވަމުން މި ދަތުރުގެ ބައިވެރިއަކު ވިދާޅުވެފައިވާ ގޮތުގައި މި ދަތުރަކީ ވަރަށް ގިނަ މަޢުލޫމާތާއި ތަޖުރިބާ ލިބިވަޑައިގަތް ދަތުރެކެވެ. އެ ބޭފުޅުން ރިޔާޟުގެ މަގުން މާލެ ވާދައިގަންނަވާނީ ހުކުރުދުވަހު މެންދުރެއްހާ އިރުގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

Advertisement

ކޮމެންޓް